ތުއްތު ދަރިފުޅު
ހެދިބޮޑުވާގޮތް : ފުރަތަމަ މަސް
އުފެދެމުން
އަންނަ ތުއްތު ދަރިފުޅު އެކުލެވިގެންވަނީ ދެފަށަލައަކަށް އެތުރިފައި ހުންނަ
ސެލްތަކުގެ މައްޗަށެވެ. ތުއްތު ދަރިފުޅުގެ ހުރިހާ ގުނަވަންތަކާއި، ބައިތަކެއް
އުފެދިގެންނަނީ މި ސެލް ފަށަލަތަކުންނެވެ. ފިރިހެނާގެ ދަރިފަނި(Sperm) އަންހެނާގެ ބިހުގައި
މުޑުވަށްވުމަށްފަހު 7-5ދުވަހުގެ ތެރޭގައި ރަހިމުގެ އެތެރޭ ކައިރިފަށުގައި މިބިސް
ހަރުލައެވެ. މިގޮތަށް ހަރުލުމަށް ކިޔަނީ ''އިމްޕްލާންޓޭޝަން''(Implantation)އެވެ.
މިބިސް އާދައިގެ ގޮތެއްގައި ހަރުލަނީ ރަހިމުގެ ފަހަތު ފާރު(Posterior wall)ގެ
މަތީބައިގައި ''ފަންޑަސް'' (Fundus)ގެ ކައިރީގައެވެ. އެއަށްފަހު މުޑުވަށްވެފައިވާ ބިސް މަޑުމަޑުން
ބޮޑުވަމުން އާދެއެވެ. މިދުވަސްވަރު ރަހިމުގައި އަށަގަންނަމުން އަންނަ
ކުޑަދަރިފުޅަށް ކިޔަނީ ''އެމްބްރިއޯ''(Embry)އެވެ.
އިމްޕްލާންޓޭޝަން އަށް ފަހު
ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަސް(Placenta)އަދި ފޫޅު(Umbilical cord)އުފެދެންފަށައެވެ.
މިއީ އަށަގަންނަމުން އަންނަ ދަރިފުޅަށް ކާނާއާއި، އޮކްސިޖަން ފޯރުކޮށްދިނުމުގެ
މައިގަނޑު ވަސީލަތެވެ.
މައިމީހާގެ ހަށިގަނޑުގައި
ކުޑަދަރިފުޅު އޮންނަނީ ދިޔާތަކެތި އެކުލެވޭ ކޮތަޅެއްގެ ތެރޭގައި
ރައްކާކުރެވިފައެވެ. މިކޮތަޅަށް ''އެމްނިއޮޓިކް ސެކް''(Amniotic sac)
ނުވަތަ ''ފެންކޮތަޅު''އޭ ކިޔައެވެ. މިކޮތަޅުގައި ހުންނަ ދިޔާ މާއްދާއަށް
''އެމްނިއޮޓިކް ދިޔަ'' (Amniotic
fluid) އޭ ކިޔައެވެ. މިކޮތަޅުގެ ބޭނުމަކީ
ކުޑަދަރިފުޅު ޕްރެޝަރުގެ ސަބަބުން އަރާ ލޮޅުންތަކުން ހިމާޔަތްކުރުމެވެ.
މިމަހުގެ ތެރޭގައި އެމްބްރިއޯ ވަށައިގެން 3ފަށަލަ އުފެދެއެވެ. އެންމެ
ބޭރުފަށަލަ ''އެކްޓޯޑާރމް''(Ectoderm)ގައި
ހިމެނެނީ ސިކުނޑިއާއި، ނާރުތަކާއި، ކަންފަތް، ލޯ އަދި ހަންގަނޑު އެވެ. މެދުގައިވާ
ފަށަލަ ''މީސޯޑާރމް''(Mesoderm)ގެ
ތެރޭގައި ހިމެނެނީ ކަށިތަކާއި، މަސްތަކާއި، ލޭހޮޅިތަކާއި، ހިތް އަދި ޖިންސީ
ގުނަވަން އެވެ. އެންމެ އެތެރޭގައިވާ ފަށަލަ ''އިންޑޯޑާރމް''(Endoderm)ގެ ތެރޭގައި ހިމެނެނީ މައިދާ،
ފުއްޕާމޭ ކުޑަގޮހޮރު ފުރަމޭ އަދި ކުޑަކަމުދާތަކެތި
އުފައްދައި ބޭރުކުރާ ނިޒާމްގެ ބައިތަކެވެ. ފުރަތަމަ މަސް ނިމޭއިރު ކުޑަދަރިފުޅުގެ
ދިގުމިނުގައި ހުންނާނީ 4/1 އިންޗި އެވެ.
