Monday, December 23, 2013

މާބުޅާ ފަތް

މާބުޅާ ފަތް
މާބުޅާ ފަތަކީ ވެސް މަދުން ނަމަވެސް ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ ފަތެކެވެ. މިއީ ރޯކޮށް ހުއްޓައި ކެއުމަށް ބޭނުންކޮށް އުޅޭ ފަތެކެވެ.
ދިވެހި ނަން : މާބުޅާ ފަތް
އިގިރޭސި ނަން :  Velvet leaf
ޢިލްމީ ނަން : Abutilon therophrasti

މާބުޅާ ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާ ތައް
-          ގަދީމީ ބޭސްވެރިކަމުގައި ހުންތިރިކުރުމަށާއި، ބަނޑުގައި ރިހުމަށާއި، ގޮހޮރުގެ ބަލިތަކަށާއި، ޑިސެންޓަރީ ފަދަ ބޭރަށްހިންގުމުގެ ވައްތަރުތަކަށް ފަރުވާކުރުމަށް މާބުޅާ ފަތް ބޭނުންކޮށްފައި ވެއެވެ.
-          މާބުޅާ ފަތުގައި ހަންގަނޑު މަޑުކޮށްދީ އޮމާންކޮށް ދިނުމުގެ ބާރު އެކުލެވިފައި ވެއެވެ.
-          މާބުޅާ ފަތުގައި ފުއްޕާމޭގައި ހުންނަ އަރިދަފުސް ބޭރުކޮށް ދިނުމުގެ ބާރު އެކުލެވިފައި ވެއެވެ.
-          ގަދީމީ ބޭސްވެރިކަމުގައި ޗައިނާގައި މުލިހި ފަދަ ތަންތަން ފަޅައިގެން ދިއުމުން އުފެދޭ ފާރުގަނޑު ފަސޭހަކުރުމަށް މާބުޅާ ފަތް ބޭނުންކޮށްފައި ވެއެވެ.
-          ގަދީމީ ބޭސްވެރިކަމުގައި ކިހުނުވުމަށް ފަރުވާ ކުރުމަށް ވެސް މާބުޅާފަތް ބޭނުންކޮށްފައި ވެއެވެ.
-          ގަދީމީ ބޭސްވެރިކަމުގައި ލޮލުގެ ހާމަ ދުލީގައި ހުންނަ ފުސް ނައްތާލުމަށް ވެސް މާބުޅާފަތް ބޭނުންކޮށް އުޅުނެވެ.
-          މާބުޅާ ފަތުގައި 0.01 ގެ ރޫޓިން ހުރެއެވެ. ރޫޓިން އަކީ ތަދުކެނޑުވުމުގެ ބާރު ލިބިގެންވާ މާއްދާ އެކެވެ. މިސަބަބާހުރެ އަނގައިގެ ތެރޭގައި ހުންނަ ތަދާއި، ހިރުވުން ފަދަ އުދަނގޫތައް ދުއްވާލުމަށް މާބުޅާފަތް ބޭނުން ކުރެވިދާނެ އެވެ.
މައުލޫމާތު :


No comments:

Post a Comment