Thursday, January 7, 2016

ހެދިބޮޑުވުން : ދޮޅު އަހަރު ފުރުމުން

ކުޑަ ދަރިފުޅުގެ ހެދިބޮޑުވުން : ދޮޅު އަހަރުވުމުން
ފުރަތަމަ ފިޔަވަޅު އެޅުން، ހިނިތުންވުން، "ބައިބައި" ކިޔަމުން އަތް ހޫރާލުން ފަދަ ހުނަރުތަކަކީ ކުއްޖެއްގެ "ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު"(developmental milestone)ތަކެކެވެ. ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު ތަކަކީ އެކުއްޖެއްގެ އުމުރާ ގުޅޭގޮތުން ގިނަ ކުދިންނަށް އެއުމުރުގައި ޙާޞިލްކުރެވޭނެ (ކުރެވެންޖެހޭނެ) ކަންތައްތަކެކެވެ. ކުޑަކުދިން ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑުތައް ހުންނަގޮތް ފާހަގަކުރެވިގެންދާނީ ކުޅިވަރާއި، އުގެނުމާއި، ވާހަކަ ދެއްކުމާއި، އެހެންމީހުންނާއި އެކުވެ އުޅުމާއި، ފިރުކުމާއި، ހިނގުމާއި، ފުންމުން ފަދަ ހަރަކާތްތަކުގެ ތެރެއިންނެވެ. އެގޮތުން ކުޑަ ދަރިފުޅުގެ އުމުރުން ދޮޅުއަހަރުވާއިރު ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު ތައް ހުންނަށް ޖެހޭނެގޮތް ބަލާލަމާ ހިނގާށެވެ. 

މިއުމުރުގައި ގިނަ ކުދިން ކުރާނެ ކަންތައްތައް
އިޖުތިމާޢީ ހުނަރު / އާތިފީ ހުނަރު :
o       އެހެންމީހުންނަށް އެއްޗެތި ގެނެސްދޭށޭ ބުނުމުން ގެންގޮސްދިނުން
o       ފަހަރުގައި ނުތަނަވަސް ވެފައި ހުރުން
o       ފަހަރުގައި ނުދަންނަ ބީރައްޓަހިން ފެނުމުން ބިރުގަނެ ޖެހިލުންވުން
o       މަންމަ ނޫނީ ބައްޕަ ދިއުމުން ރޯންފެށުން (ހިތުގައި އޮންނަ ލޯބި ހާމަކުރުމުގެ ގޮތުން)
o       ފީކޮއި، ކުޅުން، ބުދަށް ކާންދިނުން ފަދަ ކަންކަން ކުރުން
o       އަލަށްކަމެއް ދިމާވުމުން ގެންގުޅޭ މީހުންނަށް ތަންކޮޅެއް އާތިފީވުން (އުފާވުން ނޫނީ ދެރަވުން)
o       ގަޔާވާ އެއްޗެތި އިނގިލި ދިއްކޮށްފައި އެހެން މީހުންނަށް ދެއްކުން
o       އަމިއްލައަށް ކަންކަން ހޯދައިބެލުން (މައިންބަފައިން ކައިރީގައި ތިބޭއިރު)
ބަސްމޮށުންތެރިކަމުގެ ހުނަރު / މުޢާމަލާތުގެ ހުނަރު :
o       ވަކިވަކި ކުދިކުދި ބަސްތައް ކިޔުން
o       ބޯހޫރާލާފައި ނޫނެކޭ ބުނުން
o       ބޭނުންވާ އެއްޗެއް އިނގިލި ދިއްކޮށްފައި ދެއްކުން
ވިސްނުމުގެ ހުނަރު (އުނެގުން، ވިސްނުން، މައްސަލަ ހައްލުކުރުން) :
o       އާންމުކޮށް ބޭނުންކުރާ އާދައިގެ ތަކެތި އެނގުން މިސާލު، ފޯން، ސަމުސާ، ބުރުސް
o       އެހެންމީހުންގެ ސަމާލުކަން ހޯދުމަށް މަސައްކަތްކުރުން
o       ކުޅޭ އެއްޗިއްސަށް ޝައުގުވެރިވުން، ބުދަށް ކާންދޭން އުޅުން
o       ހަށިގަނޑުގެ ބައިތައް ވަކިކުރަން އެނގުން
o       އަމިއްލައަށް ފޮތުގައި ރޮނގުއެޅުން، ނޫނީ ކުރެހުން
o       ޖުމުލައެއް ކިޔުމުން ފަހަތުން އެއިން ބަހެއް ބުނުން މިސާލަކަށް ބޯޅަ ގެނެސްދީ ބުނުން ބޯޅަ މިހެން ބުނުން
ހަރަކާތްކުރުމުގެ ހުނަރު / ޖިސްމާނީ ހެދިބޮޑުވުން :
o       އެހީތެރިކަމާ ނުލާ ހިނގުން
o       ކުޑަކޮށް ހިނގާލާފައި ދުވަން ފެށުން
o       ކުޅޭ އެއްޗެތި ހިފައިގެން ހިނގުން
o       ހެދުން ބާލާހަދާއިރު އެހީތެރިވުން
o       ތަށިން އެއްޗެތި ބުއިން
o       ސަމުސަލުން ކެއުން
ސަމާލުވެލައްވާ :
އަންނަނިވި ކަންތައްތައް ކުޑަ ދަރިފުޅުގެ ފުށުން ފާހަގަވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.
·         އެހެންމީހުންގެ ސަމާލުކަން ހޯދަން މަސައްކަތް ނުކުރުން
·         ނުހިނގުން
·         އާންމުކޮށް ގެންގުޅޭ އެއްޗަކީ ވަކިކަމެއް ކުރާ އެއްޗެއްކަން ނޭގުން : މިސާލަކަށް ފުނަލަކީ ބޯއޮމާންކުރާ އެއްޗެއްކަން ނޭގުން
·         އެހެން މީހުން ކުރާ ކަންތައްތައް ކޮޕީ ނުކުރުން
·         އާ ބަހެއް ނުބުނުން
·         މަދުވެގެން 6 ބަސް ވަރު ނުކިޔުން
·         ގެންގުޅޭ މީހާ ދިއުމުން ނޫނީ އައުމުން ވަކި ބަދަލެއް ދަރިފުޅަށް ނައުން
·         ކުރިން ހުރި ހުނަރުތައް ވެސް ގެއްލިދިއުން (ކުރިން ކުރަމުން ކަންތައްތައް ވެސް ނުކުރެވުން)
މައުލޫމާތު :

No comments:

Post a Comment