ތުއްތު ދަރިފުޅު
ހެދިބޮޑުވާގޮތް : ހަވަނަ މަސް
ތުއްތު ދަރިފުޅުގެ ބަރުދަނުގައި ގާތްގަނޑަކަށް
680-660 ގުރާމު ހުންނާނެ އެވެ. ހަމުގެ ދަށުގައި ފެޓުޖަމާވަމުންދާ ވަރަކަށް ރޫ
އަރާފައިވާ ހަން އޮމާންވަމުންދާނެ އެވެ. މިމަހުގައި ވެސް ކުއްޖާ އިތުރަށް ބޮޑުވަމުން އާދެއެވެ.
ހަންގަނޑު ހުންނަނީ ރަތްކުލަ އަށެވެ. ހަންގަނޑު ނިވާކުރެވިފައިވަނީ ''ލެނޫގޯ''
އާއި، ''ވާރނިކްސް'' އިންނެވެ. ލެނޫގޯއަކީ ހަންގަނޑުގައި ހުންނަ ކުދި، މަޑު،ލޯލި
ކެހެރިތަކެވެ. ވާރނިކްސް އަކީ ލެނޫގޯއާއި، ހަމުގެ ސެލްތަކާއި، އަދި ތެޔޮއެކުލެވޭ
މާއްދާއެކެވެ. މިއަށް ދިވެހިބަހުން ކިޔަނީ ''ކިދު'' އެވެ. އިސްތަށިތަކާއި، ފައިގެ އިގިލިތަކުގެ ނިޔަފަތިތައް އުފެދެން
ފަށައެވެ. ކުޑަދަރިފުޅުގެ ސިކުނޑި އަވަސްކަމާއި އެކު ބޮޑުވަމުން އާދެއެވެ.
ނާރުތަކުގައި ކަރަންޓް ސިގްނަލްތައް ދައުރުކުރުވާ ފެޓީ ޝީޓް ނުވަތަ ފަށަލަ
އުފެދެން ފަށައެވެ.
މެކޯނިއަމް(Meconium)އުފެދެމުން
އާދެއެވެ. މެކޯނިއަމް އަކީ ކުޑަދަރިފުޅުގެ ހަށިގަނޑުން ފުރަތަމަ ބޭރުކުރާ
''ބޮޑުކަމުދާ ތަކެތި'' އެވެ. ކުޑަދަރިފުޅުގެ ހަށިގަނޑުގައި ހޫނުމިން
ހިފެހެއްޓުމުގައި އެހީވެދޭ މުށި ފެޓް(Brown fat)އުފެދެން ފަށައެވެ.
އަންހެންކުއްޖެއް ނަމަ މިމަހުގެ ތެރޭގައި އޯވަރީގައި ބިސްތައް އުފެދެން ފަށައެވެ.
ކުޑަދަރިފުޅުގެ ކަށިތައް ހަރުވެއެވެ. ކުއްޖާއެއްކޮށް އުފެދި ''ކުޑަމީހެއް''ގެ ސިފަ
ޖެހެއެވެ. ނަމަވެސް ފުއްޕާމޭ އުފެދިފައި ނުވާތީ ކުއްޖާ އަދި ވެސް ވަރަށް
ކުޑަވާނެއެވެ. އެހެން ކަމުން މިމަރުހަލާގައި ޚާއްޞަ ފަރުވާއަކާއި ނުލައި ރަހިމުން
ބޭރުގައި ކުއްޖާ ދިރިއެއް ނޯންނާނެއެވެ.
ހަވަނަ މަސް ނިމޭ ހިސާބު
ކުއްޖާ 14-11އިންޗި އާއި ދެމެދުގެ ދިގުމިނަކަށް ބޮޑުވެއެވެ. ބަރުދަނުގައި 1ބައި
ޕައުންޑް ހުރެއެވެ.
·
ބަނޑަށް 6 މަހުގައި ދަރިފުޅުގެ ހަރަކާތްތައް
ކުރިޔަށްވުރެ ބޮޑަށް އެނގެން ފަށައެވެ.
