Saturday, January 4, 2014

ވިލާތު ބަށި

ވިލާތު ބަށި
ވިލާތު ބަށި ނުވަތަ ޓޮމާޓޯ އަކީ ދިވެހިންގެ ކެއުމުގައި ވެސް ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : ވިލާތު ބަށި / ޓޮމާޓޯ
އިގިރޭސި ނަން : Tomato
ޢިލްމީ ނަން : Solanum Lycopersicum
 ވިލާތު ބަށީގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
18 ކިލޯކެލަރީ
ސޯޑިއަމް
5 މިލިގްރާމް
ކާބޯހައިޑްރޭޓް
3.9 ގްރާމް
ޕޮޓޭސިއަމް
237 މިލިގްރާމް
ޕްރޮޓީން
0.9  ގްރާމް
މަޢުދަންތައް
ފެޓް
0.2 ގްރާމް
ކެލްސިއަމް
10 މިލިގްރާމް
ފައިބަރު
1.2 ގްރާމް
ދަނގަޑު
0.3 މިލިގްރާމް
ވިޓަމިންތައް
މެގްނީޒިއަމް
ފޮލިކް އެސިޑް
15 މައިކްރޯ ގްރާމް
މެންގަނީޒް
0.15 މިލިގްރާމް
ނިއެސިން
0.594 މިލިގްރާމް
ފޮސްފަރަސް
-     24 މިލިގްރާމް
ޕައިރިޑޮކްސިން
0.080 މިލިގްރާމް
ޒިންކް
0.17 މިލިގްރާމް
ތިއެމިން
0.037 މިލިގްރާމް
ވިޓަމިން އޭ
833 އައިޔޫ
ވިޓަމިން ސީ
13 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އީ
0.54 މިލިގްރާމް
ކެރޮޓީން އަލްފާ
101މައިކްރޯ ގްރާމް
ވިޓަމިން ކޭ
7.9މައިކްރޯ ގްރާމް
ކެރޮޓީން ބީޓާ
449މައިކްރޯ ގްރާމް
ލައިކޮޕީން
2573މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
123 މައިކްރޯ ގްރާމް

























ވިލާތު ބަށިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ސަރުބީ ދަށްކުރުން : ވިލާތު ބަށި ކެއުމުގައި ގަވާއިދުން ހިމެނުމަކީ ސަރުބީ ދަށްކޮށްދީ، ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހިތާއި ލޭހޮޅިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމެކެވެ. ވިލާތު ބަށީގައި ހިމެނޭ ލައިކޯޕީން ގެ ސަބަބުން ލޭހޮޅިތަކުގެ ތެރޭގައި ސަރުބީޖަމާވެ، ލޭހޮޅިތައް ހިމަވުން ކުޑަކޮށްދެއެވެ. ގަވާއިދުން ވިލާތު ބަށި ބޭނުންކުރުމަކީ ލޭގައި "ޓްރައިގްލިސެރައިޑް" އަދި ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ.

ލޮލުގެ ފެނުން ރަގަޅުކޮށްދިނުން : ވިލާތު ބަށީގައި ހިމެނޭ ވިޓަމިން އޭގެ ސަބަބުން ލޮލުގެ ފެނުން ރަގަޅުކޮށްދެއެވެ. ރޭގަނޑު ރޯނާވުން ފަދަ ކަންކަމާއި ދުރުކޮށްދެއެވެ. ވިޓަމިން އޭ އަކީ ބާރުގަދަ އެންޓިއޮކްސިޑެންޓަކަށްވުމުން ފްރީ ރެޑިކަލް ތަކުގެ ސަބަބުން ލޮލަށްލިބޭ ގެއްލުންތަކުން ރައްކާތެރި ވުމަށް ވެސް ވިޓަމިން އޭ އެހީތެރިވެދެއެވެ.

ހަޖަމު ރަގަޅުކޮށްދިނުން : ވިލާތު ބަށި ކެއުމުގައި ގަވާއިދުން ހިމެނުމަކީ ބަނޑުހިކުން ލުއިކޮށްދީ، ބޭރަށްހިންގުމުން ދުރުކޮށްދީ، ހަޖަމު ރަގަޅުކޮށްދޭނެ ކަމެކެވެ. މިއީ ރީނދޫވުން ކުޑަކޮށްދީ، ހަށިގަނޑުން ވިހަ ބޭރުކޮށްދޭ ކަމެކެވެ. ވިލާތު ބަށި ބޭނުންކުރުމުން ބަނޑުހިކުން ލުއިކޮށް، ބަނޑު ފަސޭހަކޮށްދެނީ އޭގައި ހިމެނޭ ފައިބަރުގެ ސަބަބުންނެވެ. ފައިބަރަކީ ގޮހޮރުގެ ހަރަކާތް އިތުރުކޮށްދީ، ގޮހޮރުގެ މަސައްކަތް ހަލުވިކޮށްދޭ މާއްދާ އެކެވެ.


