Thursday, December 10, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 2 ވަނަ މަސް


ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : ދެވަނަ މަސް
ތުއްތު ދަރިފުޅު މިހާރުވާނީ ގާތްގަނޑަކަށް "ގުރުދާ ތޮޅި"އެއްގެ ވަރެވެ. އަދި ހުއްޓުމެއްނެތި ހަރަކާތް ކުރާނެއެވެ. ވަކިކުރަންނޭނގޭ ކޮންމެވެސް ވަރަކަށް އެކުވެފައިވާ އަތުގެ އިނގިލިތައް ހުންނާނެ އެވެ. ކުޑަދަރިފުޅު ހެދިބޮޑުވުމުގައި މިއީ ވަރަށް ނާޒުކު ދުވަސްވަރެކެވެ. އެހެނީ މިދުވަސްވަރު މައިމީހާ ބޭނުންކުރާ ބޭހެއްގެ ސަބަބުން، ނުވަތަ މައިމީހާގެ ހަށިގަނޑަށް ހުށަހެޅޭ ވައިރަސްއެއްގެ ސަބަބުން، ނުވަތަ މައިމީހާ ދިރިއުޅޭ މާހައުލަށް އަންނަ ބަދަލަކާއި ގުޅިގެން ކުރިމަތިވާ ކަމެއްގެ ސަބަބުން ކުޑަދަރިފުޅުގެ ހަށިގަނޑުގައި އުފަންވާ އިރު އައިބު ނުވަތަ އުނިސިފައެއް އުފެދިފައި ހުރުމަކީ ވެދާނެކަމެކެވެ.
ދެވަނަ މަހުގެ ތެރޭގައި ކުޑަދަރިފުޅު އުފެދިގެން އަންނަ މިންވަރު އަވަސްވެގެންދެއެވެ. މިމަސްނިމޭކޮޅު އުފެދެމުން އަންނަ ދަރިފުޅުގެ އަސާސީ ބައެއް ގުނަވަންތަކާއި، ނިޒާމްތައް އުފެދެންފަށައެވެ. މީގެ ތެރޭގައި ސިކުނޑި، ފުއްޕާމޭ، ފުރަމޭ އަދި މައިދާ ހިމެނެއެވެ. ލޮލުފިޔައާއި، ކަންފަތުގެ އެތެރެބައި އުފެދެއެވެ. ހަމަމިހެން ތަބިކައްޓާއި، ފައިގެއިގިލިތައް، ކުޑަހުޅާއި، އަތުގެއިގިލިތައް، އަދި ޖިންސީ ގުނަވަން އުފެދެން ފަށައެވެ. ކަށީގެ ފުރަތަމަ ސެލް ފާޅުވަނީ ވެސް މިމަހުގެ ތެރޭގައެވެ.

ދެވަނަ މަސް ނިމޭއިރު ކުޑަދަރިފުޅުގެ ދިގުމިނުގައި ހުންނާނީ 1އިންޗި އެވެ. ބަރުދަނުގައި 1އައުންސް ވެސް ހަމަ ނުވެއެވެ. ދެވަނަ މަސް ނިމޭ ހިސާބުން ފެށިގެން އުފެދެމުން އަންނަ ކުޑަދަރިފުޅަށް ކިޔަނީ ''ފީޓަސް'' (Fetus)އެވެ. ކުޑަކުއްޖެއްގެ ސިފަ ''ފީޓަސް''ގައި ޖެހެން ފަށައެވެ. ފިރިހެން ކުއްޖެއް ނަމަ ފިރިހެންހަށި ފާޅުވާން ފަށައެވެ.
ދެވަނަ މަހުގައި ހިމެނެނީ :
·         8 ވަނަ ހަފްތާ
·         9 ވަނަ ހަފްތާ
·         10 ވަނަ ހަފްތާ
·         11 ވަނަ ހަފްތާ
·         12 ވަނަ ހަފްތާ
އަށްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : -
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : -
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ގުރުދާ ތޮޅިއެއް ވަރު   
     
