މުހިއްމު ސަފުހާތައް

Tuesday, October 4, 2011

ޖުމުހޫރީމޭވާ


ޖުމުހޫރީމޭވާ
ޖުމުހޫރީމޭވާ އަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާ އެކެވެ. މިއީ ހުތް ފޮނި ރަހައެއް ހުންނަ މޭވާ އެކެވެ. ތަފާތު ވައްތަރުތައް ހުންނަ ޖުމުހޫރީ މޭވާ އާންމުކޮށް ބޭނުންކޮށް އުޅެނީ ފަނި ގިރައިގެން ބުއިމަށާއި، މޭވާއެއްގެ ގޮތުގައި ކެއުމަށެވެ. ނަމަވެސް ތަފާތު ވައްތަރުގެ ކެއުންތައް ތައްޔާރު ކުރުމުގައި ވެސް ބޭނުންކުރާކަން ފާހަގަކޮށް ލެވެއެވެ. ޖުމުހޫރީ މޭވާ އަކީ ވެސް ހަށިގަނޑަށް ފައިދާހުރި ކާނާގެ އެތައް ބާވަތްތަކެއް އެކުލެވިގެންވާ މޭވާ އެކެވެ.  އާންމު ގޮތެއްގައި ޖުމުހޫރީ މޭވާ ބޭނުންކުރެވެނީ ޖޫސް ތައްޔާރު ކުރުމަށާއި ހުހަށް ކެއުމުގެ ގޮތުންނެވެ. ޖުމުހޫރީ މޭވާ ވެލުގެ ފަތުން ފަތް މޮޑެ، މަސްހުނި ހަދައި އުޅެއެވެ. މީގެ އިތުރުން އައިސްކްރީމް، ޕުޑިންގ، ސަރުބަތު، ޖެލީ، ޖޭމް، އަދި ސަލަޑް ހެދުމަށް ވެސް ޖުމުހޫރީ މޭވާ ބޭނުންކުރެއެވެ
ދިވެހި ނަން : ޖުމުހޫރީމޭވާ
އިގިރޭސި ނަން : Passionfruit
ޢިލްމީ ނަން : Passiflora Edulis
ޖުމުހޫރީމޭވާގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
97 ކިލޯކެލަރީ
ސޯޑިއަމް
0 މިލިގްރާމް
ކާބޯހައިޑްރޭޓް
23.38 ގްރާމް
ޕޮޓޭސިއަމް
348 މިލިގްރާމް
ޕްރޮޓީން
2.20 ގްރާމް
މަޢުދަންތައް
ފެޓް
0.70 ގްރާމް
ކެލްސިއަމް
12 މިލިގްރާމް
ފައިބަރު
10.40 ގްރާމް
ކޮޕަރ
0.086މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
1.60 މިލިގްރާމް
ފޮލިކް އެސިޑް
14 މައިކްރޯ ގްރާމް
މެގްނީޒިއަމް
29 މިލިގްރާމް
ނިއެސިން
1.500 މިލިގްރާމް
މެންގަނީޒް
-           
ޕެންތޮނިކް އެސިޑް
-           
ފޮސްފަރަސް
68 މިލިގްރާމް
ޕައިރިޑޮކްސިން
0.100 މިލިގްރާމް
ސިލެނިއަމް
0.6 މައިކްރޯ ގްރާމް
ރައިބޯފްލެވިން
0.130 މިލިގްރާމް
ޒިންކް
0.10 މިލިގްރާމް
ތިއެމިން
0.00 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
1274 އައިޔޫ
ކެރޮޓީން އަލްފާ
-           
ވިޓަމިން ސީ
30 މިލިގްރާމް
ކެރޮޓީން ބީޓާ
743 މައިކްރޯ ގްރާމް
ވިޓަމިން އީ
0.02 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
41  މައިކްރޯ ގްރާމް
ވިޓަމިން ކޭ
0.7 މައިކްރޯ ގްރާމް
ލޫޓީން-ޒިއެޒެންތިން
-           


ލައިކޯޕީން
-         

ޖުމުހޫރީމޭވާ އިން ލިބޭ ޞިއްޙީ ފައިދާތައް
·         ލޮލުގެ ދުޅަހެޔޮކަން : ޖުމުހޫރީމޭވާ ގައި ވިޓަމިން އޭ ވެސް އެކަށޭނަ މިންވަރަކަށް ހުރެއެވެ. އަދި ފްލޭވޮނޮއިޑް އެންޓި އޮކްސިޑެންޓް ގެ ތެރޭގައި ހިމެނޭ ބީޓާ ކެރޮޓީން(Beta Carotene)،އަދި ކްރިޕްޓޯޒެންތިން ބީ(Cryptoxanthin B) ހުރެއެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި މިދެންނެވި މާއްދާތައް ހުރުމަކީ ލޮލުގެ ފެނުން ރަގަޅުކޮށްދޭ ކަމެކެވެ.
