ކުޑަ ދަރިފުޅުގެ
ހެދިބޮޑުވުން : އެއް އަހަރު ވުމުން
ފުރަތަމަ ފިޔަވަޅު
އެޅުން، ހިނިތުންވުން، "ބައިބައި" ކިޔަމުން އަތް ހޫރާލުން ފަދަ
ހުނަރުތަކަކީ ކުއްޖެއްގެ "ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ
މިންގަނޑު"(developmental
milestone) ތަކެކެވެ. ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ
މިންގަނޑު ތަކަކީ އެކުއްޖެއްގެ އުމުރާ ގުޅޭގޮތުން ގިނަ ކުދިންނަށް އެއުމުރުގައި
ޙާޞިލްކުރެވޭނެ (ކުރެވެންޖެހޭނެ) ކަންތައްތަކެކެވެ. ކުޑަކުދިން ހެދިބޮޑުވުން
ދެނެގަތުމަށް ބޭނުންކުރާ މިންގަނޑުތައް ހުންނަގޮތް ފާހަގަކުރެވިގެންދާނީ ކުޅިވަރާއި،
އުގެނުމާއި، ވާހަކަ ދެއްކުމާއި، އެހެންމީހުންނާއި އެކުވެ އުޅުމާއި، ފިރުކުމާއި،
ހިނގުމާއި، ފުންމުން ފަދަ ހަރަކާތްތަކުގެ ތެރެއިންނެވެ. އެގޮތުން ކުޑަ ދަރިފުޅުގެ
އުމުރުން އެއް އަހަރު ފުރޭއިރު ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު
ތައް ހުންނަށް ޖެހޭނެގޮތް ބަލާލަމާ ހިނގާށެވެ.
މިއުމުރުގައި
ގިނަ ކުދިން ކުރާނެ ކަންތައްތައް
އިޖުތިމާޢީ
ހުނަރު / އާތިފީ ހުނަރު :
o
ނުދަންނަ ބީރައްޓަހިން ފެނުމުން ލަދުގަނެ، ރަކިވުން ނޫނީ ބިރުގަނެ
ޖެހިލުންވުން
o
މަންމަ ނޫނީ ބައްޕަ ދިއުމުން ރޯންފެށުން
o
ގަޔާވާ ވަކި ކުޅޭ އެއްޗެއް އޮތުން ނޫނީ ގެންގުޅުން ނޫނީ ގަޔާވާ މީހަކު ހުރުން
o
ބައެއް ހާލަތްތައް ދިމާވުމުން ބިރުގަތުން
o
ވާހަކައެއް އަޑުއަހަން ބޭނުންވުމުން ފޮތެއް ގެނެސް މަންމަ ނޫނީ ބައްޕަ އަތަށް
ދިނުން
o
ސަމާލުކަން ހޯދުމަށްޓަކައި އަޑެއް ތަކުރާރުކޮށް އުފެއްދުން ނޫނީ ކަމެއް
ތަކުރާރުކޮށް ކުރުން
o
ގަޔަށް ހެދުން ލާއިރު، އަތް، ނޫނީ ފައި އުފުލައި އެހެދުމެއް ލުމަށް
ފަސޭހަވާނެ ގޮތަށް ހަރަކާތްތައް ކުރުން
o
ފީކޮއި ކުޅުން ނޫނީ ލަވަކިޔަމުން އަތްތިލަ ބަޑިޖެހުން
ބަސްމޮށުންތެރިކަމުގެ
ހުނަރު / މުޢާމަލާތުގެ ހުނަރު :
o
ކުދިކުދި ބަސްތައް ދޭހަވުން
o "ބައިބައި"
ކިޔުމަށް އަތް ހޫރާލުން، ނޫނެކޭ ބުނުމަށް ބޯހޫރާލުން ފަދަ ކުދިކުދި އިޝާރާތްތައް
