Thursday, December 10, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 8ވަނަ މަސް

ތުއްތު ދަރިފުޅުގެ ބަރުދަނުގައި ގާތްގަނޑަކަށް 2.2 ކިލޯ ހުންނާނެ އެވެ. ހަމުގެ ދަށުގައި ޖަމާވެ، ހަރުލާ ސަރުބީގެ ސަބަބުން ކުއްޖާ ވަށްވެ، ރޫފަ ރަނގަޅުވާނެއެވެ. ފުއްޕާމޭ ހުންނާނީ ރަނގަޅަށް ފުރިހަމަވެފައެވެ. ކުޑަދަރިފުޅުގެ ހަށިގަނޑު ކުރިއަށް ވުރެ އަވަހަށް ބޮޑުވަމުން އާދެއެވެ. ކަށިތައް ވަރުގަދަވެ، އަތްފައި ފަލަވެއެވެ. ހަންގަނޑުގައި ރަތްކަމެއް ހުރެއެވެ. ސިކުނޑީގެ ތަފާތު މަރުކަޒުތައް އުފެދެމުން ދެއެވެ. ސިކުނޑިއާއި ނާރުތައް ހަށިގަނޑުގެ މަސައްކަތްތަކަށް ބާރުފޯރުވައެވެ. ރަހަ ގެނެސްދޭ ބުޑުތައް ބޮޑުވަމުން ނުވަތަ އުފެދެމުން އާދެއެވެ. ކުޑަދަރިފުޅު އުކުޑިކޮއްޓުން، ރުއިން، ކިބިހިއެޅުން ފަދަ ކަންތައްތައް ކުރެއެވެ. އަދި ތަދާއި، އައްޔާއި، އަޑަށް އިޖާބަދީ ހަދައެވެ. ފިރިހެންކުއްޖެއް ނަމަ ޓެސްޓިސް ދަށްބަނޑުން ތިރިއަށް އުރަވަޅިއަށް ފައިބައެވެ.
އަށްވަނަ މަސް ނިމޭ ހިސާބު ކުއްޖާ 18-16އިންޗި އާއި ދެމެދުގެ ދިގުމިނަކަށް ބޮޑުވެއެވެ. ބަރުދަނުގައި 4 ޕައުންޑް ހުރެއެވެ.
·         ބަނޑަށް 8 މަހުގައި މައިމީހާގެ ބަނޑުގެ ތޮޅުން ކުރިޔަށްވުރެ މަދުކަން ފާހަގަކުރެވެން ފެށޭނެއެވެ. މިހެންވަނީ ދަރިފުޅު ބޮޑުވަމުން އަންނާތީ ދަރިފުޅު ހަރަކާތްކުރާނެ ޖާގަ ރަހިމުގެ ތެރޭގައި ކުޑަވުމުންނެވެ.
·         ތަފާތު އަޑުތަކާއި، ތަފާތު ރަހަތައް ވެސް ދަރިފުޅަށް ފާހަގަ ކުރެވޭނެ އެވެ. ބާރު އަޑުއަޑު އިވުމުން ދަރިފުޅު ސިހޭގޮތް ވާނެއެވެ. އަދި މައިމީހާ ދައްކާ ވާހަކަ ވެސް ދަރިފުޅު އަޑުއަހާނެއެވެ.
ދަރިފުޅުގެ ފުއްޕާމޭގައި ނޭވާލައްވަން ފަސޭހަކޮށްދޭ ބައިތައް ވެސް ފުރިހަމަވެއެވެ. މިދުވަސްވަރު ދަރިފުޅުގެ ސިކުނޑި އިތުރަށް ފުރިހަމަ ވެއެވެ. 
