Friday, October 16, 2015

ފެނުގެ ޒަރީޢާއިން ފެތުިރޭ ބަލިތައް

ފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތައް
ފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތަކަކީ ސީދާ ފެނާއި، ތަފާތު ޖަރާސީމުތައް ތަޣައްޔަރުވުމުގެ ސަބަބުން ފެތުރޭ ބަލިތަކެކެވެ. ގިނަ ފަހަރު ފެން ޖަރާސީމުތަކާއި ތަޣައްޔަރުވަނީ އިންސާނުންނާއި، ޖަނަވާރުންގެ ބޮޑުކަމު ނަޖިސް ފެނާއި އެކުވެގެންނެވެ. ފެނުގެ ޒަރީއާއިން ފެތުރޭ ގިނަ ބަލިތަކުގެ ސަބަބުން ބޭރަށްހިންގުން ޖެހުން މެދުވެރި ކުރުވައެވެ.


ބޭރަށްހިންގުން ކުރިމަތި ކުރުވާ ބަލިތަކުގެ %80 ގުޅިފައިވަނީ ސާފު ނޫން ބޯފެން ބޭނުންކުރުމާއި، ރައްކާތެރި ގޮތުގައި ނަޖިސް ނައްތާލެވޭނެ ނަރުދަމާގެ ނިޒާމެއް ގާއިމުކުރެވިފައި ނެތުމާއި، އަދި ޞިއްޙީ ގޮތުން ގެންގުޅޭ ރަގަޅު ނޫން އާދަތަކާ އެވެ. ބޭރަށްހިންގުން ކުރިމަތިކުރުވާ ބަލިތަކުގައި އަހަރަކު 1.5 މިލިޔަން މީހުން ދުނިޔެ ދޫކުރާއިރ، އޭގެ ތެރޭގައި ގިނައަދަދަކަށް ކުޑަކުދިން ހިމެނޭކަން ފާހަގަ ކުރެވެއެވެ. އެއީ ގާތްގަނޑަކަށް ދުވާލަކު 2000 އަށްވުރެ ގިނަ މީހުންނެވެ.



ބޭރަށްހިންގުން ކުރިމަތިކުރުވާ ބަލިތަކުގައި މީހުން މަރުވާ މައިގަނޑު ސަބަބަކީ ހަށިގަނޑުން ލޮނާއި، ފެންމަދުވުމެވެ. މިފަދަ ބަލިތަކުގައި ގިނަ މީހުން (ގާތްގަނޑަކަށް %58) މަރުވަނީ ތަރައްގީވަމުން އަންނަ ގައުމުތަކުގައެވެ. އެއީ ރައްކާތެރި ސާފު ބޯފެން ނުލިބުމާއި، ނަރުދަމާގެ ރަގަޅު ނިޒާމެއް ގާއިމްކުރެވިފައި ނުވުމާއި، ޞިއްޙީ ގޮތުން ރަގަޅު ނޫން އާދަތަކެއްގެ ގެންގުޅުމުގެ ސަބަބުންނެވެ. ފެނުގެ ޒަރީޢާއިން ޖެހޭ އެހެން ބަލިތަކުގެ ސަބަބުން ބޭރަށްހިންގުން ނުޖެހުނުނަމަވެސް އެފަދަ ބަލިތަކުގެ ސަބަބުން، ކާނާ ގޯސްވުން، ހަމުގެ މައްސަލަތައް، އަދި ހަށިގަނޑުގެ ގުނަވަންތަކަށް ގެއްލުން ލިބުމަކީ ވެދާނެ ގޮތެކެވެ.


ފެނާއި ގުޅުންހުރި ބަލިތައް
ފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތަކަކީ ފެނާއި ގުޅުންހުރި ބަލިތައް ބަހާލެވިފައިވާ 4 ބައިގެ ތެރެއިން އެއްބައެވެ. އެހެންކަމުން ފެނާ ގުޅުންހުރި ބަލިތައް ބަހާލެވިފައިވާ މައިގަނޑު ބައިތަކަކީ:-

·         ފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތައް : މިއީ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ބޯފެން ބުއިމުގެ ސަބަބުން ޖެހޭ ބަލިތަކެވެ. މީގެ ތެރޭގައި ޓައިފޮއިޑް ހުން، ހެޕަޓައިޓިސް އޭ، ގިއާރޑިއޭސިސް، އަދި ކޮލެރާ ފަދަ ބަލިތައް ހިމެނެއެވެ. މިފަދަ ބަލިތައް ރައްކާތެރި ސާފު ބޯފެން ބޭނުންކުރުމުން ހުއްޓުވިދާނެ އެވެ.

