ދިވެހިރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް
ކުރެވިފައިވާ މަސައްކަތްތަކާއި ޙާޞިލްކުރެވިފައިވާ ކާމިޔާބީތައް
Ø 1979 : ދުންފަތުގެ ހުރިހާ ބާވަތަކުން
ނަގާ އިމްޕޯޓް ޑިއުޓީ %30 އިތުރުކުރެވުނު!
Ø 1982 : ދުންފަތުގެ އިސްތިޢުމާލު
ނުކުރުމަށާއި، ދުންފަތުގެ ބޭނުން ނުކުރުމަށް ރައީސުލް ޖުމުހޫރިއްޔާ ގޮވާލެއްވި!
މިގޮވާލެއްވުމާއި ގުޅިގެން ދުންފަތުން ލިބޭ ޞިއްޙީ ގެއްލުންތަކާމެދު ޢާންމުން
ހޭލުންތެރިކުރުވުން ހަރުދަނާ ކުރެވުނު!
Ø 1984 : ގައުމީ ޓީވީ އަދި ގައުމީ ރޭޑިޔޯ
އިން ދުންފަތުގެ އިޝްތިހާރުކުރުން މަނާކުރެވުނު!
Ø 1991 : ދުންފަތުގެ ބާވަތްތައް 16
އަހަރުން ދަށުގެ ކުޑަކުދިންނަށް ވިއްކުމަކީ ގާނޫނީ ކުށެއްކަން ކަނޑައެޅުން!
Ø 1991 : ދުންފަތުގެ ހުރިހާ ބާވަތަކުން
ނަގާ އިމްޕޯޓް ޑިއުޓީ %50 އިތުރުކުރެވުނު!
Ø 1993: ޞިއްޙީ ޚިދުމަތްދޭ ހުރިހާ
ތަނެއްގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވުނު!
Ø 1993 : މ. އަތޮޅު މަޑިފުއްޓަކީ(1)
ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ނޫޅޭ ރަށެއްގެ ގޮތުގައި އިޢުލާން ކުރެވުނު!
Ø 1994 : ދުންފަތުގެ ޙާލަތު
ދެނެގަތުމަށް ސާރވޭ އެއް ކުރެވުނު!
Ø 1994 : ދުންފަތުގެ އިޝްތިހާރު
އެއްވެސް ސިފައެއްގައި ކުރުން މަނާކުރެވުނު!
Ø 1994 : ތައުލީމީ މުއައްސަސާ ތަކުގެ
ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވުނު!
Ø 1994 : ހއ. ބެރިންމަދޫ އަކީ
ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ނޫޅޭ ރަށެއްގެ ގޮތުގައި އިޢުލާން ކުރެވުނު!
Ø 1995 : ކުޅިވަރު ކުޅޭ ތަންތަނުގައި
ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވުނު!
Ø 1996 : ހައިލެވެލްގެ
އިންޓަރސެކްޓޯރަލް އެންޓި ޓޮބޭކޯ ކޮމިޓީ އުފެއްދެވުން
Ø 1997 : ދުންފަތުގެ ހާލަތާއި،
ދުންފަތާއި މެދު ހޭލުންތެރިކުރުވުމަށް ސާރވޭއެއް ހިންގުނު!
Ø 1997 : އޭރުގެ ހެލްތު މިނިސްޓަރަށް ދުނިޔޭގެ
ޞިއްޙަތު ޖަމްޢިއްޔާއިން ދޭ "ޓޮބޭކޯ ހެލްތު އެވޯޑް" ލިބުނު!
Ø 1997 : އެއާކޯންކޮށްފައިވާ
ރެސްޓޯރަންޓް ތަކާއި، އެއްގަމު އުޅަނދު ފަހަރުގައި ދުންފަތުގެ އިސްތިޢުމާލުކުރުން
މަނާކުރެވުނު
Ø 1997 : ދުންފަތުގެ
އިސްތިޢުމާލުކުރުން ކޮންޓްރޯލްކޮށް، އެބޭނުންކުރުން މަދުކުރުމަށް މަސައްކަތްކުރާ
ޖަމްއިއްޔާ، ޖަމާއަތް ނުވަތަ ފަރުދަކަށް 25000 ރުފިޔާގެ އިނާމު ދޭ އަހަރީ އެވޯޑެއް
އޭޑީކޭ ހޮސްޕިޓަލުން ތަޢާރަފުކުރި!