-          ޖުމުހޫރީމޭވާގައި ހިމެނޭ ކެރޮޓިނޮއިޑްގެ ސަބަބުން ލޮލުގެ ފެނުން ރަގަޅުކޮށް ދެއެވެ. ޚާއްޞަކޮށް ރޭގަނޑު ލޮލުގެ ފެނުން ރަގަޅުކޮށްދޭކަން ފާހަގަ ކުރެވެއެވެ. މީގައި ހިމެނޭ ބީޓާ ކެރޮޓީން އަކީ ވިޓަމިން އޭ ބަދަލުވާ އެއްޗެކެވެ. ވިޓަމިން އޭ އަކީ ލޮލުގެ އަލިދުލީ(Retina) ގެ ތެރޭގައި ރޭގަނޑުގެ ފެނުމަށް ބޭނުންވާ ޕިގްމެންޓް "ރޮޑަޕްސިން"(Rhodopsin) އުފެއްދުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން ބީޓާ ކެރޮޓީން އަކީ ލޯފުސްވުން، އަދި އުމުރުން ދުވަސްވުމުން ލޮލަށް ނުފެނުމުގެ މައްސަލަ (Macular Degeneration) އިން ދުރުވެ ހުރުމަށް ވެސް އެހީތެރިވެދޭ މާއްދާ އެކެވެ.
·         ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު : ޔުނިވަސިޓީ އޮފް ފްލޮރިޑާގެ ދިރާސާކުރާ ފަރާތްތަކުން ހަދާފައިވާ ތަޖުރިބާތަކުން އެނގުނު ގޮތުގައި ރީނދޫ ކުލަޔަށް ހުންނަ ޖުމުހުރީމޭވާގައި ކެންސަރު ގެ ސެލްތައް މަރާލުމުގެ ބާރު އެކުލެވިފައި ވެއެވެ. އެގޮތުން ކެންސަރުގެ ސެލްތައް މަރާލުމުގައި ހިއްސާވަނީ އޭގައި ހިމެނޭ ފައިޓޯކެމިކަލްގެ ވައްތަރުތައް ކަމުގައިވާ "ކެރޮޓިނޮއިޑް"(Carotenoids) ތަކާއި، "ޕޮލީފީނޯލް"(Polyphenol) ތަކެވެ.
-          ޖުމުހޫރީމޭވާގައި ފައިބަރު ހުރުމުގެ ސަބަބުން، ގޮހޮރުގެ ބަތާނަ ފަށުގައި ކެންސަރު ޖައްސަނިވި މާއްދާތަތއް ތަތްވިޔަނުދީ ހިފަހައްޓައި، ވިހަމާއްދާތަކަށް ގޮހޮރުގެ ބަތާނަ ފަށް ހުށަހެޅުން މަދުކޮށް، ހުއްޓުވައެވެ. ނަތީޖާއެއްގެ ގޮތުން ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރި ވެދެއެވެ.
