ކާމަރަނގަ
ކާމަރަނގަ އަކީ ހުތްފޮނި މީރު މޭވާ އެކެވެ. މިމޭވާ ހުރަހަށް ފޮތި ޖެހުމުން ހުންނާނީ މަލެއްގެ ސިފައިގައެވެ. މިއީ ބިލިމަގާއި އެއްއާއިލާއަކަށް ނިސްބަތްވާ މޭވާ އެކެވެ. ކާމަރަނގައިގައި ތަފާތު ވިޓަމިންގެ ބާވަތްތަކާއި، އެކިއެކި މަޢުދަންތަކާއި، އަދި ވެސް ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކެއް އެކުލެވިގެން ވެއެވެ. ކާމަރަނގަ އަކީ އާންމުކޮށް މޭވާއެއްގެ ގޮތުގަޔާއި، ތަފާތު ކާތަކެތީގެ ތެރޭގައި ހިމަނައިގެން ބޭނުންކުރާ އެއްޗެކެވެ. ކާމަރަނގައިގެ ފޮނި، އަދި ހުތް ވައްތަރެއް ހުރެއެވެ.
ދިވެހި ނަން : ކާމަރަގަ
| |||
އިގިރޭސި ނަން : Starfruit / Carambola
| |||
ޢިލްމީ ނަން : Averrhoa Carambola
| |||
ކާމަރަނގައިގެ ކޮންމެ 100 ގްރާމް ގައި
| |||
އަސާސީ މާއްދާތައް
|
ލޮނުގެ ބާވަތްތައް
| ||
ހަކަތަ
|
31 ކިލޯކެލަރީ
|
ސޯޑިއަމް
|
2 މިލިގްރާމް
|
ކާބޯހައިޑްރޭޓް
|
6.73 ގްރާމް
|
ޕޮޓޭސިއަމް
|
133 މިލިގްރާމް
|
ޕްރޮޓީން
|
1.04 ގްރާމް
|
މަޢުދަންތައް
| |
ފެޓް
|
0.33 ގްރާމް
|
ކެލްސިއަމް
|
3 މިލިގްރާމް
|
ފައިބަރު
|
2.8 ގްރާމް
|
ކޮޕަރ
|
0.1 މައިކްރޯ ގްރާމް
|
ވިޓަމިންތައް
|
ދަނގަޑު
|
0.1 މިލިގްރާމް
| |
ފޮލިކް އެސިޑް
|
12 މައިކްރޯ ގްރާމް
|
މެގްނީޒިއަމް
|
10 މިލިގްރާމް
|
ނިއެސިން
|
0.4 މިލިގްރާމް
|
މެންގަނީޒް
|
0.082 މިލިގްރާމް
|
ޕެންތޮނިކް އެސިޑް
|
0.39 މިލިގްރާމް
|
ފޮސްފަރަސް
|
12 މިލިގްރާމް
|
ޕައިރިޑޮކްސިން
|
0.100 މިލިގްރާމް
|
ސިލެނިއަމް
|
0.6 މައިކްރޯ ގްރާމް
|
ރައިބޯފްލެވިން
|
0.027 މިލިގްރާމް
|
ޒިންކް
|
0.12 މިލިގްރާމް
|
ތިއެމިން
|
0.028 މިލިގްރާމް
|
ފައިޓޯނިއުޓްރިއެންޓްތައް
| |
ވިޓަމިން އޭ
|
61 އައިޔޫ
|
ކެރޮޓީން އަލްފާ
|
-
|
ވިޓަމިން ސީ
|
34.4 މިލިގްރާމް
|
ކެރޮޓީން ބީޓާ
|
-
|
ވިޓަމިން އީ
|
0.02 މިލިގްރާމް
|
ކްރިޕްޓޯ ޒެންތިން ބީ
|
-
|
ވިޓަމިން ކޭ
|
-
|
ލޫޓީން-ޒިއެޒެންތިން
|
-
|
ލައިކޯޕީން
|
-
|
ކާމަރަނގަ އިން ލިބޭ ޞިއްޙީ ފައިދާތައް
· ކާމަރަނގަ އަކީ ވިޓަމިން ސީ އިން މުއްސަދި މޭވާ އެކެވެ. މިހެންވުމުން:-
o ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
o ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
o ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
o ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.
o އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
o ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.
