ދަރިން ތަރުބިއްޔަތު
ކުރުމުގައި މައިންބަފައިންގެ ދައުރު : މެދު މަދަރުސީ އުމުރު ފުރާ (ނުވައަހަރާއި، އެގާރަ އަހަރާއި
ދެމެދުގައި)
ހެދިބޮޑުވަމުން އަންނަގޮތް
މައިންބަފައިންނާއި، އާއިލާގެ ބޭރުން
ރަހުމަތްތެރިން ހޯދައި، އަމިއްލައަށް ކަންކަންކުރުމާއި، ކަންކަމަށް އިސްނެގުން
ކުރިޔަށްވުރެ އިތުރުވާނެއެވެ. ދުޅަހެޔޮކޮށް ހެދިބޮޑުވުމަށް މިއުމުރުގައި
އެހެންކުދިންނާއި، އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ނަމަވެސް މިއުމުރުގައި ރަހުމަތްތެރިންގެ ނުފޫޒު ކުދިންގެ މައްޗަށް އިތުރުވެގެން
އައުން ގާތެވެ. އަމިއްލަ ނަފުސަށް އިތުބާރު އޮންނަ ކުދިންނަށް ރަހުމަތްތެރިންގެ
ފުށުން އަންނަ ނުފޫޒުތަކާއި، ފިއްތުންތަކަށް ކުރިމަތިލާން އެނގޭނެ އެވެ.
އަމިއްލައަށް ކަންކަންކުރަން ފެށުމާއެކު، ކުދިންނަށް އެކުދިންގެ ޒިންމާތައް
އެނގިފައި އޮތުމަކީ މުހިއްމު ކަމެކެވެ. ބާލިޣުވުމުގެ އަލާމާތްތައް މިއުމުރުގައި
ޚާއްޞަކޮށް އަންހެންކުދިންގެ ކިބައިން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ
އާންމު ގޮތެއްގައި މެދު މަދަރުސީ ތަޢުލީމު ކުއްޖާ ފަށައިގަންނަ ދުވަސްވަރެވެ.
އާތިފީ، އިޖުތިމާޢީ ގޮތުން އަންނަ ބަދަލުތައް
o އެހެން ކުދިންނާއި އެކު އޮންނަ ގުޅުން
ރަނގަޅުވެ، ގާތް ރަހުމަތްތެރިން ތިބުން
o ރަހުމަތްތެރިންގެ ފަރާތުން އަންނަ
ނުފޫޒު އިތުރުވުން
o ކެއުމަށްދޭ ސަމާލުކަން ކުޑަވެ،
ކެއުމާއި ގުޅުންހުރި މައްސަލަތައް ދިމާވާން ފެށުން
ވިސްނުމާއި، އުނގެނުމަށް އަންނަ ބަދަލުތައް
o ކިޔެވުމުގެ ވާދަވެރިކަން ބޮޑުވުން
o އަމިއްލައަށް ކަންކަންކޮށް ނިންމުން
ކުރިޔަށްވުރެ ބޮޑުވުން
o ކަންކަމުގައި ދެކޭގޮތް ފާޅުކުރަން
އެނގުން
o ކަންކަމަށް ސަމާލުކަން ދިނުން
އިތުރުވުން
ތަރުބިއްޔަތު ކުރުމުގައި ބެލިދާނެ
ކަންތައްތައް
·
ދަރިފުޅަށް ވަގުތު ދޭށެވެ. ދަރިފުޅުގެ ރަހުމަތްތެރިންނާއި، ދަރިފުޅުގެ
އުއްމީދުތަކާ، ދިމާވާ މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދައްކާށެވެ.
·
ދަރިފުޅުގެ ސުކޫލުން ރާވާ ހިންގާ ހަރަކާތްތަކުގައި ބައިވެރިވާށެވެ.
