Monday, December 23, 2013

ކުއްޅަފިލާ ފަތް

ކުއްޅަފިލާ ފަތް
ކުއްޅަފިލާ ފަތަކީ ބިމުން ފަޅައިގެން ބޮނޑިބޮނޑިއަށް ހެދޭ ވިނައެކެވެ. މީގެ ފަތްތައް ހުންނާނީ ކޮޅަށެވެ. މިއީ ކާންބޭނުން ކުރާ ފަތެކެވެ. އާންމު ގޮތެއްގައި މިފަތް ބޭނުންކުރަނީ ބަތްފަދަ ތަކެތި ކާއިރު ބޭނުންކުރާ ފަތެއްގެ ގޮތަށާއި، އަދި ސަޓަނި ހަދައިގެން ކެއުމަށެވެ. ކުއްޅަފިލާ ފަތް އާންމުކޮށް ހެދިފައިވަނީ ޖަންގަލީގެ ތެރޭގައި އައްސޭރި ފަށާއި ކައިރި ހިސާބުތަކުގައެވެ. އެހެންކަމުން ކުއްޅަފިލާ އަކީ ދޮންވެލީގައި ވެސް އަދި ކަޅުވެލީގައި ފަސޭހަ ކަމާއެކު ހެއްދޭނެ ފަތެކެވެ. ކުއްޅަފިލާ އާންމު ގޮތެއްގައި ހެދިފައި ހުންނަނީ ބިންމަތީގައި ވިނަ ފެތުރިފައި ހުންނަހެން ފެތުރިފައެވެ.

ދިވެހި ނަން : ކުއްޅަފިލާ ފަތް
އިގިރޭސި ނަން :  Launaea
ޢިލްމީ ނަން : Launaea Pinnatifida / Launaea sarmentosa

ކުއްޅަފިލާ ފަތުން ލިބިދާނެ ބައެއް ޞިއްޙީ ފައިދާތައް
·         ކުއްޅަފިލާ ފަތަކީ ގާތުންދޭ މައިންނަށް ބޭނުންކުރެވިދާނެ ރަގަޅު ފަތެކެވެ. އެހެނީ ކުއްޅަފިލާ ފަތް ބޭނުންކުރުމުން  އުރަމަތީގައި ކިރު އުފެދޭ މިންވަރު އިތުރުވެ، އުރަމައްޗަށް ކިރުއެރޭގޮތް ވެއެވެ.

·         ކުއްޅަފިލާ ފަތް ބޭނުންކުރުމަކީ ކެއްސުން ލުއިކޮށްދޭނެ ކަމެކެވެ.
·         ކުއްޅަފިލާ ފަތް ކައްކައިގެން ބޭނުންކުރުމަކީ ހަމުގެ ބަލިތަކަށާއި، މޭގަނޑު ދުޅަވެ ފުއްޕުން އަދި ހަޖަމު ގޯސްވުން ފަދަ މައްސަލަތަކަށް ފައިދާހުރި ކަމެއްކަމުގައި ބުނެވެއެވެ.
·         ގަދީމީ ބޭސްވެރިކަމުގައި ކުއްޅަފިލާ ފަތް މުގުރައި ޗަސްކޮށްގެން، ރާއްޖެ ބަލީގެ ތަދު ކެނޑުވުމަށާއި، ބޮލުގައި ރިހުން ކެނޑުވުމަށާއި، ހުންތިރިކުރުމަށް ބޭނުންކޮށްފައި ވެއެވެ.
·         ގަދީމީ ބޭސްވެރިކަމުގައި ކުޑަކުދިން ނުނިދުމުން ނިދިޖެއްސުމަށް ވެސް ކުއްޅަފިލާފަތް ބޭނުންކޮށްފައި ވެއެވެ.
·         ގަދީމީ ބޭސްވެރިކަމުގައި ބަނޑުހަރުވެފައިވާ މީހުންގެ ބަނޑު ފަސޭހަ ކުރުމަށާއި، ކުޑަކަމުދިއުމުގެ މައްސަލަ ހުންނަ މީހުންގެ ކުޑަކަމުދިއުން ފަސޭހަ ކުރުމަށް ވެސް ކުއްޅަފިލާ ފަތް ބޭނުންކޮށްފައި ވެއެވެ.
މައުލޫމާތު :

No comments:

Post a Comment