Monday, October 3, 2011

ނިޔަދުރު


ނިޔަދުރު
ނިޔަދުރު އަކީ ވަރަށް ހުތް މޭވާ އެކެވެ. މީގައި ލާނީ ހިތި ރަހަ އެކެވެ. މިހުންނަނީ މެދުވަރެއްގެ ފަޅޮލެއްގެ ސައިޒަށެވެ. ދިގުކޮށެވެ. ދޮންވުމުން ހުންނާނީ ރީނދޫ ކުލައިގައެވެ. މިއީ ފޮނިލުނބޯ، ދޯޅަނބު އަދި ވެސް އެހެން ހުތްމޭވާތަކާއި އެއް އާއިލާއަކަށް ނިސްބަތްވާ މޭވާ އެކެވެ. މީގެ ބޭރު ތޮށި ވަރަށް ބޯވާނެ އެވެ. ނިޔަދުރުގެ ވެސް ތަފާތު ވައްތަރުތައް ހުރެއެވެ. 
ދިވެހި ނަން : ނިޔަދުރު
އިގިރޭސި ނަން : Citron
ޢިލްމީ ނަން : Citrus Medica
އަސާސީ މާއްދާތައް
ޕްރޮޓީން
0.081 ގްރާމް
ފެޓް
0.04 ގްރާމް
ފައިބަރު
1.1 ގްރާމް
ވިޓަމިންތައް
ރައިބޯފްލެވިން
0.052 މިލިގްރާމް
ތިއެމިން
0.029 މިލިގްރާމް
ކެރޮޓީން
0.009  މިލިގްރާމް
ވިޓަމިން ސީ
368 މިލިގްރާމް
މަޢުދަންތައް
ކެލްސިއަމް
36.5 މިލިގްރާމް
ދަނގަޑު
0.55 މިލިގްރާމް
ފޮސްފަރަސް
16 މިލިގްރާމް