-          ޖުމުހޫރީމޭވާ ބޭނުންކުރުމަކީ ކެންސަރުގެ ސެލްތައް ބޮޑުވުން ހުއްޓުވާ ކަމެކެވެ. ބެލެވިފައިވާ ގޮތުގައި މިއީ ޖުމުހޫރީމޭވާ ގައި ހިމެނޭ ފައިޓޯކެމިކަލްތަކުގެ ސަބަބުން ލިބިދޭ މަންފާއެކެވެ.
-          ޖުމުހޫރީމޭވާގައި ހިމެނޭ ފައިޓޯކެމިލްތަކުގެ ސަބަބުން ރައްކާތެރިކޮށްދޭ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި، މަސާނާގެ ކެންސަރު، ރަހިމުގެ ދޮރުގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، ގޮހޮރުގެ ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރު ހިމެނެއެވެ.
-          ހަށިގަނޑުގެ އެތެރޭގެ ތެތް ދުލިފަށަލަ ތަކާއި، ހަމުގެ ދުޅަހެޔޮކަމަށް ވެސް ވިޓަމިން އޭ އަކީ ބޭނުންތެރި މާއްދާ އެކެވެ. ވިޓަމިން އޭ އަދި ފްލޭވޮނޮއިޑް އިން މުއްސަދި ކާނާ ބޭނުންކުރުމަކީ އަނގަޔާއި އަދި ފުއްޕާމޭގެ ކެންސަރުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. ސަބަބަކީ ވިޓަމިން އޭ  އަކީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް ހިމާޔަތްކޮށްދޭ އެންޓި އޮކްސިޑެންޓެކެވެ.
·         ނޭވާހިއްލުން : ދިރާސާތަކުން އެނގިފައިވާ ގޮތުގައި ދަނބުކުލައިގެ ޖުމުހޫރީމޭވާގެ ތޮށީގެ ދިޔަަ ބޭނުންކޮށްގެން، ނޭވާހިއްލުމުގެ އުދަނގޫތައް ކުޑަކުރެވިދާނެ އެވެ. އެގޮތުން 42 މީހަކަށް ދަނބުކުލައިގެ ޖުމުހޫރީމޭވާގެ ތޮށީގެ ދިޔަ ދެވުނެވެ. ނަތީޖާއިން އެނގުނު ގޮތުގައި އެބޭނުންކުރި މީހުންގެ ނޭވާލާއިރު އަޑު ހުންނަ މިންވަރު 75 އިންސައްތަ ވަނީ ދަށްވެގެން ގޮސްފައެވެ. ބެލެވިފައިވާ ގޮތުގައި ޖުމުހޫރީމޭވާގެ ތޮށީގެ ދިޔަ ބޭނުންކުރުމުން ނޭވާހިއްލުމުގެ އުދަގޫ ކުޑަވަނީ އޭގައި ހިމެނޭ އެންޓި އޮކްސިޑެންޓް ތަކުގެ ސަބަބުންނެވެ. އަދި އޭގައި ހިމެނޭ ފްލޭވޮނޮއިޑް ތަކުގެ ސަބަބުން އިންފްލެމޭޝަން އަދި އެލާރޖީ އުފެދުމުގެ ފުރުޞަތު ކުޑަ ކުރުވައެވެ. އެލާރޖީ މެދުވެރިވާ ހިސްޓަމީން ކިޔާ މާއްދާއެއްގެ މަސައްކަތަށް ހުރަސްއެޅުމުގެ ބާރު މިދެންނެވި މާއްދާތަކުގައި އެކުލެވިފައިވާ ކަމަށް ބައެއް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ނޭވާހިއްލާ މީހުން ބައެއް ފަހަރު ހިރަފުސް، ދުން، ތަފާތު ކުނިބުންޏަށް ހުރަސްއެޅުމުން އެލާރޖީވެ، ނޭވާހިއްލުމުގެ އުދަގޫތައް މެދުވެރިވާގޮތް ވެއެވެ.
-          ނޭވާ ހިއްލުން، ހޯއްގޮއްވާ ކެއްސުން، ވައިނޮޅީގެ ކަފިދުޅަވުން، އަދި ކެއްސުމާއި މިނޫނަސް ނޭވާލާ ނިޒާމަށް ކުރިމަތިވާ އުދަގޫތައް ކުޑަކުރުމަށް ބްރެޒިލްފަދަ ގައުމުތަކުގައި ޖުމުހޫރީ މޭވާގެ ޖޫސް ބޭނުންކުރެއެވެ.
