Friday, September 16, 2011

ކަޅުހުއްތުމޭވާ

ކަޅުހުއްތުމޭވާ
ކަޅުހުއްތުމޭވާ އަކީ ވަރަށް ފޮނި މީރު މޭވާ އެކެވެ. މިމޭވާގައި ކާން ބޭނުންކުރަނީ އެތެރޭގެ އޮށްތަކުގެ ބޭރުން އޮންނަ ބައެވެ. ގިނައިން ބޭނުންކުރަނީ ފަނި ގިރަން ކަމަށްވި ނަމަވެސް މޭވާއެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެ އެވެ. މިއީ ދޮންވުމުން މަޑު ރީނދޫ ކުލައިގައި ހުންނަ މޭވާ އެކެވެ. ކަޅުހުއްތުމޭވާ ކެއުމުގެ އިތުރުން ޖޭމު ތައްޔާރުކޮށްގެންނާއި،ފަނިގިރައިގެން ވެސް ބޭނުންކޮށް އުޅެއެވެ.


ދިވެހި ނަން : ކަޅުހުއްތުމޭވާ
އިގިރޭސި ނަން : Pond Apple
ޢިލްމީ ނަން : Annona Glabra




ކަޅުހުއްތުމޭވާ އިން ލިބޭ ބައެއް  ޞިއްޙީ ފައިދާތައް
·   ފަހުގެ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކަޅުހުއްތުމޭވާގެ އޮށުގެ "އެކްސްޓްރެކްޓް"(Extract) ގައި ކެންސަރާއި ދެކޮޅަށް މަސައްކަތްކުރާ ކަމްޕައުންޑް ތަކެއް ހުރެއެވެ. އަދި މިކަމްޕައުންޑްތައް ބޭސްވެރިކަމުގެ ތެރޭގައި ފަހަރުގައި ބޭނުންކުރެވިދާނެ ކަމަށް ވެއެވެ.
ނޯޓް: ކަޅުހުއްތު މޭވާ އަކީ "އަނޯނާ"(Soursop)، "ދަނޑިގަނޑު އަތަ"(Sugar Apple)، އަދި "ދިވެހި އަތަ"(Custard Apple) އާއިލާއަށް ނިސްބަތްވާ މޭވާ އެކެވެ. އެހެންކަމުން މިބުނި މޭވާތަކުގައި އެކުލެވޭ ފައިދާތައް ކަޅުހުއްތު މޭވާގައި އެކުލެވިގެން ވުމަކީ ގާތް ކަމެކެވެ. ވީމާ މަތީގައި ބުނެވުނު މޭވާތަކާއި ގުޅޭގޮތުން މިބްލޮގް ގައި ޝާއިޢުކޮށްފައިވާ ޞަފްޙާތަކަށް ނަޒަރެއް ދިނުން ރަގަޅުކަމުގައި ދެކެމެވެ

މައުލޫމާތު:-

No comments:

Post a Comment