ލޭހަދިޔާކުރުން : ހައިރާންކުރުވަނިވި
ބައެއް ހަގީގަތްތައް
·
އިންސާނާގެ ހަށިގަނޑުގައިވާ ލޭހޮޅިތަކުގެ ދިގުމިނުގައި 100،000 މޭލު
ހުރެއެވެ.
·
އިންސާނާގެ ހަށިގަނޑުގައި ހުރިހާ ހުރި ލެޔެއް އެއްކޮށް ބޮއި ހުސްކުރުމަށް
1،200،000 މަދިރި ބޭނުންވެ، އެއިން ކޮންމެ މަދިރިއެއް މަދުވެގެން އެއްފަހަރު
ލޭބޯންޖެހޭނެ އެވެ.
·
އަލަށް އުފަންވާ ކުއްޖެއްގެ ހަށިގަނޑުގައި ގާތްގަނޑަކަށް އެއް ޖޯޑުގެ ލޭ
ހުންނާނެ އެވެ.
·
އިންސާނާގެ ހަށިގަނޑުގައި 0.2 މިލިގްރާމްގެ ރަން ހުރެއެވެ. މީގެތެރެއިން
ބޮޑުބައެއް ހުންނަނީ ލޭގެ ތެރޭގައެވެ.
·
އިންސާނާގެ ހަށިގަނޑުގެ ބަރުދަންގެ %8 އަކީ ލެޔެވެ.
·
ލޭގެ އެންމެ ޕޮއިންޓަކުން 3 މީހުންގެ ފުރާނަ ސަލާމަތްކުރެވިދާނެ އެވެ.
·
އުމުރުން 18 އަހަރުވުމުން ލޭހަދިޔާ ކުރަން ފަށައި، ކޮންމެ 90 ދުވަހަކުން
އެއްފަހަރު ލޭހަދިޔާކުރާނަމަ، އުމުރުން 60 އަހަރުވާއިރު، 75 ލިޓަރުގެ
ލޭހަދިޔާކުރެވި، 500 މީހުންގެ ފުރާނަ ސަލާމަތްކުރެވޭނެ އެވެ.
·
ހަށިގަނޑުގައި ފުރިހަމަ "ސާކެޓް" އެއް އެންމެ 30 ސިކުންތުގެ
ތެރޭގައި ލޭގެ ރަތް ސެލް އިން އުފެއްދިދާނެ އެވެ.
·
މާބަނޑުވާތާ 20 ހަފްތާގެ ފަހުން، މާބަނޑުވުމުގެ ކުރިން ހަށިގަނޑުގައި
ލޭހުރިވަރަށްވުރެ، %50 އިތުރުވެގެންދާނެއެވެ.
·
ލޭހަދިޔާކުރާ ކޮންމެ ފަހަރަކު ހަދިޔާކުރެވުނު ލޭ، އޭޑްސް، ހެޕަޓައިޓިސް ބީ،
ހެޕަޓައިޓިސް ސީ، އަދި ސިފިލިސް އަށް ޓެސްޓުކުރެވެއެވެ.
·
ހަދިޔާކުރެވޭ ލެއިން ލޭގައި ހިމެނޭ އެކިބައިތައް ވަކިކޮށްލުމަށްފަހު،
ބޭނުންވާ ބައެއް އެބައިގެ ބޭނުން ޖެހިފައިވާ ބަލިމީހަކަށް ފޯރުކޮށްދެވިދާނެ އެވެ. މިސާލަކަށް ލޭގެ ރަތް ސެލްތައް، ލޭގެ ޕްލާޒްމާ، ޕްލޭޓްލިޓް ފަދަ މާއްދާތައް ހަދިޔާކުރެވުނު ލެއިން
ވަކިކޮށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދެވިދާނެ އެވެ.
·
ކުރިއަރާފައިވާ ގައުމުތަކުގައި އެންމެ ގިނައިން ލޭއެޅެނީ އުމުރުން 65
އަހަރުން މަތީ މީހުންގެ ގަޔަށެވެ.
·
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގައި
އަހަރެއްގެ މައްޗަށް 108 މިލިޔަން ފަހަރު ލޭހަދިޔާކުރެއެވެ.
·
ތަރައްގީވަމުން އަންނަ ގައުމުތަކުގައި ހަދިޔާކުރެވޭ ލޭގެ %65 ފޯރުކޮށްދެވެނީ
އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ.
·
ލޭހަދިޔާކުރުން އެންމެ ކުރީގައި އުޅެނީ ކުރިއަރާފައިވާ ގައުމުތަކުގައެވެ.
އެގޮތުން ކޮންމެ 1000 މީހުންގެ ތެރޭގައި ލޭހަދިޔާކުރާ މީހުންގެ ނިސްބަތް އުޅެނީ
%36.8 ގައެވެ. މެދުފަންތީގެ ގައުމުތަކުގައި މިނިސްބަތް %11.7 ގައި އުޅޭއިރު،
ފަގީރު ގައުމުތަކުގައި މިނިސްބަތް އުޅެނީ %3.9 ގައެވެ.
·
"ޕްލާޒްމާ-ޑެރައިވްޑް
މެޑިސިނަލް ޕްރޮޑަކްޓް" އުފައްދަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް ރިޕޯޓްކުރާ
ގައުމުތަކުގެ ތެރެއިން އެންމެ 43 ގައުމުގައެވެ. ބާކީ 113 ގައުމުން ޖެހޭނީ
މިއުފެއްދުންތައް އެހެން ގައުމަކުން އެތެރެކުރާށެވެ.
·
ލޭ ބޭނުންކުރާނެ ގޮތުގެ ގައިޑްލައިނެއް ހެދި އެއަށް އަމަލުކުރެވެމުންދަނީ
އެންމެ 111 ގައުމުގައެވެ.
·
ލޭހަދިޔާކުރުމަށް ނަގަނީ ގާތްގަނޑަކަށް 20-10 މިނިޓާ ދެމެދުގެ ވަގުތެކެވެ.
·
ލޭގެ ޔުނިޓެއް ކަމުގައި ބަލަނީ 450 އެމްއެލް އެވެ.
·
ލޭހަދިޔާކުރާ މީހާގެ ބަރުދަން އެންމެ މަދުވެގެން 45 ކިލޯގައި ހުރުމާއެކު،
އުމުރުން 18 އަހަރުވެފައިވުމަކީ އެދެވިގެންވާ ކަމެކެވެ.
·
ލޭހަދިޔާ ކުރާ މީހާ އަކީ ޞިއްޙީ ގޮތުން ދުޅަހެޔޮ މީހަކަށްވުން މުހިއްމެވެ.
No comments:
Post a Comment