Tuesday, September 13, 2011

އަލަނާސި

އަލަނާސި
އަލަނާސި އަކީ ހުތް ފޮނި ރަހައެއްދޭ ވަރަށް ތިރިކޮށް ހެދޭ ގަހެއްގައި އަޅާ މޭވާ އެކެވެ. ރޯކޮށް ހުއްޓައި މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ތަފާތު ކެއުމުގެ ވައްތަރުތަކުގައި ހިމަނައިގެން ވެސް އަލަނާސި ބޭނުން ކުރެއެވެ.
ދިވެހި ނަން : އަލަނާސި
އިގިރޭސި ނަން : Pineapple
ޢިލްމީ ނަން : Ananas Sativus
އަލަނާސީގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
50 ކިލޯކެލަރީ
ސޯޑިއަމް
1 މިލިގްރާމް
ފެޓް
0.12 ގްރާމް
ޕޮޓޭސިއަމް
109 މިލިގްރާމް
ކާބޯހައިޑްރޭޓް
13.52 ގްރާމް
މަޢުދަންތައް
ޕްރޮޓީން
0.54 ގްރާމް
ކެލްސިއަމް
13 މިލިގްރާމް
ފައިބަރު
1.4 ގްރާމް
ކޮޕަރ
0.110މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
ދަނގަޑު
ފޮލިކް އެސިޑް
18 މައިކްރޯ ގްރާމް
މެގްނީޒިއަމް
12 މިލިގްރާމް
ނިއެސިން
0.500 މިލިގްރާމް
މެންގަނީޒް
0.927 މިލިގްރާމް
ޕައިރިޑޮކްސިން
0.112 މިލިގްރާމް
ޒިންކް
0.12 މިލިގްރާމް
ރައިބޯފްލެވިން
0.018 މިލިގްރާމް
ފޮސްފަރަސް
8 މިލިގްރާމް
ތިއެމިން
0.079 މިލިގްރާމް


ވިޓަމިން ސީ
47.8 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
58 އައިޔޫ
ކެރޮޓީން ބީޓާ
35 މައިކްރޯ ގްރާމް
ވިޓަމިން އީ
0.02 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
0 މައިކްރޯ ގްރާމް
ވިޓަމިން ކޭ
0.07މައިކްރޯ ގްރާމް
ކްރިޕްޓޯޒެންތިން ބީ
0 މައިކްރޯ ގްރާމ


















·         ބްރޯމެލައިން : އަލަނާސީގައި "ބްރޯމެލައިން" (Bromelain) ކިޔާ ޕްރޮޓީން ވަކިކޮށް ބައިބައިކުރާ ވަރަށް މުހިއްމު އެންޒައިމެއް ހުރެއެވެ. ބްރޯމެލައިން އަކީ ހަށިގަނޑުގެ ދުޅަތިރިކޮށްދީ، ކަރުތެރެ ހަލާކުވުމާއި، ހުޅުތައް ދުޅަވުން ފަދަ ބަލިތައް ފަސޭހަވުމަށް އެހީތެރިވެދޭ އެންޒައިމެކެވެ. ބްރޯމެލައިންގެ ފައިދާ ބޮޑަށް ހަށިގަނޑަށްކުރަނީ ދެކެއުން ދެމެދުގައި އެހެން ކާތަކެއްޗާއި ވަކިން ބޭނުންކުރުމުންނެވެ. ނަމަވެސް އެހެނިހެން ކާތަކެއްޗާއި އެކު އަލަނާސި ބޭނުންކުރުމަކީ ކާތަކެތި ހަޖަމުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ޖަރުމަނު ވިލާތުގައި ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި ސައިނަސް ޖެހުނު ކުޑަކުދިންނަށް ފަރުވާކުރުމަށް އަލަނާސީގައި ހިމެނޭ ބްރޯމެލައިން ބޭނުންކުރުމުން އެކުދިން ވަރަށް އަވަހަށް ފަސޭހަވެ ރަގަޅުވެފައި ވެއެވެ.

