Wednesday, December 25, 2013

މުރަނގަ ތޮޅި

މުރަނގަ ތޮޅި
މުރަނގަ ތޮޅި އަކީ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ. 

ދިވެހި ނަން : މުރަނގަ ތޮޅި
އިގިރޭސި ނަން : Moringa pod
ޢިލްމީ ނަން : Moringa Oleifera
މުރަނގަ ތޮޅީގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
37 ކިލޯކެލަރީ
ސޯޑިއަމް
42 މިލިގްރާމް
ކާބޯހައިޑްރޭޓް
8.53 ގްރާމް
ޕޮޓޭސިއަމް
461 މިލިގްރާމް
ޕްރޮޓީން
2.10  ގްރާމް
މަޢުދަންތައް
ފެޓް
0.20 ގްރާމް
ކެލްސިއަމް
30 މިލިގްރާމް
ފައިބަރު
3.2 ގްރާމް
ދަނގަޑު
0.36 މިލިގްރާމް
ވިޓަމިންތައް
މެގްނީޒިއަމް
45 މިލިގްރާމް
ފޮލިކް އެސިޑް
44 މައިކްރޯ ގްރާމް
ފޮސްފަރަސް
-     50 މިލިގްރާމް
ނިއެސިން
0.680 މިލިގްރާމް
ސިލެނިއަމް
8.2 މައިކްރޯގްރާމް
ޕައިރިޑޮކްސިން
0.120 މިލިގްރާމް
ޒިންކް
0.45 މިލިގްރާމް
ރައިބޯފްލެވިން
0.074 މިލިގްރާމް
ތިއެމިން
0.053 މިލިގްރާމް
ވިޓަމިން އޭ
74 އައިޔޫ
ވިޓަމިން ސީ
141 މިލިގްރާމް





















މުރަނގަ ތޮޅިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް

މުރަނގަ ތޮޅިއާއި، އޮށަކީ "އޯލީއިކް އެސިޑް" ގެ ރަގަޅު މަޞްދަރެކެވެ. އޯލީއިކް އެސިޑަކީ ހަށިގަނޑަށް ފައިދާހުރި "މޮނޮއަންސެޗިޔުރޭޓެޑް ފެޓް" އެކެވެ.

މުރަނގަ ތޮޅި އަކީ ވިޓަމިން ސީގެ ވެސް ރަގަޅު މަޞްދަރެކެވެ. 100 ގުރާމްގެ މުރަނގަ ތޮޅީގައި 145 މައިކްރޯގްރާމްގެ ވިޓަމިން ސީ ހުރެއެވެ. ވިޓަމިން ސީ އަކީ އެންޓިއޮކްސިޑެންޓަކަށް ވުމުން ފްރީ ރެޑިކަލް ތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމުން ދުރުކޮށްދީ، ތަފާތު ބަލިތަކުން ދިފާއުވުމަށް އެހީތެރިވެދެއެވެ.

މުރަނގަ ތޮޅީގައި ވިޓަމިން ބީ ގެ ތަފާތު ވައްތަރުތައް ކަމުގައިވާ ފޮލިކް އެސިޑް، ޕައިރިޑޮކްސިން، ނިއެސިން، ތިއެމިން، ރައިބޯފްލެވިން، ޕެންތޮނިކް އެސިޑް، އެކަށޭނަ މިންވަރަކަށް ހުރެއެވެ. މީގެތެރެއިން ގިނަ  ވިޓަމިން ތަކަކީ ހަށިގަނޑުގައި ހިނގާ ކާބޯހައިޑްރޭޓް، ޕްރޮޓީން، އަދި ފެޓް މެޓަބޮލިޒަމްގެ މަސައްކަތުގައި ކޯ-އެންޒައިމް އެއްގެ ދައުރު އަދާކުރާ ވިޓަމިން ތަކެކެވެ.
ކުޑަގޮހޮރުގައި ފަނި އަށަގަތުން ނުވަތަ އާލާވުން މުރަގަތޮޅި ރިހަ ބޭނުން ކުރާނަމަ ދުރުކޮށްދެއެވެ. ހުންކޮށި ބޮޑުވުން، ފުރަމޭ ބޮޑުވުން، ވާގިނެތުން، ޖުޒާމް ބަލި، އިދިފުށަށް ދަމާބަލި، އަދި ހުޅުތަކުގައި ރިހުން ފަދަ މައްސަލަތަކަށް ފަރުވާއެއް ގެ ގޮތުގައި މުރަގަތޮޅިން ތައްޔާރު ކުރެވޭ ސުރުވާ ނުވަތަ ސޫޕް ބޭނުންކުރެއެވެ.

