ކުޑަ ދަރިފުޅުގެ
ހެދިބޮޑުވުން : ދެ އަހަރުވުމުން
ފުރަތަމަ ފިޔަވަޅު
އެޅުން، ހިނިތުންވުން، "ބައިބައި" ކިޔަމުން އަތް ހޫރާލުން ފަދަ
ހުނަރުތަކަކީ ކުއްޖެއްގެ "ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ
މިންގަނޑު"(developmental
milestone) ތަކެކެވެ. ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ
މިންގަނޑު ތަކަކީ އެކުއްޖެއްގެ އުމުރާ ގުޅޭގޮތުން ގިނަ ކުދިންނަށް އެއުމުރުގައި
ޙާޞިލްކުރެވޭނެ (ކުރެވެންޖެހޭނެ) ކަންތައްތަކެކެވެ. ކުޑަކުދިން ހެދިބޮޑުވުން
ދެނެގަތުމަށް ބޭނުންކުރާ މިންގަނޑުތައް ހުންނަގޮތް ފާހަގަކުރެވިގެންދާނީ ކުޅިވަރާއި،
އުގެނުމާއި، ވާހަކަ ދެއްކުމާއި، އެހެންމީހުންނާއި އެކުވެ އުޅުމާއި، ފިރުކުމާއި،
ހިނގުމާއި، ފުންމުން ފަދަ ހަރަކާތްތަކުގެ ތެރެއިންނެވެ. އެގޮތުން ކުޑަ ދަރިފުޅުގެ
އުމުރުން ދެއަހަރު ވާއިރުހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު ތައް ހުންނަށް
ޖެހޭނެގޮތް ބަލާލަމާ ހިނގާށެވެ.
މިއުމުރުގައި
ގިނަ ކުދިން ކުރާނެ ކަންތައްތައް
އިޖުތިމާޢީ
ހުނަރު / އާތިފީ ހުނަރު :
o
ބޮޑެތި މީހުންނާއި، ބޮޑެތި ކުދިން ކުރާ ކަންތައްތައް ކޮޕީކުރުން
o
އެހެންކުދިންނާއެކު ކުޅެހަދަން ގަޔާވުން (ހިތްހަމަޖެހިފައިހުރުން)
o
އަމިއްލައަށް ކަންކަންކުރަން ބޭނުންވާކަން ކުއްޖާގެ ފުށުން ފެނުން
o
ނުކުރަން ބުނާ ކަންތައްތައް ކުރަން އުޅުން
o
އާންމުކޮށް އެހެން ކުދިންނާއި ވަކިން ކުޅުން، ނަމަވެސް މިއުމުރުގައި އެހެން
ކުދިންނާއެކު ކުޅެން ފަށާނެ އެވެ. މިސާލަކަށް ފަހަތުން ދުވެހެދުން
ބަސްމޮށުންތެރިކަމުގެ
ހުނަރު / މުޢާމަލާތުގެ ހުނަރު :
o
ނަންބުނުމުން އެއްޗެތި އިނގިލި ދިއްކޮށްފައި އެހެން މީހުންނަށް ދެއްކުން
o
ގެންގުޅޭ މީހުންނާއި، ހަށިގަނޑުގެ ބައިތަކުގެ ނަންތައް އެނގުން
o 4-2
ބަހުގެ ޖުމުލަ ކިޔުން
o
އާދައިގެ ކުދިކުދި އިރުޝާދުތަކަށް ބުނާގޮތް ހެދުން : މިސާލު ބޯޅަ
ހިފައިގެންދޭ
o
ދައްކާވާހަކައެއް އަޑުއަހާފައި އެއިން ބަހެއް ބުނެލުން
o
ފޮތުގައި ހުންނަ އެއްޗެތި ދައްކާށޭ ބުނުމުން ދެއްކުން
ވިސްނުމުގެ
ހުނަރު (އުނެގުން، ވިސްނުން، މައްސަލަ ހައްލުކުރުން) :
o
ދެތިން ހަތަރު ފަށަލައިގެ ދަށުގައި ފޮރުވާފައި ބަހައްޓާ ތަކެތި ވެސް ހޯދުން
o
ބައްޓަމާއި، ކުލަ ވަކިކުރަން ފެށުން
o
ގެންގުޅޭ ފޮތްތަކާއި، އަޑުއިވޭ ލަވަތަކުން ބައިތައް ކިޔުން
o
އާދައިގެ ކުޅިވަރުތައް ކުޅުން
o 4
ނޫނީ އެއަށްވުރެ ގިނަ ބްލޮކް ބޭނުންކޮށްގެން ޓަވަރު ހެދުން
o
އެއްއަތަށްވުރެ އަނެއް އަތް އިސްކުރާކަން ފާހަގަކުރެވުން
o
ދެފިޔަވަޅު ހިމެނޭ އިރުޝާދުތަކަށް އަމަލުކުރުން: މިސާލަކަށް ބޯޅަ ނަގައިގެން
ފޮށިގަނޑަށްލާށޭ ބުނުމުން ބޯޅަ ނަގައިފައި ގެންގޮސް ފޮށިގަނޑަށްލުން
o
ފޮތް ފޮތުގައި ހުންނަ ތަކެތީގެ ނަން ކިޔުން
ހަރަކާތްކުރުމުގެ
ހުނަރު / ޖިސްމާނީ ހެދިބޮޑުވުން :
o
އިނގިލީގެ ކޮޅު ޖައްސައިގެން ކޮޅަށްހުރުން
o
ބޯޅައިގައި ފައިން ޖަހަން އެނގުން
o
ދުވަން ފެށުން
ސަމާލުވެލައްވާ
:
އަންނަނިވި
ކަންތައްތައް ކުޑަ ދަރިފުޅުގެ ފުށުން ފާހަގަވާނަމަ ލަސްނުކޮށް ޑޮކްޓަރަށް
ދެއްކުމަކީ މުހިއްމު ކަމެކެވެ.
·
ދެ ބަހުގެ ޖުމުލަ ނުކިޔުން
·
އާންމުކޮށް ގެންގުޅޭ އެއްޗަކީ ވަކިކަމެއް ކުރާ އެއްޗެއްކަން ނޭގުން :
މިސާލަކަށް ފުނަލަކީ ބޯއޮމާންކުރާ އެއްޗެއްކަން ނޭގުން، ދަތް އުގުޅަނީ ބުރުހުންކަން ނޭނގުން
·
އެހެން މީހުން ކުރާ ކަންތައްތައް އަދި ބުނާ ބަސްތައް ކޮޕީ ނުކުރުން
·
އާދައިގެ ކުދިކުދިން އިރުޝާދު ތައް ދިނުމުން ވެސް އަމަލުނުކުރުން
·
ރަނގަޅަށް ނުހިނގުން
·
ކުރިން ހުރި ހުނަރުތައް ވެސް ގެއްލިދިއުން (ކުރިން ކުރަމުން ކަންތައްތައް
ވެސް ނުކުރެވުން)
މައުލޫމާތު :
No comments:
Post a Comment