·         ހިތުގެ ދުޅަހެޔޮކަން : ބެލެވިފައިވާ ގޮތުގައި ޖުމުހޫރީމޭވާ ގައި ހިމެނޭ ފީނޯލިކް އެސިޑް(Phenolic Acid) އަދި ފްލޭވޮނޮއިޑްގެ ސަބަބުން ހިތުގެ މައްސަލަތައް މެދުވެރިވުން ކުޑަކޮށް، އެކަމުން ރައްކާތެރިކޮށް ދެއެވެ. އަދި މީގައި ހިމެނޭ ފީނޯލިކް އެސިޑް ގައި ޖަރާސީމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވިގެން ވެއެވެ. މީގެ އިތުރުން މީގައި ވިޓަމިން ސީ ގިނައިން ހުރުމަކީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށް، ހިތުގެ ބަލިތަކުން ދުރުވެ ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ޖުމުހޫރީމޭވާ ގައި ގަސްގަހާގެހިން ލިބޭ "ސްޓީރޯލް"(Sterol) ކިޔާ މާއްދާއެއް ހުރެއެވެ. މިއީ ހަށިގަނޑުގައި ސަރުބީގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ހަށިގަނޑުގައި ސަރުބީގެ މިންވަރު ދަށްވުމަކީ ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކުން މިންޖުކޮށް ރައްކާތެރިކޮށްދޭނެ ކަމެކެވެ. ޖުމުހޫރީމޭވާގައި ޕޮޓޭސިއަމް ވަރަށް ގިނައިން ހުރެއެވެ. ޕޮޓޭސިއަމް އަކީ ހިތުގެ ވިންދު ތަރުތީބުކޮށް ހަމަހަމަކޮށް ބެހެއްޓުމާއި، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި ވެސް އެހީތެރިވެދޭ މާއްދާ އެކެވެ.
·         ޑައެޓްރީ ފައިބަރު : ޖުމުހޫރީމޭވާ އަކީ ޑައެޓްރީ ފައިބަރުގެ ވަރަށް ރަގަޅު މަޞްދަރެކެވެ. ޖުމުހޫރީމޭވާގެ އޮށުގައި އެކުލެވޭ ޑައެޓްރީ ފައިބަރަކީ ހަށިގަނޑުން ސަރުބީ މަދުކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން ގޮހޮރުގެ ބަތާނަ ފަށުގައި ކެންސަރު ޖައްސަނިވި މާއްދާތަތއް ތަތްވިޔަނުދީ ހިފަހައްޓައި، ވިހަމާއްދާތަކަށް ގޮހޮރުގެ ބަތާނަ ފަށް ހުށަހެޅުން ހުއްޓުވައެވެ. ނަތީޖާއެއްގެ ގޮތުން ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރި ވެދެއެވެ. އަދި ފައިބަރަކީ ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދިނުމުގައި ވެސް އެހީތެރިވެދޭ މާއްދާ އެކެވެ.
·         ވިޓަމިން ސީ ގިނައިން ހުރުން : ޖުމުހޫރީމޭވާގައި ވިޓަމިން ސީ ވަރަށް ގިނައިން ހުރެއެވެ. މިހެން ވުމުން :-
o       ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
o       ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
o       ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
o       ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.
o       އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
o       ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.
o       ދަގަނޑު ހަށިގަނޑަށް ނެގުމަށް މަގުފަހިކުރެއެވެ.
o       ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o       ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
·         އެހިނެހެން ބައެއް ފައިދާތައް:-
o       ދޮންވެ ފައްކާވެފައިވާ ތާޒާ ޖުމުހޫރީމޭވާ ގައި ޕޮޓޭސިއަމް ވަރަށް ގިނައިން ހުރެއެވެ. ޕޮޓޭސިއަމް އަކީ ހަށިގަނޑުގެ ސެލްތަކާއި، ހަށިގަނޑުގެތެރޭގައި ހިމެނޭ ދިޔަތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު މާއްދާ އެކެވެ. ޕެރޫގައި ޖުމުހޫރީ މޭވާގެ ޖޫސް ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރެއެވެ.
