Monday, December 23, 2013

ހިކަނދިފަތް

ހިކަނދިފަތް
ހިކަނދި ފަތަކީ ދިވެހިން ތަފާތު ކާތަކެތި ތައްޔާރުކުރުމުގައި ބޭނުންކުރާ ފަތްޕިލާވެލީގެ ބާވަތެކެވެ. އަސާރަ، ސަޓަނި، ރިހަ ފަދަ ތަކެތި ތައްޔާރުކުރާއިރު ވަރަށް ގިނައިން ހިކަނދި ފަތް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.
ދިވެހި ނަން : ހިކަނދިފަތް
އިގިރޭސި ނަން : Curry leaf
ޢިލްމީ ނަން : Murraya koenigii
ހިކަނދި ފަތުގެ ކޮންމެ 100 ގްރާމް ގައި
ހަކަތަ
108 ކިލޯކެލަރީ
ކާބޯހައިޑްރޭޓް
18.7 ގްރާމް
ޕްރޮޓީން
6.1  ގްރާމް
ފެޓް
1.0 ގްރާމް
ފައިބަރު
6.4 ގްރާމް
ފޮލިކް އެސިޑް
93.9މައިކްރޯ ގްރާމް
ނިއެސިން
2.3 މިލިގްރާމް
ރައިބޯފްލެވިން
0.210 މިލިގްރާމް
ތިއެމިން
0.080 މިލިގްރާމް
ވިޓަމިން އޭ
7560 އައިޔޫ
ވިޓަމިން ސީ
4 މިލިގްރާމް
ކޮޕަރ
0.100މައިކްރޯ ގްރާމް
މެގްނީޒިއަމް
44 މިލިގްރާމް
ދަނގަޑު
މެންގަނީޒް
ފޮސްފަރަސް
-     35 މިލިގްރާމް
ޒިންކް
0.200 މިލިގްރާމް
ސިލެނިއަމް
12 0.1މައިކްރޯގްރާމް

ހިކަނދި ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
(ހ) - ބޭރަށްހިންގުން ހުއްޓުވުން : ދިރާސާއަކުން (އަޝިޝް ޕަގަރިޔާ އަދި މައިތިލީ ވީ ކިޔާ ދެބޭފުޅުން ހަދާފައިވާ) އެނގިފައިވާ ގޮތުގައި ހިކަނދިފަތުގައި ހިމެނޭ "ކާބަޒޯލް އަލްކަލޮއިޑް" ގައި ބޭރަށްހިންގުން ހުއްޓުވާލުމުގެ ބާރު އެކުލެވިގެން ވެއެވެ. މީދާ ބޭނުންކޮށްގެން ހަދާފައިވާ މިދިރާސާއިން އެނގުނު ގޮތުގައި ކާބަޒޯލް ގެ އެހީގައި އާމަނަކަ ތެލުގެ ސަބަބުން ކުރިމަތިވާ ބޭރަށް ހިންގުން ކޮންޓްރޯލް ކުރެވިދާނެ އެވެ. މިނިޔަތުގައި ހިކަނދިފަތް ބޭނުންކުރާއިރު ރޯކޮށް ހުއްޓައި ބޭނުންކުރެވިދާނެ އެވެ. ނުވަތަ ހިކަނދި ފަތުން ޖޫސް ތައްޔާރުކޮށްގެން ވެސް ބޭނުންކުރެވިދާނެއެވެ.