ތުއްތު ދަރިފުޅުގެ އަތްތިލައާއި، ފައިތިލަ އަންނާނީ އުފެދެމުންނެވެ. އަތާއި، ފައިގެ އިނގިލިތައް ހުންނާނީ އެއްވެ ގުޅިފައެވެ. ތުއްތު ދަރިފުޅުގެ ލޮލުގެ ދެބޮޑިން ލޯ އެއްކޮށް މިހާރު ފޮރުވޭނެ އެވެ. ނޭވާލުމުގެ ޝާމިލްވާ ހޮޅިތައް އަރުތެރެއިން ފެށިގެން އުފެދެމުން އަންނަ ފުއްޕާމެޔާއި، ހަމައަށް ދެމިގެންދާނެ އެވެ. ތުއްތު ދަރިފުޅުގެ ނިމޭކޮޅުން ނިގުލެއްގެ ސިފައިގައި އޮތްބައި މިހާރު އިންނާނީ ގާތްގަނޑަކަށް އެއްކޮށް ނެތިގޮސްފައެވެ. ތުއްތު ދަރިފުޅުގެ ސިކުނޑީގައި ހުންނަ ނާރު ސެލްތައް ކަފިކަފިވެ، އެކަތި އަނެކައްޗާއި ގުޅި، ނާރުތަކުގެ ނިޒާމުގެ ފެށުން އުފެދިގެންދާނެ އެވެ. ތުއްތު ދަރިފުޅުގެ ޖިންސު ވަކިކުރަން އެނގޭވަރަކަށް އަދި ޖިންސީ ގުނަވަނެއް ނުއުފެދޭނެ އެވެ. ތުއްތު ދަރިފުޅު މިހާރު ހުއްޓިނެތި ހަރަކާތް ކުރާނެއެވެ. 
އަށްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ސިކުނޑި : ތުއްތު ދަރިފުޅުގެ ސިކުނޑީގައި ހުންނަ ނާރު ސެލްތައް ކަފިކަފިވެ، އެކަތި އަނެކައްޗާއި ގުޅި، ނާރުތަކުގެ ނިޒާމުގެ ފެށުން އުފެދިގެންދާނެ އެވެ. 

ލޮލުގެ ބޮޑި : ދެފުށް ފެންނަ ގޮތަށް އިންނަ ތުއްތު ދަރިފުޅުގެ ލޮލުގެ ދެބޮޑިން ލޯ އެއްކޮށް މިހާރު ފޮރުވޭނެ އެވެ. 

އަތްތިލަ : އަތްތިލަ ހުންނާނީ އަތުގެ ކުޑަހުޅުން އެތެރެއަށް ލެނބި، ހިތާއި ދިމާލަށް ޖެހިފައެވެ. އަތުގެ އިނގިލިތައް އަދިވެސް ހުންނާނީ ކޮންމެވެސް ވަރަކަށް ގުޅިފައެވެ. ނަމަވެސް އިނގިލިތައް ކުރިޔަށްވުރެ ދިގުވާނެއެވެ. 

ކަކޫ ހުޅު : ތުއްތު ދަރިފުޅުގެ ކަކޫ ހުންނާނީ އުފެދިފައެވެ. ފައިތިލަ ގައިގައި ޖެހޭވަރަށް އުފެދިފައި ހުންނާނެ އެވެ. 

އަށްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
މައިމީހާއަށް ބަނޑުގައި ދަރިފުޅު ތޮޅޭކަމުގެ އިހުސާސް ނުކުރެވުނަސް، ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅު މިހާރު ހަރަކާތް ކުރާނެއެވެ. ނާރު ސެލްތައް ކަފިވެ، ނާރުތަކުގެ ނިޒާމު އުފެދެން ފަށާނެ އެވެ. ނޭވާލުމުގެ ޝާމިލްވާ ހޮޅިތައް އަރުތެރެއިން ފެށިގެން އުފެދެމުން އަންނަ ފުއްޕާމެޔާއި، ހަމައަށް ދެމިގެންދާނެ އެވެ. ތުއްތު ދަރިފުޅު ވާނީ ގާތްގަނޑަކަށް ގުރުދާ ތޮޅިއެއް ވަރެވެ.

ނުވަވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 1 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : އައުންސެއްގެ އެތިކޮޅެއް ވަރު
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : މޭބިސްކަދުރު އޮށެއް ވަރު    
  
ދުވަހެއް ދުވަހަކަށް ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި އިންސާނެއްގެ ސިފަ ޖެހެމުންދާނެ އެވެ. ހިތް ހުންނާނީ 4 ބަޔަށް ބެހި ނިމިފައެވެ. ހިތުގެ ވޭލްތައް އުފެދެން ފަށާނެ އެވެ. ކުދިކުދި ދަތްތައް އުފެދެން ފަށާނެ އެވެ. ނިގުލެއްގެ ގޮތުގައި ފެންނަން އިން ބައި މިހާރު އިންނާނީ އެއްކޮށް ނެތި ގޮސްފައެވެ. ގުނަވަންތަކާއި، މަސްތަކާއި، ނާރުތަކުގެ މަސައްކަތް މިހާރު ކުރިޔަށްދާނެ އެވެ. ޖިންސީ ގުނަވަން ހުންނާނީ އުފެދިފައެވެ. ނަމަވެސް އަދި ޖިންސު ވަކިކުރަން އެނގޭވަރެއް ނުވާނެއެވެ. ލޯ ހުންނާނީ އުފެދިފައެވެ. ނަމަވެސް ލޮލުގެ ދެބޮޑި އެއްވެ، ލެއްޕިފައި ހުރުމުން 27 ވަނަ ހަފްތާއާއި ޖެހެންދެން ލޮލެއް ނުހުޅުވޭނެ އެވެ. ނޭފަތުގެ ހިނދުރި، އަނގަ، ނޭފަތް، އަދި ކަންފަތުގެ ފޫޅު ކުރިޔަށްވުރެ ބޮޑަށް ފާހަގަކުރަން އެނގޭނެ އެވެ. 

ތުއްތު ދަރިފުޅާއި މައިމީހާ ގުޅުވައިދޭ މަސް މިހާރު އިންނާނީ އެކަށޭނަވަރަކަށް އުފެދިފައެވެ. މަހުން ހޯރމޯންތައް ވެސް އުފައްދަން ފަށާނެއެވެ. ތުއްތު ދަރިފުޅުގެ ބަރުދަން އިތުރުވާން ފަށާނެ އެވެ.
ނުވަވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ކޮރީއަނިކް ވިލައި : ކޮރީއަނިކް ވިލައި އަކީ މަހުން ބޭރަށް ނިކުމެފައިވާ ނިކުތުން ތަކެކެވެ. ނުވަތަ އުފުލިފައިވާ އުފުލުންތަކެކެވެ. "ކޮރީއަނިކް ވިލަސް ސާމްޕްލިންގ" ހެދުމަށް ސެލްތައް ނެގެނީ މިނިކުތުންތަކުގައި ހުންނަ ސެލްތަކުންނެވެ. 
ކަންފަތު ފޫޅު : ތުއްތު ދަރިފުޅުގެ ކަންފަތު ފޫޅު މިހާރު ހުންނާނީ އުފެދިފައެވެ.

ލޮލުގެ ބޮޑި : ލޮލުގެ ދެބޮޑި މިހާރު ހުންނާނީ އެއްވެ ބަންދުވެފައެވެ. އަދި 27 ވަނަ ހަފްތާއާއި ޖެހެންދެން ލޮލުގެ ބޮޑި ބަންދުވެފައި އިނުމުން ލޮލެއް ނުހުޅުވޭނެ އެވެ.

