ލަގޮނޑި
ލަގޮނޑި (Larynx) އަކީ ކަރުގެ އެތެރޭގައި އިންނަ ގުނަވަނެކެވެ.
ލަގޮނޑީގެ މަސައްކަތަކީ، ވައި ނޮޅި ހިމާޔަތްކޮށްދީ، އަޑު އުފެއްދުމުގައި ބައިވެރިވުމެވެ. ލަގޮނޑި އިންނަނީ
ވައި ނޮޅީގެ މަތިން އަރުތެރޭގެ ތިރިން، ކާތަކެތި ހިގާ ހޮޅިއާއި،
އަރުތެރެގުޅޭ ހިސާބުގައެވެ. ލަގޮނޑިއަށް ބައެއް ފަހަރު "އަޑުފޮށި"(voice box) މިނަމުން ވެސް މުޚާތަބު ކުރެއެވެ.
ލަގޮނޑި ހުންނަނީ
ކަރުގައިވާ މައިބަދައިގެ ކަށިކޮޅުތަކުން 6-3 ވަނަ ކަށިކޮޅާއި ދެމެދާވީ ހިސާބުން
އެއްހަމައެއްގައެވެ. ބާލިޣުވުމާއި ޖެހެންދެން ދެޖިންސުގެ ދެމެދުގައި ލަގޮނޑީގެ
ސައިޒުގައި ކުޑަ ތަފާތެއް ހުރެދާނެ އެވެ. ބާލިޣުވުމަށްފަހު ފިރިހެނުންގެ
ހަށިގަނޑުގައި ލަގޮނޑި އިތުރަށް ބޮޑުވެއެވެ. މިސަބަބާހުރެ ފިރިހެނުންގެ
ހަށިގަނޑުގައި ލަގޮނޑި "އެޑަމްސް އެޕަލް"(Adam’s apple) ގެ ގޮތުގައި ބޭރުފުށަށް ނިކުމެ
ފެންނަން ހުރެއެވެ. އަދި ފިރިހެނުންގެ އަޑުބަރުވެ، ވަރުގަދަ ވެއެވެ. ލަގޮނޑީގެ
އެތެރޭގެ ބަތާނަ ނުވަތަ ތެތް ދުލި ފަށަލައިގައި ހުންނަ އެޕިތީލިއަމްގެ ވައްތަރަކީ
"ސްޓްރެޓިފައިޑް ސްކޭމަސް އެޕިތީލިއަމް"(Stratified squamous
epithelium)
އެވެ.
ލަގޮނޑިއަށް
ލޭފޯރުކޮށްދެނީ "ސްޕީރިއަރ ލެރިންޖިއަލް އާޓަރީ"(Superior laryngeal
artery)
އަދި "އިންފީރިއަރ ލެރިންޖިއަލް އާޓަރީ"(Inferior laryngeal
artery)
އިންނެވެ. އަދި ލަގޮނޑި އަށް "ވީނަސް ޑްރެއިނޭޖް" ކުރަނީ
"ތައިރޮއިޑް ވެއިން"(Thyroid veins) ތަކުގެ އެހީގައެވެ. ލަގޮނޑިއަށް
ގުޅިފައިވާ ނާރު ތަކަކީ ޕެރެސިމްޕެތެޓިކް ނާރުތަކުގެ ނިޒާމުން އައިސްފައިވާ "
ސްޕީރިއަރ ލެރިންޖިއަލް ނާރވް"(Superior laryngeal nerve) އަދި "ރިކަރަންޓް ލެރިންޖިއަލް
ނާރވް" (recurrent laryngeal nerve)އިންނެވެ. މިދެނާރަކީ ވެސް "ވޭގަސް ނާރު"(Vagus nerve) ކުރިފަޅާފައިވާ ދެނާރެވެ. ލަގޮނޑީގެ
ކޮންމެ ފަރާތެއްގައި "ސްޕީރިއަރ ސަރވައިކަލް ގެންގުލިއާ"(Superior cervical ganglia) އިން ނިކުމެފައިވާ
"ސިމްޕެތެޓިކް ނާރވް"(sympathetic nerve) ތައް ހުރެއެވެ. މިނާރުތަކުން
ލަގޮނޑީގެ މަސްތަކަށް ހަރަކާތް ގެނެސްދީ، ލަގޮނޑީގެ ތެތް ދުލިފަށަލަ އަށް އިހްސާސް
އުފުލައިދެއެވެ.