·         އެންޓި އޮކްސިޑެންޓު : އަލަނާސި އަކީ އެންޓި-އޮކްސިޑެންޓު (Anti-oxidants) ތަކުން މުއްސަދިވެފައިވާ ކާނާ އެކެވެ. އަލަނާސި އަކީ ވިޓަމިން ސީ ލިއްބައިދޭ ރަގަޅު މަޞްދަރަކަށްވާތީ، ހަށިގަނޑުގެ ދުޅަހެޔޮ ސެލްތަކަށް ހަމަލާދޭ، "ފްރީ ރެޑިކަލް" ތަކުން އަލަނާސި ކެއުމުން ހަށިގަނޑު ހިމާޔަތްކޮށްދެއެވެ. ފްރީ ރެޑިކަލް ހަށިގަނޑުގައި ޖަމާވެ ގިނަވުމަކީ، ލޭހޮޅިތަކާއި ހިތުގެ ބަލިތައް ޖެހުމާއި، ހަކުރުބަލިޖެހުމާއި، ނޭވަޔަށް އުނދަގޫކުރުން މެދުވެރިކޮށް، ގޮހޮރުގެ ކެންސަރު ފަދަ ކެންސަރުތަކަށް މަގުފަހި ކުރުވާ ކަމެކެވެ.  ވިޓަމިންސީ އަކީ ދިފާޢީ ބާރު ރަގަޅުކޮށްދޭ މާއްދާއަކަށްވާތީ، އަރިދަފުސްރޯގާ ފަދަ ބަލިތައް ވިޓަމިންސީ ބޭނުންކުރާނަމަ ވަރަށް އަވަހަށް ރަގަޅުވެއެވެ.

