މުހިއްމު ސަފުހާތައް

Saturday, January 4, 2014

ބޮޑުކެކުރި

ބޮޑުކެކުރި
ބޮޑުކެކުރި އަކީ ދިވެހިންގެ އާންމު ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ. ތަފާތު ވައްތަރުގެ ސަޓަނި ހެދުމުގައި ބޭނުންކުރުމުގެ އިތުރުން އެކި ސުފުރާ ތަކުގައި ރޮލާ ބޭނުންކުރެވޭ ތަރުކާރީއެއްގެ ގޮތުގައި ވެސް ބޮޑުކެކުރި ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.
ދިވެހި ނަން : ބޮޑުކެކުރި
އިގިރޭސި ނަން : Cucumber
ޢިލްމީ ނަން : Cucumis sativus
ބޮޑުކެކުރީގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
15 ކިލޯކެލަރީ
ސޯޑިއަމް
2 މިލިގްރާމް
ކާބޯހައިޑްރޭޓް
3.63 ގްރާމް
ޕޮޓޭސިއަމް
147 މިލިގްރާމް
ޕްރޮޓީން
0.65  ގްރާމް
މަޢުދަންތައް
ފެޓް
0.11 ގްރާމް
ކެލްސިއަމް
16 މިލިގްރާމް
ފައިބަރު
0.5 ގްރާމް
ކޮޕަރ
-
ވިޓަމިންތައް
ދަނގަޑު
0.28 މިލިގްރާމް
ފޮލިކް އެސިޑް
7 މައިކްރޯ ގްރާމް
މެގްނީޒިއަމް
13 މިލިގްރާމް
ނިއެސިން
0.098 މިލިގްރާމް
މެންގަނީޒް
0.79 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.259 މިލިގްރާމް
ފޮސްފަރަސް
-     24 މިލިގްރާމް
ޕައިރިޑޮކްސިން
0.040 މިލިގްރާމް
ސިލެނިއަމް
-
ރައިބޯފްލެވިން
0.033 މިލިގްރާމް
ޒިންކް
0.20 މިލިގްރާމް
ތިއެމިން
0.027 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
105 އައިޔޫ
ކެރޮޓީން އަލްފާ
-
ވިޓަމިން ސީ
2.8 މިލިގްރާމް
ކެރޮޓީން ބީޓާ
45މައިކްރޯ ގްރާމް
ވިޓަމިން އީ
0.03 މައިކްރޯގްރާމް
ކްރިޕްޓޯޒެންތިން ބީ
26 މައިކްރޯ ގްރާމް
ވިޓަމިން ކޭ
16.4މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
23 މައިކްރޯ ގްރާމް
ލައިކޮޕީން
-


























ބޮޑުކެކުރިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
(ހ) - ހަޖަމުކުރުމުގެ މައްސަލަތައް : ކޮންމެ ދުވަހަކު ބޮޑުކެކުރި ފަނި ބޭނުންކުރުމަކީ ހަޖަމުކުރުމާ ގުޅުންހުރި މައްސަލަތައް ކަމުގައިވާ މޭއެންދުން، ބަނޑުގައި ގޭސްހެދުން، ބަނޑުހަރުވުން، މައިދާގައި ފާރުހެދުން ފަދަ ކަންތައްތަކަށް ލުއިކަން ގެނެސްދޭނެ ކަމެކެވެ. އެއީ ބޮޑުކެކުރީގައި ހިމެނޭ ޑައެޓްރީ ފައިބަރުގެ ސަބަބުން ހަޖަމުކުރުން ރަގަޅުކޮށްދީ ބަނޑާއި ގޮހޮރުން ވިހަ ބޭރުކޮށް ސާފުކޮށްދޭތީ އެވެ. 

(ށ) - ހަމާއި، ނިޔަފަތީގެ ދުޅަހެޔޮކަން : ބޮޑުކެކުރީގައި ގިނަ އަދަދަކަށް ފެން، ވިޓަމިން އޭ، ވިޓަމިން ބީގެ ވައްތަރުތައް، ވިޓަމިން ސީ، މެގްނީޒިއަމް، ޕޮޓޭސިއަމް، މެންގަނީޒް، އަދި ސިލިކާ ފަދަ މާއްދާތައް ހުރުމަކީ ހަމުގެ ދުޅަހެޔޮކަމަށް ބޮޑުކެކުރި ބޭނުންކުރުން އެހީއަކަށްވާނެ ކަމެކެވެ. ބޮޑުކެކުރީގައި ހިމެނޭ އެސްކޮބިކް އެސިޑް އަދި ކެފެއިކް އެސިޑް ގެ ސަބަބުން ލޮލުގެ ވަށައިގެން ފެންޖަމާވެ ފޮއްސިވެ، ދުޅަވުން ކުޑަކޮށްދެއެވެ. ބޮޑުކެކުރީގައި ހިމެނޭ ސިލިކާ އަކީ ނިޔަފަތިތައް ބިނދި، ރެނދުލައި، ފަޅައިގެން ދިއުމުން ރައްކާތެރިކޮށްދޭ މާއްދާ އެކެވެ.


(ނ) - ފެނުގެ ނިސްބަތް ހިފަހައްޓައިދިނުން : ބޮޑުކެކުރީގެ 96 އިންސައްތަ އަކީ ފެނެވެ. މިހެންކަމުން ބޮޑު ކެކުރި ބޭނުންކުރުމަކީ ހަށިގަނޑުން ފެން ހުސްވިޔަނުދީ ހިފަހައްޓައިދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިސަބަބާހުރެ ހަށިގަނޑުން ވިހަ ބޭރުކުރުމާ، ގުރުދާގައި އުފެދޭ ވެލިފުށް ކަހަލަ ހިލަ ބޭރުކުރުމަށް ބޮޑުކެކުރި ކެއުން އެހީއަކަށް ވެއެވެ.