ފުރަތަމަ މަހުގައި ހިމެނެނީ:-
·
4 ވަނަ ހަފްތާ
·
5
ވަނަ ހަފްތާ
·
6
ވަނަ ހަފްތާ
·
7
ވަނަ ހަފްތާ
ހަތަރުވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން
(ގާތްގަނޑަކަށް) : -
ތުއްތު ދަރިފުޅުގެ ބަރުދަން
(ގާތްގަނޑަކަށް) : -
ތުއްތު ދަރިފުޅުގެ ސައިޒު
(ގާތްގަނޑަކަށް) : އަފިހުން އޮށެއް ވަރު
މިހަފްތާ އަކީ ތުއްތު ދަރިފުޅުގެ " މުހިއްމު
ނިޒާމުތަކާއި، ބައިތައް ހެދިބޮޑުވާން ފަށާ މަރުހަލާ"(embryonic
period) ގެ ފެށުމުގެ ގޮތުގައި ބަލާ
ހަފްތާ އެވެ. މިމަރުހަލާގެ ދެމިގެންދަނީ ބިސް މުޑުވަށްވި ހިސާބުން ފެށިގެން 10
ވަނަ ހަފްތާގެ ނިޔަލަށެވެ. މިހަފްތާއިން ފެށިގެން 10 ވަނަ ހަފްތާގެ ނިޔަލަށް
ތުއްތު ދަރިފުޅުގެ ހުރިހާ ގުނަވަންތަކެއް އުފެދެން ފަށައި، ބައެއް ގުނަވަންތައް
މަސައްކަތް ކުރަން ވެސް ފަށާނެ އެވެ. އެހެންކަމުން މިއީ ތުއްތު ދަރިފުޅު ބަނޑުގައި
ހެދިބޮޑުވުމުގައި އެންމެ ބޮޑަށް ބަލަންޖެހޭ އެންމެ ނާޒުކު ދުވަސްވަރެވެ. މިހާރު
ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅު(embryo)
ވާނީ ގާތްގަނޑަކަށް އަފިހުން އޮށެއް ވަރެވެ. ހެދިބޮޑުވަމުން އަންނަ ތުއްތު
ދަރިފުޅު އެކުލެވިގެންވަނީ ދެފަށަލައަކަށް އެތުރިފައިވާ ސެލްތަކެއްގެ މައްޗަށެވެ.
ތުއްތު ދަރިފުޅުގެ ހުރިހާ ގުނަވަންތަކާއި، ބައިތަކެއް އުފެދިގެން އަންނާނީ
އެދެފަށަލައިގެ ސެލްތަކުންނެވެ. އެދެ ފަށަލައަށް ކިޔަނީ "އެޕިބްލާސްޓް"(epiblast) އަދި
"ހައިޕޯބްލާސްޓް"(hypoblast)
އެވެ.
މިދުވަސްވަރު އުފެދެމުން އަންނަ މަސް ވެސް
އެކުލެވިގެންވަނީ ދެފަށަލައެއްގެ މައްޗަށެވެ. އުފެދެމުން އަންނަ މަހުގެ ސެލްތައް
ރަހިމުގެ ބަތާނަ ފަށުގެ ތެރެއަށް ވަންނަމުންދާނެއެވެ. މިހަފްތާގެ ފަހުކޮޅުގައި
އުފެދެމުން އަންނަ މަހުން، އުފެދެމުން އަންނަ ތުއްތު ދަރިފުޅަށް ބޭނުންވާ ކާނާއާއި
އޮކްސިޖަން ފޯރުކޮށްދޭން ފަށާނެއެވެ.
މިހާރު ތުއްތު ދަރިފުޅު އޮންނާނީ ކުރިން ވެސް
ބުނެވުނު ފަދައިން ފެންދުލީގެ ތެރޭގައެވެ.
މިހަފްތާގައި މަސް ރަނގަޅަށް އުފެދެންދެން ތުއްތު ދަރިފުޅަށް ބޭނުންވާ ލޭގެ
ރަތް ސެލްތައް އުފައްދައިދީ، ކާނާ ފޯރުކޮށްދެނީ "ޔޯކް ސެކް" އިންނެވެ.
