Thursday, May 31, 2012

ދުންފަތް ކޮންޓްރޯލްކުރުމަށް ރާއްޖޭގައި ކުރެވިފައިވާ މަސައްކަތްތައް

ދިވެހިރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވިފައިވާ މަސައްކަތްތަކާއި ޙާޞިލްކުރެވިފައިވާ ކާމިޔާބީތައް
Ø      1979 : ދުންފަތުގެ ހުރިހާ ބާވަތަކުން ނަގާ އިމްޕޯޓް ޑިއުޓީ %30 އިތުރުކުރެވުނު!
Ø      1982 : ދުންފަތުގެ އިސްތިޢުމާލު ނުކުރުމަށާއި، ދުންފަތުގެ ބޭނުން ނުކުރުމަށް ރައީސުލް ޖުމުހޫރިއްޔާ ގޮވާލެއްވި! މިގޮވާލެއްވުމާއި ގުޅިގެން ދުންފަތުން ލިބޭ ޞިއްޙީ ގެއްލުންތަކާމެދު ޢާންމުން ހޭލުންތެރިކުރުވުން ހަރުދަނާ ކުރެވުނު!
Ø      1984 : ގައުމީ ޓީވީ އަދި ގައުމީ ރޭޑިޔޯ އިން ދުންފަތުގެ އިޝްތިހާރުކުރުން މަނާކުރެވުނު!
Ø      1991 : ދުންފަތުގެ ބާވަތްތައް 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ވިއްކުމަކީ ގާނޫނީ ކުށެއްކަން ކަނޑައެޅުން!
Ø      1991 : ދުންފަތުގެ ހުރިހާ ބާވަތަކުން ނަގާ އިމްޕޯޓް ޑިއުޓީ %50 އިތުރުކުރެވުނު!
Ø      1993: ޞިއްޙީ ޚިދުމަތްދޭ ހުރިހާ ތަނެއްގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވުނު!
Ø      1993 : މ. އަތޮޅު މަޑިފުއްޓަކީ(1) ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ނޫޅޭ ރަށެއްގެ ގޮތުގައި އިޢުލާން ކުރެވުނު!
Ø      1994 : ދުންފަތުގެ ޙާލަތު ދެނެގަތުމަށް ސާރވޭ އެއް ކުރެވުނު!
Ø      1994 : ދުންފަތުގެ އިޝްތިހާރު އެއްވެސް ސިފައެއްގައި ކުރުން މަނާކުރެވުނު!
Ø      1994 : ތައުލީމީ މުއައްސަސާ ތަކުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވުނު!
Ø      1994 : ހއ. ބެރިންމަދޫ އަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ނޫޅޭ ރަށެއްގެ ގޮތުގައި އިޢުލާން ކުރެވުނު!
Ø      1995 : ކުޅިވަރު ކުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވުނު!
Ø      1996 : ހައިލެވެލްގެ އިންޓަރސެކްޓޯރަލް އެންޓި ޓޮބޭކޯ ކޮމިޓީ އުފެއްދެވުން
Ø      1997 : ދުންފަތުގެ ހާލަތާއި، ދުންފަތާއި މެދު ހޭލުންތެރިކުރުވުމަށް ސާރވޭއެއް ހިންގުނު!
Ø      1997 : އޭރުގެ ހެލްތު މިނިސްޓަރަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދޭ "ޓޮބޭކޯ ހެލްތު އެވޯޑް" ލިބުނު!
Ø      1997 : އެއާކޯންކޮށްފައިވާ ރެސްޓޯރަންޓް ތަކާއި، އެއްގަމު އުޅަނދު ފަހަރުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވުނު
Ø      1997 : ދުންފަތުގެ އިސްތިޢުމާލުކުރުން ކޮންޓްރޯލްކޮށް، އެބޭނުންކުރުން މަދުކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާ، ޖަމާއަތް ނުވަތަ ފަރުދަކަށް 25000 ރުފިޔާގެ އިނާމު ދޭ އަހަރީ އެވޯޑެއް އޭޑީކޭ ހޮސްޕިޓަލުން ތަޢާރަފުކުރި!
Ø      1998 : ފެރީތަކުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވުނު!
Ø      1998 – 1999 : ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދެކޮޅަށް ސުކޫލް ތަކުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތްތައް ހަރުދަނާކުރެވުނު!
Ø      1999 : ސަރުކާރު މުއައްޒަފުންގެ މެދުގައި ދުންފަތް ބޭނުންކުރުން އޮތް މިންވަރު ދެނެގަތުމަށް ދެވަނަ ސާރވޭއެއް ކުރެވުނު
Ø      2000 : ތަފާތު 4 ރަށެއްގެ އަންހެންވެރިން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލިކަން އިޢުލާންކުރި!
Ø      2000 : ދުންފަތުގެ އިސްތިޢުމާލުނުކުރާ ގޭބިސީ ތަކަށް އެކަމުގެ ހަދާނީ ލިޔުން ހެލްތު މިނިސްޓްރީން ދޭންފެށި!
