Tuesday, September 13, 2011

އަނބުޅަ


އަނބުޅަ
އަނބުޅަ އަކީ ހުތް ފޮނި، މޭވާ އެކެވެ. އަނބާއި ވައްތަރު ގޮތެއް ހުންނަ މިމޭވާ އަކީ  ދިވެހިރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ މޭވާގެ ބާވަތެކެވެ. އަނބުޅަ އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި އެތަކެއް މާއްދާތަކެއް އެކުލެވޭ މޭވާ އެކެވެ. އަނބުޅަ ގަހުގެ މޭވާގެ އިތުރުން، އެގަހުގެ މޫ، ތޮށި، ފަތް، ފަދަ ތަކެއްޗަކީ ވެސް ބޭނުންކުރެވިދާނެ ތަކެއްޗެވެ. އަނބުޅަ ދޮންވުމުން ރަތްކުލަ، މެރޫންކުލަ، އަދި ރީނދޫކުލައިގައި ވެސް ހުރެއެވެ.
ދިވެހި ނަން : އަނބުޅަ
އިގިރޭސި ނަން : Hog Plum / June Plum
ޢިލްމީ ނަން : Spondias Dulcis
އަނބުޅައިގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
29 ކިލޯކެލަރީ
ސޯޑިއަމް
-          
ކާބޯހައިޑްރޭޓް
-          
ޕޮޓޭސިއަމް
-          
ޕްރޮޓީން
0.6 ގްރާމް
މަޢުދަންތައް
ފެޓް
0.2 ގްރާމް
ކެލްސިއަމް
26 މިލިގްރާމް
ފައިބަރު
5.7 ގްރާމް
ކޮޕަރ
-          
ވިޓަމިންތައް
ދަނގަޑު
2.2 މިލިގްރާމް
ފޮލިކް އެސިޑް
-          
މެގްނީޒިއަމް
17 މިލިގްރާމް
ނިއެސިން
0.5  މިލިގްރާމް
މެންގަނީޒް
0.09 މިލިގްރާމް
ޕެންތޮނިކް އެސިޑް
-           
ފޮސްފަރަސް
31 މިލިގްރާމް
ޕައިރިޑޮކްސިން
-           
ސިލެނިއަމް
-           
ރައިބޯފްލެވިން
0.008 މިލިގްރާމް
ޒިންކް
-           
ތިއެމިން
0.006 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
-           
ކެރޮޓީން އަލްފާ
-           
ވިޓަމިން ސީ
28 މިލިގްރާމް
ކެރޮޓީން ބީޓާ
-           
ވިޓަމިން އީ
-           
ކްރިޕްޓޯ ޒެންތިން ބީ
-           
ވިޓަމިން ކޭ
-           
ލޫޓީން-ޒިއެޒެންތިން
-           