ހަތަރުވަނަ ހަފްތާ : ތުއްތު ދަރިފުޅު
ސިފަވާގޮތް
ފެންދުލި : ޖެހިގެން އަންނަ ހަފްތާގައި ފެންދުލި އުފެދެމުން އަންނަ ތުއްތު ދަރިފުޅު
ވަށައިލާނެއެވެ. އަދި ވިހެއުމާއި ހަމައަށް ތުއްތު ދަރިފުޅު އޮންނާނީ މިފެންދުލީގެ
ތެރޭގައެވެ.
އުފެދެމުން އަންނަ ތުއްތު ދަރިފުޅު : ތުއްތު ދަރިފުޅުގެ ހުރިހާ ގުނަވަންތަކާއި، ބައިތަކެއް
އުފެދިގެން އަންނާނީ ކުރިން ބަޔާންކުރެވުނު ދެފަށަލައިގެ ސެލްތަކުންނެވެ. އެދެ
ފަށަލައަށް ކިޔަނީ "އެޕިބްލާސްޓް" އަދި "ހައިޕޯބްލާސްޓް"
އެވެ.
އުފެދެމުން އަންނަ މަސް : އުފެދެމުން އަންނަ މަހުގެ ސެލްތައް ރަހިމުގެ ބަތާނަ ފަށުގެ
ތެރެއަށް ވަންނަމުންދާނެއެވެ. މިހަފްތާގެ ފަހުކޮޅުގައި އުފެދެމުން އަންނަ މަހުން،
އުފެދެމުން އަންނަ ތުއްތު ދަރިފުޅަށް ބޭނުންވާ ކާނާއާއި އޮކްސިޖަން ފޯރުކޮށްދޭން
ފަށާނެއެވެ.
ޔޯކް ސެކް : މަސް ރަނގަޅަށް އުފެދެންދެން ތުއްތު ދަރިފުޅަށް ބޭނުންވާ ލޭގެ ރަތް ސެލްތައް
އުފައްދައިދީ، ކާނާ ފޯރުކޮށްދެނީ މިކޮތަޅުންނެވެ.
ހަތަރުވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
އެތަކެއް ސެލްތަކެއްގެ މައްޗަށް އެކުލެވިގެން
އުފެދިފައިވާ ވަށްބޯޅަ އެއްފަދަ "ބްލާސްޓޯސައިޓް" އަކީ ހެދިބޮޑުވަމުން
އަންނަ ތުއްތު ދަރިފުޅެވެ. އެންމެ ފަހުން ތިބާއަށް މައްސަރު ކަންތައް ޖެހުނުތާ
މިހާރު 4 ހަފްތާ ފުރިހަމަވަނީ އެވެ. އާންމު ގޮތެއްގައި މިދުވަސްވަރު އަނެއްކާ
މައްސަރު ކަންތައް ޖެހޭނެ އެވެ. ބަލިވެއިންނަމަ މިދުވަސްވަރު ބަލިވެއިންތޯ
ބެލުމަށް ހަދާ ޓެސްޓު ޕޮޒިޓިވް ވާނެއެވެ. ތުއްތު ދަރިފުޅު ވާނީ ގާތްގަނޑަކަށް
އަފިހުން އޮށެއް ވަރެވެ.
ފަސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން
(ގާތްގަނޑަކަށް) : -
ތުއްތު ދަރިފުޅުގެ ބަރުދަން
(ގާތްގަނޑަކަށް) : -
ތުއްތު ދަރިފުޅުގެ ސައިޒު
(ގާތްގަނޑަކަށް) : ތިލެޔޮ އޮށެއް ވަރު
މައިމީހާގެ ރަހިމުގައި ތުއްތު ދަރިފުޅު އަންނާނީ
ހަލުވިކަމާއެކު ހެދިބޮޑުވަމުންނެވެ. ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅު
އިންސާނަކަށްވުރެ ބޮޑަށް މިމަރުހަލާގައި ވައްތަރުވަނީ ފަންޏަކާ (ޓެޑްޕޯލް) އެވެ.