އަތުގެ އިނގިލިތައް : އަތުގެ އިނގިލިތަކުގެ ކޮޅު ހުންނާނީ ތަންކޮޅެއް ބޮޑުވެފައެވެ. އެއީ އަތުގެ އިނގިލިތަކުގެ ކޮޅުގައި "ޓަޗު ޕެޑު" އުފެދެމުންދާތީ އެވެ. 

ކޮނޑު : ތުއްތު ދަރިފުޅުގެ އަތްފައި މިހާރު ހަރަކާތްކުރާނެއެވެ. ކޮނޑުހުޅު، އުޅަބޮށި، އަތުގެ ކުޑަހުޅު، ކަކޫހުޅު، ތަބިކަށިހުޅު ފަދަ ހުރިހާ ބޮޑެތި ހުޅުތަކެއް ފުރިހަމައަށް މަސައްކަތްކުރާނެއެވެ. 

ނުވަވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅުގެ އަސާސީ ބައިތައް މިހާރު ހުންނާނީ އުފެދެން ފަށާފައެވެ. ކުޑަ ކަންފަތު ފޫޅެއް ވެސް އިންނާނެ އެވެ. ނަމަވެސް ރަނގަޅަށް ކަންފަތް ފުރިހަމަވުމަށް އަދި ދުވަސް ނަގާނެއެވެ. ތުއްތު ދަރިފުޅުގެ ފަހަތުގައި ލެވިފައިވި ނިގޫ މިހާރަކު ނުއިންނާނެ އެވެ. ބަރުދަނުގައި އައުންސެއްގެ އެތިކޮޅެއް ވަރު ހުރެދާނެ އެވެ. އެކަމަކު މިހާރު އެހުރީ ބަރުދަން އިތުރުވާން ފެށުމާއި، ގާތުގައެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް މޭބިސްކަދުރު އޮށެއް ވަރެވެ.

ދިހަވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : ¼ 1 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ¼ އައުންސްވުރެ ލުއި
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ކުދި އޮރެންޖެއް ވަރު    

މިހާރު ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ކުދި އޮރެންޖު ވަރެވެ. ބޮލުން ފެށިގެން ފަޔާއި ހަމައަށް އިންޗިއަކަށްވުރެ ތަންކޮޅެއް ދިގުވެދާނެ އެވެ. ބަރުދަން އައުންސެއްގެ ¼ އެއްބަޔަށްވުރެ ލުއިވާނެ އެވެ. ތުއްތު ދަރިފުޅުގެ ހެދިބޮޑުވުމުގެ އެންމެ ނާޒުކު އަދި މުހިއްމު ބައިތައް މިހާރު ހުންނާނީ އުފެދިފައެވެ. މިދުވަސްވަރަކީ ތުއްތު ދަރިފުޅުގެ ހެދިބޮޑުވުމުގައި އަންނަ "ފީޓަލް ޕީރިއަޑް"(fetal period) އޭ ކިޔޭ ދުވަސްވަރު ފެށޭ ހިސާބެވެ. ފީޓަލް ޕީރިއަޑް އަކީ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ގުނަވަންތަކާއި، ޓިޝޫތައް އަވަހަށް ހެދިބޮޑުވެ، ފައްކާވާ ދުވަސްވަރެވެ. 

ތުއްތު ދަރިފުޅު ފެންދުލީގައި އޮންނައިރު ފެން ބޮމުންގެންދާނެ އެވެ. ގުރުދާ، ގޮހޮރު، ސިކުނޑި، ފުރަމޭ ފަދަ ގުނަވަންތައް އޭގެ މަގާމުގައި މަސައްކަތް ކުރަން ފަށާނެއެވެ. މުޅި މާބަނޑު ދުވަސްވަރު ވެސް މިފަދަ ގުނަވަންތައް އިތުރަށް ހެދިބޮޑުވަމުން ދާނެއެވެ. ރަހިމުގެ ތެރެއަށް ނަޒަރު ހިންގައި ބަލައިފިނަމަ ފާހަގަވާނެ ކަންތައްތަކުގެ ތެރޭގައި އަތާއި، ފައިގެ އިނގިލިތަކުގައި ކުދިކުދި ނިޔަފަތިތައް އުފެދެމުން ދިއުމާއި، ހަމުގެ ލޯލި އިސްތަށިތަކެއް ފަޅަން ފެށުން ހިމެނެއެވެ. 