ލައިކޯޕީން
-           
















އަނބުޅަ އިން ލިބޭ ޞިއްޙީ ފައިދާތައް
·         ކެލޮރީ މަދުންހުރުން : އަނބުޅަ އަކީ ކެލޮރީ ވަރަށް މަދުން ލިބޭ މޭވާ އެކެވެ. 100ގުރާމްގެ އަނބުޅައިގައި ހުންނަނީ ގާތްގަނޑަކަށް 29 ކެލޮރީ އެވެ. އަނބުޅައިގެ ތިމާގެ އަޚު އަނބުގެ 100 ގުރާމްގައި 64 ކެލޮރީ ހުރެއެވެ. ހަކަތަ ނުވަތަ ކެލޮރީ މަދު އަނބުޅަ ކެއުމުން، ބަނޑުހައިކަން ފިލުވައިދީ، ގިނައިރު ބަނޑުހައިނުވެ ހިފަހައްޓައިދެއެވެ. ނަތީޖާއެއްގެ އަނބުޅަ ބޭނުންކުރުމަކީ ހެޔޮވަރު ބަރުދަނެއްގައި ހަށިގަނޑު ބެހެއްޓުމަށް އެހީއަކަށް ވެއެވެ.
·         ފައިބަރު ގިނައިންހުރުން : އަނބުޅަ އަކީ ފައިބަރުން މުއްސަދި މޭވާއެކެވެ. އަނބުޅައިގެ 100 ގުރާމްގައި 5.7 މިލިގްރާމްގެ ފައިބަރު ހުރެއެވެ. އެއީ ދުވާލަކަށް މީހަކަށް ބޭނުންވާ މިންވަރުގެ 23 އިންސައްތަ އެވެ. ފައިބަރަކީ ކާނާގައި ހިމެނޭ ކާބޯހައިޑްރޭޓްގެ ވައްތަރެކެވެ. މިއީ ހަޖަމުކުރަން އުދަނގޫ މާއްދާ އެކެވެ. އެހެންކަމުން ފައިބަރުގެ ސަބަބުން، ބޮޑުކަމުދާ ތަކެތީގެ މިންވަރު އިތުރުކޮށް، ގޮހޮރުގެ މަސައްކަތް ހަލުވިކޮށް، ބަނޑުހިކުމުން ހިމާޔަތްކޮށް ރައްކާތެރިކޮށް ދެއެވެ. ފައިބަރު ހަޖަމުކުރަން ގިނައިރު ނަގާތީ ބަނޑުހައިވުން އެކަމުގެ ސަބަބުން ކޮންޓްރޯލްވުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން ފައިބަރު ގިނަ ކާނާ ބޭނުންކުރުމަކީ ހިތުގެ ބަލިތަކާއި، ހަކުރު ބަލި ފަދަ ބަލިތަކުން ދުރުކޮށް ރައްކާތެރިކޮށްދޭނެ ކަމެކެވެ.
·         ވިޓަމިން ސީ ގިނައިންހުރުން : އެންމެ އަނބުޅައެއް ކާލުމުން ދުވާލަކަށް ބޭނުންވާ ވިޓަމިން ސީގެ ½ ލިބެއެވެ. ގާތްގަނޑަށް 100 މިލިގްރާމްގެ އަނބުޅައިގައި 34 މިލިގްރާމްގެ ވިޓަމިން ސީ ހުރެއެވެ. ފެނަށްގިރޭ ވިޓަމިނެއްގެ ގޮތުގައި މަޝްހޫރު ވިޓަމިން ސީ އަކީ ހަށިގަނޑުގެ ތަފާތު މަސައްކަތްތަކަށް ބޭނުންތެރި ވިޓަމިނެކެވެ. ހަށިގަނޑުގައިވާ ޓިޝޫތައް އެކަތި އަނެކައްޗާއި ގުޅުވައި ލާމެހުމަށް ބޭނުންވާ ޕްރޮޓީން "ކޮލެޖަން" އުފެއްދުމަށް ވިޓަމިން ސީ އަކީ މުހިއްމު މާއްދާ އެކެވެ. އަދި މިއީ ފާރުގަނޑު ފަސޭހަވުމަށް ވެސް ބޭނުންވާ މާއްދާ އެކެވެ. މީގެ އިތުރުން ވިޓަމިން ސީ އަކީ ބާރުގަދަ އެންޓި އޮކްސިޑެންޓެކެވެ. ނަތީޖާއެއްގެ ގޮތުން ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް މިންޖުކޮށް، ކެންސަރުގެ ބާވަތްތަކާއި، ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށް ދެއެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަކޮށްދީ، ހަށިގަނޑަށް ދަގަނޑު ނެގުމުގައި ވެސް އެހީތެރިވާ މާއްދާ އެކެވެ.
·         ދަގަނޑު ގިނައިންހުރުން : ހަށިގަނޑުގެ އެކި ހިސާބުތަކަށް އޮކްސިޖަން އުފުލުމުގައި ބޭނުންވާ ދަގަނޑުގެ ބައި އަނބުޅައިގައި ގިން މިންވަރަކަށް ހުރެއެވެ. ލޭމަދުވުމުގެ އެންމެ އާންމު ވައްތަރަކީ ދަގަނޑު އުނިވެގެން ލޭމަދުވުން ކުރިމަތިވާ ވައްތަރެވެ. 100 ގުރާމްގެ އަނބުޅައިގައި 3.2 މިލިގްރާމްގެ ދަގަނޑު ހުރެއެވެ. އެއީ ދުވާލަކަށް ބޭނުންވާ މިންވަރުގެ 18 އިންސައްތަ އެވެ.
