ތުއްތު ދަރިފުޅު
ހެދިބޮޑުވާގޮތް : ބާވީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން
(ގާތްގަނޑަކަށް) : 11 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން
(ގާތްގަނޑަކަށް) : 1 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު
(ގާތްގަނޑަކަށް) : "ސްޕަގެޓީ" ބަރަބޮލެއް ވަރު
ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ކުޑަކުޑަ
އިންސާނެއްގެ ސިފަ ހުންނާނީ ޖެހިފައެވެ. ތުންފަތާއި، ލޮލުގެ ބޮޑި އާއި، ބުމަ
ކުރިޔަށްވުރެ ބޮޑަށް ފާޅުވާން ހުންނާނެ އެވެ. ހިރުގަނޑުގެ ދަށުގައި ބޮޑުވަމުން
އަންނަ ދަތުގެ ބުޑުތައް ވެސް ކުރިޔަށްވުރެ ބޮޑަށް ފާޅުވެ އެނގެން ހުންނާނެ އެވެ.
ލޯ އުފެދިފައި ހުއްޓަސް ކަޅީގައި އަދި އެއަށް ކުލަ ގެނެސްދޭ ޕިގްމެންޓް ތަކެއް
ނުހުންނާނެ އެވެ.
ރަހިމުގެ އެތެރެ ބަލައިފިނަމަ، ތުއްތު ދަރިފުޅުގެ
ހަށިގަނޑުގައި ހުންނަ ލޯލި އިސްތަށިތަކާއި، ހަމުގައި ހުންނަ ރޫތައް ފާހަގަވާނެ
އެވެ. ތުއްތު ދަރިފުޅުގެ ގައިގައި ސަރުބީ ޖަހައި ހަމަށް ވާންކަން އަންނަންދެން
މިރޫތައް ހަމުގައި އެނގެން ހުންނާނެ އެވެ. އެތެރެ ހަށީގެ ތެރޭގައި (ބަނޑުގައި)
ޗިސްމޭ އުފެދެމުން އަންނާނެއެވެ.
ބާވީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު
ސިފަވާގޮތް
ލޯ : ލޮލުގެ ދެބޮޑި އަދިވެސް އިންނާނީ އެއްވެފައެވެ. އެހެންކަމުން ލޮލެއް
ނުހުޅުވޭނެ އެވެ. ލޮލުގެ ބޮޑީގެ ދަށުގައި ލޯ އުފެދިފައި އިނަސް، ލޮލުގެ
ކަޅުކަޅީގައި ހުންނަ ކަޅުކަން ގެނެސްދޭ ޕިގްމެންޓް ތަކެއް އަދި އުފެދިފައެއް
ނުހުންނާނެއެވެ.
ތުންފަތް : ތުއްތު ދަރިފުޅުގެ ދެތުންފަތް ބޮޑަށް ފާޅުވެ، ހިރުގަނޑުގެ ދަށުން ދަތުގެ
ބުޑުތައް އުފެދެމުންދާނެ އެވެ.
ހަން : ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ބަރުދަން އިތުރުވެ، ހަމަށް ވާންވަންދެން ހަން ހުންނާނީ ރޫޖެހިފައި
ހުންނަހެންނެވެ.
ރަހިމު : ބަނޑުގައި "ސްޓްރެޗް މާކު" ތައް އުފެދިދާނެއެވެ. މިގޮތަށްދިމާވަނީ
ބޮޑުވަމުން އަންނަ ރަހިމަށް ޖާގަ ދިނުމަށް ބަނޑުފުޅާވެ ދެމޭތީ އެވެ. ބައެއް ފަހަރު
ފޫޅު ވެސް ނިކުމެދާނެ އެވެ.
ބާވީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅު މިހާރު ހީވަނީ އަލަށްއުފަންވި
ވަރަށް ކަވިކަވި(ކުޑަކުޑަ) ތުއްތު ކުއްޖެން ހެނެވެ. ތުންފަތާއި، ބުމައާއި،
އެސްފިޔަ ފަދަ ބައިތައް ކުރިޔަށްވުރެ ރީތިކޮށް ފާޅުވާނެއެވެ. ލޮލުގެ ކަޅުކަޅީގައި
ހުންނަ ކަޅުކަން ގެނެސްދޭ ޕިގްމެންޓް ތަކެއް އަދި އުފެދިފައެއް ނުހުންނާނެއެވެ.
ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް "ސްޕަގެޓީ" ބަރަބޮލެއް ވަރެވެ.
މައުލޫމާތު :
No comments:
Post a Comment