ދަރިފުޅުގެ ކަންކަމުގައި މުދައްރިސުންނާއި ބައްދަލުކޮށް މަޝްވަރާ ކުރާށެވެ.
·
ސުކޫލްގައި އަދި މުޖުތަމަޢުގައި ހިންގާ އެކި ކަހަލަ ޖަމްޢިއްޔާ
ޖަމާޢަތްތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ދަރިފުޅަށް ބާރުއަޅާށެވެ. އެއީ
ދަރުމަވެރިވުމަށް ލިބޭ ފުރުޞަތުގެ ބޭނުން ހިފުމަށްޓަކައެވެ.
·
ރަގަޅު ކަންތައްތަކާއި، ގޯސްތައް ކަންތައްތައް ކަނޑައަޅައި ނިންމުމުގައި
ދަރިފުޅަށް އެހީތެރިވެދޭށެވެ. ރަހުމަތްތެރިންގެ ނުފޫޒު ފޯރައިފާނެ ގޯސް
ކަންތައްތަކާއި ބެހޭގޮތުން (ދުންފަތުގެ އިސްތިއުމާލުކުރުން / މަސްތުވާތަކެތި
ބޭނުންކުރުން/ ގޭންގުތަކުގައި ބައިވެރިވުން / މާރާމާރީ ހިންގުން) ދަރިފުޅާ
ބެހޭގޮތުން ވާހަކަ ދައްކާށެވެ.
·
ކޮންމެ މީހެއްގެ ވެސް ޒިންމާއެއް އޮންނަކަން ދަރިފުޅަށް އަންގައިދިނުމަށް
(ވިސްނައިދިނުމަށް) މަސައްކަތްކުރާށެވެ. ގޭތެރޭގެ ބައެއް ކަންތައްތަކުގައި
(މިސާލަކަށް މޭޒެއް ރާވާލުން، މޭޒުމަތި ތަރުތީބުކޮށްލުން، ތަންމަތި ރީތިކޮށްލުން،
ފަދަ ކަންތައްތައް + ކެއްކުން ، ގޭތެރެ ސާފުކުރުން، ތަންމަތި އެޅުން) ދަރިފުޅު
ބައިވެރިކުރާށެވެ. ނުވަތަ ދަރިފުޅު ލައްވައި ގޭތެރޭގެ ބައެއް ކަންކަން ކުރުވާށެވެ.
ފައިސާ ޚަރަދުކުރެވޭގޮތާއި، ފަހަށް ރައްކާކުރުމުގެ މުހިއްމު ދަރިފުޅަށް
ވިސްނައިދޭށެވެ.
·
ދަރިފުޅުގެ ރަހުމަތްތެރި ކުދިންގެ އާއިލާ އާއި ބައްދަލުކުރާށެވެ.
·
އެހެންމީހުންނަށް އިހުތިރާމު ކުރުމަށް ދަރިފުޅަށް ދަސްކޮށްދޭށެވެ. އަދި
އެހެން މީހުންނަށް އިހުތިރާމުކުރުމާއި، ބޭނުންޖެހިފައިވާ މީހުންނަށް
އެހީތެރިވުމަށް ބާރުއަޅާށެވެ. + އެހެންމީހަކު އިހުތިރާމުކުޑަކޮށް، ނުރަގަޅުކޮށް
ކަމެއްކޮށްފިނަމަ ހަދާނެގޮތް ބުނެކިޔައިދީފައި ބާއްވާށެވެ.
·
ދަރިފުޅު އަމިއްލައަށް ޙާޞިލްކުރަން ބޭނުންވާ އަމާޒުތަކެއް ކަނޑައެޅުމަށް
އެހީތެރިވެދޭށެވެ. ދަސްކުރަންބޭނުންވާ ކަންތައްތަކާއި، ހުނަރުތަކާ މެދު ވިސްނައި،
އެކަންކަން ދަސްކޮށް ކުރިއެރުވުމުގައި އެހީތެރިވެދޭށެވެ.