· ހަރަކާތްތައް އިތުރުވަނީ ތުއްތު ދަރިފުޅުގެ
ހަށިގަނޑުގައި އުފެދެމުން އަންނަ މަސްފަށަލަތައް ވަރުގަދަވާން ފެށުމުގެ
ސަބަބުންނެވެ.
· ބަނޑަށް 6 މަސް ފުރޭއިރު ދަރިފުޅުގެ
ދިގުމިނަކީ ގާތްގަނޑަކަށް 30 ސމ އެވެ. ބަރުދަނަކީ ގާތްގަނޑަކަށް 650 ގްރާމްވެ.
ހަވަނަ މަހުގައި
ހިމެނެނީ :
·
25 ވަނަ ހަފްތާ
·
26
ވަނަ ހަފްތާ
·
28
ވަނަ ހަފްތާ
·
29
ވަނަ ހަފްތާ
ފަންސަވީސްވަނަ ހަފްތާ
ތުއްތު
ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : ½ 13 އިންޗި
ތުއްތު
ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ½ 1 ޕައުންޑް
ތުއްތު
ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : އާދައިގެ
ރޫޓަބާގާއެއް ވަރު
ތުއްތު ދަރިފުޅުގެ
ހަށިގަނޑުގެ ހިކިކަމާއި، ތުނިކަމުގެ ބަދަލުގައި ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި
ސަރުބީ ޖަހައި ރޫފަ ރަނގަޅުވާން ފަށާނެ އެވެ. މިހެންވުމުން ރޫޖެހިފައިވާ ހަމަށް
ވާންކަން ލިބި، ހަން އޮމާންވެގެންދާނެ އެވެ. ތުއްތު ދަރިފުޅުގެ ރޫފަ ރަނގަޅުވެ،
އަލަށް އުފަންވާ ތުއްތު ކުއްޖަކާ ވައްތަރުވުން ބޮޑުވެގެންދާނެ އެވެ. ތުއްތު
ދަރިފުޅުގެ ބޮލުގައި ވަކި ކުލައެއްގެ، ވަކި ގޮތަކަށް ހުރި އިސްތަށި މިހާރު ހުންނާނެއެވެ. މާނައަކީ ކަޅު ނޫނީ މުށި،
ފަންކޮށް ، ނޫނީ ބުޅިކޮށް ހުރި އިސްތަށި ހުންނާނެއެވެ.
ފަންސަވީސްވަނަ
ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ފެޓް : ތުއްތު ދަރިފުޅުގެ ގައިގައި ފެޓް ޖަހަންފަށާނެއެވެ. ހަން
އޮމާންވެ، އަލަށްއުފަންވާ ތުއްތު ކުއްޖެއްގެ ސިފަ ގައިގައި ޖެހެން ފަށާނެއެވެ.
އިސްތަށި : ތުއްތު ދަރިފުޅުގެ ބޮލުގައި ވަކި ކުލައެއްގެ، ވަކި ގޮތަކަށް ހުރި އިސްތަށި މިހާރު ހުންނާނެއެވެ.
މާނައަކީ ކަޅު ނޫނީ މުށި، ފަންކޮށް ، ނޫނީ ބުޅިކޮށް ހުރި އިސްތަށި ހުންނާނެއެވެ.
ނަމަވެސް އުފަންވުމަށްފަހު ވެސް މިކަން ބަދަލުވުމަކީ ވެދާނެ ގޮތެކެވެ.
ރަހިމު : ބޮޑުވަމުން އަންނަ ރަހިމުން ހިތާއި ދިމާލަށް ނުސާފުލޭ
ގެންގޮސްދޭ ލޭހޮޅިތަކަށް ފިއްތާތީ، ގިނަ އިރު އުއްޑުން އޮށޯވެ އޮވެއްޖެނަމަ،
އަނބުރާގޮތްވުމަކީ ވެދާނެ ގޮތެކެވެ.