ލަގޮނޑިއާއި
ގުޅުންހުރި ހަށިގަނޑުގެ ބައިތައް
·
މަތިން : ލަގޮނޑީގެ މަތިން އިންނަނީ "ހައިއޮއިޑް
ކަށިގަނޑު"(hyoid bone) އަދި ދުލުގެ ބުޑެވެ.
·
ތިރިން : ލަގޮނޑީގެ ތިރިން އިންނަނީ ނޭވާހޮޅި އެވެ.
·
ކުރިމަތިން : ލަގޮނޑީގެ ކުރިމަތިން އިންނަނީ ކަރުގެ މަސްތަކާއި،
ހައިއޮއިޑް ކަށިގަނޑާއި ތަތްވެފައިވާ މަސްތަކެވެ.
·
ފަހަތުން : ލަގޮނޑީގެ ފަހަތުން އިންނަނީ މައިބަދައިގެ ކަރުގެ
ހިސާބުގެ ކަށިތަކުގެ 6-3 ވަނަ ކަށިކޮޅުތަކާއި، ލަގޮނޑިއާއި ގުޅޭ އަރުތެރެ އެވެ.
·
އަރިމަތިން : ލަގޮނޑީގެ ދެއަރިމަތިން އިންނަނީ ތައިރޮއިޑް ގްލޭންޑްގެ
ލޯބުތަކެވެ.
ލަގޮނޑިޔާގުޅޭ އަރުތެރެ (Laryngopharynx) ހުންނަނީ ކަރު ހިމެނޭ ހިސާބުގެ މައިބަދައިގެ
ކަށިކޮޅުތަކުގެ ތެރެއިން 6-3 ކަށިކޮޅާއި ދެމެދުގައެވެ.މިއީ އަރުގެ ނުވަތަ އަރުތެރޭގެ
އެންމެ ތިރީބައެވެ. އެހެންކަމުން އަރުތެރެ އާއި ކާތަކެތި ހިގާ ހޮޅި
ގުޅުވައިދޭ ބަޔަކީ މިއީއެވެ. މިބައިގެ މަތީ ބޯޑަރު
ހުންނަނީ ހައިއޮއިޑް ކަށިގަނޑު(Hyoid bone) އާއި އެއްހަމައެއްގައެވެ. އަޑުފޮށްޓާގުޅޭ އަރުތެރެ(Laryngopharynx) އިންނަނީ އެޕިގްލަޓިސްގެ މަތީ ބޯޑަރުން ފެށިގެން ތިރިއަށް ގޮސް
ކްރިކޮއިޑް ކާޓިލޭޖް (Cricoid cartilage)ގެ ތިރިއާއި ހަމައަށެވެ. މިބުނި ހިސާބަކީ ކާތަކެތި ހިގާ ހޮޅި
ފެށިފައި އިންނަ ހިސާބެވެ. އެހެންކަމުން އަޑުފޮށްޓާގުޅޭ
އަރުތެރެ ނިމިގެން ދެން ހަޖަމުކުރާ ނިޒާމްގައި އިންނާނީ ކާތަކެތި ހިގާ ހޮޅި
އެވެ.
ލަގޮނޑީގައި
ހިމެނޭ މަޑުކަށީގެ ކާޓިލޭޖްތައް
ލަގޮނޑީގައި
ތަރުތީބެއްނެތި އަތުރާލެވިފައިވާ ކާޓިލޭޖް ތަކެއް ހުރެއެވެ. މިކާޓިލޭޖް ތައް
އެކަތި އަނެކައްޗާއި ހިފެހެއްޓިފައި ހުންނަނީ ލިގަމެންޓް ތަކުގެ އެހީގައެވެ. މައިގަނޑު
ގޮތެއްގައި ހިމެނޭ ކާޓިލޭޖް ތަކަކީ:-
(1)- ތައިރޮއިޑް
ކާޓިލޭޖް (Thyroid
cartilage): ލަގޮނޑީގައި
ހިމެނޭ ކާޓިލޭޖް ތަކުގެ ތެރެއިން އެންމެ ފާޅުކަން ބޮޑުކޮށް ފެންނަން ހުންނަނީ
ތައިރޮއިޑް ކާޓިލޭޖް އެވެ. މިއީ ހައެލިން ކާޓިލޭޖް އިން އުފެދިފައިވާ ބައެކެވެ.
