Saturday, January 4, 2014

ލޮނުމެދު

ލޮނުމެދު
ލޮނުމެދަކީ ވެސް ވަރަށް ގިނަ ބާވަތުގެ ކާތަކެތި ތައްޔާރު ކުރުމުގައި ބޭނުންކުރެވޭ ބާވަތެކެވެ.
ދިވެހި ނަން : ލޮނުމެދު
އިގިރޭސި ނަން : Garlic
ޢިލްމީ ނަން : Allium Sativum
ލޮނުމެދުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
149 ކިލޯކެލަރީ
ސޯޑިއަމް
153 މިލިގްރާމް
ކާބޯހައިޑްރޭޓް
33.06 ގްރާމް
ޕޮޓޭސިއަމް
401 މިލިގްރާމް
ޕްރޮޓީން
6.36  ގްރާމް
މަޢުދަންތައް
ފެޓް
0.5 ގްރާމް
ކެލްސިއަމް
181 މިލިގްރާމް
ފައިބަރު
2.1 ގްރާމް
ކޮޕަރ
0.299މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
1.70 މިލިގްރާމް
ފޮލިކް އެސިޑް
3 މައިކްރޯ ގްރާމް
މެގްނީޒިއަމް
25 މިލިގްރާމް
ނިއެސިން
0.700 މިލިގްރާމް
މެންގަނީޒް
1.672 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.596 މިލިގްރާމް
ފޮސްފަރަސް
-     153 މިލިގްރާމް
ޕައިރިޑޮކްސިން
1.235 މިލިގްރާމް
ސިލެނިއަމް
12 14.2މައިކްރޯގްރާމް
ރައިބޯފްލެވިން
0.110 މިލިގްރާމް
ޒިންކް
1.160 މިލިގްރާމް
ތިއެމިން
0.200 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
9 އައިޔޫ
ކެރޮޓީން އަލްފާ
ވިޓަމިން ސީ
31.2 މިލިގްރާމް
ކެރޮޓީން ބީޓާ
5މައިކްރޯ ގްރާމް
ވިޓަމިން އީ
0.08 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
0 މައިކްރޯ ގްރާމް
ވިޓަމިން ކޭ
1.7 މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
16 މައިކްރޯ ގްރާމް
























ލޮނުމެދުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ސަރުބީ ދަށްކުރުން : ލޮނުމެދުގައި "އެލިސިން" ކިޔާ ކަމްޕައުންޑެއް ހުރެއެވެ. މިއީ ލޭހޮޅިތަކުގެ ތެރޭގައި ނުރަގަޅު ސަރުބީ ތަތްވެ ހަރުލުމަށް ހުރަސްއަޅާ މާއްދާ އެކެވެ. އެހެންކަމުން ލޮނުމެދަކީ ސަރުބީ މަތިވެފައިވާ މީހުންނަށް ބޭނުންކުރެވިދާނެ ފައިދާހުރި ބާވަތެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ހަށިގަނޑުގައި ޓްރައިގްލިސެރައިޑް، އަދި މުޅި ހަށިގަނޑުގައި ޖުމުލަ ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް މަދުކުރުމުގެ ކުޅަދާނަކަން ލޮނުމެދަށް ލިބިފައި ވެއެވެ.

ލޭގެ ޕްރެޝަރު ދަށްކުރުން : ލޮނުމެދަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ. އެހެނީ ލޮނުމެދުގައި ހުންނަ "އެލިސިން" އަކީ ލޭހޮޅިތައް ފުޅާކޮށްދޭ މާއްދާ އެކެވެ. ލޭހޮޅިތައް ފުޅާވުމަކީ ލޭގެ ޕްރެޝަރު ދަށްވާނެ ކަމެކެވެ. މީގެ އިތުރުން ލޮނުމެދު ބޭނުންކުރުމަކީ ލޭހޮޅިތަކުގެ ތެރޭގައި ލޭގަނޑުކުރާ މާއްދާ ޕްލޭޓްލިޓް ތައް ތަތްވެ އެކަތިގަނޑަކަށް ވެގެން، ގަނޑުލޭކޮޅު އުފެދުމަށް ހުރަސްއަޅާނެ ކަމެކެވެ. މީގެ އިތުރުން ލޮނުމެދުގައި ހުންނަ "އެޖޯއީން" ކިޔާ ކެމިކަލްއެއްގެ ސަބަބުން ވެސް ލޭހޮޅިތަކުގެ ތެރޭގައި ގަނޑުލޭކޮޅު އުފެދުމަށް ހުރަސްއަޅައެވެ.

އެންޖީއޯޓެންސިން2 އަކީ ލޭހޮޅިތައް ފިއްތާލައިގެން ލޭގެ ޕްރެޝަރު މަތިކުރުވާ ޕްރޮޓީން އެކެވެ. ލޮނުމެދުގައި ހިމެނޭ އެލިސިން އަކީ އެންޖީއޯޓެންސިން 2 ގެ މަސައްކަތަށް ހުރަސްއަޅައިގެން ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން ލޮނުމެދުގައި ހުންނަ  ޕޮލީ ސަލްފައިޑް ހައިޑްރޯޖެން ސަލްފައިޑް ކިޔާ ގޭހަކަށް ބަދަލުވެއެވެ. ހައިޑްރޯޖަން ސަލްފައިޑް އަކީ ލޭހޮޅިތައް ފުޅާކޮށްގެން ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.


