Wednesday, December 25, 2013

ދިގު ތޮޅި

ދިގު ތޮޅި
ދިގު ތޮޅި އަކީ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : ދިގުތޮޅި
އިގިރޭސި ނަން : Yard long bean
ޢިލްމީ ނަން : Vigna sinensis - sesquipedalis
ދިގުތޮޅީގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
47 ކިލޯކެލަރީ
ސޯޑިއަމް
4 މިލިގްރާމް
ކާބޯހައިޑްރޭޓް
8.35 ގްރާމް
ޕޮޓޭސިއަމް
240 މިލިގްރާމް
ޕްރޮޓީން
2.8  ގްރާމް
މަޢުދަންތައް
ފެޓް
0.40 ގްރާމް
ކެލްސިއަމް
50 މިލިގްރާމް
ފައިބަރު
ކޮޕަރ
0.048 މިލިގްރާމް
        ވިޓަމިންތައް       
ދަނގަޑު
0.47 މިލިގްރާމް
ފޮލިކް އެސިޑް
62 މައިކްރޯ ގްރާމް
މެގްނީޒިއަމް
44 މިލިގްރާމް
ނިއެސިން
0.410 މިލިގްރާމް
މެންގަނީޒް
0.205 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.055 މިލިގްރާމް
ފޮސްފަރަސް
-     59 މިލިގްރާމް
ޕައިރިޑޮކްސިން
0.024 މިލިގްރާމް
ސިލެނިއަމް
1.5މައިކްރޯ ގްރާމް
ރައިބޯފްލެވިން
0.110 މިލިގްރާމް
ޒިންކް
0.37 މިލިގްރާމް
ތިއެމިން
0.107 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
865 އައިޔޫ
ކެރޮޓީން އަލްފާ
ވިޓަމިން ސީ
18.8 މިލިގްރާމް
ކެރޮޓީން ބީޓާ
-























ދިގުތޮޅިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް

(ހ) – ފައިބަރު ހުރުން : ދިގުތޮޅީގައި ފައިބަރު ހުރެއެވެ. ފައިބަރަކީ ގޮހޮރުގެ އެތެރޭގައި ކެންސަރު ޖައްސަނިވި ކެމިކަލްތައް ތަތްވުމަށް ހުރަސްއަޅާ މާއްދާ އެކެވެ. އަދި ގޮހޮރުގެ ބަތާނަފަށް ވިހަ މާއްދާތަކަށް ހުށަހެޅުމުން ދުރުހެލި ކުރުވައެވެ. ފައިބަރަކީ ހަށިގަނޑުގައި ހުންނަ ނުރަގަޅު ސަރުބީގެ ނިސްބަތް ވެސް ދަށްކޮށްދޭ އެއްޗެކެވެ. އެގޮތުން ކޮލެސްޓްރޯލް އާ ތަތްވެފައި ހުންނަ ބައިލް އެސިޑް ތައް ގޮހޮރުގެ ތެރޭގައި އަލުން އަބުރާ ހަށިގަނޑަށް ނެގުމުގެ މަސައްކަތަށް ފައިބަރު ހުރަސް އެޅުމަކީ ހަށިގަނޑުގައި ނުރަގަޅު ސަރުބީ ދަށްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ފައިބަރަކީ ހަޖަމުކުރާ ނިޒާމުގެ މަސައްކަތަށް ވެސް ބޭނުންތެރި މާއްދާ އެކެވެ. ފެނުން ވިރުވައިދޭ ފައިބަރުގެ ސަބަބުން ކާބޯހައިޑްރޭޓް މެޓަބޮލިޒަމްގެ މަސައްކަތް ލަސްކުރުވައެވެ. ނަތީޖާއެއްގެ ގޮތުން ކާބޯހައިޑްރޭޓުން ގޮހޮރުން ހަށިގަނޑަށް ނެގުން ލަސްކުރުވައެވެ. އަދި ހަށިގަނޑުގައި ހަކުރުގެ ނިސްބަތް ތަންޒީމުކޮށް، ކެއުމަށްފަހު ކުއްލިއަކަށް ލޭގެ ހަކުރުގެ މިންވަރު މަތިވުން ކުޑަކޮށްދެއެވެ. މިގޮތަށް މިކަންހިގާތީ މިއީ ހަކުރު ބަލީގެ މީހުންނަށް މަންފާހުރި އެއްޗަކަށް ވެގެންދެއެވެ.

