Thursday, May 7, 2015

ޏަމްޏަމް

ޏަމްޏަމް
 ޏަމްޏަމް އަކީ ހުތްފޮނި މޭވާ އެކެވެ. ދޮންނުވާއިރު ވަޅުފެހި ކުލައިގައި ހުންނަ ޏަމްޏަމް ދޮންވުމުން މުށި ރީނދޫ ކުލައަކަށް ބަދަލުވެއެވެ. މިއީ ވެސް ހުތްމޭވާއެއްގެ ގޮތުގައި ކައިއުޅޭ މޭވާ އެކެވެ. މަދުން ނަމަވެސް ޏަމްޏަމް އިން ޖޫސް ތައްޔާރުކޮށްގެން ބޭނުން ކުރެއެވެ. ޏަމްޏަމް ހުންނަނީ ގުރުދާގެ ބައްޓަމަށެވެ. އެތެރޭގައި ބޮޑު އޮށެއް އޮންނަ ޏަމްޏަމްގެ ބޭރުގައި ކުރަކިކަމެއް އެކުލެވިގެންވުމާއެކު، ފިތްފިތް ޖަހާފައި ހުރެއެވެ. ސަލަޑް، އަސާރަ ފަދަ ކާތަކެތި ތައްޔާރު ކުރުމަށް ވެސް ޏަމްޏަމް ބޭނުންކޮށް އުޅެއެވެ.
 
ދިވެހި ނަން : ޏަމްޏަމް
އިގިރޭސި ނަން : Nam nam
ޢިލްމީ ނަން : CynometraCauliflora







ޏަމްޏަމްއިން ލިބޭ ޞިއްޙީ ފައިދާތައް
·         ޏަމްޏަމްގައި ވިޓަމިން ސީ، ވިޓަމިން އޭ، އަދި އެންޓިއޮކްސިޑެންޓް ތައް ހުރެއެވެ.
·         ޏަމްޏަމް އަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށާއި، ހަކުރު ކޮންޓްރޯލް ކުރުމަށް ބޭނުންކުރެވިދާނެ މޭވާ އެކެވެ.
·         ޏަމްޏަމްގައި ވިޓަމިން ސީ ހުރުމުން ލިބިދާނެ ފައިދާ ތަކުގެ ތެރޭގައި:-

o       ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
o       ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
o       ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
o       ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.
o       އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
o       ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.
·         ކުރީޒަމާނުގައި
o       އިންޑިޔާގައި ޏަމްޏަމް އޮށުން ތައްޔާރުކުރާ ތެޔޮ ބޭނުންކޮށްގެން ކުރިން ހަމުގެ ބަލިތަކަށް ފަރުވާކޮށްފައި ވެއެވެ.
o       ކުރީ ޒަމާނުގައި ޏަމްޏަމް ބޭނުންކޮށްގެން ތަފާތު ބަލިތަކަށް ފަރުވާކޮށްފައިވާ ކަން އެނގެއެވެ.
o       ޅަ ޏަމްޏަމް ފަތް ބޭނުންކޮށްގެން ބޭރަށް ހިންގުމަށް ފަރުވާކޮށްފައި ވެއެވެ. މަސާނާއިން ހިލަ ބޭރުކުރުމަށް ޅަ ފަތް ކައްކައިގެން ސައިގެ ގޮތުގައި ބޭނުންކޮށްފައި ވެއެވެ.
ނޯޓް: އިންޓަނެޓް ވިއުގައިގެ ތެރޭގައި ޏަމްޏަމް އާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ކުރި މަސައްކަތުން އެކަށޭނަ ކާމިޔާބެއް ލިބިފައެއް ނުވެއެވެ. ވީމާ މިމޭވާ އާއި ބެހޭގޮތުން ފުރިހަމަ މަޢުލޫމާތު ހިމެނިފައިވާ ނުވުމަކީ އެކަށީގެންވާ ކަމެކެވެ.
މަޢުލޫމާތު:-

No comments:

Post a Comment