Thursday, January 2, 2014

ބިލެއްކައްޓަލަ

ބިލެއްކައްޓަލަ
ބިލެއްކައްޓަލަ އަކީ ދިވެހިންގެ  ކެއުމުގައި މަދުން ނަމަވެސް ބޭނުންކުރާ ބާވަތެކެވެ.
ދިވެހި ނަން : ބިލެއްކައްޓަލަ
އިގިރޭސި ނަން : Wild yam / winged yam / water yam
ޢިލްމީ ނަން : Dioscorea alata
ބިލެއްކައްޓަލައިގެ ކޮންމެ 100 ގްރާމް ގައި
ހަކަތަ
118 ކިލޯކެލަރީ
ކާބޯހައިޑްރޭޓް
27.9 ގްރާމް
ޕްރޮޓީން
1.5  ގްރާމް
ފެޓް
0.17 ގްރާމް
ފައިބަރު
4.1 ގްރާމް
ނިއެސިން
0.552 މިލިގްރާމް
ޕައިރިޑޮކްސިން
0.3 މިލިގްރާމް
ރައިބޯފްލެވިން
0.032 މިލިގްރާމް
ތިއެމިން
0.112 މިލިގްރާމް
ވިޓަމިން އޭ
7 މައިކްރޯގްރާމް
ވިޓަމިން ސީ
17.1 މިލިގްރާމް
ވިޓަމިން ކޭ
2.3 މައިކްރޯ ގްރާމް
ޕޮޓޭސިއަމް
816 މިލިގްރާމް
ކެލްސިއަމް
17 މިލިގްރާމް
ދަނގަޑު
0.5 މިލިގްރާމް
މެގްނީޒިއަމް
21 މިލިގްރާމް
ފޮސްފަރަސް
-     55 މިލިގްރާމް
ޒިންކް
0.24 މިލިގްރާމް

ބިލެއްކައްޓަލަ އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
·         ވިޓަމިން ބީ 6 "ޕައިރިޑޮކްސިން" ބިލެއްކައްޓަލައިގައި ހުރުމަކީ އެބޭނުންކުރުމުން ހާސްވެކަންބޮޑުވުމާއި، ފިކުރުބޮޑުވުން ފަދަ ކަންކަމުން ދުރުހެލިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
·         ބިލެއްކައްޓަލައިގައި އެކުލެވޭ ކާބޯހައިޑްރޭޓް ހަކުރަށް ބަދަލުވަނީ ލަސްލަހުންނެވެ. މިއީ ލޭގައި ހަކުރުގެ މިންވަރު އެއް ހަމައެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެހެންކަމުން ބިލެއްކައްޓަލައަކީ ހަކުރު ބަލީގެ މީހުންނަށް ވެސް ކޮންމެވެސް މިންވަރަކަށް ބޭނުންކުރެވިދާނެ ބާވަތެކެވެ.
·         ބިލެއްކައްޓަލައިގައި މެންގަނީޒް ގިނައިން ހުރުމަކީ އެބޭނުންކުރުމުން ހަށިގަނޑަށް ހަކަތައާއި، ބާރު ލިއްބައިދޭނެ ކަމެކެވެ.
·         ބިލެއްކައްޓަލަ އަކީ ބަނޑުގެ މައްސަލަތަކަށް ލުއިކަން ގެނެސްދީ، ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދީ، ވާޅުވުމާއި، ވަރުބަލިވުން ކުޑަކުރުން ފަދަ ކަންތައްތަކަށް ބޭނުންކުރެވިދާނެ ބާވަތެކެވެ.
·         ބިލެއްކައްޓަލައަކީ މާބަނޑު ދުވަސްވަރު ދިމާވާ މޭނުބައިކުރުމާއި، ހޮނޑުލުމުގެ އުދަނގޫތައް ލުއިކުރުމަށް ބޭނުންކުރެވިދާނެ ބާވަތެކެވެ.
·         ބިލެއްކައްޓަލައިގައި "ޑައިއޮސްޖެނިން"(diosgenin) ކިޔާ މާއްދާއެއް ހުރެއެވެ. ސްޓީރޮއިޑް ބޭސް އުފެއްދުމުގައި މިމާއްދާ ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.  
މައުލޫމާތު :


No comments:

Post a Comment