ތުއްތު ދަރިފުޅުގެ
ގައިގައި ފެޓް ޖަހަންފެށުމުން، ހަމުގައި ހުންނަ ދޫކަން ގޮސް، ރޫތައް ނެތި، ހަން
އޮމާންވެ، އަލަށްއުފަންވާ ތުއްތު ކުއްޖެއްގެ
ސިފަ ގައިގައި ޖެހެން ފަށާނެއެވެ. ތުއްތު ދަރިފުޅުގެ ބޮލުގައި ވަކި ކުލައެއްގެ،
ވަކި ގޮތަކަށް ހުރި އިސްތަށި ފަޅަން ފަށާނެ އެވެ. ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި
ހުންނާނީ އާދައިގެ ރޫޓަބާގާ އަކާ އެއްވަރު ބަރުދަނެކެވެ.
ސައްބީސްވަނަ ހަފްތާ
ތުއްތު
ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 14 އިންޗި
ތުއްތު
ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : 3/2 1
ޕައުންޑް
ތުއްތު
ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : "ފެހި
ފިޔާ" ބޮނޑިއެއް ވަރު
ތުއްތު ދަރިފުޅުގެ
ކަންފަތަށް ގޮސްފައިވާ ނާރު މިހާރު އަންނާނީ އުފެދެމުންނެވެ. އެހެންކަމުން ތުއްތު
ދަރިފުޅުގެ އަޑުއިވުން ކުރިޔަށްވުރެ ރަނގަޅުވަމުން އަންނާނެއެވެ. ތުއްތު ދަރިފުޅު
އެތެރެއަށާއި، ބޭރަށް ނޭވާލާއިރު ފެންދުލީގައި ހުންނަ ފެން ކޮންމެވެސް
މިންވަރަކަށް އެތެރެކުރާނެއެވެ. މިއީ ފުއްޕާ އުފެދުމަށް އެހީތެރިވެދޭ އެއްޗެކެވެ.
ނޭވާލުމުގެ މިހަރަކާތަކީ އުފަންވުމަށްފަހު ނޭވާލުމަށް ކުރެވޭ ރަނގަޅު
ފަރިތަކުރުމެކެވެ. ތުއްތު ދަރިފުޅުގެ ގައިގައި ސަރުބީ ޖަހައި، ރޫފަ ރަނގަޅުވަމުން
ދާނެއެވެ. ބަނޑުގައިވާ ދަރިފުޅަކީ ފިރިހެން ކުއްޖެއްނަމަ، އެކުއްޖާގެ އޮށް
މަޑުމަޑުން އުރަވަޅި އާއި ދިމާލަށް ތިރިއަށް ޖެހެން ފަށާނެއެވެ. މިކަމަށް
ގާތްގަނޑަކަށް 3-2 މަސް ހޭދަވާނެއެވެ.
ސައްބީސްވަނަ
ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ބުރަކަށި : ބުރަކަށީގައި ރިއްސައިފާނެއެވެ. މިއީ މާބަނޑުވުމުން
އިތުރުވާ ހޯރމޯންތަކާއި، މައިބައިދައިގެ ހުޅުތަކާއި، އެއްސުންތަކަށް ދޫކަން
ލިބުމުން ދިމާވާ ކަމެކެވެ.
ކަންފަތް : ކުޑަދަރިފުޅުގެ ކަންފަތަށް ގޮސްފައިވާ ނާރު މިހާރު
އަންނާނީ އުފެދެމުންނެވެ. އެހެންކަމުން ތުއްތު ދަރިފުޅުގެ އަޑުއިވުން ކުރިޔަށްވުރެ
ރަނގަޅުވަމުން އަންނާނެއެވެ.
ޖިންސީ
ގުނަވަން : ބަނޑުގައިވާ ދަރިފުޅަކީ ފިރިހެން
ކުއްޖެއްނަމަ، އެކުއްޖާގެ އޮށް މަޑުމަޑުން އުރަވަޅި އާއި ދިމާލަށް ތިރިއަށް ޖެހެން
ފަށާނެއެވެ. މިކަމަށް ގާތްގަނޑަކަށް 3-2 މަސް ހޭދަވާނެއެވެ.