(ރ) - ކެންސަރުން ރައްކާތެރިވުން : ބޮޑުކެކުރީގައި ހިމެނޭ "ލިގްނަން"(lignin) ގެ ތަފާތު ބާވަތް (ލެރިސިރެސިނޯލް، ޕިނޯރެސިނޯލް، އަދި ސިކޮއިސޯލެރިސިރެސިނޯލް) ތަކުގެ ސަބަބުން ތަފާތު ވައްތަރުގެ ކެންސަރުން ރައްކާތެރިވުމުގައި ބޮޑުކެކުރި ކެއުން އެހީއަކަށް ވެއެވެ. އެގޮތުން ރައްކާތެރިކޮށްދީފާނެ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރު، ރަހިމުގެ ކެންސަރު، ބިސް އުފައްދާތަނުގެ ކެންސަރު، އަދި ޕްރޮސްޓޭޓް ކެންސަރު ފަދަ ބާވަތްތައް ހިމެނެއެވެ. ބޮޑުކެކުރީގައި ޑައެޓްރީ ފައިބަރު ހުރުމަކީ ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމުގައި ބޮޑުކެކުރި ކެއުން އެހީއަކަށްވާނެ ކަމެކެވެ.

(ބ) - އަނގަޔާއި، ދަތާއި ހިރުގަނޑުގެ ދުޅަހެޔޮކަން : އަނގައިން ނުބައިވަސް ދުވާނަމަ 30 ސިކުންތު ވަންދެން ބޮޑުކެކުރި ފޮއްޗެއް ކަރުބުޑުގައި ބާއްވައިގެން ފިސްފިސްކޮށްލާށެވެ. ބޮޑުކެކުރީގައި ހިމެނޭ ފައިޓޮކެމިކަލް ތަކުގެ ސަބަބުން އަނގައިގައި ނުބައިވަސް އުފައްދައި ދިނުމުގައި ބައިވެރިވާ ޖަރާސީމުތައް މަރައި ނެތިކޮށްލާނެ އެވެ. މީގެ އިތުރުން ބޮޑުކެކުރީގައި ހިމެނޭ ފައިބަރުގެ ސަބަބުން ހަލާކުވެފައިވާ ހިރުގަނޑާ ދަތްތައް މަސާޖުކޮށް ފަސޭހަކޮށްދީ އަނގައިގެ ދުޅަހެޔޮކަން އިތުރުކޮށް ދެއެވެ. ބޮޑުކެކުރި ރޮލާ ކެއުމަކީ އަނގައިގެ ކުޅު ދިޔާވާނެ ކަމެކެވެ. އަނގައިގެ ކުޅު ދިޔާވުމަކީ އަނގައިގެ ތެރޭގައި ހިމެނޭ އެސިޑާ އަލްކަލައިންގެ ނިސްބަތް ހަމަހަމަކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.

(ޅ) - ލޭމައްޗަށްދިއުން، ސަރުބީމަތިވުން : ދިރާސާ ކުރާ ފަރާތްތަކަށް ބޮޑުކެކުރިން "ސްޓީރޯލް" ކިޔާ މާއްދާއެއް ވަނީ ފެނިފައެވެ. މިއީ ލޭގެ ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދާނެ އެއްޗެއްކަމަށްވަނީ ބެލެވިފައެވެ. ބޮޑުކެކުރީގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް، މެގްނީޒިއަމް، އަދި ފައިބަރު ހުރެއެވެ. މިއީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ.

(ކ) - ހަކުރު ބަލި : ބޮޑުކެކުރި ފަނީގައި ޗިސްމޭ އިން އިންސިއުލިން އުފެއްދުމަށް ބޭނުންވާ ހޯރމޯނެއް ވަނީ ފެނިފައެވެ. މިސަބަބާހުރެ ބޮޑުކެކުރި ބޭނުންކުރުމަކީ ހަކުރު ބަލީގެ މީހުންނަށް މަންފާހުރި ކަމެއްކަމަށް ވަނީ ބެލެވިފައެވެ. ބޮޑުކެކުރީގައި ހިމެނޭ މެންގަނީޒް އަކީ ތަބީއީ އިންސިއުލިން އުފެއްދުމަށް އެހީތެރިވެދޭ އެއްޗެކެވެ.

(އ) - ހުޅުތަކުގެ ދުޅަހެޔޮކަން : ބޮޑުކެކުރީގައި ގިނަ އަދަދަކަށް "ސިލިކާ" ހުރުމަކީ ހުޅުތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމެކެވެ. ބޮޑުކެކުރިއަކީ ވިޓަމިން އޭ، ވިޓަމިން ބީގެ ވައްތަރުތައް ކަމުގައިވާ ފޮލިކް އެސިޑް، ޕައިރިޑޮކްސިން، ވިޓަމިން ބީ1 ، ވިޓަމިން ސީ، އަދި ވިޓަމިން ޑީ އިން މުއްސަދި ތަރުކާރީ އެކެވެ. މީގެ އިތުރުން ކެލްސިއަމް، ޕޮޓޭސިއަމް އަދި މެގްނީޒިއަމް ވެސް ބޮޑުކެކުރީގައި ހުރެއެވެ. މިމާއްދާތައް ހުރުމަކީ ހުޅުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭނެ ކަމެކެވެ.
މައުލޫމާތު :

No comments:

Post a Comment