މިހާލަތުގައި އުފެދެމުން އަންނަ ތުއްތު ދަރިފުޅު އެކުލެވެނީ މަތިމައްޗަށް
އެތުރިފައިވާ ސެލްތަކުގެ 3 ފަށަލައެވެ. ނުވަތަ ތުއްތު ދަރިފުޅު އެކުލެވިގެންވަނީ 3
ފަށަލައެއްގެ މައްޗަށެވެ. އެއީ:-
·
އެންމެ ބޭރު ފަށަލަ "އެކްޓޯޑާރމް"(ectoderm)
·
މެދުގައިވާ ފަށަލަ "މީސޯޑާރމް"(mesoderm)
·
އެންމެ އެތެރޭގައިވާ ފަށަލަ "އިންޑޯޑާރމް"(endoderm)
އެކްޓޯޑާރމް އަކީ އެންމެ މަތީގައިވާ ނޫނީ އެންމެ
ބޭރު ފަށަލަ ނުވަތަ ނާރު ހޮޅި(neural tube) އެވެ. މިއީ ނާރު ފަށަލަ އެވެ. ސިކުނޑިއާއި، ސްޕައިނަލްކޯޑު،
މައިބަދަ، އަދި ނާރުތައް އުފެދިގެން އަންނަނީ މިފަށަލައިންނެވެ. ހަން، އިސްތަށި،
ނިޔަފަތި، ކިރުބޭރުކުރާ ގޮށްތައް، ދާ ބޭރުކުރާ ގޮށްތައް، އަދި ދަތްތައް ވެސް
އުފެދިގެން އަންނަނީ މިފަށަލައިންނެވެ.
މީސޯޑާރމް އަކީ މެދުގައިވާ ފަށަލަ އެވެ. ހިތާއި،
ލޭހޮޅިތަކާއި، ލޭދައުރުކުރާ ނިޒާމްގެ ބައިތައް އުފެދިގެންދަނީ މިފަށަލަ އިންނެވެ.
މިހަފްތާގެ ތެރޭގައި ކުޑަކުޑަ ހިތް އޭގެ އުފެދުމުގައި ބައިތަކަށް ބައިވެ،
ވިންދުޖަހައި، ލޭފޮނުވަން ފަށާނެ އެވެ. މަސްތަކާއި، މަޑުކަށިތަކާއި، ކަށިތައް އަދި ހަމުގެ ދަށުގައި ހުންނަ ޓިޝޫތައް ވެސް އުފެދިގެން އަންނަނީ
މިފަށަލައިންނެވެ.
އިންޑޯޑާރމް އަކީ އެންމެ އެތެރޭގައިވާ ފަށަލަ އެވެ.
ފުއްޕާމޭ، މައިދާ، ގޮހޮރު، ފުރަމޭ،
ޗިސްމޭ، ކުޑަކަމުދާ ނިޒާމް، އަދި ތައިރޮއިޑް ގްލޭންޑް އުފެދިގެން އަންނަނީ
މިފަށަލައިންނެވެ. މިހާރު އުފެދެމުން އަންނަ މަހާއި، ފޫޅު ދަނޑިން ތުއްތު
ދަރިފުޅަށް ބޭނުންވާ ކާނާއާއި، އޮކްސިޖަން ފޯރުކޮށްދެމުން ގެންދާނެ އެވެ.
ފަސްވަނަ ހަފްތާ : ތުއްތު ދަރިފުޅު
ސިފަވާގޮތް
މަސާނާ : މިދުވަސްވަރު މައިމީހާއަށް ތަންކޮޅެއް ގިނައިން ކުޑަކަމުދެވޭކަން ފާހަގަ
ކުރެވޭނެ އެވެ. މިހެން ދިމާވަނީ ހަށިގަނޑުގައި ލޭގިނަވެ، ކުޑަކަމުދާ ތަކެތި
އުފެއްދުން އިތުރުވާތީ އެވެ.
އުފެދެމުން އަންނަ ތުއްތު ދަރިފުޅު : ތުއްތު ދަރިފުޅު ވާނީ ގާތްގަނޑަކަށް ތިލެޔޮ އޮށެއްވަރެވެ.
މިހާލަތުގައި އުފެދެމުން އަންނަ ތުއްތު ދަރިފުޅު އެކުލެވެނީ މަތިމައްޗަށް
އެތުރިފައިވާ ސެލްތަކުގެ 3 ފަށަލައެވެ.
ނާރު ފަށަލަ : ނާރު ފަށަލައަކީ އުފެދެމުން އަންނަ ތުއްތު ދަރިފުޅު
އެކުލެވިގެންވާ 3 ފަށަލައިގެ ތެރެއިން އެންމެ މައްޗަށް އޮންނަ ފަށަލަ އެވެ. ސިކުނޑި،
ސްޕައިނަލް ކޯޑު، މައިބަދަ، އަދި ނާރުތައް އުފެދިގެން އަންނަނީ މިފަށަލައިންނެވެ.