Ø      2000 : ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ 3 ގުނަ އިތުރުކުރެވުނު!
Ø      2000 : މުޅި ރާއްޖޭގެ ހުރިހާ ސުކޫލްތަކަށް އަމާޒުކޮށްގެން އެންޓި ޓޮބޭކޯ ސުކޫލް ޕްރޮގްރާމް ފެށުނުނ!
Ø      2000: ތައުލީމީ މުއައްސަސާތަކުގެ 100 މީޓަރާއި ކައިރި ހިސާބުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރެވުނު!
Ø      2000 : ފިންލޭންޑް ގެ ކޭޓީއެލް އާއި ގުޅިގެން "ހުއްޓައިގެން ހޯދާ" މިނަމުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ޕްރޮގްރާމެއް ހިންގުނު!
Ø      2000 : މ. މަޑިފުއްޓަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން "ޓޮބޭކޯ ފްރީ ވޯލްޑް 2000 އެވޯޑް" ދެވުނު!
Ø      2000 : ދުންފަތުގެ އިގުތިޞާދު ގެ މައްޗަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި ގުޅިގެން ސާރވޭއެއް ކުރެވުނު!
Ø      2000 : ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އޭޝިޔާ ސަރަހައްދީ އޮފީހުން ހިންގި "އެންޓި ޓޮބޭކޯ ކެމްޕޭން"ގެ ހަރަކާތްތައް ރާއްޖޭގައި ހިންގުނު!
Ø      2000 : ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ކަނޑައަޅާފައިވާ ދުންފަތާއި ދެކޮޅަށް މަސައްކަތްކުރާ "ގުޑްވިލް އެމްބެސެޑަރ" ހޮލީވުޑްގެ ފިލްމީ ތަރި "އެލެން ލެންޑަރސް" ރާއްޖެއަށް ޒިޔާރަތްކުރި!
Ø      2001 : ދުންފަތުގެ ހާލަތާއި، ދުންފަތާއި މެދު ހޭލުންތެރިކުރުވުމަށް ދެވަނަ ސާރވޭއެއް ހިންގުނު!
Ø      2001 : ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަސް ފާހަގަކުރެވުނު! ބޮޑަށް އަމާޒުކުރެވުނީ ދުންފަތާއި މެދު އާންމުން ހޭލުންތެރިކުރުވުމުގެ މައްޗަށް! އެގޮތުން އެފަދަ ޕްރޮގްރާމް ރޭޑިޔޯ، ޓީވީ އިން ފޮނުވައި، ނޫސްތަކުގައި ލިޔެ، އަދި ސުކޫލް ކުދިންނަށް މައުލޫމާތު ދެވުނު!
Ø      2001 : ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަހަކީ "ދުންފަތުގެ ވިޔަފާރި ނުކުރާ ދުވަހެއް" ގެ ގޮތުގައި ކަނޑައެޅި!
Ø      2001 : ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދޭ "ނޯ ޓޮބޭކޯ ހެލްތު އެވޯޑް" އޭރު އެޑިޔުކޭޝަނަށް މިނިސްޓަރަށް ލިބުނު!
Ø      2002 : އޭރު މިނިސްޓަރ އޮފް އިންފޮމޭޝަން އާޓްސް އެންޑް ކަލްޗަރ އިބްރާހިމް ހުސައިން މަނިކަށް "ވޯލްޑް ޓޮބޭކޯ ފްރީ ހެލްތު އެވޯޑް" ދެވުނު!
Ø      2002 : ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހު ބ. އޭދަފުށީގައި އެންޓި ޓޮބޭކޯ ބިލްބޯޑް ބެހެއްޓުނު!
Ø      2002 : ހއ. ހަތިފުއްޓަކީ(2) ދުންފަތުގެ އިސްތިޢުމާލު ނުކުރާ ރަށެއްކަމަށް ކަނޑައަޅައި ރައީސުލް ޖުމުހޫރިއްޔާ އެކަމުގެ އެވޯޑް އެރަށަށް ދެއްވި!
Ø      2002 : ފިންލޭންޑް ގެ ކޭޓީއެލް އާއި ގުޅިގެން "ހުއްޓައިގެން ހޯދާ" މިނަމުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ޕްރޮގްރާމެއް ދެވަނަ ފަހަރަށް ހިންގުނު!
Ø      2002 : 4 ނޮވެމްބަރު ގައި ގދ.ތިނަދޫގައި އެންޓި ޓޮބޭކޯ ބިލްބޯޑް ބެހެއްޓުނު!
Ø      2003 : ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަސް ދ.ކުޑަހުވަދޫގައި ފާހަގަކުރެވުނު!
Ø      2003 : ދުންފަތާއި ދެކޮޅަށް ހޭލުންތެރިކުރުވުމުގެ ވޯރކްޝޮޕެއް ދ.ކުޑަހުވަދޫގައި ބޭއްވުނު!