އަށްވަނަ މަހުގައި ހިމެނެނީ :
  • 34 ވަނަ ހަފްތާ
  • 35 ވަނަ ހަފްތާ
  • 36 ވަނަ ހަފްތާ
  • 37 ވަނަ ހަފްތާ
ސައުރަތިރީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 18 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ¾4 ޕައުންޑް އަށްވުރެ އިތުރު
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) :ކެންޓަލޫޕް(ފޮނިކެކުރި) އެއް ވަރު
ތުއްތުދަރިފުޅުގެ ހަށިގަނޑުގައި ފެޓްގެ ފަށަލަތައް ޖަމާވެ، ހަރުލުމުން ތުއްތު ދަރިފުޅުގެ ބައްޓަން ރީތިވެ، ވަށްވެގެންދާނެ އެވެ. ފެޓަކީ އުފަންވުމަށްފަހު ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ހަން ވެސް ކުރިޔަށްވުރެ އޮމާން ވާނެއެވެ. ތުއްތު ދަރިފުޅުގެ ސެންޓްރަލް ނާރުތަކުގެ ނިޒާމު ދާނީ އިތުރަށް ފުރިހަމަވަމުންނެވެ. ފުއްޕާމޭ ވެސް ދާނީ އިތުރަށް ފުރިހަމަވަމުންނެވެ. ދުވަސްނުފުރާ ވިހައިފާނެތީ ބިރުގަންނަނަމަ، ވިސްނަންވީ ބަނޑަށް 37-34 ހަފްތާއާއި ދޭތެރޭގައި އުފަންވާކުދިންނަށް އެހެން މާބޮޑު މައްސަލައެއް ނެތްނަމަ، ވިހެއުމަށްފަހު މާބޮޑު ކަންތައްތަކެއް ކުރިމަތިނުވެ ސަލާމަތްވުމަކީ ގާތް ކަމެކެވެ. ބައެއް ފަހަރު މިމުއްދަތުގައި އުފަންވާ ކުދިން ކުޑަ ދުވަސްކޮޅަކު ނާސަރީގައި ބާއްވައިފާނެ އެވެ. ނޫނީ ކުޑަ ދުވަސްކޮޅަކަށް ބަލިވެއުޅެފާނެ އެވެ.



ސައުރަތިރީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ފެޓް : ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ފެޓްގެ ފަށަލަތައް ޖަމާވެ، ހަރުލަމުންދާނެއެވެ. ފެޓަކީ އުފަންވުމަށްފަހު ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ.
ފުއްޕާމޭ : ތުއްތު ދަރިފުޅުގެ ފުއްޕާމޭ މިހާރު ވެސް ހުންނާނީ ވަރަށް ބޮޑަށް ފުރިހަމަވެފައެވެ. މިދުވަސްވަރު އުފަންވާ %99 ކުދިން ސަލާމަތް ކުރެވޭނެ އެވެ. ގިނަކުދިންގެ ދިގުދެމިދާ މައްސަލަތަކެއް ނުހުންނާނެ އެވެ.
ސައުރަތިރީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ ނާރުތަކުގެ ނިޒާމާއި، ފުއްޕާމޭ އަންނާނީ ފުރިހަމަވަމުންނެވެ. 37-34 ހަފްތާ އާއި ދެމެދުގައި އުފަންވާ ކުދިން ގިނަ ފަހަރު މައްސަލަތަކެއް ދިމާނުވެ ސަލާމަތް ކުރެވެއެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ކެންޓަލޫޕް(ފޮނިކެކުރި) އެއް ވަރެވެ.
ފަންސަތިރީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 18 އިންޗި އަށްވުރެ ދިގު
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ¼5 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) :ހަނީޑިއު މެލަން (ފޮނިކެކުރި) އެއް ވަރު
ތުއްތު ދަރިފުޅުގެތޮޅުން އެއްވަރަކަށް ހުރިކަން މައިމީހާއަށް އިހުސާސް ކުރެވޭނެ އެވެ. ތުއްތު ދަރިފުޅުގެ ގުރުދާ ހުންނާނީ ރަނގަޅަށް ފުރިހަމަ ވެފައެވެ. ތުއްތު ދަރިފުޅުގެ ފުރަމެއިން ކޮންމެވެސް މިންވަރަކަށް "ބޭކާރު" މާއްދާތައް އުފައްދައި ބޭރުކުރާނެ އެވެ. ތުއްތު ދަރިފުޅުގެ އަސާސީ ގިނަ ބައިތައް ހުންނާނީ ފުރިހަމަވެފައެވެ. ކުރިޔަށްއޮތް ހަފްތާތަކުގެ ތެރޭގައި ތުއްތު ދަރިފުޅުގެ ބަރުދަން އިތުރުވަމުންދާނެ އެވެ.
ފަންސަތިރީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ފެންދުލީގައި ހުރި ފެން : ފެންދުލީގައި ހުރި ފެނުގެ މިންވަރު އޭގެ އެންމެ މައްޗަށް ހުންނާނީ ގޮސްފައެވެ. އަދި މިފެނުގެ މިންވަރު މަޑުމަޑުން މަދުވާން ފަށާނެ އެވެ.
ފެޓް : ކުރިޔަށްއޮތް ހަފްތާތަކުގެ ތެރޭގައި ތުއްތު ދަރިފުޅުގެ ބަރުދަން އިތުރުވަމުންދާނެ އެވެ. އެގޮތުން ދުވާލަކު ގާތްގަނޑަކަށް އައުންސެއްގެ މިންވަރު (28.3 ގްރާމް) ބަރުދަނަށް އިތުރުވަމުންދާނެ އެވެ.
