Wednesday, December 25, 2013

ބާމިޔާ ތޮޅި

ބާމިޔާ ތޮޅި
ބާމިޔާ ތޮޅި އަކީ މަދުން ނަމަވެސް ދިވެހިންގެ ކެއުމުގައި ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : ބާމިޔާ ތޮޅި
އިގިރޭސި ނަން : Ladies finger / Okra
ޢިލްމީ ނަން : Abelomoschus esculentus
ބާމިޔާ ތޮޅީގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
31 ކިލޯކެލަރީ
ސޯޑިއަމް
8 މިލިގްރާމް
ކާބޯހައިޑްރޭޓް
7.03 ގްރާމް
ޕޮޓޭސިއަމް
303 މިލިގްރާމް
ޕްރޮޓީން
2.0 ގްރާމް
މަޢުދަންތައް
ފެޓް
0.1 ގްރާމް
ކެލްސިއަމް
81 މިލިގްރާމް
ފައިބަރު
3.2 ގްރާމް
ކޮޕަރ
0.094މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.80 މިލިގްރާމް
ފޮލިކް އެސިޑް
88 މައިކްރޯ ގްރާމް
މެގްނީޒިއަމް
57 މިލިގްރާމް
ނިއެސިން
1.000 މިލިގްރާމް
މެންގަނީޒް
0.990 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.245 މިލިގްރާމް
ފޮސްފަރަސް
-     63 މިލިގްރާމް
ޕައިރިޑޮކްސިން
0.215 މިލިގްރާމް
ސިލެނިއަމް
12 0.7މައިކްރޯގްރާމް
ރައިބޯފްލެވިން
0.060 މިލިގްރާމް
ޒިންކް
0.60 މިލިގްރާމް
ތިއެމިން
0.200 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
3751 އައިޔޫ
ކެރޮޓީން އަލްފާ
0 މައިކްރޯ ގްރާމް
ވިޓަމިން ސީ
21.1 މިލިގްރާމް
ކެރޮޓީން ބީޓާ
225 މައިކްރޯ ގްރާމް
ވިޓަމިން އީ
0.36 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
0 މައިކްރޯ ގްރާމް
ވިޓަމިން ކޭ
53 މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
516 މައިކްރޯ ގްރާމް
























ބާމިޔާ ތޮޅިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ބާމިޔާ ތޮޅި އަކީ ހަކަތަ ވަރަށް މަދުން ލިއްބައިދޭ ތަރުކާރީގެ ބާވަތެކެވެ. ބާމިޔާތޮޅީގައި ސެޗިޔުރޭޓެޑް ފެޓެއް އަދި ކޮލެސްޓްރޯލް ވެސް ނުހުރެއެވެ. ނަމަވެސް ގިނަ އަދަދަކަށް މައުދަންތަކާ، ވިޓަމިންތަކާ، އަދި ފައިބަރު ހުރެއެވެ. ބާމިޔާ ތޮޅިއަކީ ބަރުދަން ލުއިކުރުމަށާއި، ސަރުބީ ދަށްކުރުމަށް ބޭނުންކުރެވިދާނެ ބާވަތެކެވެ.

ގޮހޮރުގެ ދުޅަހެޔޮކަން : ބާމިޔާތޮޅީގައި ފައިބަރު ހުރުމާއި، ބާމިޔާތޮޅި ކެއްކުމުން އުފެދޭ ލޮނދީގެ ސަބަބުން އެބޭނުންކުރުމުން ހަޖަމުކުރުމަށާއި، ގޮހޮރުގެ ތެރޭގައި ކާތަކެތި ދައުރުވުމަށް އެހީތެރިވެދޭ ކަމެކެވެ. ބާމިޔާ ތޮޅި ބޭނުންކުރުމުން ބަނޑު ފަސޭހަކޮށްދީ، ބަނޑުހިކުމުން ރައްކާތެރިކޮށްދެއެވެ. ބާމިޔާ ތޮޅީގައި ފައިބަރު ހުރުމުން ގޮހޮރުގައި ވިހަ މާއްދާތައް ތަތްވެ، ހަރުލުމުން ރައްކާތެރިކޮށްދީ، ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.