ތައިރޮއިޑް ކާޓިލޭޖް ހުންނަނީ ކަރުގެ ކުރިމަތީގައެވެ. ކަރުމަތިން ބޭރަށް ނިކުމެ
"އެޑަމްސް އެޕަލް"(Adam’s
apple) ގެގޮތުގައި ފެންނަން އެހުންނަނީ "ތައިރޮއިޑް ކާޓިލޭޖް"
ކުރިމަތީ ފާރުން ނުކުމެފައި ހުންނަ ބައެވެ. ކަރުގެ ކުރިމަތީގައި އަތްލުމުން ވަރަށް
ފަސޭހައިން މިތަން އިހްސާސް ކުރެވޭނެއެވެ. އަދި ވަރަށް ގިނަ ފިރިހެނުންގެ މިބައި
ބޭރަށް ނިކުމެ ފެންނަން ހުންނާނެ އެވެ. ބައެއް މީހުން މިތަނަށް ދިވެހިން ލަގޮނޑި
ވެސް ކިޔައި އުޅެއެވެ. ތައިރޮއިޑް ކާޓިލޭޖްގެ ކުރިމަތިން މަތި އިންނަނީ
"ތައިރޮއިޑް ނޮޗް"(Thyroid
notch) ގެސަބަބުން ދެބަޔަކަށް ބައިވެފައެވެ. ތައިރޮއިޑް ކާޓިލޭޖްގެ
މަތީބައިގެ ބަތާނަ ފަށުގައި ހުންނަނީ ލަގޮނޑީގެ ބަތާނަ ފަށުގައި ހުންނަ ފަދައިން "ސްޓްރެޓިފައިޑް
ސްކޭމަސް އެޕިތީލިއަމް"(Stratified squamous epithelium) އެވެ. އަދި ތިރީބައިގެ
ބަތާނަފަށުގައި ނުވަތަ ތެތްދުލި ފަށަލައިގައި ހުންނަނީ ނޭވާހޮޅީގައިހުންނަ ފަދަ
"ސިލިއޭޓަޑް ކޮލަމްނަރ އެޕިތީލިއަމް"(Ciliated columnar epithelium) އެވެ. ތައިރޮއިޑް ކާޓިލޭޖްގެ
ބޭރުފުށުގައި ވަރަށް ގިނަ މަސްކޮޅުތައް ހަރުލައި ހިފެހެއްޓިފައި ހުރެއެވެ.
ލަގޮނޑީގެ އަރިމައްޗާއި ކުރިމަތީގެ ބޮޑުބައެއް ހިއްސާކުރަނީ ތައިރޮއިޑް ކާޓިލޭޖް
އެވެ.
(2)- ކްރިކޮއިޑް
ކާޓިލޭޖް (Cricoid
cartilage): ކްރިކޮއިޑް
ކާޓިލޭޖް ހުންނަނީ ތައިރޮއިޑް ކާޓިލޭޖް ގެ ތިރިންނެވެ. މިއީ ވެސް ހައެލިން
ކާޓިލޭޖް އިން އުފެދިފައިވާ ބައެކެވެ. "ސިގްނެޓް ރިންގ"(Signet ring) އެއްގެ ބައްޓަމަށް އިންނަ
މިކާޓިލޭޖް ލަގޮނޑީގެ ވަށައިގެން ހުރެއެވެ. އަދި މިކާޓިލޭޖް އިންނަނީ ލަގޮނޑީގެ
ކުރިމަތިން ހަނިކޮށް، އަދި ފަހަތުން ފުޅާކޮށެވެ. މިކާޓިލޭޖްގެ ފަހަތުގައިވާ
ފުޅާބައި އިންނަނީ ތައިރޮއިޑް ކާޓިލޭޖް، އަދި އެރިޓިނޮއިޑް ކާޓިލޭޖް އާއި
ގުޅިފައެވެ. ކްރިކޮއިޑް ކާޓިލޭޖްގެ ބަތާނަ ފަށުގައި ހުންނަނީ "ސިލިއޭޓަޑް
ކޮލަމްނަރ އެޕިތީލިއަމް"(Ciliated columnar epithelium) އެވެ. މިކާޓިލޭޖްގެ ބޭރު ފުށުގައި
މަސްކޮޅުތަކާއި ލިގަމެންޓްތައް ހަރުލައި ހިފެހެއްޓިފައި ހުރެއެވެ. ނޭވާލާ ނިޒާމުގެ
މަތީބައި ނިމޭ ހިސާބަކީ ކްރިކޮއިޑް ކާޓިލޭޖްގެ ތިރީ ބޯޑަރެވެ.
