ދިގު ތޮޅި
ދިގު ތޮޅި އަކީ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ
ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : ދިގުތޮޅި
|
|||
އިގިރޭސި ނަން : Yard long bean
|
|||
ޢިލްމީ ނަން : Vigna
sinensis - sesquipedalis
|
|||
ދިގުތޮޅީގެ ކޮންމެ 100 ގްރާމް ގައި
|
|||
އަސާސީ މާއްދާތައް
|
ލޮނުގެ ބާވަތްތައް
|
||
ހަކަތަ
|
47 ކިލޯކެލަރީ
|
ސޯޑިއަމް
|
4 މިލިގްރާމް
|
ކާބޯހައިޑްރޭޓް
|
8.35 ގްރާމް
|
ޕޮޓޭސިއަމް
|
240 މިލިގްރާމް
|
ޕްރޮޓީން
|
2.8 ގްރާމް
|
މަޢުދަންތައް
|
|
ފެޓް
|
0.40 ގްރާމް
|
ކެލްސިއަމް
|
50 މިލިގްރާމް
|
ފައިބަރު
|
ކޮޕަރ
|
0.048 މިލިގްރާމް
|
|
ވިޓަމިންތައް
|
ދަނގަޑު
|
0.47 މިލިގްރާމް
|
|
ފޮލިކް އެސިޑް
|
62 މައިކްރޯ ގްރާމް
|
މެގްނީޒިއަމް
|
44 މިލިގްރާމް
|
ނިއެސިން
|
0.410 މިލިގްރާމް
|
މެންގަނީޒް
|
0.205 މިލިގްރާމް
|
ޕެންތޮނިކް އެސިޑް
|
0.055 މިލިގްރާމް
|
ފޮސްފަރަސް
|
- 59 މިލިގްރާމް
|
ޕައިރިޑޮކްސިން
|
0.024 މިލިގްރާމް
|
ސިލެނިއަމް
|
1.5މައިކްރޯ ގްރާމް
|
ރައިބޯފްލެވިން
|
0.110 މިލިގްރާމް
|
ޒިންކް
|
0.37 މިލިގްރާމް
|
ތިއެމިން
|
0.107 މިލިގްރާމް
|
ފައިޓޯނިއުޓްރިއެންޓްތައް
|
|
ވިޓަމިން އޭ
|
865 އައިޔޫ
|
ކެރޮޓީން އަލްފާ
|
|
ވިޓަމިން ސީ
|
18.8 މިލިގްރާމް
|
ކެރޮޓީން ބީޓާ
|
-
|
ދިގުތޮޅިން
ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
(ހ) – ފައިބަރު ހުރުން : ދިގުތޮޅީގައި ފައިބަރު ހުރެއެވެ. ފައިބަރަކީ ގޮހޮރުގެ
އެތެރޭގައި ކެންސަރު ޖައްސަނިވި ކެމިކަލްތައް ތަތްވުމަށް ހުރަސްއަޅާ މާއްދާ
އެކެވެ. އަދި ގޮހޮރުގެ ބަތާނަފަށް ވިހަ މާއްދާތަކަށް ހުށަހެޅުމުން ދުރުހެލި
ކުރުވައެވެ. ފައިބަރަކީ ހަށިގަނޑުގައި ހުންނަ ނުރަގަޅު ސަރުބީގެ ނިސްބަތް ވެސް
ދަށްކޮށްދޭ އެއްޗެކެވެ. އެގޮތުން ކޮލެސްޓްރޯލް އާ ތަތްވެފައި ހުންނަ ބައިލް އެސިޑް
ތައް ގޮހޮރުގެ ތެރޭގައި އަލުން އަބުރާ ހަށިގަނޑަށް ނެގުމުގެ މަސައްކަތަށް ފައިބަރު
ހުރަސް އެޅުމަކީ ހަށިގަނޑުގައި ނުރަގަޅު ސަރުބީ ދަށްކުރުމަށް އެހީތެރިވެދޭނެ
ކަމެކެވެ.
ފައިބަރަކީ
ހަޖަމުކުރާ ނިޒާމުގެ މަސައްކަތަށް ވެސް ބޭނުންތެރި މާއްދާ އެކެވެ. ފެނުން
ވިރުވައިދޭ ފައިބަރުގެ ސަބަބުން ކާބޯހައިޑްރޭޓް މެޓަބޮލިޒަމްގެ މަސައްކަތް
ލަސްކުރުވައެވެ. ނަތީޖާއެއްގެ ގޮތުން ކާބޯހައިޑްރޭޓުން ގޮހޮރުން ހަށިގަނޑަށް
ނެގުން ލަސްކުރުވައެވެ. އަދި ހަށިގަނޑުގައި ހަކުރުގެ ނިސްބަތް ތަންޒީމުކޮށް،
ކެއުމަށްފަހު ކުއްލިއަކަށް ލޭގެ ހަކުރުގެ މިންވަރު މަތިވުން ކުޑަކޮށްދެއެވެ.