·         ކެލްސިއަމްގެ މަޞްދަރު : 100 ގުރާމްގެ އަނބުޅައިގައި 32 މިލިގްރާމްގެ ކެލްސިއަމް ހުރެއެވެ. އެއީ ދުވާލަކަށް ބޭނުންވާ ކެލްސިއަމްގެ 3 އިންސައްތަ އެވެ. ކެލްސިއަމް އަކީ ކަށިތައް ވަރުގަދަކޮށްދީ ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ބޭނުންތެރި މާއްދާ އެކެވެ. މީގެ އިތުރުން ނާރުތަކުގެ މަސައްކަތްތަކަށާއި، މަސްތަކުގެ މަސައްކަތްތައް ފުރިހަމަ ކުރުމަށް ވެސް ކެލްސިއަމް ބޭނުންވެއެވެ.
·         އެހެނިހެން ކަންތައްތައް :- އަންނަނިވި ކަންތައްތަކަށް ފަރުވާކުރުމަށް އަނބުޅައިގެ ބޭނުން ހިފައެވެ.
o       އަނބުޅަ ބޭނުންކޮށްގެން :-
§         ހޫނުވެގެން ސްޓްރޯކް ޖެހުމަށް ފަރުވާކުރުން
§         މޭނުބައިކޮށް ހޮނޑުލުން : ޚާއްޞަކޮށް ދަތުރުމަތީގައި މޭނުބައިކޮށް ހޮނޑުލުމަށް ފަރުވާކުރުން
§         ބޮލުގައި ރިހުމަށް ފަރުވާކުރުން
§         ހަކުރު ބައްޔަށް ފަރުވާކުރުން
o       އަނބުޅަ ގަހުގެ ފަތް ބޭނުންކޮށްގެން:-
§         ފަތް ހިއްކައި، ޗިސްކޮށްގެން އަނގަފާރަށް ފަރުވާކުރުން
§         ފަތް ޗިސްކޮށްގެން، ބަނޑުގައި ރިހުން، ހަޖަމުގޯސްވުން، އަދި ބޭރަށްހިންގުމަށް ފަރުވާކުރުން
§         ފަތް ކައްކައިގެން އޭގެ ދިޔަ، ލޯޝަނެއްގެ ގޮތުގައި ބޭނުންކުރުން
§         ވިހެއުން ފަސޭހަކޮށްދީ ވިހެއުމުގެ ތެރޭގައި ލޭފޭބުން މަނާކުރުމަށް ބޭނުން ކުރެއެވެ. އަދި ކިރު ބޭރުކުރާށާއި، ރަހިމުގެ ތެރެ ދޮވެ ސާފުކުރުމަށް ވެސް ބޭނުންކުރެވެއެވެ.
§         އަރިދަފުސް ރޯގާ އާއި ކަރުތެރެ ހަލާކުވުމަށް ފަރުވާކުރުން
§         ހަމުގައި ހުންނަ ފާރު، ކަނޑައިގެންދާ ތަންތަން، ފިހޭ ތަންތަން، އަދި ފުރަގަސް ފަރާތު ބައްޔަށް ފަރުވާކުރުން : މިއީ އަނބުޅަ ފަތުގައި ހިމެނޭ ޓެނިން ކިޔާ މާއްދާއެއްގެ ސަބަބުން ފަރުވާ ކުރެވޭ ކަންތައްތަކެކެވެ.
§         ފަތް ރޮލާއި ކެއުމުން ހޮނޑުލެވޭގޮތް ވެއެވެ.
§         ފަނީގެ ވައްތަރުތަކަށް ފަރުވާކުރުން : ފަނި ހަށިގަނޑުން ބޭރުކުރުން
o       އަނބުޅަގަހުގެ މޫ ބޭނުންކޮށްގެން ހަމުގައި ހުންނަ ކެހުމާއި ހިރުވުން ކެނޑުވުން
o       އަނބުޅަގަހުގެ އޮށުގައި ޖަރާސީމާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ލޭގެ ޕްރެޝަރު ދަށްކުރުމަށާއި، ނޭވާލާ ނިޒާމްގެ މައްސަލަތަކަށް ފަރުވާގެ ގޮތުގައި ބޭނުންކުރެއެވެ.
o       އަނބުޅައިގެ "އެކްސްޓްރެކްޓް" ބޭނުންކޮށްގެން، ނިދޭގޮތް ހެދިދާނެ އެވެ. އަދި އެކިއެކި އަނިޔާގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުން، ތުރުތުރުއަޅާ ބަލި، ޖިންސީ އެދުންވެރިކަން ނުހުރުން، ފަދަ ބަލިތަކަށް ވެސް ފަރުވާކުރެވިދާނެއެވެ.
o       އަނބުޅަ ޖޫހަކީ ހުންތިރިކޮށްދީ ލޭގެ ޕްރެޝަރު ދަށްކޮށްދޭ އެއްޗެކެވެ.
މަޢުލޫމާތު:-

No comments:

Post a Comment