ވިޓަމިން އޭ ހުރުން : ބާމިޔާ ތޮޅީގައި ވިޓަމިން އޭގެ އިތުރުން ފްލޭވޮނޮއިޑް އެންޓި އޮކްސިޑެންޓްގެ ގޮތުގައި ބެލޭ ލޫޓީން، ޒެންތިން، އަދި ބީޓާ ކެރޮޓީން އެކުލެވިގެން ވެއެވެ. އެންޓިއޮކްސިޑެންޓްތައް މަތީ މިންވަރަކަށް ހުންނަ ފެހި ތަރުކާރީގެ ތެރޭގައި ބާމިޔާ ތޮޅި ހިމެނެއެވެ. ވިޓަމިން އޭ އަކީ ހަމާއި، ތެތްދުލިފަށަލަ ތަކާއި، ލޮލުގެ ދުޅަހެޔޮކަމަށް ބޭނުންތެރި މާއްދާ އެކެވެ. ފްލޭވޮނޮއިޑް ގިނައިން ހުންނަ ތަރުކާރީއާއި މޭވާ ބޭނުންކުރުމަކީ އަނގަޔާއި، ފުއްޕާމޭގެ ކެންސަރުން ރައްކާތެރިވެ ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ފޮލިކް އެސިޑް ހުރުން : ބާމިޔާ ތޮޅީގައި ގިނަ އަދަދަކަށް ވިޓަމިން ބީގެ ވައްތަރެއް ކަމުގައިވާ ފޮލިކް އެސިޑް ހުރެއެވެ. ފޮލިކް އެސިޑަކީ ހަށިގަނޑުގައި ޑީއެންއޭ އުފެއްދުމުގައި ބައިވެރިވެ، ނާރުތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ، ލޭގެ ރަތް ސެލްތައް އުފެއްދުމުގައި ބައިވެރިވެ، މާބަނޑު ދުވަސްވަރު ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޢައިބު އުފެއްދުމުން ރައްކާތެރިކޮށްދޭ ވިޓަމިނެކެވެ. މީގެ އިތުރުން ފޮލިކް އެސިޑަކީ ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދީފާނެ ވިޓަމިނެއް ކަމަށް ބެލެވިފައި ވެއެވެ.

ފޮލިކް އެސިޑަކީ ކާބޯހައިޑްރޭޓް، ޕްރޮޓީން، އަދި ފެޓު ހަށިގަނޑަށް ބޭނުންތެރި އެއްޗަކަށް ހެދުމަށް ހިންގާ މަސައްކަތުގައި (މެޓަބޮލިޒަމް) ގައި މުހިއްމު ދައުރެއް އަދާކުރާ ވިޓަމިނެކެވެ. ފޮލިކް އެސިޑަކީ ހާސްވެ ކަންބޮޑުވުމާއި، ފިކުރު ބޮޑުވުން ކުޑަކޮށްދިނުމަށް އެހީތެރިވެދޭ މާއްދާ އެއްވެސް މެއެވެ. މާބަނޑު ދުވަސްވަރު ފޮލިކް އެސިޑް ބޭނުންކުރާ މީހުންނަށް ލިބޭ ދަރިންގެ ހަށިގަނޑުގައި އައިބުމު އުފެދުމުގެ ފުރުޞަތު ކުޑަކަމަށް ދިރާސާތަކުން ދައްކައެވެ.  

ވިޓަމިން ސީ ހުރުން : ބާމިޔާ ތޮޅީގައި ގިނައަދަދަކަށް ވިޓަމިން ސީ ވެސް ހުރެއެވެ. ވިޓަމިން ސީ އަކީ ފްރީރެޑިކަލްތަކާ ދެކޮޅަށް މަސައްކަތްކުރާ އެންޓި އޮކްސިޑެންޓެއްގެ އިތުރުން، ހަށިގަނޑުގެ ދިފާއީ ބާރު ރަގަޅުކޮށްދޭ މަޞްދަރެކެވެ. އެހެން ކަމުން ވިޓަމިން ސީ ބޭނުންކުރާނަމަ އަރިދަފުސްރޯގާ ފަދަ ތަފާތު ބަލިތަކަށް ހުށައެޅުމުގެ ފުރުޞަތު ކުޑަވާނެ އެވެ.

ވިޓަމިން ސީ އަކީ އުމުރުން ދުވަސްވުމުން ދިމާވާ ލޮލުގެ މައްސަލަތައް، ހިތުގެ ބަލި، ލޭމައްޗަށްދިއުން، ކެންސަރު ޖެހުން ފަދަ ކަންކަމުން ދުރުކޮށްދޭ އެންޓިއޮކްސިޑެންޓެކެވެ. ވިޓަމިން ސީ އަކީ ކަށި، ހަން، ލޭހޮޅިތައް، އަދި ދިފާޢީ ނިޒާމުގެ މަސައްކަތް ދެމެހެއްޓުމަށް ބޭނުންތެރި މާއްދާ އެކެވެ. އަލި، ހޫނު، އަދި ވަޔަށް ބާމިޔާތޮޅި ހުށަހެޅިފައި ހުންނަ ވަގުތު ގިނަވާ ވަރަކަށް އޭގައި ހުންނަ ވިޓަމިން ސީ ގެ މިންވަރު ދަށްވާނެ އެވެ.

ބާމިޔާ ތޮޅީގައި ގިނަ އަދަދަކަށް ވިޓަމިން ބީގެ ވައްތަރުތަކުގެ ގޮތުގައި ހިމެނޭ ފޮލިކް އެސިޑް، ނިއެސިން، ޕައިރިޑޮކްސިން، ތިއެމިން، އަދި ޕެންތޮނިކް އެސިޑް ފަދަ ވިޓަމިން ތައް ހުރެއެވެ. މީގެ އިތުރުން ދަގަނޑު، ކެލްސިއަމް، މެގްނީޒިއަމް، އަދި މެންގަނީޒް ފަދަ މައުދަންތައް ހުރެއެވެ.