(3) - އެރިޓިނޮއިޑް ކާޓިލޭޖް (Arytenoid
cartilage): މިއީ ލަގޮނޑީގެ ފުރަގަހުން ދެފަރާތުގައި ޕިރަމިޑެއްގެ
ބައްޓަމަށް އިންނަ ކާޓިލޭޖެކެވެ، މިކާޓިލޭޖް ހަރުލާފައި އިންނަނީ ކްރިކޮއިޑް
ކާޓިލޭޖްގެ ފަހަތުގައިވާ ފުޅާބައިގެ މަތީގައެވެ. އެހެންކަމުން ލަގޮނޑީގެ ފަހަތު
ނުވަތަ ފުރަގަހު ފާރު އުފެދިފައިވަނީ މިކާޓިލޭޖުންނެވެ. މިކާޓިލޭޖްގެ ބަތާނަ
ފަށުގައި ހުންނަނީ "ސިލިއޭޓަޑް ކޮލަމްނަރ އެޕިތީލިއަމް"(Ciliated columnar epithelium) އެވެ. އަޑުއުފައްދާ ވާފަށްތައް
ފަހަތުން ތަތްވެ، ހަރުލާފައި އިންނަނީ "އެރިޓިނޮއިޑް ކާޓިލޭޖް"(Arytenoid cartilage) ގައެވެ. އަދި ބައެއް މަސްކޮޅު ތައް
ވެސް މިކާޓިލޭޖް ގައި ތަތްވެ ހަރުލައި ހިފެހެއްޓިފައި ހުރެއެވެ.
އެޕިގްލޮޓިސް
އެޕިގްލޮޓިސް(Epiglottis) އަކީ ފަތެއްގެ ބައްޓަމަށް އިންނަ
ފައިބްރޯ-އިލާސްޓިކް ކާޓިލޭޖް އެކެވެ. އެޕިގްލޮޓިސް އަކީ ލަގޮނޑީގެ މައްޗެއްގެ
ގޮތުގައި ހަރަކާތްތެރިވާ ޓިޝޫ އެކެވެ. ކާތަކެތި ދިރުވާއިރު، ''އެޕިގްލޮޓިސް"(Epiglottis)ގެ އެހީގައި ލަގޮނޑީގެ
މަތި ބައްދާލައެވެ. މީގެ ބޭނުމަކީ ކާތަކެތި ، ވައި ނޮޅީގެ ތެރެއަށް ވަދެ، ފުއްޕާމެއާއި، ހަމައަށް ވާޞިލްވިޔަ
ނުދިނުމެވެ. ނުވަތަ ކެއުމުގެ ތެރޭގައި ނޭވާ ހިނގާ މަގަށް ކާތަކެތި
އެޅުނަނުދިނުމެވެ. ކާއެއްޗެއް ލަގޮނޑިޔަށް ފޯރައިގެން ލަގޮނޑި ހީވާގިވެ މުރާލި
ވެއްޖެނަމަ ކެއްސުން ކުރިމަތި ކުރުވައެވެ. މިގޮތުން ކެއްސުން ކުރިމަތިވަނީ ލަގޮނޑިޔަށް ވާޞިލްވި މާއްދާއިން، ފުއްޕާމޭ ހިމާޔަތްކޮށް ރައްކާކުރުމަށް ޓަކައެވެ. އެހެން
މާނައެއްގައި ބުނާނަމަ، ކެއުމުގެ ތެރޭގައި ކާއެއްޗެއް ނޭވާހިނގާ މަގަށް
އެޅިއްޖެނަމަ ކޮށިއެރުން(Aspiration) ނުވަތަ ނޯށަށްއެރުން ކުރިމަތި
ކުރުވައެވެ.
ލަގޮނޑީގެ
އެތެރެ
އަޑުއުފައްދާ ވާފަށް(Vocal cords) ތައް ހުންނަނީ ލަގޮނޑީގެ
ތެރޭގައެވެ. އަޑުއުފައްދާ ވާފަށް ތަކަކީ ދެއަރިމަތިން ދޫވެފައި (އެއްވެސް
ތަނެއްގައި ތަތްވެ ހަރުލާފައިނެތް) ދެކޮޅުން ތަތްވެ ހަރުލާފައި ހުންނަ، ދޮންފޫޑު
ނުވަތަ މަޑު ހުދުކުލައެއްގައި ހުންނަ ތެތް ދުލިފަށް(mucous membrane) ތަކުގެ ދެ ފަށަލަ އެވެ.