އުފެދެމުން އަންނަ މަސް : އުފެދެމުން އަންނަ މަހުގައި ހިމެނޭ ކުދި
ލޭހޮޅި{ވިލައި}ތަކުން އުފެދެމުން އަންނަ ތުއްތު ދަރިފުޅަށް ބޭނުންވާ ކާނާއާއި
އޮކްސިޖަން ފޯރުކޮށްދޭނެ އެވެ.
ޔޯކް ސެކް : މިތަނުން ފޯރުކޮށްދެމުން އައި، އުފެދެމުން އަންނަ ތުއްތު ދަރިފުޅަށް ބޭނުންވާ
ކާނާ ފޯރުކޮށްދިނުމުގެ މަސައްކަތް، ހުއްޓާލައި، އެމަސައްކަތް އުފެދެމުން އަންނަ
މަހަށް ބަދަލުކޮށްލާނެއެވެ.
ފެންދުލި :ފެންދުއްޔަކީ އޭގެ އެތެރޭގައިވާ ފެނުގެ ދިޔަވަރުގެ މަތީގައި އުފެދެމުން
އަންނަ ތުއްތު ދަރިފުޅު އޮންނަ، އޭގެ ސަބަބުން އުފެދެމުން އަންނަ ތުއްތު ދަރިފުޅު
ރައްކާތެރިކޮށްދޭ އައްޑަނަ އެކެވެ.
ފަސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅު
އިންސާނަކަށްވުރެ ބޮޑަށް މިމަރުހަލާގައި ވައްތަރުވަނީ ފަންޏަކާ (ޓެޑްޕޯލް) އެވެ.
ނަމަވެސް މިމަރުހަލާގައި ވަރަށް އަވަހަށް ބޮޑުވަމުން އަންނާނެ އެވެ. ތުއްތު
ދަރިފުޅުގެ ލޭދައުރުކުރާ ނިޒާމު އުފެދެން ފަށާނެއެވެ. ތުއްތު ދަރިފުޅުގެ ކުޑަކުޑަ
ހިތް މިހަފްތާގައި ވިންދު ޖަހަން ފަށާނެއެވެ. ތުއްތު ދަރިފުޅު ވާނީ ގާތްގަނޑަކަށް
ތިލެޔޮ އޮށެއްވަރެވެ.
ހަވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން
(ގާތްގަނޑަކަށް) : ¼ އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން
(ގާތްގަނޑަކަށް) : -
ތުއްތު ދަރިފުޅުގެ ސައިޒު
(ގާތްގަނޑަކަށް) : މުގު ފުކެއް ވަރު
މިހަފްތާގެ ތެރޭގައި ތުއްތު ދަރިފުޅުގެ އަނގަޔާއި،
ނޭފަތާއި، ކަންފަތް އުފެދެން ފަށާނެ އެވެ. ރަހިމުގެ ތެރެ ބަލާލައިފިނަމަ،
ތަންކޮޅެއް ސައިޒުން ބޮޑު ބޮލަކާއި، އަނދިރި ތިކިތަކެއް ފެންނާނެ އެވެ. ލޮލާއި،
ނޭފަތުގެ ހިނދުރި މިބުނި ތިކިތަކުން އުފެދެން ފަށާނެއެވެ. ބޮލުގެ އަރިމަތިން ކުޑަ
އަޑިކޮޅެއްގެ ސިފައިގައި ކަންފަތް ފާހަގަވާނެއެވެ. އަތްފައި، ފާހަގަވާނީ ބޭރަށް
ނިކުންނަމުންދާ ބުޑުތަކެއްގެ ސިފައިގައެވެ. މިހާރު ތުއްތު ދަރިފުޅުގެ ވިންދު
ހުންނާނީ މިނިޓަކު 160-100 ފަހަރާ ދެމެދުގެ މިންވަރެއްގައެވެ. މުޅި ހަށިގަނޑުގައި
ލޭދައުރުވާން ފަށާނެ އެވެ. ތުއްތު ދަރިފުޅުގެ ގޮހޮރު އަންނާނީ އުފެދެމުންނެވެ.