- އެމެރިކާގެ އެގްރިކަލްޗަރ މިނިސްޓްރީ ނެރެފައިވާ މަޢުލޫމާތުތަކަށް ބަރޯސާވެ ބަލާއިރު، ފޮތިކޮށްފައި ހުންނަ ކާމަރަނގަ އަޅާފައި ހުރި އެންމެ ޖޯޑަކުން 37.2 މިލިގްރާމްގެ ވިޓަމިން ސީ ހަށިގަނޑަށް ލިބެއެވެ.
· ކާމަރަނގައިގައި ކޮންމެ ވެސް ވަރަކަށް ވިޓަމިން ބީ ގެ ވައްތަރު ތައް ހުރެއެވެ. އެގޮތުން:-
o ޕެންތޮނިކް އެސިޑް : ލޭގެ ސަރުބީ ދަށްކޮށް، ބަލިތަކުން އަވަހަށް ފަސޭހަ ކުރުމަށް އެހީވެއެވެ.
o ފޮލިކް އެސިޑް : މާބަނޑު ދުވަސްވަރު ބަނޑުގައި އޮންނަ ތުއްތު ދަރިފުޅު ޢައިބުވުން ކުޑަކޮށް ދެއެވެ.
o ފޮލިކް އެސިޑް : ހާރޓް އެޓޭކް ފަދަ ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުމުގެ ފުރުޞަތު ކުޑަކޮށް ދެއެވެ.
o ބީޓާ ކެރޮޓީން : ކާމަރަނގައިގައި ބީޓާ ކެރޮޓީން ހުރެއެވެ. މިއީ ވިޓަމިން އޭ އަށް ބަދަލުވާ މާއްދާ އެކެވެ. ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ރަގަޅުކުރުމަށް މުހިއްމު މާއްދާ އެކެވެ.
· ކާމަރަނގައިގައި ޖަރާސީމާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު އަދި އެންޓި އޮކްސިޑެންޓްގެ ބާރު ހުރެއެވެ. މިހެންވުމުން:-
o ތަފާތު ބެކްޓީރިޔާ ތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ. އެގޮތުން އެބެކްޓީރިޔާތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ ބެކްޓީރިޔާ ތަކުގެ ތެރޭގައި، ސްޓެފައިލޯކޯކަސް ޔޫރިއަސް، ސަލްމޮނެއްލާ ޓައިފި، އީކޮލައި، އަދި ބެސިއްލަސް ސެރިއަސް ހިމެނެއެވެ.
o ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. ނަތީޖާއެއްގެ ގޮތުން ކެންސަރުގެ ތަފާތު ބާވަތްތަކުން ހިމާޔަތްވުމަށް އެހީތެރި ވެއެވެ.
- ކާމަރަނގައިގައި ހިމެނޭ ފައިޓޯކެމިކަލް ތަކުގެ ތެރޭގައި، ފްލޭވޮނޮއިޑް ތަކާއި، އެލްކަލޮއިޑް ތަކާއި، ސެޕޯނިން އަދި ޓެނިން ހިމެނެއެވެ.
· ކާމަރަނގައިގައި ވަރަށް ގިނަ ވައްތަރުގެ މަޢުދަންތައް ހުރެއެވެ. މިހެންވުމުން:-
o ޕޮޓޭސިއަމް : ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި އެހީވެއެވެ.
o ދަގަނޑު : ލޭ ރަގަޅުކުރުމުގައި އެހީތެރި ވެދެއެވެ.
o ކެލްސިއަމް އަދި މެގްނީޒިއަމް : ކަށިތައް ވަރުގަދަކުރުމުގައި އެހީވެއެވެ.