އަޑުއުފައްދާ ވާފަށްތައް ކުރިމަތިން ތަތްވެ ހަރުލާފައި އިންނަނީ "ތައިރޮއިޑް
ކާޓިލޭޖް"(Thyroid cartilage) ގައެވެ.ފަހަތުން ތަތްވެ، ހަރުލާފައި
އިންނަނީ "އެރިޓިނޮއިޑް ކާޓިލޭޖް"(Arytenoid cartilage) ގައެވެ.
އަޑުއުފައްދާ ވާފަށް ތައް
ކޮންޓްރޯލްކުރާ މަސްކޮޅުތައް ހަމައަކަށް އެޅުމުން އަޑުފޮށި ހުޅުވި ލަގޮނޑި
ހުރަސްކޮށް ވައި ހިނގާ މަގު ހާމަވެގެން ދެއެވެ. މިހާލަތުގައި އަޑުއުފައްދާ
ވާފަށްތައް ވައިބްރޭޓްވެގެން އުފެދޭ އަޑުގެ ތޫލިކަން ކުޑަވާނެ އެވެ. އަޑުއުފައްދާ
ވާފަށްތައް ކޮންޓްރޯލްކުރާ މަސްކޮޅުތައް ފިތި ކުރުގެޅުމުން، އަޑުއުފައްދާ
ވާފަށްތައް ކައިރިވެ، އަޑުފޮށި ބެދޭނެ އެވެ. މިހާލަތުގައި އަޑުއުފައްދާ ވާފަށްތައް
ވައިބްރޭޓްވެގެން އުފެދޭ އަޑުގެ ތޫލިކަން ގަދަވާނެ އެވެ. އެހެންކަމުން އަޑުގެ
ތޫލިކަން ބަރޯސާވާނީ އަޑު އުފައްދާ ވާފަށްތައް ފިތި ބާރުވެފައި ހުންނަ މިންވަރާއި،
އަޑުއުފައްދާ ވާފަށްތަކުގެ ދިގުމިނާއި، އަދި އެހިސާބުގައިވާ މަސްކޮޅުތަކުގެ
ހަރަކާތުގެ މައްޗަށެވެ. ބޭނުންނުކުރާއިރު (މިސާލަކަށް ވާހަކަ ނުދައްކާއިރު)
އަޑުއުފައްދާ ވާފަށްތައް ކައިރިވެ، އަޑުފޮށި ހުންނާނީ ބެދިފައެވެ. އަޑުއުފައްދާ
ވާފަށް ތަކުގެ ދެމެދުގައިވާ ތަނަށް ކިޔަނީ "ގްލޮޓިސް"(Glottis)
އެވެ.
ލަގޮނޑީގެ
ވަޒީފާ
(1)-
އަޑުއުފެއްދުން : އަޑަށް 3 ޚާއްޞިއްޔަތެއް ލިބިފައިވެއެވެ. އެއީ ތޫލިކަން،
ބަރުކަން، އަދި ޓޯން އެވެ.
·
ތޫލިކަން (pitch): އަޑުގެ ތޫލިކަން
ބަރޯސާވަނީ ލަގޮނޑީގެ ތެރޭގައިވާ އަޑުއުފައްދާ ވާފަށް ތަކުގެ ދިގުމިނާއި،
ވާފަށްތައް ފިތި ބާރުވެފައި ހުންނަ މިންވަރެއްގެ މައްޗަށެވެ. އަޑުއުފައްދާ
ވާފަށްތައް ކުރުވި ވަރަކަށް އަޑުގެ ތޫލިކަން ގަދަވާނެ އެވެ. ބާލިޣުވާ އުމުރު
ފުރާގައި، ފިރިހެނުންގެ އަޑުއުފައްދާ ވާފަށްތައް ދިގުވާން ފަށައެވެ. ފިރިހެނުންގެ
އަޑުގައި އަންހެނުންގެ ހުންނަ ކަހަލަ ތޫލި އަޑެއް ނުހުންނަނީ މިހެންވެގެންނެވެ.