ތުއްތު ދަރިފުޅުގެ އަތްފައި މިހާރު ލެންބޭނެ އެވެ. އަތްތިލަ އިންނާނީ ގަޔާއި ކައިރިކުރެވި(އެތެރެ ފަރާތަށް ލެނބި) މޭގައި ޖެހިފައެވެ. ފައި މައްޗަށް ނެގުމުން ގައިގައި ޖެހޭވަރަށް ދިގުވެދާނެ އެވެ. ހަމުގެ ދަށުން މައިބަދައިގެ ބޭރު ރޮނގު ސާފުކޮށް ފެންނަން ހުންނާނެ އެވެ. ސްޕައިނަލް ކޯޑުން ނާރުތައް ނިކުންނަށް ފަށާނެ އެވެ. ސިކުނޑި ބޮޑުވާން ފެށުމުން ވަގުތީ ގޮތުން ނިއްކުރިމަތިން ބޭރަށް ނިކުމެފައި ހުންނާނެ އެވެ.  

ދިހަވަނަ ހަފްތާ : ތުއްތު ދަރިފުޅު ސިފަވާގޮތް
ސިކުނޑި : ސިކުނޑި އުފެދެމުންދާއިރު ތުއްތު ދަރިފުޅުގެ ނިއްކުރި ބޮޑުވެ، މައްޗަށްޖެހޭނެ އެވެ. 

އަތުގެ އިނގިލިތައް : އަތުގެ އިނގިލިތައް މިހާރު ހުންނާނީ ރީތިކޮށް ވަކިވެފައެވެ. އަދި ކުދިކުދި ނިޔަފަތިތައް ފަޅަން ފަށާނެ އެވެ.

ރަހިމު : ރަހިމުން ހުންނާނީ ވިހެއުމުގެ ކުރިން ހުރިވަރަށްވުރެ (ނާސްޕާތީއެއްވަރު) ދެގުނަ ބޮޑުވެ (ގްރޭޕްފުރުޓްވަރު) ފައެވެ. 

ޔޯކް ސެކް : ތުއްތު ދަރިފުޅުގެ ފުރަމެއިން މިހާރު ލޭގެ ސެލްތައް އުފައްދާނެއެވެ. ޔޯކް ސެކްގެ ބޭނުންގޮސް މަޑުމަޑުން ނެތެން ފަށާނެއެވެ.

ދިހަވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅުގެ އެންމެ ނާޒުކު ބައިތައް މިހާރު ހުންނާނީ އުފެދި ފުރިހަމަވެފައެވެ. ތުއްތު ދަރިފުޅުގެ ހަމުގެ އެތެރެ އަދިވެސް ފެންނަން ހުންނާނެ އެވެ. ހަތަރެސްފައި ލަންބައި ހަދާނެއެވެ. ނިޔަފަތި ތައް އުފެދެން ފަށާނެއެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ކުދި އޮރެންޖު ވަރެވެ. 

އެގާރަވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : ½ 1 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : -
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ވައްތީންޏެއް ވަރު   

ތުއްތު ދަރިފުޅު މިހާރު ހުންނާނީ ގާތްގަނޑަކަށް ހުރިހާ ބައިތަކެއް އުފެދެން ފަށާފައެވެ. ނޫނީ އުފެދިފައެވެ. އިތުރަށް ދެންޖެހޭނީ އުފެދުނު ބައިތައް ފުރިހަމަވެ، ފައްކާވާށެވެ. ދުވަސްކޮޅަކުން އަތްތިލަ (މުށް) ހުޅުވައި ލައްޕަން ފަށާނެއެވެ. ކުދިކުދި ދަތު ބުޑުތައް ހިރުގަނޑު ދަށުން ފާޅުވާނެއެވެ. ބައެއް ކަށިތައް ހަރުވާން ފަށާނެ އެވެ. 