o       ޖުމުހޫރީ މޭވާގައި ތަފާތު 31ވައްތަރެއްގެ ކެރޮޓިނޮއިޑް އާއި، 8 ވައްތަރެއްގެ ޕޮލިފީނޯލް އެކުލެވިގެންވެއެވެ. އަދި ވިޓަމިންސީ ފަދަ އެންޓިއޮކްސިޑެންޓް ތައް ޖުމުހޫރީ މޭވާގައި އެކުލެވިގެން ވެއެވެ. އޭގެ ސަބަބުން ކެންސަރުން ހިމާޔަތް ވުމުގައި އެހީ އަކަށް ވެއެވެ. ވިޓަމިންއޭ އަދި ޕޮޓޭސިއަމް ވެސް މިމޭވާގައި އެކުލެވިގެން ވެއެވެ.
o       ޖުމުހޫރީމޭވާ ގައި ކާބޯހައިޑްރޭޓް އާއި ސާދާ ހަކުރުގެ ބާވަތްތައް ގިނައިން ހުރެއެވެ. މިކަމުގެ ސަބަބުން ޖުމުހޫރީމޭވާ ބޭނުންކުރުމުން ހަށިގަނޑަށް ހަކަތައާއި ބާރު ލިބިދެއެވެ. އެހެން ކަމުން ކަސްރަތު ކުރަން ފެށުމުގެ ކުރިން ބޭނުންކުރަން ރަގަޅުމޭވާ އަކަށް ޖުމުހޫރީމޭވާ ވެއެވެ.
o       ޖުމުހޫރީމޭވާ އަކީ ވިޓަމިން އޭ، ވިޓަމިން ސީ، އަދި ޕޮޓޭސިއަމްގެ ރިޒާވަރެކެވެ. އަދި މިއީ ރަގަޅު ޞިއްޙަތެއްގައި ހުރުމަށާއި، ބަރުދަން ލުއިކުރުމަށް ވެސް ބޭނުންކުރެވިދާނެ ފައިދާހުރި މޭވާ އެކެވެ.
o       ޖުމުހޫރީމޭވާ އަކީ ހަޖަމުކުރުން ރަގަޅުކޮށްދޭ، ހަޖަމުކުރުމަށް ބާރުއަޅާ މޭވާ އެކެވެ. މިސަބަބާހުރެ، ޖުމުހޫރީމޭވާ ބޭނުންކުރުމުން، ހަޖަމުކުރާ ނިޒާމްގެ މައްސަލަތަކަށް ލުއިކަން ގެނެސްދެއެވެ.
o       ޖުމުހޫރީމޭވާގެ ޖޫސް އަދި ފަތުގައި، އެލްކަލޮއިޑް ތައް ހުރެއެވެ. ޚާއްޞަކޮށް "ހާރމެން"(Harman) ކިޔާ އެލްކަލޮއިޑް އެއް ހުރެއެވެ. މިއީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ތަދުކަނޑުވައި، މީހާ ހަމައަކަށް އެޅުވުމުގެ ބާރު ލިބިފައިވާ މާއްދާ އެކެވެ.
o       ޖުމުހޫރީ މޭވާގެ މަލުގައި ވެސް މީހާ ހަމައަކަށް އަޅުވާލުމުގެ ބާރު ހުރެއެވެ. އެހެންކަމުން ނިދިނައުން، ނޭވާހިއްލުން، ރުޅިއައިސް ނުތަނަވަސްވުން ފަދަ ހާލަތްތަކުގައި މީހާގެ މިޒާޖު ހަމައަކަށް އެޅުވުމަށް، ޖުމުހޫރީމޭވާގެ މަލުގެ ބޭނުން ހިފައެވެ.
މައުލޫމާތު :


No comments:

Post a Comment