ތުއްތު ދަރިފުޅުގެ ފުއްޕާމޭ އުފެދިގެން އަންނަ ޓިޝޫ
ބަޑް ތައް ފެންނަން ފަށާނެއެވެ. ޕިޓޫއިޓަރީ ގްލޭންޑް އަދި ސިކުނޑީގެ އެހެން
ބައިތަކާއި، މަސްތަކާއި، ކަށިތައް އަންނާނީ އުފެދެމުންނެވެ.
ހަވަނަ ހަފްތާ: ތުއްތު ދަރިފުޅު
ސިފަވާގޮތް
އާރމް ބަޑް : މިހިސާބަށް ދާއިރު ފައްޔެއްގެ ބައްޓަމުގައި ކުޑަކުޑަ އަތެއް ތުއްތު
ދަރިފުޅުގެ އޮންނާނެ އެވެ. އަތުގެ ދެއިނގިލި ދޭތެރެ ހުންނާނީ ގުޅިފައެވެ.އަތުގެ
އިނގިލިތައް އަންނާނީ އުފެދެމުންނެވެ. މިހަފްތާގެ ފަހުކޮޅުގައި އަތް ހަރަކާތް
ކުރަން ފަށާނެއެވެ.
ހާރޓް ބަލްޖް : ކުޑަ ދަރިފުޅުގެ ހިތް މައިމީހާގެ ހިތަށްވުރެ ދެގުނަ
އަވަހަށް ވިންދުޖަހަމުން ގެންދާނެއެވެ. އަދި ހިތް ބެހިގެންދާ ހަތަރުބައިގެ
ތެރެއިން ކަނާތް ފަރާތުގެ ބައިތަކާއި، ވާތްފަރާތުގެ ބައިތަކަށް ހިތް ބައިވާން
ފަށާނެއެވެ.
ލެގް ބަޑް : މިހިސާބަށް ދާއިރު ފައްޔެއްގެ ބައްޓަމުގައި ކުޑަކުޑަ ފައިތިލައެއް ތުއްތު
ދަރިފުޅުގެ އޮންނާނެ އެވެ. ފައިގެ ދެއިނގިލި ދޭތެރެ ހުންނާނީ ގުޅިފައެވެ.ފައިގެ
އިނގިލިތައް އަންނާނީ އުފެދެމުންނެވެ. މިހަފްތާގެ ފަހުކޮޅުގައި ފައި ހަރަކާތް
ކުރަން ފަށާނެއެވެ.
ކަތުރު ކަށިގަނޑު : މިހަފްތާގައި ތުއްތު ދަރިފުޅުގެ ކުޑަކުޑަ އަނގައިގެ
ތެރޭގައި ދޫ، ލަގޮނޑި، އުފެދެން ފަށާނެއެވެ.
ހަވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅުގެ އަނގަ،
ނޭފަތް، އަދި ކަންފަތުގެ ބައްޓަން އުފެދެން ފަށާނެއެވެ. ގޮހޮރާއި، ސިކުނޑި
އުފެދެން ފަށާނެ އެވެ. ތުއްތު ދަރިފުޅު ވާނީ ގާތްގަނޑަކަށް މުގު ފުކެއް ވަރެވެ.
ހަތްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން
(ގާތްގަނޑަކަށް) : ½ އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން
(ގާތްގަނޑަކަށް) : -
ތުއްތު ދަރިފުޅުގެ ސައިޒު
(ގާތްގަނޑަކަށް) : ބުލޫބެރީއެއް ވަރު
ތުއްތު ދަރިފުޅުގެ ހެދިބޮޑުވަމުން އަންނަ އަތާއި،
ފައިން، އަތްތިލަ އާއި، ފައިތިލަ ނިކުންނަށް ފަށާނެ އެވެ. އަތްތިލަ އާއި، ފައިތިލަ
ބޮޑަށް ސިފަވާނީ "ފަންޔަކާ" އެވެ. މިދުވަސްވަރު ނިގުލެއްގެ ސިފައިގައި
ހަގީގަތުގައި ފެންނަން އިންނަނީ ތުއްތު ދަރިފުޅުގެ މައިބައިދައިގެ ތިރީގައިވާ
"ރުއްކަށީ"ގެ ކޮޅެވެ. ކުރިޔަށް އޮތް ދެތިންހަފްތާގެ ތެރޭގައި ނިގުލެއްގެ
ސިފަޔަށް އިންނަ އިނުން ނިމުމަކަށް އަންނާނެއެވެ. ފާއިތުވި ހަފްތާއަޅާ ބަލާއިރު
ތުއްތު ދަރިފުޅުގެ ސައިޒުން ދެގުނަ ބޮޑުވާނެ އެވެ.