·
ބަރުކަން (Volume): އަޑުގެ ބަރުކަން
ބަރޯސާވަނީ އަޑުއުފައްދާ ވާފަށް ތައް ވައިބްރޭޓްވާ ބާރުމިނުގެ މައްޗަށެވެ. ވާހަކަ
ދެއްކުމުގައި ބޭރުވާ ވައިގެ ބާރު ގަދަވިވަރަކަށް، އަޑުއުފައްދާ ވާފަށްތައް
ވައިބްރޭޓްވާ މިންވަރު ވެސް ގަދަވާނެއެވެ. އަދި އަޑު ނިކުންނަލެން ބަރުވާނެ އެވެ.
·
ޓޯން (Tone): އަޑު ޓޯން ބަރޯސާވަނީ
އަނގައިގެ ބައްޓަމާއި، ދުލާއި ތުންފަތް ހަރަކާތް ކުރެވޭ ގޮތާއި، މޫނުމަތީގެ މަސްތަކުގެ
ހަރަކާތާއި، ނޭފަތުގެ ވަށައިގެން ހުންނަ ވައިކޮތަޅުތަކުގެ ތެރޭގައި ވައި ހުންނަ
މިންވަރު ގެ މައްޗަށެވެ.
(2)-
ވާހަކަދެއްކުން : ވާހަކަދެއްކެނީ އަޑުއުފައްދާ ވާފަށްތަކުން އުފެއްދި އަޑު
ކޯ ނުވަތަ ކޯތާފަތާއި ދުލާއި
ތުންފަތުގެ އެހީގައި އެއަޑު ބޭރުކުރުމަށް މަސައްކަތްކުރުމުންނެވެ.
(3)- ނޭވާލާ
ނިޒާމުގެ ތިރީބައި ރައްކާތެރިކުރުން : ކާތަކެތި ދިރުވުމުގެ
ތެރޭގައި އަޑު ފޮށީގެ މަތި ''އެޕިގްލޮޓިސް"(Epiglottis)ގެ އެހީގައި ބައްދާލައެވެ. މީގެ ބޭނުމަކީ ކާތަކެތި ، ވައި ނޮޅީގެ ތެރެއަށް ވަދެ، ފުއްޕާމެއާއި، ހަމައަށް ވާޞިލްވިޔަ
ނުދިނުމެވެ. ނުވަތަ ކެއުމުގެ ތެރޭގައި ނޭވާ ހިނގާ މަގަށް ކާތަކެތި
އެޅުނަނުދިނުމެވެ. ކާއެއްޗެއް ލަގޮނޑިޔަށް ފޯރައިގެން ލަގޮނޑި ހީވާގިވެ މުރާލި
ވެއްޖެނަމަ ކެއްސުން ކުރިމަތި ކުރުވައެވެ. މިގޮތުން ކެއްސުން ކުރިމަތިވަނީ ލަގޮނޑިޔަށް ވާޞިލްވި މާއްދާއިން، ފުއްޕާމޭ ހިމާޔަތްކޮށް ރައްކާކުރުމަށް ޓަކައެވެ. އެހެން
މާނައެއްގައި ބުނާނަމަ، ކެއުމުގެ ތެރޭގައި ކާއެއްޗެއް ނޭވާހިނގާ މަގަށް
އެޅިއްޖެނަމަ ކޮށިއެރުން(Aspiration) ނުވަތަ ނޯށަށްއެރުން ކުރިމަތި
ކުރުވައެވެ.
(4)- ނޭވާހިނގާ
މަގުގެ ބައެއްގެ ގޮތުގައިވުން : ލަގޮނޑި އަކީ އަރުތެރެ
އާއި ނޭވާހޮޅި ގުޅުވައިދޭ ތަނެވެ. މާނައަކީ ނޭވާލުމުގެ ތެރޭގައި ނޭވާހޮޅިން
މައްޗާއި ތިރިއަށް ވައި ދައުރުވާއިރު ދާނީ ލަގޮނޑި ހުރަސްކޮށެވެ.
(5) – ވައިގައި
ހޫނުކަމެއް އުފައްދައި، ތެތްކަމެއް އުފައްދައި، ފުރާނައި ސާފުކޮށްލުން : ނޭވާލުމުގެ ތެރޭގައި އެތެރެވާ ވައި ލަގޮނޑި ހުރަސްކޮށް
ދާއިރު ވެސް އެވައިގައި ހޫނުކަމެއް އުފައްދައި، އެއަށްފަހު ތެތްކަމެއް ގެނެސް،
އެވައި ފުރާނައި ސާފުކުރުމުގައި ލަގޮނޑި ވެސް ބައިވެރި ވެއެވެ.
No comments:
Post a Comment