·
ދަރިފުޅުގެ އަޚްލާގު ބައްޓަންކުރުމުގައި ހަރުދަނާކަމާއެކު، އެއްގޮތެއްގައި
ދެމިހުންނާށެވެ. ދަރިފުޅު ފަރާތުން ދެކެން ބޭނުންވާ އުޅުމާއި، ކަންތައްތައް
ކިޔައިދީ އޮޅުން ފިލުވައިދޭށެވެ. ބޮޑުމީހަކު ނެތް ހާލަތްތަކުގައި
އަމަލުކުރަންޖެހޭނެ ގޮތް ކިޔާދީފައި ބާއްވާށެވެ. ކުރަންޖެހޭ ކަންކަމާއި، ނުކުރަންޖެހޭ ކަންކަން ސަބަބާއެކު ބުނެދެވިފައި އޮންނަ
ކަމުގައިވާނަމަ، ކަމެއް ދިމާވުމުން ގިނަ ފަހަރު ކަންކުރަންޖެހޭގޮތް ދަރިފުޅަށް
އޮޅުންފިލާފައި އޮންނާނެ އެވެ.
·
ދަރިފުޅު ގޯސްކަމެއް ކުރުމުން އަދަބުދީ، ދެރަކޮށް ދަށްކޮލުމުގެ ބަދަލުގައި،
ކަންކުރަންޖެހޭގޮތް ރަގަޅަށް އޮޅުންފިލުވައިދީ ކިޔައިދީ، އެކަމެއް ރަގަޅުކުރުމަށް
ހިތްވަރު ދޭށެވެ.
·
ދަރިފުޅު ކުރާ ރަގަޅު ކަންތައްތައް ފާހަގަކޮށް އެކަމަށް ތައުރީފުކޮށް
އެގޮތުގައި ދެމިހުރުމަށް ހިތްވަރުދޭށެވެ. މިގޮތަށް ހެދުމުން ރަގަޅު ކަންތައްތައް
ކުރުމަށް ދަރިފުޅަށް ހިތްވަރު ލިބޭނެ އެވެ.
·
ފުރާވަރަށް އަޅާއިރު ތަބީއީ ގޮތުން ހަށިގަނޑަށް
އަންނަ ބަދަލުތަކާ ގުޅޭގޮތުން ދަރިފުޅާ ވާހަކަ ދައްކާށެވެ.
·
ކޮންމެ ދުވަހަކު ވެސް ފޮތްކިޔުމަށް ދަރިފުޅަށް ބާރުއަޅާށެވެ. ގޭގައި ހަދަން
ސުކޫލުން ދީފައި ހުންނަ މަސައްކަތްތަކާ ބެހޭގޮތުން ދަރިފުޅާ ވާހަކަ ދައްކާށެވެ.
·
ދަރިފުޅާ ތެދުވެރިކަމާއެކު ރީތި ބަހުން ވާހަކަ ދައްކާށެވެ. ކަންތައްތައް
ކުރުމުގައި އެންމެ އެކުގައި ގުޅިގެން އެއްއާއިލާއެއްގެ ގޮތުގައި މަސައްކަތް
ކުރާށެވެ.
ދަރިފުޅުގެ ރައްކާތެރިކަން
·
ދަރިފުޅު ގޮވައިގެން ސައިކަލް ދުއްވާއިރު، ދުއްވާތަކެތި ދުއްވުމުގައި
ހެދިފައިވާ ގަވާއިދުތަކަށް އަމަލުކުރަންޖެހޭނެ އެވެ. ދަރިފުޅު ގޮވައިގެން ބާރު
ދުވެއްޔެއްގައި ސައިކަލް ދުއްވުމަކީ ރައްކާތެރިކަމެއް ނޫނެވެ.
·
ދުވާރު މަތިން ހިނގުމަށް ދަރިފުޅަށް ލަފާދޭށެވެ. ދުވާރު ނެތްނަމަ މަގުގެ
އެއްކައިރިން ދިއުން ބުއްދިވެރި އެވެ.