Ø 1998 : ފެރީތަކުގައި ދުންފަތުގެ
އިސްތިޢުމާލުކުރުން މަނާކުރެވުނު!
Ø 1998 – 1999 : ދުންފަތުގެ
އިސްތިޢުމާލުކުރުމާއި ދެކޮޅަށް ސުކޫލް ތަކުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގޭ
ހަރަކާތްތައް ހަރުދަނާކުރެވުނު!
Ø 1999 : ސަރުކާރު މުއައްޒަފުންގެ
މެދުގައި ދުންފަތް ބޭނުންކުރުން އޮތް މިންވަރު ދެނެގަތުމަށް ދެވަނަ ސާރވޭއެއް
ކުރެވުނު
Ø 2000 : ތަފާތު 4 ރަށެއްގެ
އަންހެންވެރިން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލިކަން އިޢުލާންކުރި!
Ø 2000 : ދުންފަތުގެ
އިސްތިޢުމާލުނުކުރާ ގޭބިސީ ތަކަށް އެކަމުގެ ހަދާނީ ލިޔުން ހެލްތު މިނިސްޓްރީން
ދޭންފެށި!
Ø 2000 : ދުންފަތުގެ ބާވަތްތަކުން ނަގާ
އިމްޕޯޓް ޑިއުޓީ 3 ގުނަ އިތުރުކުރެވުނު!
Ø 2000 : މުޅި ރާއްޖޭގެ ހުރިހާ
ސުކޫލްތަކަށް އަމާޒުކޮށްގެން އެންޓި ޓޮބޭކޯ ސުކޫލް ޕްރޮގްރާމް ފެށުނުނ!
Ø 2000: ތައުލީމީ މުއައްސަސާތަކުގެ 100
މީޓަރާއި ކައިރި ހިސާބުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރެވުނު!
Ø 2000 : ފިންލޭންޑް ގެ ކޭޓީއެލް އާއި
ގުޅިގެން "ހުއްޓައިގެން ހޯދާ" މިނަމުގައި ދުންފަތުގެ އިސްތިޢުމާލުކުރުން
ހުއްޓާލުމަށް ޕްރޮގްރާމެއް ހިންގުނު!
Ø 2000 : މ. މަޑިފުއްޓަށް ދުނިޔޭގެ
ޞިއްޙަތު ޖަމްޢިއްޔާއިން "ޓޮބޭކޯ ފްރީ ވޯލްޑް 2000 އެވޯޑް" ދެވުނު!
Ø 2000 : ދުންފަތުގެ އިގުތިޞާދު ގެ
މައްޗަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި ގުޅިގެން ސާރވޭއެއް ކުރެވުނު!
Ø 2000 : ދުނިޔޭގެ ޞިއްޙަތު
ޖަމްޢިއްޔާގެ ދެކުނު އޭޝިޔާ ސަރަހައްދީ އޮފީހުން ހިންގި "އެންޓި ޓޮބޭކޯ
ކެމްޕޭން"ގެ ހަރަކާތްތައް ރާއްޖޭގައި ހިންގުނު!
Ø 2000 : ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ
އިން ކަނޑައަޅާފައިވާ ދުންފަތާއި ދެކޮޅަށް މަސައްކަތްކުރާ "ގުޑްވިލް
އެމްބެސެޑަރ" ހޮލީވުޑްގެ ފިލްމީ ތަރި "އެލެން ލެންޑަރސް"
ރާއްޖެއަށް ޒިޔާރަތްކުރި!
Ø 2001 : ދުންފަތުގެ ހާލަތާއި،
ދުންފަތާއި މެދު ހޭލުންތެރިކުރުވުމަށް ދެވަނަ ސާރވޭއެއް ހިންގުނު!
Ø 2001 : ދުނިޔޭގެ ދުންފަތުގެ
އިސްތިޢުމާލުނުކުރާ ދުވަސް ފާހަގަކުރެވުނު! ބޮޑަށް އަމާޒުކުރެވުނީ ދުންފަތާއި މެދު
އާންމުން ހޭލުންތެރިކުރުވުމުގެ މައްޗަށް! އެގޮތުން އެފަދަ ޕްރޮގްރާމް ރޭޑިޔޯ، ޓީވީ
އިން ފޮނުވައި، ނޫސްތަކުގައި ލިޔެ، އަދި ސުކޫލް ކުދިންނަށް މައުލޫމާތު ދެވުނު!
