Monday, December 23, 2013

ކަޅުކައްޅަ ފަތް

ކަޅުކައްޅަ ފަތް
ކަޅުކައްޅަ ފަތަކީ ބޯކޮށް ހުންނަ އާވިރަހަލާ ފަތެކެވެ. މިއީ ދިވެހިންގެ ކެއުމުގައި މަދުން ނަމަވެސް ބޭނުންކޮށްއުޅޭ ފަތެކެވެ.

ދިވެހި ނަން : ކަޅުކައްޅަފަތް
އިގިރޭސި ނަން :  Devil's Backbone
ޢިލްމީ ނަން : pedilanthus tithymaloides / Euphorbia tithymaloides

ކަޅުކައްޅަ ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
-          ގަދީމީ ބޭސްވެރިކަމުގައި ނޭވާހިއްލުން، ކެއްސުން، ލަގޮނޑި ދުޅަވުން، އަނގަފާރު، ޖިންސީ ގޮތުން އަރާބަލިތައް ފަދަ މައްސަލަތަކަށް ފަރުވާ ކުރުމަށް ކަޅުކައްޅަ ފަތް އެކި ސިފަ ސިފައިގައި ބޭނުންކޮށްފައި ވެއެވެ. 

-          އިންޑިޔާގައި ފިހޭ ތަންތަން، ފާރުގަނޑު، އަދި އަނގަފާރު ފަސޭހަ ކުރުމަށް ކަޅުކައްޅަ ފަތް ބޭނުންކޮށް އުޅުނެވެ.
-          ދިރާސާތަކުން ދައްކާ ގޮތުގައި ކަޅުކައްޅަ ފަތަކީ ދުޅަތިރިކުރުމުގެ ބާރު ލިބިފައިވާ މާއްދާތައް އޭގައި ހިމެނޭ ފަތެކެވެ.
-          ދިރާސާތަކުން ދައްކާ ގޮތުގައި ކަޅުކައްޅަ ފަތަކީ ހަށިގަނޑުގައި އުފެދޭ އެކި ކަހަލަ ފާރުގަނޑު ފަސޭހަކުރުމުގެ ބާރު ލިބިފައިވާ ފަތެކެވެ.
-          ކަޅުކައްޅަ ފަތުގައި އެން-ހެންޓްރިއެކޮންޓެނޯލް، ޓްރައިޓަރޕީން، އަދި ޑިހައިޑެމެރެނޯލް އޭ ފަދަ މާއްދާތައް ހުންނަކަން އެކިއެކި ދިރާސާތަކުންވަނީ ހޯދިފައެވެ.
މައުލޫމާތު :


No comments:

Post a Comment