(ށ) - އެންޓިއޮކްސިޑެންޓް ތައް ހުރުން : ދިރާސާއަކުން (އިންޑިޔާގެ ބެންގަލޫރުގައި ހުންނަ ޖަވާހިރު ލާލު ނެހުރޫ ޔުނިވަސިޓީގެ ސެންޓަރ ފޮރ އެޑްވާންސްޑް ސައިންޓިފިކް ރިސާރޗް، މޮލިކިޔުލަރ ޕެރަސިޓޮލޮޖީ، އެންޑް ޕްރޮޓީން އިންޖިނިއަރިންގ ލެބޯޓްރީގައި ހަދާފައިވާ) އެނގިފައިވާ ގޮތުގައި ހިކަނދިފަތުގައި ވަރަށް ބައިވަރު އެންޓިއޮކްސިޑެންޓް ތައް ހުރެއެވެ. އެގޮތުން ހިކަނދި ފަތުގައި ހުންނަ އެންޓިއޮކްސިޑެންޓް ތަކުގެ ތެރޭގައި ވިޓަމިން އޭ، ވިޓަމިން ބީ، ވިޓަމިން ސީ، ވިޓަމިން އީ ހިމެނެއެވެ. މިއީ ފްރީރެޑިކަލްތަކުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށްދީ، ތަފާތު ބަލިތަކުން ހަށިގަނޑު ރައްކާތެރިކުރުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ.
(ނ) - ބަނޑާއި ގޮހޮރުގެ ރައްކާތެރިކަން : ހިކަނދި ފަތަކީ ބަނޑު ފަސޭހަކޮށްދޭ އެއްޗެކެވެ. ހަޖަމު ގޯސްވެފައިވާނަމަ ހިކަނދި ފަތުން ޖޫސް ތައްޔާރުކުރުމަށްފަހު ލުނބޯ ޖޫހާ އެއްކޮށްގެން ބޭނުންކުރެވިދާނެ އެވެ. ހިކަނދިފަތް ފުޑުމަށްފަހު ހެދޭ ހަވާދު ގަނޑު، ބަޓަރު މިލްކާ އެއްކޮށްގެން ކޮންމެ ދުވަހަކު ހެދުނު ހުސްބަނޑާހުރެ ބޭނުންކުރުމަކީ ހަޖަމުގެ މައްސަލަތައް ރަގަޅުކޮށްދީ، ބަނޑު ފަސޭހަކޮށްދޭނެ ކަމެކެވެ.

(ރ) - ހަކުރު ބަލި ކޮންޓްރޯލްކުރުން : ހަކުރު ބަލި ޖެހިފައިވާ މީދާ ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއަކުން (އިންޑިޔާގެ މެޑްރާސްގައި ހުންނަ ޔުނިވަސިޓީ އޮފް މެޑްރާސްގައި ހަދާފައިވާ ދިރާސާ އަކުން) އެނގިފައިވާ ގޮތުގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކުރުމަށް ހިކަނދިފަތުން ފައިދާ ލިބިގަނެވިދާނެ އެވެ.

(ބ) - ސަރުބީ ދަށްކުރުން : ހިކަނދިފަތް ބޭނުންކުރުމަކީ ހަށިގަނޑުގައި ހިމެނޭ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭނެ ކަމެކެވެ. ދިރާސާއަކުން (އިންޑިޔާގެ ކެރެލާ ޔުނިވަސިޓީގައި ހަދާފައިވާ ދިރާސާއަކުން) އެނގިފައިވާ ގޮތުގައި ހިކަނދި ފަތުގައި ލޭގައި ހުންނަ ނުރަގަޅު ކޮލެސްޓްރޯލް ދަށްކުރުމުގެ ބާރު އެކުލެވިގެން ވެއެވެ.

(ޅ) - ލޮލުގެ ފެނުން ރަގަޅުކޮށްދިނުން : ހިކަނދި ފަތަކީ ވިޓަމިން އޭގެ ރަގަޅު މަޞްދަރެކެވެ. ވިޓަމިން އޭގައި ލޮލުގެ ހާމަ ދުލި ރައްކާތެރިކޮށްދެނިވި ކެރޮޓިނޮއިޑް ތައް ހުރެއެވެ. ވިޓަމިން އޭ ގިނައިން ހުރުމަކީ ލޮލުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން އިތުރުކޮށްދޭނެ ކަމެކެވެ.

(ކ) - ކެންސަރުން ރައްކާތެރިކޮށްދިނުން : ހިކަނދި ފަތުގައި ހިމެނޭ "ފީނޯލް" ފަދަ ކެމިކަލް ކަމްޕައުންޑް ތަކަކީ ލޭގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު އަދި ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. ޖަޕާންގެ މީޖިއޯ ޔުނިވަސިޓީގައި ހަދާފައިވާ ދިރާސާ އަކުން އެނގިފައިވާ ގޮތުގައި ހިކަނދި ފަތުގައި ހުންނަ ކާބަޒޯލް އަކީ ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ލިބިފައިވާ މާއްދާ އެކެވެ.