·
މަގުހުރަސްކުރާއިރު ކަފިހުރަސް މަތިން މަގުގެ ދެކޮޅު ބަލާފައި ހުރަސްކުރުމަށް
ދަރިފުޅުގެ ގާތުގައި ބުނާށެވެ.
·
މަގުމަތީގައި ހިނގާބިނގާވެ އުޅޭއިރު، ދުއްވާތަކެތި ދުއްވުމުގަޔާއި، މަގުމަތީގެ
ހިނގާބިނގާވެ އުޅޭ މީހުންނަށް ހެދިފައިވާ ހުންނަ ގަވާއިދުތަކަށް އިހުތިރާމުކޮށް،
އެއަށް އަމަލުކުރުމަށް ދަރިފުޅަށް ބާރުއަޅާށެވެ.
·
ދަރިފުޅު އެހެން މީހަކު/ބަޔަކާއެކު ފޮނުވާނަމަ ދާތަނެއް/އުޅޭތަނެއް
އެގެންވާނެ އެވެ. އަދި ތަނަކަށް ފޮނުވާނަމަ ފޮނުވަންވާނީ އިތުބާރުކުރެވޭ، ޒިންމާ
ނެގޭވަރުގެ މީހަކާ އެކުގައެވެ. ސުކޫލް މަދަރުސާގެ ހަރަކާތަކަށް ދާނަމަ،
ނިމޭގަޑިއާއި، ބަލައިދާންޖެހޭ ވަގުތާއި، ގެއަށް އަންނާނެ ވަގުތު ހޯދާފައި ބޭއްވުން
މުހިއްމެވެ.
·
ވަރަށް ގިނަފަހަރު އޮފީސްތަކަށްދާ މައިންބަފައިން އޮފީސް ނިންމާފައި ގެއަށް އައުމުގެކުރިން
ދަރިން ސުކޫލް ނިންމާފައި ގެޔަށްދެއެވެ. މިގޮތުން ދާއިރު ބައެއް ފަހަރު ދަރިފުޅު
އެކަނި ގޭގައި ހުންނަން ޖެހިދާނެ އެވެ. އެފަދަ ހާލަތުގައި ކަންތައް ކުރާނެގޮތް
އޮޅުންފިލުވާދީފައި ބޭއްވުން މުހިއްމެވެ.
ދުޅަހެޔޮ ހަށިގަނޑު
·
ދަރިފުޅަށް ގިނައިން ތަރުކާރީއާއި މޭވާގެ ބާވަތްތައް ދޭށެވެ. ލޮނާއި، ތެޔޮ،
އަދި ހަކުރު ހުންނަ ބާވަތްތައް ވަކި މިންގަނޑަކަށް ދޭށެވެ. ހަށިގަނޑަށް ފައިދާހުރި
ކާތަކެތި ބޭނުންކުރުމަށް އިސްކަން ދޭށެވެ.
·
ދަރިފުޅުގެ ކޮޓަރީގައި ޓީވީ ނުބަހައްޓާށެވެ. ޓީވީ ބެލުން، ކޮމްޕިއުޓަރު
ކުޅުން ފަދަ ކަންތައްތަކަށް ހޭދަވާ ވަގުތު ދުވާލަކު 2-1 ގަޑިއިރަށްވުރެ އިތުރުވިޔަ
ނުދޭށެވެ.
·
ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ކަހަލަ ކަސްރަތެއް ކުރުމަށް ބާރުއަޅާށެވެ.
އެގޮތުން ހަފްތާއަކު 3 ދުވަހު ދުވުން، ހިނގުން، ފެތުން، ފުއްމުން ފަދަ ކަސްރަތެއް
ކޮށްލެވިދާނެ އެވެ.
މައުލޫމާތު :
No comments:
Post a Comment