ސައްބީސްވަނަ
ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅު
އެތެރެއަށާއި، ބޭރަށް ނޭވާލާއިރު ފެންދުލީގައި ހުންނަ ފެން ކޮންމެވެސް
މިންވަރަކަށް އެތެރެކުރާނެއެވެ. މިއީ ފުއްޕާ އުފެދުމަށް އެހީތެރިވެދޭ އެއްޗެކެވެ.
ނޭވާލުމުގެ މިހަރަކާތަކީ އުފަންވުމަށްފަހު ނޭވާލުމަށް ކުރެވޭ ރަނގަޅު
ފަރިތަކުރުމެކެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް "ފެހި ފިޔާ"
ބޮނޑިއެއް ވަރެވެ.
ތުއްތު
ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : ½ 14 އިންޗި
ތުއްތު
ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : 2 ޕައުންޑް
ތުއްތު
ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ކޮލިފްލާވަރ
އެއް ވަރު
ތުއްތު ދަރިފުޅު
ތުއްތު ދަރިފުޅުގެ ލޯ މިހާރު ހުޅުވައި، ލައްޕާނެއެވެ. އަދި ވަކި ވަގުތުތަކެއްގައި
ނިދައި، ހޭލާނެއެވެ. ފަހަރުގައި އިނގިލި ވެސް ބޮއިފާނެ އެވެ. ސިކުނޑީގައި
އާޓިޝޫތައް އުފެދުމާއެކު، ކުރިޔަށްވުރެ ސިކުނޑި ހަރަކާތްތެރިވާނެ އެވެ. ފުއްޕާމޭ
އަދި ރަނގަޅަށް ފުރިހަމައެއް ނުވާނެއެވެ. ނަމަވެސް މިދުވަސްވަރު އުފަންވެއްޖެނަމަ،
މެޑިކަލް އެހީ (ވެންޓިލޭޓަރ، އޮކްސިޖަން) ތެރިކަމުގައި ފުރާނަ ސަލާމަތްކުރެވިދާނެ
އެވެ. ދޭތެރެއިން ދޭތެރެއިން ތުއްތު ދަރިފުޅު އުކުޑިކޮށްޓާކަން ފާހަގަ ކުރެވިދާނެ
އެވެ. އާންމު ގޮތެއްގައި މިގޮތަށް އުކުޑި ކޮށްޓުން ފަދަ ހަރަކާތްތައް ދެމިހުންނަނީ
ހިނދުކޮޅަކަށް ކަމަށްވުމުން، އޭގެ ސަބަބުން ތުއްތު ދަރިފުޅަށް އެއްވެސް ކަހަލަ
އުނދަގުލެއް ނުވާނެ އެވެ.
ހަތާވީސްވަނަ
ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ލޯ : ތުއްތު ދަރިފުޅުގެ ލޯ މިހާރު ހުޅުވައި، ލައްޕާނެއެވެ.
އަދި ވަކި ވަގުތުތަކެއްގައި ނިދައި، ހޭލާނެއެވެ.
އަނގަ : ތުއްތު ދަރިފުޅު ފަހަރުގައި އިނގިލި ބޮއިފާނެއެވެ.
ދޭތެރެއިން ދޭތެރެއިން ތުއްތު ދަރިފުޅު އުކުޑިކޮށްޓާކަން ފާހަގަ ކުރެވިދާނެ އެވެ.
ރަހިމު : ފައިން ހިތާއި ދިމާލަށް ނުސާފުލޭ ގެންގޮސްދޭ ލޭހޮޅިތަކަށް
ބޮޑުވަމުން އަންނަ ރަހިމުން ފިއްތުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން ފައި ވާޅުވެ،
އަކުނިވަޔަށް ދެމުމަކީ ވެދާނެ ގޮތެކެވެ.
