ދުނިޔޭގެ ހަކުރުބަލީގެ ދުވަސް
މިއަދު 14 ނޮވެންބަރ އަކީ ދުނިޔޭގެ ހަކުރު ބަލީގެ
ދުވަހެވެ. ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ ވަކި
ޚާއްޞަ ޝިޢާރެއް ކަނޑައަޅައި، އެޝިޢާރުގެ ދަށުންނެވެ. އެގޮތުން މިއަހަރަށް
ކަނޑައަޅާފައިވާ ޝިއާރަކީ "އަދުގެ ހަރަކާތްތެރިކަން މާދަމާގެ
ކުރިއެރުން" މިއެވެ.
ދުނިޔޭގެ ހަކުރު ބަލީގެ ދުވަހެއް ފާހަގަ ކުރުމުގެ
މައިގަނޑު މަޤްޞަދަކީ ހަކުރު ބައްޔާއި މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް،
ހަކުރު ބަލިން ރައްކާތެރިވުމަށް އެހީތެރިވެދީ، ހަކުރު ބައްޔާއި އެކު ވެސް އުފާވެރި
ދިރިއުޅުމެއް އުޅެވޭނެގޮތް ފަހިކޮށްދިނުމަށް އެހީތެރިވެދިނުމެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުގައި ދިވެހިރާއްޖޭގެ
އާބާދީގެ %4.7 މީހުންނަކީ ހަކުރު ބަލިޖެހިފައިވާ މީހުންނެވެ. އާސަންދައިގެ ދަށުން
ޚިދުމަތް ހޯދާމީހުންގެ ތެރޭގައި ވެސް ހަކުރު ބަލިޖެހިފައިވާ މީހުން ގިނަ
އަދަދަކަށް ހިމެނޭކަން ފާހަގަ ކުރެވެއެވެ.
ދުނިޔޭގެ އާބާދީގެ %9 މީހުންނަށް ހަކުރު
ބަލިޖެހިފައިވާ އިރު ހަކުރު ބަލީގައި ކޮންމެ އަހަރަކު 1.5 މިލިޔަން މީހުން
މަރުވެދާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ހަކުރު ބަލިޖެހިފައިވާ މީހުންގެ ތެރެއިން %90 މީހުންނަކީ ދެވަނަ ވައްތަރުގެ ހަކުރު
ބަލިޖެހިފައިވާ މީހުންކަން ފާހަގަ ކުރެވެއެވެ. "އިންޓަނޭޝަނަލް ޑައެބެޓީސް
ފެޑެރޭޝަން" އިން ލަފާކުރާގޮތުގައި މިހާރު ވެސް ދުނިޔޭގައި ހަކުރު
ބަލިޖެހިފައިވާ 415 މިލިޔަން މީހުން (347 މިލިޔަން، ދުނިޔޭގެ ޞިއްޙަތު
ޖަމްޢިއްޔާގެ ތަފާސް ހިސާބު) އެބަތިއްބެވެ. މިއަދަދު 2040 ވަނަ އަހަރާ ހަމައަށް
ދާއިރު 642 މިލިޔަނަށް އަރާނެ ކަމަށް އިން ލަފާކުރެއެވެ. ބެލެވޭގޮތުގައި 2030 ވަނަ
އަހަރާ ހަމައަށް ދާއިރު ދުނިޔޭގައި 7 ވަނަ އަށް އެންމެ ގިނައިން މީހުން މަރުވާނީ
ހަކުރު ބަލީގެ ސަބަބުން ކަމަށް ލަފާކުރެވެއެވެ. ހަކުރު ބަލީގައި ކޮންމެ 6
ސިކުންތަކުން މީހަކު މަރުވެއެވެ. މިހާރު ކޮންމެ 11 މީހުންގެ ތެރެއިން އެކަކަށް
ހަކުރު ބަލިޖެހިފައިވާ އިރު 2040 ވަނަ އަހަރު ކޮންމެ 10 މީހުންކުރެން އެކަކުގެ
ގައިގައި ހަކުރު ބަލި ހުންނާނެ ކަމަށް ލަފާކުރެއެވެ.
ހަކުރު ބަލި .... އިތުރަށް ވިދާޅުވޭ
No comments:
Post a Comment