Ø      2003 : ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހު ދ.ކުޑަހުވަދޫގައި އެންޓި ޓޮބޭކޯ ބިލްބޯޑް ބެހެއްޓުނު!
Ø      2003 : ހދ. ނޮޅިވަރަންފަރު އަކީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ރަށެއްކަމަށް ކަނޑައެޅުނު!
Ø      2004 : ފިންލޭންޑް ގެ ކޭޓީއެލް އާއި ގުޅިގެން "ހުއްޓައިގެން ހޯދާ" މިނަމުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ޕްރޮގްރާމެއް 3 ވަނަ ފަހަރަށް ހިންގުނު!
Ø      2004 : ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަސް ށ.ފުނަދޫގައި ފާހަގަކުރެވުނު!
Ø      2004 : ހއ.ކެލާ، ހއ.ތަކަންދޫ، އަދި ގދ. ވާދޫ އަކީ ދުންފަތުގެ އިސްތިޢުމާލުކުރާ އަންހެނުން ނޫޅޭ ރަށްތައް ކަމުގައި ކަނޑައެޅުނު!
Ø      2004 : 17 މޭގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ބައިނަލް އަގްވާމީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މުއާހަދާ "ފްރޭމްވޯރކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް" ގައި ދިވެހިރާއްޖެއިން ސޮއިކުރި!
Ø      2004 : 20 މޭގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ބައިނަލް އަގްވާމީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މުއާހަދާ "ފްރޭމްވޯރކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް" ދިވެހިރާއްޖެއިން ތަޞްދީޤުކުރި!
Ø      2004 : ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް އޭޑީކޭ ހޮސްޕިޓަލަށް "ވޯލްޑް ނޯޓޮބޭކޯ އެވޯޑް" ލިބުނު!
Ø      2005 : ފެބުރުއަރީ މަހުގެ ތެރޭގައި ބައިނަލް އަގްވާމީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މުއާހަދާގެ ދަށުން ދުންފަތުގެ ބާވަތްތައް ވިއްކާއިރު އެ އުފެއްދުންތަކުގެ ބޭރުގައި އިންޒާރުގެ ޞިއްޙީ މެސެޖުތައް ލިޔުން މަޖުބޫރުކުރި!
Ø      2006 : ދުންފަތް ކޮންޓްރޯލް ކުރުމަށް މައުލޫމާތު ހިމެނޭ ޕެކޭޖެއް ތައްޔާރުކޮށް ސުކޫލްތަކަށް ބެހުނު!
Ø      2006 : ދުންފަތް ކޮންޓްރޯލް ކުރުމުގެ ބިލްގެ ޑްރާފްޓް ފައިނަލްކުރެވުނު!
Ø      2009 : ދުންފަތް ކޮންޓްރޯލް ކުރުމުގެ ބިލް މަޖުލީހަށް ހުށަހެޅުނު!
Ø      2010 : ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހު ގދ. ތިނަދޫ އަށް "ވޯލްޑް ނޯޓޮބޭކޯ އެވޯޑް" ދެވުނު!
Ø      2010 : އޮގަސްޓް 2 ގައި ރައްޔިތުންގެ މަޖުލީހުން ދުންފަތް ކޮންޓްރޯލް ކުރުމުގެ ބިލް ފާސްކުރި!
Ø      2010 : އޮގަސްޓް 18 ގައި ދުންފަތުގެ ގާނޫނު ތަޞްދީގުކޮށް ގެޒެޓްކުރެވުނު!
Ø      2010 : ސެޕްޓެމްބަރު މަހުގެ ތެރޭގައި ދުންފަތުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ޓޮބޭކޯ ކޮންޓްރޯލް ބޯޑު އެކުލަވާލެވުނު!
Ø      2011 : މޭގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ހެލްތު މިނިސްޓަރ ޑރ އާމިނަތު ޖަމީލަށް "ވޯލްޑް ނޯޓޮބޭކޯޑޭ ހެލްތު އެވޯޑް" ދެވުނު!
Ø      2011 : އޮގަސްޓް 17 ގައި ދުންފަތް ކޮންޓްރޯލް ބޯޑުން އެކުލަވާލި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގަވާޢިދުތައް ރައީސް އޮފީހަށް ފޮނުވުނު!
Ø      2011 : 21 ނޮވެމްބަރު ގައި ރައްޔިތުން މަޖުލީހުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ މަތިކުރުމަށް ނިންމި! އެގޮތުން ސިގިރޭޓުން 200 އިންސައްތަ އަދި ދުންފަތުގެ އެހެން ބާވަތްތަކުން 150 އިންސައްތަ އިތުރުކުރެވުނު!
ނޯޓް: މިއީ ސީސީއެޗްޑީސީގެ ލިޔުމަކުން ނަގާފައިވާ މަޢުލޫމާތެވެ.

No comments:

Post a Comment