މުރަނގަ ތޮޅިއާއި، މުރަނގަ ފަތަށް ރިއާޔަތްކުރާއިރު :-
·         ޕްރޮޓީން : ޔޯގަޓުގައި ހުންނަ ވަރަށްވުރެ 2 ގުނަ އިތުރަށް ހުރެއެވެ.
·         ޕޮޓޭސިއަމް : ދޮންކޭލުގައި ހުންނަ ވަރަށްވުރެ 7 ގުނަ އިތުރަށް ހުރެއެވެ.
·         ކެލްސިއަމް : ކިރުގައި ހުންނަ ވަރަށްވުރެ 4 ގުނަ އިތުރަށް ހުރެއެވެ.
·         ވިޓަމިން އޭ : ކެރެޓްގައި ހުންނަވަރަށްވުރެ 4 ގުނަ އިތުރަށް ހުރެއެވެ.
·         ވިޓަމިން ސީ : އޮރެންޖުގައި ހުންނަ ވަރަށްވުރެ 7 ގުނަ އިތުރަށް ހުރެއެވެ.
·         ދަގަނޑު : ސްޕިނެޗް ގައި ހުންނަވަރަށްވުރެ 3 ގުނަ އިތުރަށް ހުރެއެވެ. 

މުރަނގަ ތޮޅި، އަދި މުރަނގަ ފަތުގައިވާ ބައެއް ޚާއްޞަކަންތައްތައް :
·         92 ނިއުޓްރިއެންޓް އެކުލެވިގެން ވެއެވެ.
·         46 އެންޓިއޮކްސިޑެންޓް ހުރެއެވެ.
·         36 ދުޅަތިރިކޮށްދޭ މާއްދާ ތައް ހުރެއެވެ.
·         27 އެމިނޯއެސިޑް ހުރެއެވެ.
·         ދިފާއީ ބާރު ރަގަޅުކޮށްދޭ އެވެ.
·         ލޭދައުރުވުން ރަގަޅުކޮށްދެއެވެ.
·         ލޭގައި ހަކުރުގެ މިންވަރު އެއްހަމައެއްގައި ބަހައްޓައިދެއެވެ.
·         ލޭގައި ކޮލެސްޓްރޯލްގެ މިންވަރު އެއްހަމައެއްގައި ބަހައްޓައިދެއެވެ.
·         އުމުރުން ދުވަސްވުމުގެ އުދަނގޫތަކާ ދުރުކޮށްދެއެވެ.
·         ދުޅަތައް ތިރިކުރުމުގެ ބާރު ލިބިފައިވެއެވެ.
·         ހަޖަމު ރަގަޅުކޮށް ދެއެވެ.
·         ހަށިގަނޑަށް ހަކަތަ ލިއްބައިދެއެވެ.
·         ހަމަށް މަޑުކަމާ އޮމާންކަން ގެނެސްދެއެވެ.
·         އޮށާޅައިގެ އުދަނގުލުން މިންޖުކޮށްދެއެވެ.
·         ހަށިގަނޑުގައި އެކި ހޯރމޯންތަކުގެ މިންވަރު ހަމަހަމަކަންމަތީ ބަހައްޓައިދެއެވެ.
·         މާބަނޑު މީހުން މުރަނގަ ތޮޅިއާއި ފަތް ބޭނުންކުރުމަކީ އުރަމައްޗަށް ކިރުއެރޭ މިންވަރު އިތުރުކޮށްދޭ ކަމެކެވެ.
·         ޖަރާސީމު މަރައި ނައްތާލުމުގެ ބާރު ލިބިފައި ވެއެވެ.
·         ގުރުދާއާއި، މޭގަނޑަށް ރައްކާތެރިކަން ހޯދައިދިނުމަށް އެހީތެރިވެދެއެވެ.
·         ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ.
މައުލޫމާތު :

No comments:

Post a Comment