ފައިންޖެހުން، ދެމުން ފަދަ ހަރަކާތްތައް ތުއްތު ދަރިފުޅު ކުރަމުން ގެންދާނެ އެވެ. ހަށިގަނޑުގެ ހެދިބޮޑުވެ ފުރިހަމަވަމުންދާ ވަރަކަށް މިހަރަކާތްތައް ކުރުން އިތުރުވަމުންދާނެ އެވެ. މިހަރަކާތްތައް ތުއްތު ދަރިފުޅު ކުރިނަމަވެސް އަދި މިދުވަސްވަރު އެކަން މައިމީހާއަށް އިހުސާސެއް ނުކުރެވޭނެ އެވެ. ތުއްތު ދަރިފުޅުގެ މެޔާއި، ބަނޑު ވަކިކޮށްދޭ ފާރު "ޑަޔަފްރަމް" އުފެދެމުންދާތީ، ތުއްތު ދަރިފުޅު އުކުޑިކޮށްޓައި ވެސް ހަދައިފާނެ އެވެ. ނަމަވެސް މިކަން މައިމީހާއަށް އިހުސާސެއް ނުކުރެވޭނެ އެވެ. 

އެގާރަވަނަ ހަފްތާ : ތުއްތު ދަރިފުޅު ސިފަވާގޮތް
ކަށިތައް : ތުއްތު ދަރިފުޅުގެ ކަށިތައް ހަރުވާން ފަށާނެއެވެ. ހިރުގަނޑުގެ ދަށުން ކުދިކުދި ދަތު ބުޑު ތައް ނިކުންނަށް ފަށާނެއެވެ. 

އަތްތިލަ : ދުވަސްކޮޅެއްގެ ތެރޭގައި ތުއްތު ދަރިފުޅު އަމިއްލައަށް މުށް ހުޅުވައި، ލައްޕަން ފަށާނެއެވެ.

ހަން : ތުއްތު ދަރިފުޅުގެ ހަން އަދި ވެސް ހުންނާނީ އެތެރެ ފެންނަހެންނެވެ. މާނައަކީ ހަމުގެ ތެރޭގައިވާ ލޭހޮޅިތައް ހާމައަށް ފެންނަން ހުންނާނެއެވެ. 

އެގާރަވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅު ގާތްގަނޑަކަށް އެހެރީ އެއްކޮށް އުފެދިފައެވެ. ތުއްތު ދަރިފުޅު ފައިންޖަހައި ހަދާނެއެވެ. ހަށިގަނޑު ގޮތްގޮތަށް ދެމި، އުކުޑިކޮއްޓައި ހަދާނެއެވެ. ނަމަވެސް މިއިން އެއްވެސް ހަރަކާތެއް އަދި މައިމީހާ އަކަށް އިހުސާސެއް ނުކުރެވޭނެ އެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ވައްތީއްޏެއް ވަރެވެ. 

ބާރަވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 2 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ½ އައުންސް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ލުނބޮޔެއް ވަރު   

ތުއްތު ދަރިފުޅުގެ ކިބައިން މިހަފްތާގައި އެންމެ ފާހަގަކުރެވޭނެ ކުރިއެރުމަކީ ތުއްތު ދަރިފުޅުގެ ހަށިގަނޑުގެ "ރިފްލެކްސް" ތައް މަސައްކަތްކުރަން ފެށުމެވެ. ތުއްތު ދަރިފުޅުގެ އަތުގެ އިނގިލިތައް ހުޅުވައި، ލައްޕާނެއެވެ. ފައިގެ އިނގިލިތައް އެތެރެއަށް ލަންބާނެ އެވެ. ލޮލުގެ މަސްތަކުގެ ހަރަކާތްތަކުން ލޯމަރާލާ ކަހަލަ ހަރަކާތެއް ސިފަވާނެ އެވެ. އަނގައިން ތުންޖަހައި ދަމާ ކަހަލަ ހަރަކާތެއް ކުރާނެއެވެ. ބަނޑުގައި މައިމީހާ ފުއްޓަކި ޖަހާލައިފިނަމަ، ތުއްތު ދަރިފުޅު ފުރޮޅިލާ ކަހަލަ ހަރަކާތެއް ގެންނާނެ އެވެ. ނަމަވެސް މިކަން މައިމީހާއަށް އިހުސާސެއް ނުކުރެވޭނެ އެވެ. 