ތުއްތު ދަރިފުޅުގެ ލޮލުގެ ދެބޮޑިން ލޮލުގެ ބައެއް
ފޮރުވޭނެ އެވެ. ލޮލުގައި ކޮންމެވެސް ކުލައެއް ހުންނާނެ އެވެ. ސިކުނޑީގެ ދެފަޅި
އަންނާނީ ހެދިބޮޑުވަމުންނެވެ. ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ކަށީގެ މަދު
އުފެދެންދެން، ތުއްތު ދަރިފުޅުގެ ފުރަމޭގައި ލޭގެ ރަތްސެލްތައް އުފައްދަމުން
ގެންދާނެ އެވެ. އެޕެންޑިކްސް އަދި ޗިސްމޭ މިހާރު ހުންނާނީ އުފެދިފައެވެ. ޗިސްމޭ
އިން އިންސިއުލިން އުފައްދާނެއެވެ. މިއީ ހަޖަމުކުރުމަށް އެހީތެރިވެދޭ ހޯރމޯން
އެކެވެ. ތުއްތު ދަރިފުޅުގެ އުފެދެމުން އަންނަ ގޮހޮރުގެ "ލޫޕު" ކޮޅެއް
ފޫޅުދަނޑީގެ ތެރެއަށް ނިކުންނާނެ އެވެ. ފޫޅު ދަނޑިން ތުއްތު ދަރިފުޅަށް ބޭނުންވާ
ކާނާއާއި، އޮކްސިޖަން ފޯރުކޮށްދެމުން ގެންދާނެ އެވެ.
ހަތްވަނަ ހަފްތާ: ތުއްތު ދަރިފުޅު
ސިފަވާގޮތް
މަސާނާ : މިދުވަސްވަރު މައިމީހާއަށް ތަންކޮޅެއް ގިނައިން ކުޑަކަމުދެވޭކަން ފާހަގަ
ކުރެވޭނެ އެވެ. މިހެން ދިމާވަނީ ހަށިގަނޑުގައި ލޭގިނަވެ، ކުޑަކަމުދާ ތަކެތި
އުފެއްދުން އިތުރުވާތީ އެވެ.
ލޮލުގެ ބޮޑި : ތުއްތު ދަރިފުޅުގެ ލޮލުގެ ދެބޮޑިން ލޮލުގެ ބައެއް ފޮރުވޭނެ އެވެ.
ރުއްކަށި : ނިގުލެއްގެ ސިފައިގައި ހަގީގަތުގައި ފެންނަން އިންނަނީ ތުއްތު ދަރިފުޅުގެ
މައިބައިދައިގެ ތިރީގައިވާ "ރުއްކަށީ"ގެ ކޮޅެވެ. ކުރިޔަށް އޮތް ދެތިންހަފްތާގެ
ތެރޭގައި ނިގުލެއްގެ ސިފަޔަށް އިންނަ އިނުން ނިމުމަކަށް އަންނާނެއެވެ.
ފޫޅު ދަނޑި : ތުއްތު ދަރިފުޅުގެ އުފެދެމުން އަންނަ ގޮހޮރުގެ "ލޫޕު" ކޮޅެއް
ފޫޅުދަނޑީގެ ތެރެއަށް ނިކުންނާނެ އެވެ.
ހަތްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅު
މިހަފްތާގައި އޮންނާނީ ދެގުނައަށް ބޮޑުވެފައެވެ. އެކަމު އަދިވެސް ނިގުލެއް
އިންނާނެ އެވެ. ނަމަވެސް ދުވަސްކޮޅަކުން ނިގޫ ނެތިދާނެ އެވެ. ހެދިބޮޑުވެ،
އުފެދެމުން އަންނަ އަތާއި ފައިން ނިކުމެފައިވާ އަތްތިލަ އާއި، ފައިތިލަ ބޮޑަށް
ހީވާނީ ފައްޔެއް ހެނެވެ. ތުއްތު ދަރިފުޅު ވާނީ ގާތްގަނޑަކަށް ބުލޫބެރީ އެއް
ވަރެވެ.
މައުލޫމާތު :
No comments:
Post a Comment