ރަހިމު : ރަހިމު ހުންނާނީ އާންމުކޮށް ހުންނަވަރަށްވުރެ 15 ގުނަ ބޮޑުވެފައެވެ.
ފަންސަތިރީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުދާނީ ރަހިމުގެ ތެރޭގައި ރަނގަޅަށް ހަމަޖެހެމުންނެވެ. ތުއްތު ދަރިފުޅުގެ ގުރުދާ ހުންނާނީ ރަނގަޅަށް ފުރިހަމަ ވެފައެވެ. ތުއްތު ދަރިފުޅުގެ ފުރަމެއިން ކޮންމެވެސް މިންވަރަކަށް "ބޭކާރު" މާއްދާތައް އުފައްދައި ބޭރުކުރާނެ އެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ހަނީޑިއު މެލަން (ފޮނިކެކުރި) އެއް ވަރެވެ.
ސަތިރީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 18.5 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : 6 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) :ރޫމާނީ ލެޓަސް ފަތްބޮނޑިއެއް ވަރު
ތުއްތު ދަރިފުޅުގެ ބަރުދަން އިތުރުވަމުންދާނެ އެވެ. އެގޮތުން ދުވާލަކު ގާތްގަނޑަކަށް އައުންސެއްގެ މިންވަރު (28.3 ގްރާމް) ބަރުދަނަށް އިތުރުވަމުންދާނެ އެވެ. މިމުއްދަތުގައި ތުއްތު ދަރިފުޅުގެ ހަށިގަނޑުން ލޯލި އިސްތަށިތަކާއި، ކިނދުން ބައެއް ހަށިގަނޑުން (ހަމުން) ވަކިވެ ނެއްޓެމުންދާނެއެވެ. ހަމުން ނެއްޓޭ ސެލްތަކާއި، ކިނދާއި، ލޯލި އިސްތަށިތައް ދަރިފުޅަށް ދިރުވާލެވުނު ނަމަވެސް އެންމެ ފުރަތަމަ ބޭރުވާ ބޮޑުކަމު ނަޖިހާއެކު މިތަކެތި ބޭރުވާނެ އެވެ.
މިހަފްތާ ނިމޭ ހިސާބު ބަލާނީ ދުވަސްފުރުމުގެ ކުރިންކަމަށެވެ. 37 ހަފްތާގެ ކުރިން ވިހައިފިނަމަ ބަލާނީ ދުވަސްނުފުރޭ ކަމަށެވެ. ދުވަސްފުރުނުކަމަށް ބަލާނީ 40-39 ހަފްތާ ފުރިހަމަވުމުންނެވެ. 41 ހަފްތާއަށްވުރެ އިތުރުވިނަމަ ބަލާނީ ދުވަސްފުރި މާއިތުރުވެގެން ދިޔައީ ކަމަށެވެ. ތުއްތު ދަރިފުޅުގެ ބޯކޮޅު ހުންނާނީ ތިރިއަށެވެ. މިއީ  ވިހަން އެންމެ ފަސޭހަ ގޮތެވެ. ފަހަރުގައި ބޯތިރިއަށް (ޅިނދުގެ ތެރެއަށް) ޖެހިފައި ހުރެދާނެއެވެ.
ސަތިރީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ބޯ : ތުއްތު ދަރިފުޅުގެ ބޯކޮޅު ހުންނާނީ ތިރިއަށެވެ. މިއީ  ވިހަން އެންމެ ފަސޭހަ ގޮތެވެ. ފަހަރުގައި ބޯތިރިއަށް (ޅިނދުގެ ތެރެއަށް) ޖެހިފައި ހުރެދާނެއެވެ.
ރަހިމު : ރަހިމުގެ މަސްތައް ވާންވެ، ކުރުގެޅުމުން އުފެދޭ ރިހުން ތަންކޮޅެއް އިތުރުކަން ފާހަގަވާނެ އެވެ.
ސަތިރީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ ބަރުދަނަށް ދުވާލަކު ގާތްގަނޑަކަށް އައުންސެއްގެ މިންވަރު (28.3 ގްރާމް) އިތުރުވަމުންދާނެ އެވެ. މިމުއްދަތުގައި ތުއްތު ދަރިފުޅުގެ ހަށިގަނޑުން ލޯލި އިސްތަށިތަކާއި، ކިނދުން ބައެއް ހަށިގަނޑުން (ހަމުން) ވަކިވެ ނެއްޓެމުންދާނެއެވެ. ކިނދަކީ ހަން ރައްކާތެރިކޮށްދޭ ހުދުކުލައިގައި ތެޔޮކޮށް، ތަތްކޮށް ހުންނަ އެއްޗެކެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ރޫމާނީ ލެޓަސް ފަތްބޮނޑި އެއް ވަރެވެ.
ސަތުތިރީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 19 އިންޗި އަށްވުރެ ދިގު
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : 3/1 6 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) :ކޮޕީ ފަތްބޮޑި އެއް ވަރު
ވިހާ ދުވަސް މިހާރު އިންނާނީ ވަރަށް ކައިރިވެފައެވެ. ނަމަވެސް ދުވަސްފުރުނުކަމަށް ބަލާނީ ބަނޑަށް 39 ހަފްތާވުމަށްފަހު އެވެ. ކުރިޔަށް އޮތް 2 ހަފްތާގައި ރަހިމުގައި ތުއްތު ދަރިފުޅު ހޭދަވުމަކީ ސިކުނޑިއާއި، ފުއްޕާމޭ ފުރިހަމަވުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެހެންކަމުން ސިޒޭރިއަން ސެކްޝަން ހަދަންޖެހޭ މީހެއް ނަމަވެސް ޑޮކްޓަރުން އެކަންކުރާނީ ބަނޑަށް 39 ހަފްތާ ފުރިހަމަ ވުމުންނެވެ. މިހިސާބަށް ދާއިރު ތުއްތު ދަރިފުޅުގެ މުޅި ބޮލުގައި (ފުރާ) އިސްތަށި ހުރެދާނެ އެވެ. އިސްތަށީގެ ދިގުމިނުގައި ބައި އިންޗިން ފެށިގެން ގޮސް، ދޮޅު އިންޗިވަރު ހުރެދާނެ އެވެ. އަނެއްބައި ކުދިންގެ ބޮލުގައި އިސްތަށި ހުންނާނީ މާމަދުންނެވެ. ދަރިފުޅުގެ ބޮލުގައި ހުންނަ ކުލައަކީ ގައިގެ ހަމުގެ ކުލައަށް ނުވެދާނެ އެވެ.
ސަތުތިރީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
އިސްތަށި : މިހިސާބަށް ދާއިރު ތުއްތު ދަރިފުޅުގެ މުޅި ބޮލުގައި (ފުރާ) އިސްތަށި ހުރެދާނެ އެވެ. އިސްތަށީގެ ދިގުމިނުގައި ދޮޅު އިންޗިވަރު ހުންނާނެ އެވެ. އަނެއްބައި ކުދިންގެ ބޮލުގައި އިސްތަށި ހުންނާނީ މާމަދުންނެވެ.
ހަން : މިމުއްދަތުގައި ތުއްތު ދަރިފުޅުގެ ހަށިގަނޑުން ލޯލި އިސްތަށިތަކާއި، ކިނދުން ބައެއް ހަށިގަނޑުން (ހަމުން) ވަކިވެ ނެއްޓެމުންދާނެއެވެ. ކިނދަކީ ހަން ރައްކާތެރިކޮށްދޭ ހުދުކުލައިގައި ތެޔޮކޮށް، ތަތްކޮށް ހުންނަ އެއްޗެކެވެ.
ރަހިމު : ރަހިމުގެ މަސްތައް ވާންވެ، ކުރުގެޅުމުން އުފެދޭ ރިހުން ތަންކޮޅެއް އިތުރުކަން ފާހަގަވާނެ އެވެ. އަދި މިރިހުން ތަންކޮޅެއް ގިނައިރު ހުރެދާނެއެވެ. އެކަމުގެ އުނދަގޫވާލެއް ބޮޑުވެދާނެ އެވެ.
ކުރިމަތި ފަރާތް : ކުރިމަތި ފަރާތުން ދަވައާއި ލޮދިއައުން އިތުރުވެދާނެ އެވެ. ލޭކުލަ ހުންނަނަމަ ވިހާ ދުވަސް ކައިރިވަނީ އެވެ.
ސަތުތިރީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
މިހާރު ތިހުރީ ދުވަސްފުރެން ވަރަށް ކައިރިވެފައެވެ. ފުރިހަމަ ކުއްޖެއްގެ ސިފައިގައި ތުއްތު ދަރިފުޅު ފެނުނަސް، އަދި މުޅިން ފުރިހަމަ އެއް ނުވެއެވެ. ތުއްތު ދަރިފުޅުގެ ފުއްޕާމެޔާއި، ސިކުނޑި މުޅިން ފުރިހަމަވާނީ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ކޮޕީ ފަތްބޮޑި އެއް ވަރެވެ.
މައުލޫމާތު :

V

No comments:

Post a Comment