Wednesday, December 9, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 4ވަނަ ހަފްތާ


ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : ހަތަރުވަނަ ހަފްތާ

ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : -

ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : -

ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : އަފިހުން އޮށެއް ވަރު

މިހަފްތާ އަކީ ތުއްތު ދަރިފުޅުގެ " މުހިއްމު ނިޒާމުތަކާއި، ބައިތައް ހެދިބޮޑުވާން ފަށާ މަރުހަލާ"(embryonic period) ގެ ފެށުމުގެ ގޮތުގައި ބަލާ ހަފްތާ އެވެ. މިމަރުހަލާގެ ދެމިގެންދަނީ ބިސް މުޑުވަށްވި ހިސާބުން ފެށިގެން 10 ވަނަ ހަފްތާގެ ނިޔަލަށެވެ. މިހަފްތާއިން ފެށިގެން 10 ވަނަ ހަފްތާގެ ނިޔަލަށް ތުއްތު ދަރިފުޅުގެ ހުރިހާ ގުނަވަންތަކެއް އުފެދެން ފަށައި، ބައެއް ގުނަވަންތައް މަސައްކަތް ކުރަން ވެސް ފަށާނެ އެވެ. އެހެންކަމުން މިއީ ތުއްތު ދަރިފުޅު ބަނޑުގައި ހެދިބޮޑުވުމުގައި އެންމެ ބޮޑަށް ބަލަންޖެހޭ އެންމެ ނާޒުކު ދުވަސްވަރެވެ. މިހާރު ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅު(embryo) ވާނީ ގާތްގަނޑަކަށް އަފިހުން އޮށެއް ވަރެވެ. ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅު އެކުލެވިގެންވަނީ ދެފަށަލައަކަށް އެތުރިފައިވާ ސެލްތަކެއްގެ މައްޗަށެވެ. ތުއްތު ދަރިފުޅުގެ ހުރިހާ ގުނަވަންތަކާއި، ބައިތަކެއް އުފެދިގެން އަންނާނީ އެދެފަށަލައިގެ ސެލްތަކުންނެވެ. އެދެ ފަށަލައަށް ކިޔަނީ "އެޕިބްލާސްޓް"(epiblast) އަދި "ހައިޕޯބްލާސްޓް"(hypoblast) އެވެ.


މިދުވަސްވަރު އުފެދެމުން އަންނަ މަސް ވެސް އެކުލެވިގެންވަނީ ދެފަށަލައެއްގެ މައްޗަށެވެ. އުފެދެމުން އަންނަ މަހުގެ ސެލްތައް ރަހިމުގެ ބަތާނަ ފަށުގެ ތެރެއަށް ވަންނަމުންދާނެއެވެ. މިހަފްތާގެ ފަހުކޮޅުގައި އުފެދެމުން އަންނަ މަހުން، އުފެދެމުން އަންނަ ތުއްތު ދަރިފުޅަށް ބޭނުންވާ ކާނާއާއި އޮކްސިޖަން ފޯރުކޮށްދޭން ފަށާނެއެވެ.

މިހާރު ތުއްތު ދަރިފުޅު އޮންނާނީ ކުރިން ވެސް ބުނެވުނު ފަދައިން ފެންދުލީގެ ތެރޭގައެވެ.  މިހަފްތާގައި މަސް ރަނގަޅަށް އުފެދެންދެން ތުއްތު ދަރިފުޅަށް ބޭނުންވާ ލޭގެ ރަތް ސެލްތައް އުފައްދައިދީ، ކާނާ ފޯރުކޮށްދެނީ "ޔޯކް ސެކް" އިންނެވެ.

ހަތަރުވަނަ ހަފްތާ : ތުއްތު ދަރިފުޅު ސިފަވާގޮތް

ފެންދުލި :ޖެހިގެން އަންނަ ހަފްތާގައި ފެންދުލި އުފެދެމުން އަންނަ ތުއްތު ދަރިފުޅު ވަށައިލާނެއެވެ. އަދި ވިހެއުމާއި ހަމައަށް ތުއްތު ދަރިފުޅު އޮންނާނީ މިފެންދުލީގެ ތެރޭގައެވެ.

އުފެދެމުން އަންނަ ތުއްތު ދަރިފުޅު :ތުއްތު ދަރިފުޅުގެ ހުރިހާ ގުނަވަންތަކާއި، ބައިތަކެއް އުފެދިގެން އަންނާނީ ކުރިން ބަޔާންކުރެވުނު ދެފަށަލައިގެ ސެލްތަކުންނެވެ. އެދެ ފަށަލައަށް ކިޔަނީ "އެޕިބްލާސްޓް" އަދި "ހައިޕޯބްލާސްޓް" އެވެ.

އުފެދެމުން އަންނަ މަސް :އުފެދެމުން އަންނަ މަހުގެ ސެލްތައް ރަހިމުގެ ބަތާނަ ފަށުގެ ތެރެއަށް ވަންނަމުންދާނެއެވެ. މިހަފްތާގެ ފަހުކޮޅުގައި އުފެދެމުން އަންނަ މަހުން، އުފެދެމުން އަންނަ ތުއްތު ދަރިފުޅަށް ބޭނުންވާ ކާނާއާއި އޮކްސިޖަން ފޯރުކޮށްދޭން ފަށާނެއެވެ.

ޔޯކް ސެކް :މަސް ރަނގަޅަށް އުފެދެންދެން ތުއްތު ދަރިފުޅަށް ބޭނުންވާ ލޭގެ ރަތް ސެލްތައް އުފައްދައިދީ، ކާނާ ފޯރުކޮށްދެނީ މިކޮތަޅުންނެވެ.

ހަތަރުވަނަ ހަފްތާގައި ހެދިބޮޑުވާގޮތް

އެތަކެއް ސެލްތަކެއްގެ މައްޗަށް އެކުލެވިގެން އުފެދިފައިވާ ވަށްބޯޅަ އެއްފަދަ "ބްލާސްޓޯސައިޓް" އަކީ ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅެވެ. އެންމެ ފަހުން ތިބާއަށް މައްސަރު ކަންތައް ޖެހުނުތާ މިހާރު 4 ހަފްތާ ފުރިހަމަވަނީ އެވެ. އާންމު ގޮތެއްގައި މިދުވަސްވަރު އަނެއްކާ މައްސަރު ކަންތައް ޖެހޭނެ އެވެ. ބަލިވެއިންނަމަ މިދުވަސްވަރު ބަލިވެއިންތޯ ބެލުމަށް ހަދާ ޓެސްޓު ޕޮޒިޓިވް ވާނެއެވެ. ތުއްތު ދަރިފުޅު ވާނީ ގާތްގަނޑަކަށް އަފިހުން އޮށެއް ވަރެވެ.

މައުލޫމާތު :





No comments:

Post a Comment