ތުއްތު ދަރިފުޅު
ހެދިބޮޑުވާގޮތް : ސޯޅަވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން
(ގާތްގަނޑަކަށް) : ½4 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން
(ގާތްގަނޑަކަށް) : ½ 3 އައުންސް
ތުއްތު ދަރިފުޅުގެ ސައިޒު
(ގާތްގަނޑަކަށް) : އެވޮކާޑޯ އެއް ވަރު
ތުއްތު ދަރިފުޅުގެ ފައި ކުރިޔަށްވުރެ ބޮޑަށް
ފުރިހަމަވާނެ އެވެ. ތުއްތު ދަރިފުޅުގެ ބޯ އިންނާނީ ކުރިޔަށްވުރެ ސީދަލަށެވެ. ލޯ
ހުންނާނީ މޫނުގެ މެދާއި ތަންކޮޅެއް ކައިރިވެފައެވެ. ކަންފަތް ވެސް ހުންނާނީ އޭގެ
މަގާމާއި، ކައިރިވެފައެވެ. ކަންފަތް އޭގެ އާޚިރު މަގާމާއި ކައިރިއަށް ހުންނާނީ
ވާޞިލްވެފައެވެ. ބޮލުގެ ބޯހަން ފަށަލަ އުފެދެން ފަށާނެއެވެ. ތުއްތު ދަރިފުޅުގެ
ފައިގެ އިނގިލިތަކުގައި ނިޔަފަތި ފަޅަން ފަށާނެއެވެ. ތުއްތު ދަރިފުޅުގެ ހިތުން
ދުވާލަކު 23.6 ލިޓަރުގެ ލޭ ޕަމްޕުކުރާނެ އެވެ. މި މިންވަރު ބޮޑުވަމުންދާ ވަރަކަށް
އިތުރުވަމުންދާނެ އެވެ.
ސޯޅަވަނަ ހަފްތާ: ތުއްތު ދަރިފުޅު
ސިފަވާގޮތް
ލޭހޮޅިތައް : ތުއްތު ދަރިފުޅުގެ ލޭދައުރުކުރާ ނިޒާމް މިހާރު މަސައްކަތްކުރާނެއެވެ. ހިތުން
ދުވާލަކު 23.6 ލިޓަރުގެ ލޭ ޕަމްޕުކުރާނެ އެވެ.
ބޯ :ތުއްތު ދަރިފުޅުގެ ބޯ އިންނާނީ ކުރިޔަށްވުރެ ސީދަލަށެވެ. އިސްތަށި ނުފެޅި
ނަމަވެސް ބޮލުގެ ބޯހަން ފަށަލަ އުފެދެން ފަށާނެއެވެ.
ފައިގެ އިނގިލިތައް : ތުއްތު ދަރިފުޅުގެ ފައިގެ އިނގިލިތަކުގައި ނިޔަފަތި
ފަޅަން ފަށާނެއެވެ.
ސޯޅަވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ ބޮލުގައި އިސްތަށި
ނުފެޅިނަމަވެސް ބޮލުގެ ހަން އިންނާނީ އުފެދެން ފަށާފައެވެ. ފައި ކުރިޔަށްވުރެ
ބޮޑުވާނެއެވެ. ބޯ އިންނާނީ ކުރިޔަށްވުރެ ސީދަލަށެވެ. ކަންފަތް ހުންނާނީ އަސްލު
ހުންނަންޖެހޭ ތަނާއި، ވަރަށް ކައިރިވެފައެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް
އެވޮކާޑޯ އެއް ވަރެވެ.
މައުލޫމާތު :
No comments:
Post a Comment