މިގޮތަށް މިކަންހިގާތީ މިއީ ހަކުރު ބަލީގެ މީހުންނަށް މަންފާހުރި އެއްޗަކަށް
ވެގެންދެއެވެ.
(ށ) -
ފޮލިކް އެސިޑް ހުރުން : ދިގުތޮޅީގައި އެކަށޭނަ
މިންވަރަކަށް ފޮލިކް އެސިޑް ހުރެއެވެ. ފޮލިކް އެސިޑް އަދި ވިޓަމިން ބީ12 އަކީ
ޑީއެންއޭ އުފެއްދުމާއި، ސެލްތައް ބައިބައިވުމުގައި މުހިއްމު ދައުރެއް އަދާކުރާ
ދެމާއްދާ އެވެ. މާބަނޑު ދުވަސްވަރު ކެއުމުގައި ފޮލިކް އެސިޑް ހިމެނުމަކީ
ބަނޑުގައިވާ ތުއްތު ދަރިފުޅު އައިބުތަކުން ސަލާމަތްކޮށްދޭނެ ކަމެކެވެ. ފޮލިކް
އެސިޑަކީ ޕްރޮޓީން މެޓަބޮލިޒަމްގެ މަސައްކަތުގެ ތެރެއިން އުފެދިގެން އަންނަ
މެޓަބޮލައިޓް އެއް ކަމުގައިވާ "ހޯމޯސިސްޓެއިން" ލޭހޮޅިތަކުގެ ތެރޭގައި
ޖަމާވުމަށް ހުރަސްއަޅާ މާއްދާ އެކެވެ. ހޯމޯސިސްޓެއިން ގެ މިންވަރު ހަށިގަނޑުގައި
ގިނަވެ، ލޭހޮޅިތަކުގައި ޖަމާވާގޮތް ވުމަކީ ލޭހޮޅިތައް ހަރުވެ، ލޭގެ ޕްރެޝަރު
މަތިވެ، ހާރޓް އެޓޭކް ޖެހުމާ، ސްޓްރޯކް ޖެހުމަށް މަގުފަހިވާނެ ކަމެކެވެ.
(ނ) -
ވިޓަމިން ސީ ހުރުން : ދިގު ތޮޅީގައި ގިނަ އަދަދަކަށް
ވިޓަމިން ސީ ވެސް ހުރެއެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ބާރު
ވަރުގަދަކޮށްދީ، ލޭހޮޅިތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ، އަދި ބައެއް ކަހަލަ
ކެންސަރުގެ ވައްތަރުތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ތަފާތު
ބަލިތަކާ ދެކޮޅަށް ހަށިދަމަނަ ތައް އުފެއްދުމަށް ވެސް ވިޓަމިން ސީ
އެހީތެރިވެދެއެވެ.
(ރ) -
ވިޓަމިން އޭ ހުރުން : ދިގުތޮޅީގައި ގިނަ އަދަދަކަށް
ވިޓަމިން އޭ ވެސް ހުރެއެވެ. ވިޓަމިން އޭ އަކީ ހަމާ، ހަށިގަނޑުގައި ހިމެނޭ ތެތް
ދުލި ފަށަލަ ތަކުގެ ދުޅަހެޔޮކަމާ ރައްކާތެރިކަމަށް ބޭނުންތެރި މާއްދާ އެކެވެ. މީގެ
އިތުރުން ލޮލުގެ ފެނުން ރަގަޅުކޮށްދީ، ރޭގަނޑު ރޯނާވުމުގެ މައްސަލަ އިން މިންޖުވެ
ހުރުމަށް ވިޓަމިން އޭ ބޭނުންކުރުން އެހީއަކަށް ވެއެވެ.
(ބ) -
މެގްނީޒިއަމް ހުރުން : ދިގުތޮޅީގައި ހުންނަ އެންމެ
ފާހަގަކުރެވޭ އެއް މައުދަނަކީ މެގްނީޒިއަމް އެވެ. މެގްނީޒިއަމް އަކީ ލޭހޮޅިތަކާ،
ނާރުތައް ފިތި ކުރުގެޅުން ކުޑަކޮށްދޭ މާއްދާ އެކެވެ. ނަތީޖާއެއްގެ ގޮތުން
ނޭވާހިއްލުމާ، ބޮލުގައި ރިހުން، އަދި މަސްގުޅަކެއުން ފަދަ ކަންތައްތަކަށް
މެގްނީޒިއަމްގެ ސަބަބުން ލުއިކަން ގެނެސްދެއެވެ.
މައުލޫމާތު
:
No comments:
Post a Comment