·         މެންގަނީޒް : އަލަނާސީގައި ގިނަ އަދަދަކަށް "މެންގަނީޒް" (Manganese)  ހުރެއެވެ. މެންގަނީޒް އަކީ ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް ބޭނުންވާ ބައެއް އެންޒައިމްތަކުގެ މަސައްކަތަށް ބޭނުންތެރި މާއްދާ އެކެވެ. މެންގަނީޒް އަކީ ކަށި އުފެދުމުގައި ދައުރެއް އަދާކުރާ މައުދަނެއް ކަމުން، ޅަކުދިންގެ ކަށިތައް އުފެދި ބޮޑުވުމަށާއި، ބޮޑެތި މީހުންގެ ކަށިތައް ވަރުގަދަކުރުމަށް މެންގަނީޒް ބޭނުންވެއެވެ. މީގެ އިތުރުން ވިޓަމިންބީ1 ނުވަތަ ތިއެމިން ވެސް ގިނަ އަދަދަކަށް އަލަނާސީގައި ހުރެއެވެ. ތިއެމިން އަކީ ވެސް ހަށިގަނޑުގައި ހަކަތަ އުފެއްދުމުގައި ބައިވެރިވާ އެންޒައިމްތަކަށް ބޭނުންވާ މާއްދާ އެކެވެ.
·         ލޮލުގެ ދުޅަހެޔޮކަން : އަލަނާސި އަކީ ލޮލުގެ ޞިއްޙަތަށް ވެސް ބޭނުންތެރި މާއްދާ އެކެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވުމުން ދިމާވާ ލޮލުގެ މައްސަލަތަކުން ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް އެހީތެރި ވެދެއެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި 3 ފަހަރު އަލަނާސި ފަދަ އެންޓި-އޮކްސިޑެންޓް ލިބޭ ކާނާ ބޭނުންކުރުމަކީ އުމުރުން ދުވަސްވުމުން ލޮލަށްދިމާވާ "މެކިޔުލަރ ޑިޖެނެރޭޝަން" (Macular degeneration) އޭ ކިޔާ ޙާލަތު މެދުވެރިވުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.
·         ލޭމައްޗަށްދިއުމުގެ ފުރުޞަތު ކުޑަކޮށްދިނުން: އަލަނާސީގައި ތެލާއި ސަރުބީ އެކުލެވެނީ ވަރަށް މަދުންނެވެ. އަދި ސޯޑިއަމް ނުވަތަ ލޮނު ވެސް ހުންނަނީ މަދު މިންވަރަކަށެވެ. ތެޔޮ، ސަރުބީ، އަދި ލޮނު ހަށިގަނޑުގައި ގިނަވުމަކީ ލޭމައްޗަށް ދިއުމަށް މަގުފަހިކުރާ ކަންތައްތަކެކެވެ. ލޭމައްޗަށްދަނީ ލޭހޮޅީގެ ތެރޭގައި އާދަޔާ ޚިލާފަށް ލޭދައުރުވާ ބާރުމިން މަތިވުމުންނެވެ. މިކަން ކުޑަކުރުމަށް ސޯޑިއަމް މަދުވެ، ޕޮޓޭސިއަމް ގިނަވާންޖެހެއެވެ. ކުރިން ވެސް ބުނެވުނު ފަދައިން އަލަނާސީގައި ސޯޑިއަމް އެކުލެވެނީ ވަރަށް މަދުންނެވެ. އަދި ޕޮޓޭސިއަމް ގިނަ އަދަދަކަށް ހުރެއެވެ. 1 ޖޯޑު އަލަނާސީގައި 1 މިލިގްރާމް ސޯޑިއަމް ހުންނައިރު، 195 މިލިގްރާމް ޕޮޓޭސިއަމް ހުރެއެވެ.
·         ހަމުގެ ރީތިކަން ދެމެހެއްޓުން: އަލަނާސީގައި ހަން އޮމާންކަމާއި ވާންކަންމަތީ ބަހައްޓައިދިނުމުގައި އެހީވާ އެންޒައިމް ހުރެއެެ. އަދި މިއެންޒައިމްތައް ހުރުމަކީ ހަމުގައި ފެން އެކުލެވޭ މިންވަރު މަތިކޮށް (ހަން ހިކުނަނުދީ)، ހަމުގައި ހަލާކުވެ، މަރުވެފައި ހުންނަ ސެލްތައް ނައްތާލުމަށް އެހީތެރިވާ ކަމެކެވެ. މީގެ އިތުރުން ހަމުގެ ބައެއް ބަލިތަކަށް ފަރުވާގެ ގޮތުގަޔާއި، ލޭހޮޅިތަކުގެ ތެރޭގައި އުފެދޭ ގަނޑުލޭކޮޅު ވިރުވައި ނައްތާލުމުގައި ބްރޯމެލައިންގެ ބޭނުން ހިފައެވެ.
·         ބަރުދަން ލުއިކުރުމަށް އެހީތެރިވުން: އަލަނާސި ކެއުމުގައި ބޭނުންކުރުމުން ބަރުދަން ލުއިވަނީ އަލަނާސި ކެއުމުން ހަށިގަނޑަށް މާގިނަ ސަރުބީ އެއް ލިބުމެއްނެތި، ފުރިފައި ހުންނަ އިހްސާސެއް ގެނެސްދޭތީ އެވެ. މީގެ އިތުރުން އަލަނާސީގައި އެކުލެވޭ ތަބީޢީ ފޮނި ރަހައަކީ އެހެން ފޮނިތަކެއްޗަށް ހިތްޖެއްސުން ކުޑަކޮށްދޭ ކަމެކެވެ.
·         އެހެނިހެން ޞިއްޙީ ފައިދާތައް :-
-          ބައެއް ބަލިތައް ފަސޭހަވެ، ރަގަޅުކުރުމުގައި އެހީތެރިވުން : މިސާލަކަށް، ހަޖަމުކުރުމުގައި ދިމާވާ މައްސަލަތައް، ހުޅުގެ ބަލިތައް (ރާއްޖެބަލި)، އަދި ވައިނޮޅީގެ ކަފިދުޅަވުން ފަދަ ބަލިތައް
-          އަނގަޔާއި ކަރުތެރޭގައި ދަވަ އުފެދުން : އަލަނާސީގައި ހިމެނޭ ބްރޯމެލައިން އަކީ ކަރުތެރޭގައި ހަރުލާފައި ހުންނަ ތަތް އޮލަދަވަތައް، ދިޔާކޮށް ބޭރުކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
-          ބަނޑުހިކުން ނުވަތަ ބަނޑުހަރުވުން : އަލަނާސީގައި ފައިބަރު ގިނައިން އެކުލެވޭތީ ބަނޑުހިކުން ފަަދަ މައްސަލަތަކަށް އަލަނާސި ބޭނުންކުރުމުން ލުއިކަން ލިބިދެއެވެ.
-          ގޮހޮރުގެ ތެރޭގައި ހުންނަ ފަނި ބޭރަށް ނެރުމަށް ތާޒާ އަލަނާސި ޖޫސް ބޭނުންކުރެވެއެވެ.
-          ކަރުފޮޅު އަދި ކަރުތެރޭގައި އުފެދޭ އެހެން ބަލިތަކަށް ފަރުވާގެ ގޮތުގައި ވެސް ތާޒާ އަލަނާސި ޖޫސް ބޭނުންކުރެވެއެވެ.
-          މޭނުބައިކުރުމުން ދުރުކޮށްދިނުން: އެގޮތުން ދަތުރުމަތީގައި މޭނުބައިވެ ހޮނޑުލާގޮތް ވުމުން އަލަނާސި ޖޫހަކީ އަދި ރޯ އަލަނާސި އަކީ ބޭނުންކުރެވިދާނެ ރަގަޅު އެއްޗެކެވެ. މީގެ އިތުރުން މާބަނޑު ދުވަސްވަރު ކުރިމަތިވާ މޭނުބައި ކުރުމާއި ހޮނޑުލުމުގެ އުދަނގުލަށް ވެސް އަލަނާސި ބޭނުންކުރުމުން ލުއިކަން ލިބެއެވެ.
-          އަލަނާސީގައި އެކުލެވޭ ވިޓަމިންސީ ގެ ސަބަބުން ދަތްތަކުގައި ކޮބަޑިޖެހުމުން ދުރުކޮށްދީ، ހިރުގަނޑުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ.

މަޢުލޫމާތު:-

No comments:

Post a Comment