Ø 2001 : ދުނިޔޭގެ ދުންފަތުގެ
އިސްތިޢުމާލުނުކުރާ ދުވަހަކީ "ދުންފަތުގެ ވިޔަފާރި ނުކުރާ ދުވަހެއް" ގެ
ގޮތުގައި ކަނޑައެޅި!
Ø 2001 : ދުނިޔޭގެ ޞިއްޙަތު
ޖަމްޢިއްޔާއިން ދޭ "ނޯ ޓޮބޭކޯ ހެލްތު އެވޯޑް" އޭރު އެޑިޔުކޭޝަނަށް
މިނިސްޓަރަށް ލިބުނު!
Ø 2002 : އޭރު މިނިސްޓަރ އޮފް
އިންފޮމޭޝަން އާޓްސް އެންޑް ކަލްޗަރ އިބްރާހިމް ހުސައިން މަނިކަށް "ވޯލްޑް
ޓޮބޭކޯ ފްރީ ހެލްތު އެވޯޑް" ދެވުނު!
Ø 2002 : ދުނިޔޭގެ ދުންފަތުގެ
އިސްތިޢުމާލު ނުކުރާ ދުވަހު ބ. އޭދަފުށީގައި އެންޓި ޓޮބޭކޯ ބިލްބޯޑް ބެހެއްޓުނު!
Ø 2002 : ހއ. ހަތިފުއްޓަކީ(2)
ދުންފަތުގެ އިސްތިޢުމާލު ނުކުރާ ރަށެއްކަމަށް ކަނޑައަޅައި ރައީސުލް ޖުމުހޫރިއްޔާ
އެކަމުގެ އެވޯޑް އެރަށަށް ދެއްވި!
Ø 2002 : ފިންލޭންޑް ގެ ކޭޓީއެލް އާއި
ގުޅިގެން "ހުއްޓައިގެން ހޯދާ" މިނަމުގައި ދުންފަތުގެ އިސްތިޢުމާލުކުރުން
ހުއްޓާލުމަށް ޕްރޮގްރާމެއް ދެވަނަ ފަހަރަށް ހިންގުނު!
Ø 2002 : 4 ނޮވެމްބަރު ގައި ގދ.ތިނަދޫގައި
އެންޓި ޓޮބޭކޯ ބިލްބޯޑް ބެހެއްޓުނު!
Ø 2003 : ދުނިޔޭގެ ދުންފަތުގެ
އިސްތިޢުމާލުނުކުރާ ދުވަސް ދ.ކުޑަހުވަދޫގައި ފާހަގަކުރެވުނު!
Ø 2003 : ދުންފަތާއި ދެކޮޅަށް
ހޭލުންތެރިކުރުވުމުގެ ވޯރކްޝޮޕެއް ދ.ކުޑަހުވަދޫގައި ބޭއްވުނު!
Ø 2003 : ދުނިޔޭގެ ދުންފަތުގެ
އިސްތިޢުމާލު ނުކުރާ ދުވަހު ދ.ކުޑަހުވަދޫގައި އެންޓި ޓޮބޭކޯ ބިލްބޯޑް ބެހެއްޓުނު!
Ø 2003 : ހދ. ނޮޅިވަރަންފަރު އަކީ
ދުންފަތުގެ އިސްތިޢުމާލު ނުކުރާ ރަށެއްކަމަށް ކަނޑައެޅުނު!
Ø 2004 : ފިންލޭންޑް ގެ ކޭޓީއެލް އާއި
ގުޅިގެން "ހުއްޓައިގެން ހޯދާ" މިނަމުގައި ދުންފަތުގެ އިސްތިޢުމާލުކުރުން
ހުއްޓާލުމަށް ޕްރޮގްރާމެއް 3 ވަނަ ފަހަރަށް ހިންގުނު!
Ø 2004 : ދުނިޔޭގެ ދުންފަތުގެ
އިސްތިޢުމާލުނުކުރާ ދުވަސް ށ.ފުނަދޫގައި ފާހަގަކުރެވުނު!
Ø 2004 : ހއ.ކެލާ، ހއ.ތަކަންދޫ، އަދި
ގދ. ވާދޫ އަކީ ދުންފަތުގެ އިސްތިޢުމާލުކުރާ އަންހެނުން ނޫޅޭ ރަށްތައް ކަމުގައި
ކަނޑައެޅުނު!