ނިޔަދުރުން އިން ލިބޭ ޞިއްޙީ ފައިދާތައް
·         ނިޔަދުރުގައި ހިމެނޭ ކެމިކަލްތައް : ނިޔަދުރުގައި ހިމެނޭ ކެމިކަލްތަކުގެ ތެރޭގައި، ސައިޓްރިކް އެސިޑް، އަދި ސަލްފަރިކް އެސިޑް ހުރެއެވެ. މީގެ އިތުރުން ގުލްކޯޒު ވެސް ހުރެއެވެ. ނިޔަދުރުގެ ތޮށީގައި "ސައިޓްރައިން" ފަދަ ވޮލަޓައިލް އޮއިލް ނުވަތަ ތެޔޮ މާއްދާ ހުރެއެވެ. ބުނެވޭގޮތުގައި ނިޔަދުރުގެ ތޮށިން އުފެއްދޭ ތެލަކީ ޖަރާސީމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ އެއްޗެކެވެ.
·         ހިމެނޭ ބައެއް ބާވަތްތައް : ނިޔަދުރުގައި ވިޓަމިން ސީގެ އިތުރުން ވިޓަމިން ބީގެ ވައްތަރުތައް ކަމުގައިވާ ނިއެސިން، ތިއެމިން، ރައިބޯފްލެވިން، ގެ އިތުރުން ވިޓަމިން އޭއާއި ގުޅުންހުރި ކެރޮޓީން ހިމެނެއެވެ. މީގައި ހިމެނޭ މައުދަންތަކުގެ ތެރޭގައި، ކެލްސިއަމް، ފޮސްފަރަސް، އަދި ދަގަނޑު ހިމެނެއެވެ.
·         ބައެއް މަންފާތައް : ނިޔަދުރަކީ ތަދުކެނޑުވުމާއި، ދުޅަތިރިކުރުމުގެ ބާރު އެކުލެވިފައިވާ އެއްޗެކެވެ. މިއީ ކާހިތް ޖައްސުވައި، ހަޖަމުކުރުން ރަގަޅުކޮށްދޭ އެއްޗެކެވެ. ހަށިގަނޑުގައި ފެންމަދުވިޔަނުދީ ހިފެހެއްޓުމުގައި ވެސް އެހީތެރި ވެދެއެވެ. ފުރަމޭގެ މަސައްކަތްތައް ރަގަޅަށް ހިންގުމަށް ބާރުއަޅައެވެ. ފަނީގެ ވައްތަރުތަކަށް ފަރުވާ ކުރުމުގައި ބައިވެރި ވެއެވެ. ލޭދައުރުކުރުން ރަގަޅުކޮށްދީ، ހިތުގެ މަސައްކަތްތައް ފުރިހަމަކުރުމަށް ވާގިވެރިވެއެވެ. މައްސަރު ކަންތަކާއި ގުޅިގެން ދިމާވާ މައްސަލަތަކުގައި ވެސް ނިޔަދުރު ބޭނުންކޮށް އުޅެއެވެ.
·         ނިޔަދުރު ޖޫސް : ނިޔަދުރު ޖޫސް ބޮޑަށް ބޭނުންކުރެވެނީ ހަޖަމުކުރުމާއި ގުޅުންހުރި މައްސަލަތަކަށް ފަރުވާ ކުރުމަށެވެ. ހަޖަމުކުރުމުގެ މަސައްކަތަށް ބޭނުންވާ ބައިލް ފުރަމޭއިން ދޫކުރުމަށް ފުރަމޭއަށް ބާރުއަޅައެވެ. މޭނުބައިކުރުމާއި، ހޮނޑުލުން، ފުރަގަސްފަރާތް ފޭބުން އަދި ފަނިވުން ފަދަ ހާލަތްތަކުގައި ވެސް ނިޔަދުރު ފަނި ބޭނުން ކުރެއެވެ. މިއީ ނޭފަތުން ލޭއައުން ހުއްޓުވައިދީ، ކެއްސުމާއި، ނޭވަޔަށް އުދަނގޫކުރުން، ފަދަ ހާލަތްތަކާއި، އަދި އަރިދަފުސް ރޯގާ ޖެހުމުން ވެސް ބޭނުންކުރަން ރަގަޅު ޖޫހެކެވެ. މައްސަރުކަންތައް ޖެހުމުން ބަނޑުގައި ރިހި އުދަގޫވާނަމަ ވެސް ނިޔަދުރު ފަނި އިޚްތިޔާރު ކުރެވިދާނެ އެވެ.
·         ނިޔަދުރު ފަތް : ބޭރުފުށުން ފެންނަން ހުންނަ ދުޅަ އާއި، ފާރު އަދި ތަދުވާ، ތަންތަނުގައި އުގުޅުމަށް ނިޔަދުރު ފަތް ބޭނުން ކުރެއެވެ. ހަމުގެ ބައެއް ކަހަލަ އިންފެކްޝަންތަކުގައި ވެސް ނިޔަދުރު ފަތުގެ ބޭނުން ހިފައެވެ. މިއީ ކެހުމާއި ހިރުވުން ކުޑަކޮށްދޭ އެއްޗެކެވެ.
·         ނިޔަދުރު އޮށުގެ ޕޭސްޓް : ނިޔަދުރު އޮށް ޗިސްކޮށް މުގުރައިގެން އުފައްދާ ޕޭސްޓް އަކީ ނަގުލަންދާށި ކަށިޖެހުމުން ބޭނުންކުރަން ރަގަޅު އެއްޗެކެވެ.
·         ކުރީޒަމާނުގައި އެކި މުޖުތަމަޢުތަކުގައި:
o       އިންޑިޔާ : އިންޑިޔާގައި ކުރީ ޒަމާނުގައި ދަތުރުފަތުރުކުރާއި ކުރިމަތިވާ މޭނުބައިކުރުމާއި،ހޮނޑުލުން، ހުއްޓުވުމަށް، ފުއްޕާމެޔާއި، ގޮހޮރުގެ ބަލިތަކަށް، ފަރުވާ ކުރުމަށް ނިޔަދުރު ބޭނުންކޮށްފައި ވެއެވެ. ބޭރަށްހިންގުމުގެ ވައްތަރެއް ކަމުގައިވާ ޑިސެންޓެރީ، އަދި އަނގައިން ދުވާ ނުބައި ވަސް ފިލުވާލުމަށް ނިޔަދުރު ތޮށި އިންޑިޔާގައި ބޭނުންކޮށްފައި ވެއެވެ.
o       ޗައިނާ : ޗައިނާގައި ނިޔަދުރު ތޮށި ބޭނުންކޮށްގެން ކެއްސުމާއި ބަނޑުގެ ރިހުމުގެ އުދަނގުލަށް ފަރުވާކޮށްފައި ވެއެވެ. އަދި ޓޮނިކެއް ގޮތަށް ވެސް ބޭނުންކޮށްފައި ވެއެވެ.
o       ހުޅަގު އެފްރިކާ : ރާއްޖެ ބަލި ފަދަ ހުޅުތަކާއި ގުޅުންހުރި ބަލިތަކަށް ފަރުވާކުރުމަށް ނިޔަދުރު ބޭނުންކޮށްފައި ވެއެވެ.
o       މެލޭޝިޔާ : ކާހިތް ޖެއްސުމަށާއި، ގޮހޮރުގައި އަށަގަންނަ ފަނި ބޭރުކުރުމަށް، އަދި ބަނޑުގައި ރިހުން ކުޑަކުރުމަށް ވެސް ނިޔަދުރުގެ ބާވަތްތައް ބޭނުންކޮށްފައި ވެއެވެ.
o       ޕެނަމާ : ވިހައިގެ އަސަރު ހަށިގަނޑުން ދުއްވާލުމަށް ނިޔަދުރުގެ ބައިތައް އެހެން ބާވަތްތަކާ އެއްކޮށްގެން ދީފައި ވެއެވެ.

މަޢުލޫމާތު:-

No comments:

Post a Comment