·         ސާފު ބޯފެން ނުލިބުމާއި، ރަގަޅު ނަރުދަމާގެ ނިޒާމެއް ނެތުމުން ފެތުރޭ ބަލިތައް : މިއީ ބޯން ސާފުބޯފެން އެކަށޭނަ ވަރަށް ނުލިބުމާއި ، ފެނުގެ ދަތިކަން ކުރިމަތިވުމާއި، އެކަށޭނަ ގޮތުގައި ނަޖިސް ނައްތާލެވޭނެ ރަގަޅު ނަރުދަމާގެ ނިޒާމެއް ގާއިމުކުރެވިފައި ނެތުމުން އުފަންވެދާނެ ބަލިތަކެވެ. މިފަދަ ބަލިތަކުގެ ތެރޭގައި ވާބަލި ފަދަ ބަލިތައް ހިމެނެއެވެ. މިސާލަކަށް ކަސްއެޅުން، ޓްރެކޯމާ، ޝިގެއްލާ، އެމީބައިއޭސިސް، އަދި އެސްކަރިއޭސިސް ފަދަ ފަނިވުމުގެ ވައްތަރުތަކަކީ މިފަދަ ބަލިތަކެކެވެ.މިފަދަ ބަލިތަކުގެ ތެރޭގައި :-
o       ވާބަލި
o       ކަސްއެޅުން
o       ޓްރެކޯމާ
o       ޝިގެއްލާ
o       އެމީބައިއޭސިސް
o       އެސްކަރިއޭސިސް

·         ފެނަށް ބަރޯސާ ބަލިތައް : މިއީ އެޖަރާސީމެއްގެ ދިރިހުރުމުގެ ތެރޭގައި އެއްބައި ފެނުގެ ތެރޭގައި އަނެއްބައި، ޖަނަވާރެއްގެ ހަށިގަނޑުގައި ދިރިއުޅޭ ޕެރަސައިޓް ފަދަ އެއްޗެއްގައި ހޭދަކުރާ ޖަރާސީމުތަކުގެ ސަބަބުން ޖެހޭ ބަލިތަކެކެވެ. މިސާލަކަށް ފައިލޭރިޔާ، އަދި ބައެއް ކަހަލަ އެހެން ޕެރަސައިޓުން ޖެހޭ ބަލިތައް ހިމެނެއެވެ. މިފަދަ ބަލިތަކުގެ ތެރޭގައި :-
o       ފައިލޭރިޔާ
·         ފެނާއި ގުޅުންހުރި ދިރޭ ތަކެތީގެ ސަބަބުން ޖެހޭ ބަލިތައް : މިއީ ފެނާއި ގުޅުންހުރި ތަފާތު ޖަނަވާރާއި، ދިރޭ ސޫފާ ސޫފި ފަނިފަކުސަ ފަދަ ތަކެތިން ފެތުރޭ ބަލިތަކެވެ. މިސާލަކަށް ޑެންގީ ހުން، ރީނދޫ ހުން، ޗިކަންގުންޔާ، މެލޭރިޔާ، ފަދަ ބަލިތައް ފެތުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ދިރޭ އެއްޗަކީ މަދިރި އެވެ. މަދިރި ބިސް އަޅައި އާލާވުމަށް ފެންގަނޑެއް ބޭނުންވާނެ އެވެ. މިފަދަ ބަލިތަކުގެ ތެރޭގައި :-
o       ޑެންގީ ހުން
o       ޗިކަންގުންޔާ
o       ރީނދޫހުން
o       މެލޭރިޔާ
ނޯޓް : މިލިޔުމުގައި ބޮޑަށް ބަލާފައި މިވަނީ ފެނުގެ ޒަރީޢާއިން ފެތުރިދާނެ ބަލިތަކަށެވެ.