މާބަނޑު ދުވަސްވަރު : މާބަނޑު ދުވަސްވަރު ބާމިޔާ ތޮޅި ބޭނުންކުރުމަކީ ހަށިގަނޑަށް ފޮލިކް އެސިޑް ފޯރުކޮށްދޭނެ ކަމެކެވެ. މާބަނޑު ދުވަސްވަރު ފޮލިކް އެސިޑް ބޭނުންކުރުމަކީ ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޢައިބު އުފެދުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. މިއީ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި އާސެލްތައް އުފެދި އާލާވުމަށާއި، ތުއްތު ދަރިފުޅުގެ ހެދިބޮޑުވުމަށް ވަރަށް ބޭނުންތެރި ވިޓަމިނެކެވެ.
ހަކުރު ބަލި : ބާމިޔާ ތޮޅީގައި އެކުލެވޭ ފައިބަރަކީ ލޭގައި ހަކުރުގެ މިންވަރު ހަމައަކަށް އެޅުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ފައިބަރުގެ ސަބަބުން ކުޑަގޮހޮރުގެ ތެރޭގައި، ހަކުރު ހަށިގަނޑަށް ނެގުން ލަސްކޮށް، ދަށްކޮށް ދެއެވެ. އެހެންކަމުން މިއީ ހަކުރު ބަލީގެ މީހުންނަށް ރައްކާތެރިކަމާއެކު ބޭނުންކުރެވިދާނެ ފައިދާހުރި ބާވަތެކެވެ.

ގުރުދާގެ ބަލިތައް : 2005 ވަނަ އަހަރު އޮކްޓޯބަރ މަހުގެ ތެރޭގައި ޝާއިޢުކުރި ދިރާސާއަކުން އެނގިފައިވާ ގޮތުގައި، ގަވާޢިދުން ބާމިޔާ ތޮޅި ބޭނުންކުރުމަކީ ގުރުދާގެ ބަލިތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. މިދިރާސާއިން ފާހަގަވި ގޮތުގައި، ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ގަވާއިދުން  ބާމިޔާތޮޅި ބޭނުންކުރި މީހުންގެ ހަށިގަނޑުގެ ގުރުދާ ބަލީގެ ނިޝާންތައް ފެނުނު މިންވަރު މަދެވެ.
ބާމިޔާ ތޮޅި ބޭނުންކުރުމަކީ ހަށިގަނޑުގައި ހުންނަ ހަށިގަނޑަށް ފައިދާކުރުވަނި ބެކްޓީރިޔާތައް ފެތުރިގެން ދިއުމަށް އެހީތެރިވެދޭ ކަމެކެވެ. ގޮހޮރުގެ ތެރޭގައި ވިޓަމިން 12 އުފައްދަނީ މިބުނި ހަށިގަނޑަށް ފައިދާކުރަނިވި ބެކްޓީރިޔާ ތަކުންނެވެ.

ބާމިޔާ ތޮޅި ބޭނުންކުރުމުން ލިބިދާނެ ފައިދާތައް (ކުރުކުރުކޮށް) :
·         އޮށާޅައާއި ބިހިނެގުން ކުޑަކޮށްދިނުން
·         ހަކުރު ބަލިން ރައްކާތެރިކޮށްދިނުން
·         ލޯފުސްވުމުގެ ފުރުޞަތު ކުޑަކުރުން
·         ހިމަ ލޭހޮޅިތަކުގެ އޮނިގަނޑު ރަގަޅަށް ހިފަހައްޓައިދިނުން
·         ގޮހޮރުގެ ކެންސަރު ފެތުރުން ހުއްޓުވުން
·         ލޭހޮޅިތައް ހަރުއެރުމުން ރައްކާތެރިކޮށްދިނުން
·         ނޭވާހިއްލުމަށް ލުއިކަން ގެނެސްދިނުން
·         ލޭގައި ހަކުރާއި، ސަރުބީގެ ނިސްބަތް ހަމައަކަށް އެޅުވުން
·         ބަނޑުހިކުމުން ރައްކާތެރިކޮށްދިނުން
·         ހޫނުން ރައްކާތެރިކޮށްދިނުން
·         ފުއްޕާމޭގެ އިންފެކްޝަނާއި، ކަރުތެރެ ފާރުވުމަށް ފަރުވާކުރުން
·         ފާރު ފަސޭހަވުމަށް އެހީތެރިވެދިނުން
·         ވަރުބަލިކަމާއި ކަންނެތްކަން ފިލުވައިލުން
·         ހާސްވެ ކަންބޮޑުވުމާއި، ފިކުރުތަކާ ދުރުކޮށްދިނުން
މައުލޫމާތު :

No comments:

Post a Comment