ކުރުން
o
ރާގު ބަދަލުވާ ފަދަ ގޮތަކަށް އަޑުތައް އުފެއްދުން
o
މަންމަ، ބައްޕަ ފަދަ ބަސްތައް "އޮއޯ" ފަދަ ބަސްތައް ކިޔުން
o
ކުދިކުދި ބަސްތައް ކިޔަން މަސައްކަތްކުރުން
ވިސްނުމުގެ
ހުނަރު (އުނެގުން، ވިސްނުން، މައްސަލަ ހައްލުކުރުން) :
o
ތަފާތު ގޮތްގޮތަށް އެއްޗެތި ހޯދައި ބެލުން : މިސާލަކަށް އެއްޗެއް
ތެޅުވުން،ހެލުވުން،އެއްލުން ފަދަ ކަމެއްކުރުން
o
އެއްޗެއް ފޮރުވުމުން ފަސޭހަ ކަމާއެކު ހޯދުން
o
އެއްޗެއް ދައްކާށޭ ބުނުމުން އެއެއްޗެއް ދެއްކުން
o
އިޝާރާތްތައް ކޮޕީކުރުން
o
އެއްޗެތި ބޭނުންކުރަންޖެހޭ ގޮތަށް ބޭނުންކުރަން ފެށުން : މިސާލަކަށް ބުރުހުން
ދަތް އުގުޅުން، ފުނައިން ފުނާއެޅުން
o
ދެއެއްޗެއް ގެނެސް އެކަތި އަނެކަތީގައި ޖެއްސުން ނޫނީ ދޭއްޗެއް ގުޅުވުން
o
އެއްޗަކަށް ތަކެތި އަޅާ ނަގަން އެނގުން
o
އެހީތެރިކަމާ ނުލާ ކުދިކުދި ކަންކަންކުރަން ފެށުން
o
އިގިލިން އެއްޗެތި ފާހަގަކޮށްފައި ދެއްކުން
o
އާދައިގެ ކުދި އިރުޝާދު އެނގުން : މިސާލަކަށް : ބޯޅަ ގެނެސްދީ
ހަރަކާތްކުރުމުގެ
ހުނަރު / ޖިސްމާނީ ހެދިބޮޑުވުން :
o
ކަކުލާއި އަތް ބޭނުންކޮށްގެން ފިރުކުން
o
އެހީތެރިކަމާ ނުލާ އިށީދެއިނުން
o
ކޮޅަށް ތެދުވުމަށް (ފައިންކޮށްޕައިގެން) މަސައްކަތްކުރުން
o
އެއްޗެތީގައި ހިފަހައްޓައިގެން ހިނގުން
o
އެހީތެރިކަމާ ނުލާ ކޮޅަށްހުރުން
o
އެހީތެރިކަމާއެކު ހިނގުން (ދެތިން ފިޔަވަޅު އެޅުން)
ސަމާލުވެލައްވާ
:
އަންނަނިވި
ކަންތައްތައް ކުޑަ ދަރިފުޅުގެ ފުށުން ފާހަގަވާނަމަ ލަސްނުކޮށް ޑޮކްޓަރަށް
ދެއްކުމަކީ މުހިއްމު ކަމެކެވެ.
·
ނުފިރުކުން
·
އެހީއާއި ލައިގެން ވެސް ކޮޅަށް ނުހުރެވުން
·
އެއްޗެއް ފޮރުވުމުން ވެސް ހޯދަން ނޫޅުން
·
މަންމަ ބައްޕަ ފަދަ ކުދިކުދި ބަސް ވެސް ނުކިޔުން
·
އަތްހޫރުން، ބޯހޫރާލުން ފަދަ ހަރަކާތްތައް ވެސް ނުކުރުން
·
އިގިލިން އިޝާރަތް ކޮށްފައި ތަކެތި ނުދެއްކުން
·
ކުރިން ހުރި ހުނަރުތައް ވެސް ގެއްލިދިއުން (ކުރިން ކުރަމުން ކަންތައްތައް
ވެސް ނުކުރެވުން)
މައުލޫމާތު :
No comments:
Post a Comment