ފެނުގެ ޒަރީޢާއިން ޖެހިދާނެ ބަލިތައް ފެތުރޭގޮތް
ފެނުގެ ޒަރީޢާއިން ޖެހިދާނެ ބަލިތައް ފެތުރޭ މައިގަނޑުގޮތަކީ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެން ބުއިމަށް ބޭނުންކުރުމެވެ. ކާބޯތަކެތި ދޮންނަން ބޭނުންކުރާ ފެނަކީ ނަޖިހާއި އެކުވެ، ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެނެއް ކަމުގައިވާނަމަ، ސީދާ އެފެން ބޯން ބޭނުން ނުކުރިޔަސް، އެފެނުން ދޮވުނު، މޭވާ، ތަރުކާރީ، ފަތްޕިލާވެލި ފަދަ ތަކެތި ކެއުމުން ވެސް ބަލިޖެހިދާނެ އެވެ. ފެން ޖަރާސީމުތަކާއި ތަޣައްޔަރުވަނީ، އިންސާނުން، ނުވަތަ ޖަނަވާރުގެ ބޮޑުކަމުނަޖިހާއި، ފެން އެކުވެގެންނެވެ. ބޯން ސާފުބޯފެން އެކަށޭނަ ވަރަށް ނުލިބުމާއި ، ފެނުގެ ދަތިކަން ކުރިމަތިވުމާއި، އެކަށޭނަ ގޮތުގައި ނަޖިސް ނައްތާލެވޭނެ ރަގަޅު ނަރުދަމާގެ ނިޒާމެއް ގާއިމުކުރެވިފައި ނެތުމަކީ ފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތައް އުފަންވެގެން އައުމަށް މަގުފަހިކުރާނެ ކަންތައްތަކެވެ.


ފެނުގެ ޒަރީޢާއިން ފެތުރޭ އާންމު ބައެއް ބަލިތައް
ފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތަކަކީ ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތަކާ ދާދި އެއްގޮތް އެއްބަލިތަކެކެވެ. އެގޮތުން ފެނުގެ ޒަރީޢާއިން ފެތުރިދާނެ ބައެއް ބަލިތައް ތިރީގައި މިވަނީ އެވެ.
·         ފެނާއި ތަޣައްޔަރުވާ ބެކްޓީރިޔާގެ ސަބަބުން ފެތުރިދާނެ ބަލިތައް
o       ކޮލެރާ
o       ލެޖިއަނެލޯސިސް
o       ޝިގެއްލާ
o       ޓްރެކޯމާ      
·         ފެނާއި ތަޣައްޔަރުވާ ޕެރަސައިޓްގެ ސަބަބުން ފެތުރިދާނެ ބަލިތައް
o       ފަނިވުން
§         ރޮނދިފަނީގެ ސަބަބުން ފަނިވުން : އެންޓީރޯބިއޭސިސް
§         ދިގުފަނީގެ ސަބަބުން ފަނިވުން : އެސްކަރީއޭސިސް
§         ޗާބޫކު ފަނީގެ ސަބަބުން ފަނިވުން : ޓްރައިކިއޫރިއޭސިސް
§         ބުޅި ފަނީގެ ސަބަބުން ފަނިވުން : އެންކައިލޮސްޓޯމިއޭސިސް
o       ގިއާރޑިއޭސިސް
o       ކްރިޕްޓޯސްޕޮރީޑިއޯސިސް
·         ފެނާއި ތަޣައްޔަރުވެފައިވާ ވައިރަސްގެ ސަބަބުން ފެތުރިދާނެ ބަލިތައް
o       އެޑީނޯ ވައިރަސް އިންފެކްޝަން
ފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތައް ޖެހުމުން ފެނިދާނެ އާންމު އަލާމާތްތައް
ފެނުގެޒަރީޢާއިންފެތުރޭބަލިތައްޖެހުމުންފެނިދާނެއާންމުއަލާމާތްތަކުގެތެރޭގައިދިޔާކޮށް އަވަސްއަވަހަށް ބޮޑުދާންޖެހުން (ބޭރަށްހިންގުން)، މޭނުބައިކުރުން، ހޮނޑުލެވުން، ބަނޑުގައި ރިހުން، ބަނޑުފުއްޕުން، އަދި ބޮޑުކަމުދިއުމުގެ އިހްސާސް އައުމަށްފަހު ހިފަހައްޓަން ދަތިވުން ފަދަ ކަންތައްތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ބައެއް ހާލަތްތަކުގައި ބޮޑުކަމުދާ ނަޖިހުގައި ލޭ ނުވަތަ ދަވަ ހުރުން އަދި ހުންއައުން ފަދަ ކަންތައްތައްވެސް ކުރިމަތިވެއެވެ. ފެނުގެ ޒަރީޢާއިން ފެތުރޭ ގިނަ ބަލިތަކަކީ ކުރިން ވެސް ބުނިހެން އޭގެ ސަބަބުން ބޭރަށްހިންގުން ކުރިމަތިކުރުވާ ބަލިތަކެއް ކަމަށްވާތީ ހަށިގަނޑުން ފެނާއި ލޮނު މަދުވުމަކީ މިފަދަ ބަލިތަކާއި ގުޅިގެން ދިމާވުން ވަރަށް އެކަށީގެންވާ ކަމެކެވެ. ހަށިގަނޑުން ލޮނާއި، ފެންމަދުވުމުން ފެނިދާނެ އާންމު އަލާމާތްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ކަރުހިއްކުން، ކުޑަކަމުދެވޭލެން މަދުވުން، ހަންގަނޑު ހިކިވެ، ދޫވެ ރޫޖެހިފައިހުރުން، އަނގަޔާއި ދޫ ހިކިފައި ހުރުން، ލޯވަޅުވަނުން، ވަރުބަލިވުން، ބޯއެނބުރުން، ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަވުން، އަވަސް އަވަހަށް ފުންކޮށް ނޭވާލުން، ލަސްލަހުން ވިންދުންޖެހުން، ލޭގެ ޕްރެޝަރު ދަށްވުން، އަދި ވާނުވާ ނޭގުން ފަދަ ކަންތައް ހިމެނެއެވެ.


ފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުން
·         ރައްކާތެރިގޮތުގައިބޯފެންބޭނުންކުރުން : ރައްކާތެރިގޮތުގައިބޯފެންބޭނުންކުރުމަށްކުރެވިދާނެކަންތައްތަކުގެތެރޭގައި
o       ކައްކައިގެންބޯފެންބޭނުންކުރުން
o       ފުޅީގައިބަންދުކުރިމިނެރަލްވޯޓަރ ބޭނުންކުރުން
o       ސާފު ބޯފެން ލިބޭނޭ ވަޞީލަތެއް ހަމަޖެހިފައިހުރުން
o       ފެންވަރާށާއި އެހެނިހެން ކަންކަމުގައި ބޭނުންކުރެވޭ ފެންވަޅުތަކަށް ކްލޮރިން އެޅުން
o       ވަޅުވަޅާއި ފެން ތާނގީ ފަދަ ތަކެއްޗަށް ކުނިބުނި އެޅޭނެގޮތަށް ނުބެހެއްޓުން
o       ވަޅުވަޅާއި، ފެން ތާނގީ ފަދަ ތަކެއްޗަށް ދިރޭ ސޫފާސޫފި ވަދެވޭނެ ގޮތަށް ނުބެހެއްޓުން
o       ކެއްކުމަށާއި ،ކާބޯތަކެތި ދޮވެހެދުމަށް ސާފު ބޯފެން ބޭނުންކުރުން
·         ރައްކާތެރި ގޮތުގައި ނަޖިސް އަދި ކުނިބުނި ނައްތާލުން
o       ރަގަޅު ނަރުދަމާ ނިޒާމެއް ގާއިމުކުރުން
o       ފަސް މައްޗަށް ބޮޑުކަމުނުދިއުން
o       ނެޕީ ފަދަ ތަކެތި ބޮޑު ކަމު ނަޖިހާއެކު ކުނިގޮޑަށް އުކާނުލުން
·         އާންމު ސާފުތާހިރުކަމަށް ރައްކާތެރިވުން
o       ކެއުމުގެ ކުރިން ދެއަތް ސާބޯނިލައިގެން ރަގަޅަށް ދޮވުން
o       ފާޚާނާކޮށް ނިމިގެން ދެއަތް ސާބޯނިލައިގެން ރަގަޅަށް ދޮވުން
o       ކާތަކެތީގައި އަތްލުމުގެ ކުރިން ދެއަތް ސާބޯނިލައިގެން ރަގަޅަށް ދޮވުން
o       ކެއްސާ ކިނބިހިއަޅާއިރު އަނގަޔާއި، ނޭފަތް ނިވާކުރުން
o       އަނގަޔާއި ނޭފަތަށް އަތްލުމުގެ އާދައިން ދުރުހެލިވުން

މައުލޫމާތު :

No comments:

Post a Comment