ހަޖަމު ރަގަޅުކުރުން : ކޮންމެ ދުވަހެއްގެ ކެއުމުގައި ލޮނުމެދު ހިމެނުމަކީ ހަޖަމު ރަގަޅުކޮށްދޭނެ ކަމެކެވެ. ހަޖަމުކުރުމުގެ މަސައްކަތް ފުރިހަމަ ގޮތުގައި ގެންދިއުމަށް ގޮހޮރަށް ލިބޭ އެހީއަކަށް ލޮނުމެދު ބޭނުންކުރުން އޮންނަނީ ވެފައެވެ. ހަޖަމުކުރާ ނިޒާމުގެ އެތެރޭ ބައިތަކުގައި އުފެދޭ މައްސަލަތައް ހައްލުކުރުމަށް ވެސް ލޮނުމެދު ބޭނުންކުރުން އެހީއަކަށް ފުދެއެވެ.

ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ލޮނުމެދު ބޭނުންކުރުމަކީ ލޮލުގެ ފެނުން އަލިކޮށްދީ، ލޮލުގެ ފެނުން ރަގަޅުވާނެ ކަމެކެވެ. އެހެނީ ލޮނުމެދުގައި ކުވަރސިޓިން، ސިލެނިއަމް، އަދި ވިޓަމިން ސީ ފަދަ މާއްދާތައް އެކަށޭނަ މިންވަރަކަށް ހުރެއެވެ. ލޮނުމެދަކީ ލޮލުގެ އުފެދޭ އިންފެކްޝަންތައް ކުޑަކޮށްދީ، ދުޅަތައް ތިރިކުރުމަށް ވާގިވެރިވެދޭ ބާވަތެކެވެ.

ކަންފަތުގެ ރިހުން ކުޑަކުރުން : ކަންފަތުގައި އުފެދޭ ތަފާތު ތަދުތަކާއި ރިހުންތައް ކުޑަކުރުމަށް ކެއުމުގައި ލޮނުމެދު ހިމެނިދާނެ އެވެ. އެއީ ލޮނުމެދުގައި ވައިރަސް، ފަންގަސް، އަދި ބެކްޓީރިޔާ ފަދަ ޖަރާސީމުތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ހުންނާތީ އެވެ.

ގޮހޮރުގެ މައްސަލަތަކަށް ލުއިކަން ގެނެސްދިނުން : ލޮނުމެދަކީ ބޭރަށްހިންގުން، ލޭބޭރަށްހިންގުން، އަދި ގޮހޮރު ދުޅަވުން ފަދަ މައްސަލަތަކަށް ލުއިކަން ގެނެސްދޭ ބާވަތެކެވެ. ލޮނުމެދަކީ ގޮހޮރުގެ ތެރޭގައި ހަށިގަނޑަށް ނުރައްކާތެރި ބެކްޓީރިޔާތައް އަށަގަތުން ހުއްޓުވުމަށް އެހީތެރިވެދޭ ބާވަތެކެވެ.
އަރިދަފުސް ރޯގާއިން ދުރުކުރުން : ރޯ ލޮނުމެދަކީ ކެއްސުމާއި، އަރިދަފުހަށް ރަގަޅު އެއްޗެކެވެ. އަރިދަފުސްރޯގާ ޖެހޭތާ ކުރީކޮޅު ކޮންމެ ދުވަހަކު ލޮނުމެދު ބޭނުންކުރުމަކީ ރޯގާ އަވަހަށް ފަސޭހަވެ، ރަގަޅުވާނެ ކަމެއްކަމަށް ބުނެވެއެވެ.

ފާރުގަނޑަށް ފަރުވާކުރުން : ގަދީމީ ބޭސްވެރިކަމުގައި ގައިގައި ހެދިފައި ހުންނަ ފާރުގަނޑުގައި އެޅުމަށް ލޮނުމެދު ބޭނުންކޮށްފައި ވެއެވެ. އެގޮތުން ފާރުގަނޑުގައި ލޮނުމެދު އަޅަނީ ހިމުންކޮށް ޗިސްކުރުމަށްފަހު، ފެނާއި އެއްކޮށްގެންނެވެ.

އޮށާޅަ އިން ރައްކާތެރިކޮށްދިނުން : ގަދީމީ ބޭސްވެރިކަމުގައި މާމުއި، ރީނދޫ، އަދި ލޮނުމެދު ފަދަ މާއްދާތައް އެއްކޮށްގެން އޮށާޅައަށް ފަރުވާކުރުމަށް ބޭނުންކޮށްފައި ވެއެވެ.

