މުހިއްމު ސަފުހާތައް

Wednesday, October 7, 2015

ދުނިޔޭގެ ސެރެބްރަލް ޕަލްސީ ދުވަސް

މިއަދަކީ ދުނިޔޭގެ ސެރެބްރަލް ޕަލްސީ ދުވަސް
މިއަދު 7 އޮކްޓޯބަރ 2015 އަކީ މިއަހަރުގެ ދުނިޔޭގެ ސެރެބްރަލް ޕަލްސީ ދުވަހެވެ.  ދުނިޔޭގެ ސެރެބްރަލް ޕަލްސީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހުގެ ފުރަތަމަ ބުދަ ދުވަހެވެ. 

ދުނިޔޭގެ ސެރެބްރަލް ޕަލްސީ ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު ބޭނުމަކީ ސެރެބްރަލް ޕަލްސީ ބައްޔާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުވައި، އެފަދަ ބަލިތަކުގެ ކުދިން އުފަންވާ ނިސްބަތް ދަށްކުރުމަށް މަސައްކަތް ކުރުމެވެ. 

ދުނިޔޭގެ ސެރެބްރަލް ޕަލްސީ ދުވަސް ފުރަތަމަ ފާހަގަކޮށްފައިވަނީ އޮސްޓްރޭލިޔާގެ "ސެރެބްރަލް ޕަލްސީ އެލައެންސް" އަދި އެމެރިކާގެ "ޔުނައިޓެޑް ސެރެބްރަލް ޕަލްސީ" ގުޅިގެން 2012 ވަނަ އަހަރުގައެވެ. މިހަރަކާތް ފެށުމަށް ދުނިޔޭގެ 46 ގައުމަކުން 270 އަށްވުރެ ގިނަ ހޮސްޕިޓަލް، ޖަމްޢިއްޔާ، ޖަމާޢަތްތަކުން އެއްބާރުލުން ދީފައިވެއެވެ. 

ދުނިޔޭގައި މިހާރު ވެސް ސެރެބްރަލް ޕަލްސީ ހުންނަ 17 މިލިޔަން ކުދިންނާއި، މީހުން އެބަތިއްބެވެ. ދުނިޔޭގައި އުފަންވާ ކޮންމެ 500 ކުދިންގެ ތެރެއިން 1 ކުއްޖަކު އުފަންވަނީ ސެރެބްރަލް ޕަލްސީ އާއެކުގައެވެ.

No comments:

Post a Comment