ކުޑަ ދަރިފުޅުގެ
ހެދިބޮޑުވުން : ފަސް އަހަރުވުމުން
ފުރަތަމަ ފިޔަވަޅު
އެޅުން، ހިނިތުންވުން، "ބައިބައި" ކިޔަމުން އަތް ހޫރާލުން ފަދަ
ހުނަރުތަކަކީ ކުއްޖެއްގެ "ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ
މިންގަނޑު"(developmental
milestone) ތަކެކެވެ. ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ
މިންގަނޑު ތަކަކީ އެކުއްޖެއްގެ އުމުރާ ގުޅޭގޮތުން ގިނަ ކުދިންނަށް އެއުމުރުގައި
ޙާޞިލްކުރެވޭނެ (ކުރެވެންޖެހޭނެ) ކަންތައްތަކެކެވެ. ކުޑަކުދިން ހެދިބޮޑުވުން
ދެނެގަތުމަށް ބޭނުންކުރާ މިންގަނޑުތައް ހުންނަގޮތް ފާހަގަކުރެވިގެންދާނީ ކުޅިވަރާއި،
އުގެނުމާއި، ވާހަކަ ދެއްކުމާއި، އެހެންމީހުންނާއި އެކުވެ އުޅުމާއި، ފިރުކުމާއި،
ހިނގުމާއި، ފުންމުން ފަދަ ހަރަކާތްތަކުގެ ތެރެއިންނެވެ. އެގޮތުން ކުޑަ ދަރިފުޅުގެ
އުމުރުން ފަސް އަހަރު ވާއިރުހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު ތައް ހުންނަށް
ޖެހޭނެގޮތް ބަލާލަމާ ހިނގާށެވެ.
މިއުމުރުގައި
ގިނަ ކުދިން ކުރާނެ ކަންތައްތައް
އިޖުތިމާޢީ
ހުނަރު / އާތިފީ ހުނަރު :
o
އެހެންކުދިންނާއެކު ގަޔާވަގެން ކަންކަން ކުރަން ބޭނުންވުން
o
އެހެންކުދިން އުޅޭ ގޮތަށް (ރަހުމަތްތެރި ކުދިން އުޅޭގޮތަށް) އުޅެން
ބޭނުންވުން
o
ވަކިކަމެއް ކުރުމަށް ބުނެފައިވާ ގޮތަށް އަމަލުކުރުން (ގަވާޢިދުތަކަށް
ބޯލެނބުން ނޫނީ ތަބާވުން)
o
ތަމްސީލުކޮށް، ލަވަކިޔައި، ނަށަން ބޭނުންވުން
o
އަންހެން، ފިރިހެން ވަކިކުރަން އެނގުން
o
ހަގީގަތާއި، ހެދިގެން އުޅޭ އުޅުން ވަކިކުރަން ނޭނގުން
o
ކުއްޖާގެ ފުށުން އަމިއްލަ މިނިވަންކަން ފާހަގަވުން : މިސާލަކަށް ޖެހިގެން
ހުރިގެޔަށް އެކަނި ދިއުން
o
ބައެއް ފަހަރު ވަކިކަމެއް ކުރަން ބޭނުންވެގެން ބޮޑާ ހާކާއުޅެފައި، އަނެއްބައި
ފަހަރު ފަސޭހައިން ބުނާގޮތް ހެދުން
ބަސްމޮށުންތެރިކަމުގެ
ހުނަރު / މުޢާމަލާތުގެ ހުނަރު :
o
ރީތިކޮށް ވާހަކަ ދައްކަން އެނގުން
o
ކުދިކުދި ވާހަކަތައް ކުދި ޖުމުލަތައް ބޭނުންކޮށްގެން ކިޔައިދޭން އެނގުން
o "ވާނޭކަން"
ފަދަ ޖުމުލަ ތައް މިސާލަކަށް "ބައްޕަ މާދަމާ އަންނާނެ" ފަދަ ޖުމުލަތައް
ބުނަން އެނގުން
o
ފުރިހަމަނަން އަދި އެޑްރެސް ބުނަން އެނގުން
ވިސްނުމުގެ
ހުނަރު (އުނެގުން، ވިސްނުން، މައްސަލަ ހައްލުކުރުން) :
o
މަދުވެގެން 10 ނޫނީ އެއަށްވުރެ މައްޗަށް ގުނަން އެނގުން
o