ނޭވާހިއްލުމުގެ އުދަނގޫ ކުޑަކުރުން : ފެނުކައްކާފައި ހުންނަ ލޮނުމެދަކީ ނޭވާހިއްލުން ހުންނަ މީހުންނަށް ފައިދާހުރި އެއްޗެއްކަމުގައި ބުނެވެއެވެ. މިފަދަ މީހުން ކޮންމެ ރެޔަކު ނިދުމުގެ ކުރިން ކިރު ތައްޓަކާއެކު، ކައްކާފައި އޮތް 3 ލޮނުމެދު ކޮޅު ބޭނުންކުރެވިދާނެއެވެ. އަދި އެކަމުގެ ސަބަބުން ނޭވާހިއްލުމުގެ އުދަނގޫތަކަށް ލުއިކަން ގެނެސްދެއެވެ.

ޖިންސީ ބާރު ގެނެސްދިނުން : ލޮނުމެދަކީ ޖިންސީބާރު ގެނެސްދޭ އެއްޗެއްކަމުގައި ބެލެވިފައި ވެއެވެ. އެހެންކަމުން ޖިންސީ އެދުންވެރިކަން އިތުރުކުރުމަށް، އަންހެނުންނާއި، ފިރިހެނުންނަށް ވެސް ބޭނުންކުރެވިދާނެ ބާވަތެކެވެ.

ކެންސަރުން ރައްކާތެރިކޮށްދިނުން : ގަވާއިދުން ކެއުމުގައި ލޮނުމެދު ހިމެނުމަކީ ބަނޑުގެ ކެންސަރު، ގޮހޮރުގެ ކެންސަރު، އަދި ކާތަކެތި ހިނގާހޮޅީގެ ކެންސަރުން ރައްކާތެރިކޮށްދޭނެ ކަމެއް ކަމުގައި ބުނެވެއެވެ. މިއީ ކެންސަރު ޖައްސަނިވި މާއްދާތައް ގިނަވެ އިތުރުވުން ހުއްޓުވާ ބާވަތެކެވެ.

ޖަރާސީމު ތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ލިބިފައިވުން : ލޮނުމެދަކީ އޭގައި ވައިރަސް، ފަންގަސް، ބެކްޓީރިޔާ ފަދަ ތަފާތު ޖަރާސީމުތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ލިބިފައިވާ ބާވަތެކެވެ. އީކޮލައި، އަދި ސެލްމަނެލާ ފަދަ ބެކްޓީރިޔާ ފަދަ ޖަރާސީމުތަކުގެ ސަބަބުން ކުރިމަތިވާ ކާނާ ވިހަވުން ރަގަޅުކުރުމަށް ތާޒާ ލޮނުމެދު ބޭނުންކުރެވިދާނެ އެވެ. އެހެނީ ލޮނުމެދަކީ މިބުނި ބެކްޓީރިޔާތައް މަރައި ނައްތާލުމަށް އެހީތެރިވެދޭނެ ބާވަތެކެވެ. ދަދު ފަދަ ފަންގަސް އިންފެކްޝަން ތައް ދުއްވާލުމަށް ލޮނުމެދު ގައި ހުންނަ "އެޖޯއީން" ކިޔާ ކެމިކަލް އެއް އެހީތެރިވެދީފާނެ ކަމަށް ދިރާސާތަކުން ދައްކައެވެ.

ހަކުރު ބަލި ކޮންޓްރޯލްކުރުން : ލޮނުމެދަކީ އިންސިއުލިން ދޫކުރުން އިތުރުކޮށްދީ، ލޭގައި ހަކުރުގެ މިންވަރު އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

ބަރުދަން ލުއިކުރުން : ދިރާސާތަކުން ދައްކާ ގޮތުގައި ލޮނުމެދަކީ ފެޓް ސެލްތައް އުފެދުން ތަންޒީމުކުރުމަށް އެހީތެރިވެދީފާނެ ބާވަތެކެވެ. ހަށިގަނޑުގައި ފެޓް ސެލްތައް އުފެދުމަށް ލޮނުމެދު ބޭނުންކުރުމުން ހުރަހަކަށް ވަނީ އޭގައި ހިމެނޭ ދުޅަތައް ތިރިކުރުމުގެ ބާރުގެ ސަބަބުންނެވެ. ފެޓް ސެލްތައް އުފެދި އިތުރުވުމަށް ހުރަސް އެޅުމަކީ ބަރުދަން އިތުރުވުން ހުއްޓުވައި، ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އެހެނިހެން ފައިދާތައް :
·         ދިފާއީބާރު ރަގަޅުކޮށްދިނުން
·         ލޮނުމެދުގައި ހިމެނޭ އަޔޮޑީންގެ ސަބަބުން ތައިރޮއިޑް މަތިވުމުގެ ފަރުވާގައި ބޭނުންކުރުން
·         ވިޓަމިން ސީ މަދުވުމުން ޖެހޭ "ސްކާރވީ" އަށް ފަރުވާކުރުމަށް ބޭނުންކުރުން
·         ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވުން
މައުލޫމާތު :


No comments:

Post a Comment