Wednesday, October 21, 2020

ލޮލުގެ ރަވަ

ލޮލުގެ ރަވަ

ލޮލުގެ ރަވަ(Eye lid margin)  އަކީ ލޮލުގެ ބޮޑީގެ ކައިރިފަށެވެ. މިއީ ލޮލުގައި އެސްފިޔަފަޅައިފައި ހުންނަތަން ވެސް މެއެވެ. މިއީ ލޯ ރައްކާކޮށް ހިމާޔަތްކޮށްދޭ ހަމުގެ ތުނި ފަށަލަ އެކެވެ. ލޮލުގެ ރަވައިގައި އެކުލެވޭ ހަމަކީ އިންސާނާގެ ހަށިގަނޑުގައިވާ ހަންގަނޑުގައި ހިމެނޭ އެންމެ ތުނި ހަމެވެ.


ލޮލުގެ ރަވަ އަކީ ލޮލުގެ ބޮޑި ތެރޭގައި ހިމެނޭ ޓާރސަލް ޕްލޭޓް ގައި ހުންނަ "މެއިބޯމިއަން ގްލޭންޑް"(meibomian gland) ތައް ހުޅުވިފައި ހުންނަ ތަނެވެ. މާނައަކީ މިގްލޭންޑްތައް ހުޅުވިފައި ހުންނަނީ ނުވަތަ އޭގެ އަނގަ ހުންނަނީ ލޮލުގެ ރަވައިގެ ތެރޭގައެވެ. ކަރުނަ އިގެ ތެރޭގައި ހިމެނޭ ސަރުބީ ނުވަތަ ތެލުގެ ބައި ދޫކުރަނީ މިބުނި ގްލޭންޑް ތަކުންނެވެ. މެއިބޯމިއަން ގްލޭންޑް ތަކަކީ ލޮލުގައި ހުންނަ ފެން، ނޫނީ ކަރުނަ އާތްވަށްވެގެން ދިއުން ލަސްކުރުމަށްޓަކައި ލޮލުގެ ތެރެއަށް ތެޔޮ މާއްދާއެއް ދޫކޮށްދޭ ، ތެޔޮ ބޭރުކުރާ ގްލޭންޑް(Sebaceous gland) އެކެވެ. މި ތެޔޮ މާއްދާގެ ސަބަބުން ލޮލުގެ ދެބޮޑި ކައިރިކޮށް ލޯލައްޕާލުމުން ލޮލުގެ ދެބޮޑި އެކަތި އަނެކައްޗާއި ތަތްވިޔަނުދީ ހިފަހައްޓައިދެއެވެ. އެހެންކަމުން ލޮލުގެ ރަވައަކީ ލޯރައްކާތެރިކޮށް ހިމާޔަތްކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްދޭ ތަނެކެވެ. ލޮލުގެ ރަވައިގެ ތެރޭގައި ދާ ބޭރުކުރާ ގްލޭންޑް ތައް ވެސް ހިމެނެއެވެ.

ލޮލުގެ ރަވައިގެ ވަޒީފާ

ލޮލުގެ ރަވައިން މައިގަނޑު ދެކަމެއް ކޮށްދެއެވެ. އެއްކަމަކީ އެއްވެސް ނިޒާމެއް ނެތި ލޮލުގެ ސަތަހައިން ފެން ނުވަތަ ކަރުނަ ބޭރުވެގެންދިޔަނުދީ ހިފަހައްޓައިދިނުމެވެ. މާނައަކީ ލޮލުގެ ތެތްކަން އެއްގޮތެއްގައި ހިފަހައްޓައިދިނުމެވެ. ދެވަނަ ކަމަކީ ކުރިން ލޮލުގައި ހުރި ކަރުނަ ނުވަތަ ފެން ބޭރުކޮށްދީ، އަލުން ލޮލަށް ކަރުނަ ނުވަތަ ފެން ގެނެސްދިނުމެވެ. މާނައަކީ ލޮލުގައި ހުންނަ ދިޔަ ބޭރުކުރުމަށް ލޮލަށް އަލުން ކަރުނަ ގެނެސްދީ ލޮލުގެ ތެތްކަން ހިފަހައްޓައިދީ، ލޮލުގެ ސަތަހައިގައި "ނިއު ޓިއަރ ފިލްމް" އެއް އުފައްދައިދިނުމެވެ.މިއީ ލޮލުގެ ރަވައިގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ހައިރާންކުރުވަނި ގާބިލިއްޔަތު ކަމެކެވެ. މީގެ އިތުރުން ލޮލުގެ ރަވައަކީ ލޯރައްކާތެރިކޮށް ހިމާޔަތްކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްދޭ ތަނެކެވެ.

ހަވާލާ

·         https://teachmeanatomy.info/head/organs/eye/eyelids/

·         https://www.dartmouth.edu/~humananatomy/part_8/chapter_45.html

·         https://www.britannica.com/science/human-eye

·         https://oscb-berlin.org/overview-on-the-lid-margin

ނޯޓް : މިލިޔުމަކީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. 

No comments:

Post a Comment