(ށ) - ފޮލިކް އެސިޑް ހުރުން : ދިގުތޮޅީގައި އެކަށޭނަ މިންވަރަކަށް ފޮލިކް އެސިޑް ހުރެއެވެ. ފޮލިކް އެސިޑް އަދި ވިޓަމިން ބީ12 އަކީ ޑީއެންއޭ އުފެއްދުމާއި، ސެލްތައް ބައިބައިވުމުގައި މުހިއްމު ދައުރެއް އަދާކުރާ ދެމާއްދާ އެވެ. މާބަނޑު ދުވަސްވަރު ކެއުމުގައި ފޮލިކް އެސިޑް ހިމެނުމަކީ ބަނޑުގައިވާ ތުއްތު ދަރިފުޅު އައިބުތަކުން ސަލާމަތްކޮށްދޭނެ ކަމެކެވެ. ފޮލިކް އެސިޑަކީ ޕްރޮޓީން މެޓަބޮލިޒަމްގެ މަސައްކަތުގެ ތެރެއިން އުފެދިގެން އަންނަ މެޓަބޮލައިޓް އެއް ކަމުގައިވާ "ހޯމޯސިސްޓެއިން" ލޭހޮޅިތަކުގެ ތެރޭގައި ޖަމާވުމަށް ހުރަސްއަޅާ މާއްދާ އެކެވެ. ހޯމޯސިސްޓެއިން ގެ މިންވަރު ހަށިގަނޑުގައި ގިނަވެ، ލޭހޮޅިތަކުގައި ޖަމާވާގޮތް ވުމަކީ ލޭހޮޅިތައް ހަރުވެ، ލޭގެ ޕްރެޝަރު މަތިވެ، ހާރޓް އެޓޭކް ޖެހުމާ، ސްޓްރޯކް ޖެހުމަށް މަގުފަހިވާނެ ކަމެކެވެ.


(ނ) - ވިޓަމިން ސީ ހުރުން : ދިގު ތޮޅީގައި ގިނަ އަދަދަކަށް ވިޓަމިން ސީ ވެސް ހުރެއެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށްދީ، ލޭހޮޅިތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ، އަދި ބައެއް ކަހަލަ ކެންސަރުގެ ވައްތަރުތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ތަފާތު ބަލިތަކާ ދެކޮޅަށް ހަށިދަމަނަ ތައް އުފެއްދުމަށް ވެސް ވިޓަމިން ސީ އެހީތެރިވެދެއެވެ.

(ރ) - ވިޓަމިން އޭ ހުރުން : ދިގުތޮޅީގައި ގިނަ އަދަދަކަށް ވިޓަމިން އޭ ވެސް ހުރެއެވެ. ވިޓަމިން އޭ އަކީ ހަމާ، ހަށިގަނޑުގައި ހިމެނޭ ތެތް ދުލި ފަށަލަ ތަކުގެ ދުޅަހެޔޮކަމާ ރައްކާތެރިކަމަށް ބޭނުންތެރި މާއްދާ އެކެވެ. މީގެ އިތުރުން ލޮލުގެ ފެނުން ރަގަޅުކޮށްދީ، ރޭގަނޑު ރޯނާވުމުގެ މައްސަލަ އިން މިންޖުވެ ހުރުމަށް ވިޓަމިން އޭ ބޭނުންކުރުން އެހީއަކަށް ވެއެވެ.

(ބ) - މެގްނީޒިއަމް ހުރުން : ދިގުތޮޅީގައި ހުންނަ އެންމެ ފާހަގަކުރެވޭ އެއް މައުދަނަކީ މެގްނީޒިއަމް އެވެ. މެގްނީޒިއަމް އަކީ ލޭހޮޅިތަކާ، ނާރުތައް ފިތި ކުރުގެޅުން ކުޑަކޮށްދޭ މާއްދާ އެކެވެ. ނަތީޖާއެއްގެ ގޮތުން ނޭވާހިއްލުމާ، ބޮލުގައި ރިހުން، އަދި މަސްގުޅަކެއުން ފަދަ ކަންތައްތަކަށް މެގްނީޒިއަމްގެ ސަބަބުން ލުއިކަން ގެނެސްދެއެވެ.

މައުލޫމާތު :

No comments:

Post a Comment