(އ) - އިންފެކްޝަން ތަކުން ރައްކާތެރިކުރުން : ދިރާސާތަކުން އެނގޭ ގޮތުގައި ހިކަނދި ފަތަކީ ބެކްޓީރިޔާ އަދި ފަންގަސް އިންޖެހޭ ތަފާތު އިންފެކްޝަން ތަކުން ރައްކާތެރިވުމަށް ބޭނުންކުރެވިދާނެ ބާވަތެކެވެ.

(ވ) - މޭގަނޑު ރައްކާތެރިކޮށްދިނުން : މޭގަނޑަކީ ހަޖަމުކުރާ ނިޒާމުގައި މުހިއްމު ދައުރެއް އަދާކުރާ ގުނަވަނަކަށް ވުމުން ތަފާތު ބެކްޓީރިޔާ، ވައިރަސް ފަދަ ޖަރާސީމު ތަކުން ޖެހޭ ބަލިތަކުންނާއި، ފްރީރެޑިކަލް ތަކުން ލިބޭގެއްލުންތަކުން މޭގަނޑު ހިމާޔަތްކޮށް ރައްކާތެރިކަންމަތީ ދެމިހުރުމަކީ މުހިއްމު ކަމެކެވެ. ދިރާސާ އަކުން އެނގިފައިވާ ގޮތުގައި ހިކަނދިފަތުގައި ހިމެނޭ ކާބަޒޯލް އަދި ޓެނިން އަކީ މޭގަނޑު ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ ބާރު ލިބިފައިވާ މާއްދާ ތަކެކެވެ. މީގެ އިތުރުން މިމާއްދާތަކަކީ މޭގަނޑު ދުޅަވުމާއި، މޭގަނޑުގައި ލަކުނުލުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެސް އެހީތެރިވެދޭ މާއްދާ ތަކެކެވެ.

(މ) - އިސްތަށީގެ ދުޅަހެޔޮކަން ދެމެހެއްޓުން : ގަބޫލުކުރެވިފައިވާ ގޮތުގައި ހިކަނދި ފަތަކީ އިސްތަށިތަކުގެ ބުޑު ވަރުގަދަކޮށްދޭ އެއްޗެކެވެ. އެގޮތުން ހިއްކާފައިވާ ހިކަނދިފަތުގެ ޕޭސްޓު، ތެލާއި އެއްކޮށްގެން ބޮލުގައި އުގުޅިދާނެ އެވެ. އަދި އިސްތަށީގައި ނުރަޖަހާފައިވާ ނަމަވެސް ހިކަނދިފަތުގެ ޕޭސްޓު ބޮލުގައި އުގުޅިދާނެއެވެ. ގަވާއިދުން މިގޮތަށް އިސްތަށިގަނޑުގައި ހިކަނދި ފަތުން ތައްޔާރުކުރެވޭ ޕޭސްޓު އުގުޅުމަކީ ބޮލުގެ އިސްތަށިގަނޑު ވަރުގަދަވާނޭ ކަމެކެވެ.

(ފ) - ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ހިކަނދި ފަތަކީ ހަމުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ވެސް ބޭނުންކުރެވިދާނެ ފަތެކެވެ. އެގޮތުން ހިކަނދި ފަތުން ތައްޔާރުކުރެވޭ ޕޭސްޓް ނުވަތަ ޖޫސް ކަނޑައިގެން ގޮސްފައިވާ ތަންތަނާއި، ނޫފައިގެންފައިވާ ތަންތަނާއި، ފަނިފަކުސަ ދަތްއަޅާ ތަންތަނުގައި އުގުޅިދާނެ އެވެ. މިއީ އެގޮތުން ހަމުގައި އުފެދޭ އުދަނގޫތައް ލުއިކޮށްދޭނެ ކަމެކެވެ.
މައުލޫމާތު :


No comments:

Post a Comment