Wednesday, December 9, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 12 ވަނަ ހަފްތާ


ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : ބާރަވަނަ ހަފްތާ


ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ½ އައުންސް

ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ލުނބޮޔެއް ވަރު

ތުއްތު ދަރިފުޅުގެ ކިބައިން މިހަފްތާގައި އެންމެ ފާހަގަކުރެވޭނެ ކުރިއެރުމަކީ ތުއްތު ދަރިފުޅުގެ ހަށިގަނޑުގެ "ރިފްލެކްސް" ތައް މަސައްކަތްކުރަން ފެށުމެވެ. ތުއްތު ދަރިފުޅުގެ އަތުގެ އިނގިލިތައް ހުޅުވައި، ލައްޕާނެއެވެ. ފައިގެ އިނގިލިތައް އެތެރެއަށް ލަންބާނެ އެވެ. ލޮލުގެ މަސްތަކުގެ ހަރަކާތްތަކުން ލޯމަރާލާ ކަހަލަ ހަރަކާތެއް ސިފަވާނެ އެވެ. އަނގައިން ތުންޖަހައި ދަމާ ކަހަލަ ހަރަކާތެއް ކުރާނެއެވެ. ބަނޑުގައި މައިމީހާ ފުއްޓަކި ޖަހާލައިފިނަމަ، ތުއްތު ދަރިފުޅު ފުރޮޅިލާ ކަހަލަ ހަރަކާތެއް ގެންނާނެ އެވެ. ނަމަވެސް މިކަން މައިމީހާއަށް އިހުސާސެއް ނުކުރެވޭނެ އެވެ.


ތުއްތު ދަރިފުޅުގެ ގޮހޮރު އުފެދުން އަވަސްވެ، ފޫޅުދަނޑީގެ ތެރެއަށް ވަދެފައިވާ ލޫޕުކޮޅުތައް، އަނބުރާ ބަނޑުގެ ތެރެއަށް ދާން ފަށާނެއެވެ. ގުރުދާގައި އުފެދޭ ކުޑަކަމު ނަޖިސް މަސާނާ އަށް ފޮނުވަން ފަށާނެ އެވެ. މިދުވަސްވަރު ނާރު ސެލްތައް ވަރަށް އަވަހަށް ހެދިބޮޑުވަމުން ދާނެއެވެ. އަދި ސިކުނޑީގައި "ސައިނެޕްސް" ތައް ވެސް ހަލުވިކަމާއެކު އުފެދެމުންދާނެ އެވެ. ލޯ މޫނުގެ އަރިމަތިން، މޫނުގެ މެދާއި ކައިރިވެ، ކަންފަތް އޭގެ މަގާމާއި ކައިރިއަށް ޖެހިލާނެއެވެ.

ބާރަވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް

ކަންފަތް : ތުއްތު ދަރިފުޅުގެ ކަންފަތް ހުންނާނީ ބޮލުގެ އަރިމަތިން ކަންފަތް ހުންނަންޖެހޭ ހިސާބާ ވަރަށް ކައިރީގައެވެ.

ލޮލުގެ ބޮޑި : ލޮލުގެ ބޮޑީގައި ހުންނަ ދެފުށްފެންކަން މިހާރު ކުރިޔަށްވުރެ ކުޑަވާނެއެވެ. ދެލޯ ހުންނާނީ ކުރިޔަށްވުރެ ކައިރިވެފައެވެ.

ފޫޅު ދަނޑި : ތުއްތު ދަރިފުޅުގެ ގޮހޮރު އުފެދުން އަވަސްވެ، ފޫޅުދަނޑީގެ ތެރެއަށް ވަދެފައިވާ ލޫޕުކޮޅުތައް، އަނބުރާ ބަނޑުގެ ތެރެއަށް ދާން ފަށާނެއެވެ.

ރަހިމު : ރަހިމުގެ މަތީބައި (ފަންޑަސް) ޅިނދުކަށި ގަނޑަށްވުރެ މައްޗަށް ޖެހެން ފަށާނެއެވެ. އުނަގަނޑާ ދިމާލުން ފަލަވެ، ފުޅާވާހެން ހީވެދާނެ އެވެ.

ބާރަވަނަ ހަފްތާގައި ހެދިބޮޑުވާގޮތް

ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅުގެ އެކިއެކި ރިފްލެކްސް ތައް މިހަފްތާގައި ފާހަގަ ވާނެއެވެ. އަތުގެ އިނގިލިތައް ހުޅުވައި، ލައްޕާނެއެވެ. ފައިގެ އިނގިލިތައް ތިރިއަށް ލަންބައިލާނެއެވެ. އަނގައިން އެއްޗެއް ދަމައި،ބޯ ކަހަލަ ހަރަކާތްތައް ކުރާނެއެވެ. ނަމަވެސް މިހަރަކާތްތައް އަދި މައިމީހާއަކަށް އިހުސާސެއް ނުކުރެވޭނެ އެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ލުނބޮޔެއް ވަރެވެ.

މައުލޫމާތު :





No comments:

Post a Comment