ތުއްތު ދަރިފުޅުގެ ގޮހޮރު އުފެދުން އަވަސްވެ، ފޫޅުދަނޑީގެ ތެރެއަށް ވަދެފައިވާ ލޫޕުކޮޅުތައް، އަނބުރާ ބަނޑުގެ ތެރެއަށް ދާން ފަށާނެއެވެ. ގުރުދާގައި އުފެދޭ ކުޑަކަމު ނަޖިސް މަސާނާ އަށް ފޮނުވަން ފަށާނެ އެވެ. މިދުވަސްވަރު ނާރު ސެލްތައް ވަރަށް އަވަހަށް ހެދިބޮޑުވަމުން ދާނެއެވެ. އަދި ސިކުނޑީގައި "ސައިނެޕްސް" ތައް ވެސް ހަލުވިކަމާއެކު އުފެދެމުންދާނެ އެވެ. ލޯ މޫނުގެ އަރިމަތިން، މޫނުގެ މެދާއި ކައިރިވެ، ކަންފަތް އޭގެ މަގާމާއި ކައިރިއަށް ޖެހިލާނެއެވެ. 

ބާރަވަނަ ހަފްތާ : ތުއްތު ދަރިފުޅު ސިފަވާގޮތް
ކަންފަތް : ތުއްތު ދަރިފުޅުގެ ކަންފަތް ހުންނާނީ ބޮލުގެ އަރިމަތިން ކަންފަތް ހުންނަންޖެހޭ ހިސާބާ ވަރަށް ކައިރީގައެވެ.

ލޮލުގެ ބޮޑި : ލޮލުގެ ބޮޑީގައި ހުންނަ ދެފުށްފެންކަން މިހާރު ކުރިޔަށްވުރެ ކުޑަވާނެއެވެ. ދެލޯ ހުންނާނީ ކުރިޔަށްވުރެ ކައިރިވެފައެވެ. 

ފޫޅު ދަނޑި : ތުއްތު ދަރިފުޅުގެ ގޮހޮރު އުފެދުން އަވަސްވެ، ފޫޅުދަނޑީގެ ތެރެއަށް ވަދެފައިވާ ލޫޕުކޮޅުތައް، އަނބުރާ ބަނޑުގެ ތެރެއަށް ދާން ފަށާނެއެވެ. 

ރަހިމު : ރަހިމުގެ މަތީބައި (ފަންޑަސް) ޅިނދުކަށި ގަނޑަށްވުރެ މައްޗަށް ޖެހެން ފަށާނެއެވެ. އުނަގަނޑާ ދިމާލުން ފަލަވެ، ފުޅާވާހެން ހީވެދާނެ އެވެ. 

ބާރަވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅުގެ އެކިއެކި ރިފްލެކްސް ތައް މިހަފްތާގައި ފާހަގަ ވާނެއެވެ. އަތުގެ އިނގިލިތައް ހުޅުވައި، ލައްޕާނެއެވެ. ފައިގެ އިނގިލިތައް ތިރިއަށް ލަންބައިލާނެއެވެ. އަނގައިން އެއްޗެއް ދަމައި،ބޯ ކަހަލަ ހަރަކާތްތައް ކުރާނެއެވެ. ނަމަވެސް މިހަރަކާތްތައް އަދި މައިމީހާއަކަށް އިހުސާސެއް ނުކުރެވޭނެ އެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ލުނބޮޔެއް ވަރެވެ. 





މައުލޫމާތު :

No comments:

Post a Comment