ލޭގެ ޕްރެޝަރު ދަށްކުރުން : ގަވާއިދުން ވިލާތު ބަށި ކެއުމުގައި ހިމެނުމަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިކަން މިގޮތަށް ހިނގަނީ ވިލާތު ބަށީގައި ހިމެނޭ ޕޮޓޭސިއަމްގެ ސަބަބުންނެވެ. ޕޮޓޭސިއަމް އަކީ ލޭހޮޅި ފުޅާކޮށްދޭ މާއްދާ އަކަށްވުމުން، ވިލާތު ބަށި ބޭނުންކުރުމުން ލޭހޮޅިތައް ފުޅާވެ، ފަސޭހައިން ލޭދައުރުވެ، ލޭހޮޅިތަކަށްކުރާ ބާރު ކުޑަވެ، އޭގެ އެތެރޭގެ ޕްރެޝަރު ދަށްކުރެއެވެ.

ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ވިލާތު ބައްޓަކީ ހަން، އިސްތަށި، ދަތް، އަދި ކަށިތައް ވަރުގަދަކަން މަތީ ބެހެއްޓުމަށް އެހީތެރިވެދޭ ބާވަތެކެވެ. ޓޮމާޓޯ ޖޫސް ހަމުގައި އުގުޅުމަކީ އަވިން ފިހޭ ތަންތަން ފަސޭހަކޮށް ރަގަޅުކޮށްދޭނެ ކަމެކެވެ. ގަވާއިދުން ވިލާތު ބަށި ކެއުމުގައި ހިމެނުމަކީ އިރުގެ ދޯދިން ހަމަށް ލިބޭ ގެއްލުން ކުޑަކޮށްދޭނެ ކަމެކެވެ.

ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުމުން ރައްކާތެރިކޮށްދިނުން : ގަވާއިދުން ވިލާތު ބަށި ކެއުމުގައި ހިމެނުމަކީ ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. މިއީ މަސާނާގެ ކެންސަރުން ވެސް ރައްކާތެރިކޮށްދޭނެ ކަމެކެވެ. މިކަން މިހެންވަނީ ވިލާތު ބަށީގައި ފެން ގިނައިން ހުރެފައި އެބޭނުންކުރުމުން ގިނައިން ކުޑަކަމުދާންޖެހޭތީ އެވެ. މިއީ ހަށިގަނޑުގައި އިތުރުވެފައި ހުންނަ ފެން، ޔޫރިކް އެސިޑް، ލޮނުގެ ބައިތައް، އަދި އެހެނިހެން ވިހަ މާއްދާތައް ހަށިގަނޑުން ބޭރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ކެންސަރުން ރައްކާތެރިކޮށްދިނުން : ގަވާއިދުން ވިލާތު ބަށި ކެއުމުގައި ހިމެނުމަކީ ތަފާތު ބާވަތްތަކުގެ ކެންސަރުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. އެގޮތުން ރައްކާތެރިކޮށްދީފާނެ ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި ބަނޑުގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު އަދި އުރަމަތީގެ ކެންސަރު ހިމެނެއެވެ. ކެންސަރުން ރައްކާތެރިވުމަށް ވިލާތު ބަށި ބޭނުންކުރުން އެހީއަކަށްވަނީ އޭގައި ގިނަ އަދަދަކަށް އެކުލެވޭ ލައިކޯޕީން އާއި އެހެނިހެން އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުންނެވެ.

އެހެނިހެން ފައިދާތައް :
·         ފިތުގައި އުފެދޭ ހިލަތައް ވިރުވައި ބޭރުކުރުމަށް އެހީތެރިވެދިނުން
·         ހަކުރު ބަލި ކޮންޓްރޯލްކޮށްދިނުމަށް އެހީތެރިވެދިނުން
·         ދުޅަތައް ތިރިކުރުމަށް އެހީތެރިވެދިނުން
·         ހިތުގެ ބަލިން ރައްކާތެރިކޮށްދިނުން
·         ފިރިހެނުންގެ ދަރިފަނީގެ މިންވަރު އިތުރުކޮށްދިނުން
·         ބަރުދަން ލުއިކޮށްދިނުން
މައުލޫމާތު :


No comments:

Post a Comment