ހަތާވީސްވަނަ
ހަފްތާގައި ހެދިބޮޑުވާގޮތް
މިއީ މާބަނޑު
ދުވަސްވަރު ތިންމަހުގެ އުސޫލުން ބަހާލެވޭ ދުވަސްވަރުގެ ތެރެއިން ދެވަނަ 3 މަހުގެ
ފަހު ހަފްތާ އެވެ. ތުއްތު ދަރިފުޅު މިހާރު ގަވާއިދުން ނިދައި، ހޭލައި ހަދާނެއެވެ.
ސިކުނޑި ވަރަށް ހީވާގި ވާނެއެވެ. ފުއްޕާމޭ އަދި ރަނގަޅަށް ފުރިހަމައެއް
ނުވާނެއެވެ. ނަމަވެސް މިދުވަސްވަރު އުފަންވެއްޖެނަމަ، މެޑިކަލް އެހީ (ވެންޓިލޭޓަރ،
އޮކްސިޖަން) ތެރިކަމުގައި ފުރާނަ ސަލާމަތްކުރެވިދާނެ އެވެ. ތުއްތު ދަރިފުޅުވާނީ
ގާތްގަނޑަކަށް ކޮލިފްލާވަރ އެއް ވަރެވެ.
އަށާވީސްވަނަ ހަފްތާ
ތުއްތު
ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 14.8 އިންޗި
ތުއްތު
ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ¼ 2 ޕައުންޑް
ތުއްތު
ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ބޮޑު ދިގު
ބައްޓެއް ވަރު
ތުއްތު ދަރިފުޅުގެ
ލޮލުގައި މިހާރު އެސްފިޔަ ހުންނާނެ އެވެ. އެސްފިޔަ ޖަހާނެއެވެ. ރަހިމު ހުރަސްކޮށް،
ތުއްތު ދަރިފުޅުގެ ގަޔަށްއެޅޭ އަލި ތުއްތު ދަރިފުޅަށް ފާހަގަވާނެ އެވެ.
ސިކުނޑީގައި އެތައް ބިލިޔަން ނިއުރޯން އެއް ދާނީ އުފެދެމުންނެވެ. ރަހިމުން ބޭރަށް
ނިކުތުމަށް ދަރިފުޅު ތައްޔާރުވަމުންދާތީ، ފެޓް ނުވަތަ ސަރުބީގެ ފަށަލަތައް ތުއްތު
ދަރިފުޅުގެ ގައިގައި އުފެދެމުންދާނެއެވެ.
އަށާވީސްވަނަ
ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ލޯ : ތުއްތު ދަރިފުޅުގެ ލޮލުގައި މިހާރު އެސްފިޔަ ހުންނާނެ
އެވެ. ބޭރުން މައިމީހާގެ ބަނޑަށް އަލިއެޅުމުން ތުއްތު ދަރިފުޅުގެ ބޯ އަލިއެޅުނު
ފަރާތް ނޫން ފަރާތަށް އަނބުރައިހަދާނެއެވެ.
ފެޓް : ރަހިމުން ބޭރަށް ނިކުތުމަށް ދަރިފުޅު ތައްޔާރުވަމުންދާތީ،
ފެޓް ނުވަތަ ސަރުބީގެ ފަށަލަތައް ތުއްތު ދަރިފުޅުގެ ގައިގައި އުފެދެމުންދާނެއެވެ.
ރަހިމު : ތުއްތު ދަރިފުޅުގެ ތޮޅުން ކުރިޔަށްވުރެ ބޮޑަށް މިހާރު
މައިމީހާއަށް އިހުސާސް ކުރެވޭނެ އެވެ.
އަށާވީސްވަނަ
ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ
ލޮލުގެ ފެނުން އަންނާނީ އުފެދެމުންނެވެ. ފަހަރުގައި ބޭރުން އަންނަ އަލިތައް ތުއްތު
ދަރިފުޅަށް އިހުސާސް ކުރެވިދާނެ އެވެ. އެސްފިޔަތައް ހުންނާނީ އުފެދިފައެވެ.