· ކާމަރަނގައިގައި ވަރަށް ގިނައިން ފައިބަރު ހުރެއެވެ. މިހެންވުމުން:-
o ލޭގެ ސަރުބީގެ މިންވަރު ދަށްކުރުމަށް އެހީތެރި ވެއެވެ. މިކަމުގެ ސަބަބުން ހިތުގެ ބަލިތަކުން ދުރުކޮށްދެއެވެ.
o ލޭގެ ހަކުރުގެ މިންވަރު ދަށްކުރުމަށް އެހީތެރި ވެއެވެ. ފައިބަރުގެ ސަބަބުން ކާބޯހައިޑްރޭޓް ހަށިގަނޑަށް ނެގުން ދަށްވެ، އެކަމުގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށްވެއެވެ.
o ބަނޑުހިކުން ފަދަ މައްސަލަތަކުން ރައްކާތެރިވުމަށް އެހީތެރި ވެއެވެ.
o މައިދާގެ މައްސަލަތަކަށް ލުއިކަން ގެނެސްދެއެވެ.
o ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ވެސް އެހީތެރި ވެއެވެ.
· އެހެނިހެން ބައެއް ފައިދާތައް:-
o ހެދުނު ހޭލާގޮތަށް ފޮނި ކާމަރަނގައެއް ކާލުމުން ހައިކަން ފިލައެވެ.
o ހަށިގަނޑުގައި އުފެދޭ ހޫނުގެ މިންވަރު ދަށްކޮށް ހަށިގަނޑު ފިނިކޮށް ދެއެވެ.
o ލޮލުގައި އުފެދޭ ފާރަށް ކާމަރަނގަ އިން ފަރުވާ ކުރެއެވެ.
o ވިހެއުމަށްފަހު އުރަމަތިން ކިރު ނާންނަމަ ކާމަރަނގަ ބޭނުންކުރުމުން ކިރުބޭރުވާގޮތް ވެއެވެ.
o ހޫނުވެގެން ޖެހޭ ސްޓްރޯކަށް ފަރުވާގެ ގޮތުގައި ފޮނި ކާމަރަނގަ ބޭނުން ކުރެއެވެ.
o ހަޖަމުނުވުމާއި، މޭނުބައިކޮށް ހޮނޑުލުމަށް ވެސް ކާމަރަނގަ އިން ފަރުވާކުރެއެވެ.
o ގުރުދާ، އަދި މަސާނާގެ މައްސަލަތަކަށް ފަރުވާ ކުރުމަށް ބްރެޒިލްގައި ކާމަރަނގަ ބޭނުންކުރެއެވެ.
o ކަރުހިއްކުން ފިލުވުމާއި، ކުޅު ބޭރުވާނެގޮތް ހެދުމަށް ޗައިނާގައި ކާމަރަނގަ ބޭނުން ކުރެއެވެ.
o ކާމަރަނގައިގެ ތޮށީގައި ޓެނިން ކިޔާ މާއްދާއެއް ހުރެއެވެ. މިކަމުގެ ސަބަބުން ގޮހޮރުގެ މަސައްކަތް ކޮންޓްރޯލްކޮށް، ބޭރަށްހިންގުމަށް ފަރުވާ ކުރުމަށް ބޭނުން ކުރެވެއެވެ.
o ތައިރޮއިޑް ހޯރމޯންގެ މަަސައްކަތް ތަންޒީމުކުރުން : އެގޮތުން ނިދުމާއި ކެއުމުގެ ކަންތައް ތަންޒީމުކުރުމަށް ކާމަރަނގަ ކެއުމަކީ ބޭނުންތެރި ކަމެކެވެ.
ނޯޓް: ދިރާސާ ބުނާގޮތުން ގުރުދާ ފޭލްވެގެން ޑައަލިސިސް ހަދަމުންދާ މީހުން ކާމަރަނގަ ބޭނުންކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. އެއީ އޭގައި ހިމެނޭ "އޮކްސަލިކް އެސިޑް"(Oxalic Acid) ގެ ސަބަބުންނެވެ. މިފަދަ ބަލިމީހުން ކާމަރަނގަ ބޭނުންކޮށްފިނަމަ، އުކުޑިކޮށްޓައި، މޭނުބައިކޮށް ހޮނޑުލެވި، ވާނުވާނޭގި، ފިޓްޖެހި، ފުރާނައަށް ނުރައްކާވުމަކީ ވެދާނެ ގޮތެކެވެ.
މަޢުލޫމާތު:-
· http://www.101healthyrecipes.com/health-benefits-of-fruit/star-fruit-facts-health-benefits-101.php
No comments:
Post a Comment