Ø 2004 : 17 މޭގައި ދުނިޔޭގެ ޞިއްޙަތު
ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ބައިނަލް އަގްވާމީ ދުންފަތް ކޮންޓްރޯލް ކުރުމުގެ
މުއާހަދާ "ފްރޭމްވޯރކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް" ގައި
ދިވެހިރާއްޖެއިން ސޮއިކުރި!
Ø 2004 : 20 މޭގައި ދުނިޔޭގެ ޞިއްޙަތު
ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ބައިނަލް އަގްވާމީ ދުންފަތް ކޮންޓްރޯލް ކުރުމުގެ
މުއާހަދާ "ފްރޭމްވޯރކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް" ދިވެހިރާއްޖެއިން
ތަޞްދީޤުކުރި!
Ø 2004 : ދުންފަތް ކޮންޓްރޯލް ކުރުމަށް
ކުރާ މަސައްކަތަށް އޭޑީކޭ ހޮސްޕިޓަލަށް "ވޯލްޑް ނޯޓޮބޭކޯ އެވޯޑް"
ލިބުނު!
Ø 2005 : ފެބުރުއަރީ މަހުގެ ތެރޭގައި
ބައިނަލް އަގްވާމީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މުއާހަދާގެ ދަށުން ދުންފަތުގެ
ބާވަތްތައް ވިއްކާއިރު އެ އުފެއްދުންތަކުގެ ބޭރުގައި އިންޒާރުގެ ޞިއްޙީ މެސެޖުތައް
ލިޔުން މަޖުބޫރުކުރި!
Ø 2006 : ދުންފަތް ކޮންޓްރޯލް ކުރުމަށް
މައުލޫމާތު ހިމެނޭ ޕެކޭޖެއް ތައްޔާރުކޮށް ސުކޫލްތަކަށް ބެހުނު!
Ø 2006 : ދުންފަތް ކޮންޓްރޯލް ކުރުމުގެ
ބިލްގެ ޑްރާފްޓް ފައިނަލްކުރެވުނު!
Ø 2009 : ދުންފަތް ކޮންޓްރޯލް ކުރުމުގެ
ބިލް މަޖުލީހަށް ހުށަހެޅުނު!
Ø 2010 : ދުނިޔޭގެ ދުންފަތުގެ
އިސްތިޢުމާލު ނުކުރާ ދުވަހު ގދ. ތިނަދޫ އަށް "ވޯލްޑް ނޯޓޮބޭކޯ އެވޯޑް"
ދެވުނު!
Ø 2010 : އޮގަސްޓް 2 ގައި ރައްޔިތުންގެ
މަޖުލީހުން ދުންފަތް ކޮންޓްރޯލް ކުރުމުގެ ބިލް ފާސްކުރި!
Ø 2010 : އޮގަސްޓް 18 ގައި ދުންފަތުގެ
ގާނޫނު ތަޞްދީގުކޮށް ގެޒެޓްކުރެވުނު!
Ø 2010 : ސެޕްޓެމްބަރު މަހުގެ ތެރޭގައި
ދުންފަތުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ޓޮބޭކޯ ކޮންޓްރޯލް ބޯޑު
އެކުލަވާލެވުނު!
Ø 2011 : މޭގައި ދުނިޔޭގެ ޞިއްޙަތު
ޖަމްޢިއްޔާއިން ހެލްތު މިނިސްޓަރ ޑރ އާމިނަތު ޖަމީލަށް "ވޯލްޑް ނޯޓޮބޭކޯޑޭ
ހެލްތު އެވޯޑް" ދެވުނު!
Ø 2011 : އޮގަސްޓް 17 ގައި ދުންފަތް
ކޮންޓްރޯލް ބޯޑުން އެކުލަވާލި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގަވާޢިދުތައް ރައީސް
އޮފީހަށް ފޮނުވުނު!
Ø 2011 : 21 ނޮވެމްބަރު ގައި
ރައްޔިތުން މަޖުލީހުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ މަތިކުރުމަށް ނިންމި!
އެގޮތުން ސިގިރޭޓުން 200 އިންސައްތަ އަދި ދުންފަތުގެ އެހެން ބާވަތްތަކުން 150
އިންސައްތަ އިތުރުކުރެވުނު!
ނޯޓް: މިއީ ސީސީއެޗްޑީސީގެ
ލިޔުމަކުން ނަގާފައިވާ މަޢުލޫމާތެވެ.
No comments:
Post a Comment