އެސްފިޔަ ޖަހާނެއެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ބޮޑު ދިގު ބައްޓެއް
ވަރެވެ.
ނަވާވީސްވަނަ ހަފްތާ
ތުއްތު
ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 15 އިންޗި
ތުއްތު
ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ½ 2 ޕައުންޑް
ތުއްތު
ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ތަރުކާރީ
ބަރަބޮލެއް ވަރު
ތުއްތު ދަރިފުޅުގެ
މަސްތަކާއި، ފުއްޕާމޭ އިތުރަށް ފުރިހަމަވަމުން ދާނެއެވެ. ސިކުނޑިއޭގެ ތެރޭގައި
ހިފެހެއްޓުމަށްޓަކައި ތުއްތު ދަރިފުޅުގެ ބޯ ބޮޑުވަމުން އަންނާނެ އެވެ. ހަރުވަމުން
އަންނަ ތުއްތު ދަރިފުޅުގެ ކަށިތަކުގައި ކެލްސިއަމް ހަރުލަމުންދާތީ، މިދުވަސްވަރު
މައިމީހާ ކިރު، ޗީޒު، ޔޯގަޓް ފަދަ ކެލްސިއަމް ގިނައިން ހުންނަ ބާވަތްތައް
ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. މި 3 މަހުގެ ތެރޭގައި ތުއްތު ދަރިފުޅުގެ
ހަރުވަމުންދާ ކަށިތަކުގައި ދުވާލަކު 250 މިލިގްރާމްގެ ކެލްސިއަމް ޖަމާވަމުންދާނެ
އެވެ.
ނަވާވީސްވަނަ
ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ފުރަގަސްފަރާތް
: މާބަނޑު ދުވަސްވަރު ފުރަގަސް ފަރާތް ފޭބުމަކީ
އާންމު ކަމެކެވެ. ނަމަވެސް ވިހެއުމަށްފަހު މިކަން ލުއިވެދެއެވެ.
ކަށި : ހަރުވަމުން އަންނަ ތުއްތު ދަރިފުޅުގެ ކަށިގަނޑަށް
ދުވާލަކު 250މިލިގްރާމްގެ ކެލްސިއަމް ލިބެމުންދާނެ އެވެ.
ބޯ : ސިކުނޑިއޭގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި ތުއްތު
ދަރިފުޅުގެ ބޯ ބޮޑުވަމުން އަންނާނެ އެވެ. މިދުވަސްވަރު ސިކުނޑި އުޅޭނީ އެތައް
ބިލިޔަން ނިއުރޯން އެއް އުފެއްދުމަށް އަވަދިނެތި އެވެ.
ރަހިމު : ބޮޑުވަމުން އަންނަ ރަހިމުން ހިތާއި ދިމާލަށް ނުސާފުލޭ
ގެންގޮސްދޭ ލޭހޮޅިތަކަށް ފިއްތާތީ، ގިނަ އިރު އުއްޑުން އޮށޯވެ އޮވެއްޖެނަމަ،
އަނބުރާގޮތްވުމަކީ ވެދާނެ ގޮތެކެވެ.
ނަވާވީސްވަނަ
ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ
މަސްތަކާއި، ފުއްޕާމޭ އަވަދިނެތި ހަރަކާތްތެރިވަމުންދާނީ ރަހިމުން ބޭރުގައި ވެސް
އޭގެ މަސައްކަތްތައް ފުރިހަމަ ކުރެވޭނެ ގޮތް ހެދުމަށް ތައްޔާރުވުމަށެވެ.
ސިކުނޑިއޭގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި ތުއްތު ދަރިފުޅުގެ ބޯ ބޮޑުވަމުން
އަންނާނެ އެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ބަޓަރ ނަޓް ނޫނީ ތަރުކާރީ
ބަރަބޮލެއް ވަރެވެ.
މައުލޫމާތު
:
No comments:
Post a Comment