ހަށިގަނޑުގެ މަދުވެގެން 6 ބައި ހިމެނޭގޮތަށް މީހަކު ކުރަހަން އެނގުން
o
ބައެއް ނަންބަރުތަކާއި، އަކުރުތައް ހުރިގޮތަށް ކޮޕީކުރަން (ކުރަހަން) އެނގުން
o
އެކިކަހަލަ ބައްޓަންތައް ބަލައިގެން ކުރަން އެނގުން
o
ކޮންމެ ދުވަހަކު އާންމުކޮށް ބޭނުންކުރާ ތަކެތި ވަކިކުރަން އެނގުން : މިސާލު
ފައިސާ، ކާބޯތަކެތި
ހަރަކާތްކުރުމުގެ
ހުނަރު / ޖިސްމާނީ ހެދިބޮޑުވުން :
o
އެއްފައި މައްޗަށް 10 ސިކުންތު ނޫނީ އެއަށްވުރެ ގިނައިރު ވަންދެން
ކޮށްޅަށްހުރުން
o
ކޮރުން ނޫނީ ފަހަރު ސްކިޕްކުރަން އެނގުން
o
އެކޮޅުކޮޅުން ޖެހުން ނޫނީ ޖަހަން އެނގުން ނޫނީ އެކޮޅުކޮޅުން ހިނގުން ނުވަތަ
އެކޮޅުކޮޅުން ފުއްމުން
o
ކާއިރު ސަމުސަލާއި، އޫ ބޭނުންކުރަން އެނގުން
o
އަމިއްލައަށް ފާޚާނާ ބޭނުންކުރަން އެނގުން
o
ތަނެއްގައި އެލި ހެދުމާއި، ތަންތަނަށް އަރައި ހަދަން އެނގުން
ސަމާލުވެލައްވާ
:
އަންނަނިވި
ކަންތައްތައް ކުޑަ ދަރިފުޅުގެ ފުށުން ފާހަގަވާނަމަ ލަސްނުކޮށް ޑޮކްޓަރަށް
ދެއްކުމަކީ މުހިއްމު ކަމެކެވެ.
·
ތަފާތު އާތިފީ/ ޖާޒުބީ ޝުޢޫރުތައް ހާމަކުރަން ނޭނގުން
·
އުޅުމުގައި އާދަޔާ ޚިލާފުކަންތައްތައް ފާހަގަކުރެވުން : މިސާލަކަށް
ބިރުގަތުން، މާހަލަނިވެގެން އުޅުން، ދެރަވެގެން ނޫނީ ލަދުން އުޅުން
·
އާންމުކޮށް އެހެންމީހުންނާއި، އެކަހެރިވެ، ނެގިމަޑުވެފައި ހުރުން
·
ވަރަށް ފަސޭހައިން ކުރަމުން ދާކަމެއް ހުއްޓާލުމަށް އެހެން ކަމަކާ ދިމާލަށް
ދިއުން : މިސާލަކަށް އެއްކަމެއްގައި 5 މިނިޓަށްވުރެ ގިނައިރު ދެމިހުންނަށް
އުނދަގޫވުން
·
އެހެން މީހުންނަށް މާބޮޑު ސަމާލުކަމެއް ނުދިނުން
·
ހަގީގަތާއި، ހެދިގެން އުޅުން ވަކިކުރަން ނޭނގުން
·
ތަފާތު ކުޅިވަރުތައް ނުކުޅުމާއި، އެކިއެކި ފާޑުގެ ހަރަކާތްތަކުގައި
ބައިވެރިނުވުން
·
ފުރިހަމަ ނަން ބުނަން ނޭނގުން
·
އެއްޗެހީގެ ގިނަ ގޮތާއި، ކުރިން ހިނގާފައިވާ ކަންކަން ގަވާއިދާ އެއްގޮތަށް
ބުނެދޭން ނޭނގުން
·
ކޮންމެ ދުވަހަކު ކުރާ ކަންތައްތަކާއި، ދިމާވާ ކަންކަމާއި ބެހޭގޮތުން ވާހަކަ
ދައްކަން ނޭނގުން ނޫނީ ވާހަކަ ނުދެއްކުން
·
ތަސްވީރެއް ކުރަހަން ނޭނގުން
·
މީހެއްގެ އެހީއާއި ނުލައި ދަތް އުގުޅުން، ހެދުން ލައި ބޭލުން، އަދި
އަތްދޮވުން ފަދަ ކަންކަން ކުރަން ނޭނގުން
·
ކުރިން ހުރި ހުނަރުތައް ވެސް ގެއްލިދިއުން (ކުރިން ކުރަމުން ކަންތައްތައް
ވެސް ނުކުރެވުން)
މައުލޫމާތު :
No comments:
Post a Comment