Thursday, January 2, 2014

ބަނބުކެޔޮ

ބަނބުކެޔޮ
ބަނބުކޭލަކީ ދިވެހިންގެ އާންމު ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : ބަނބުކެޔޮ
އިގިރޭސި ނަން : breadfruit
ޢިލްމީ ނަން :Artocarpus altilis
ބަނބުކޭލުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
103 ކިލޯކެލަރީ
ސޯޑިއަމް
2 މިލިގްރާމް
ކާބޯހައިޑްރޭޓް
27.12 ގްރާމް
ޕޮޓޭސިއަމް
490 މިލިގްރާމް
ޕްރޮޓީން
1.07  ގްރާމް
މަޢުދަންތައް
ފެޓް
0.20 ގްރާމް
ކެލްސިއަމް
17 މިލިގްރާމް
ފައިބަރު
4.9 ގްރާމް
ކޮޕަރ
0.084 މިލިގްރާމް
ވިޓަމިންތައް
ދަނގަޑު
0.54 މިލިގްރާމް
ފޮލިކް އެސިޑް
14 މައިކްރޯ ގްރާމް
މެގްނީޒިއަމް
25 މިލިގްރާމް
ނިއެސިން
0.900 މިލިގްރާމް
މެންގަނީޒް
0.060 މިލިގްރާމް
ޕައިރިޑޮކްސިން
0.100 މިލިގްރާމް
ފޮސްފަރަސް
-     30 މިލިގްރާމް
ރައިބޯފްލެވިން
0.030 މިލިގްރާމް
ސިލެނިއަމް
0.6 މައިކްރޯ ގްރާމް
ތިއެމިން
0.110 މިލިގްރާމް
ޒިންކް
0.12 މިލިގްރާމް
ވިޓަމިން ސީ
29 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އީ
0.10 މިލިގްރާމް
ލުޓީން-ޒިއެޒެންތިން
22 މައިކްރޯ ގްރާމް
ވިޓަމިން ކޭ
0.5 މައިކްރޯ ގްރާމް
ކެރޮޓީން ބީޓާ
-






















ބަނބުކޭލުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
(ހ) - ފައިބަރު ހުރުން : ބަނބުކޭލުގައި ފައިބަރު ހުރުމަކީ އެބޭނުންކުރުމުން ބަނޑުފަސޭހަކޮށްދޭނެ ކަމެކެވެ. ފައިބަރުގެ ސަބަބުން ގޮހޮރުގެ ތެރޭގައި ކާނާއިން ސަރުބީ ހަށިގަނޑަށް ނެގުން ދަށްކޮށްދީ، ލޭގައި ސަރުބީ(ނުރަގަޅު ސަރުބީ، އަދި ޓްރައިގްލިސެރައިޑް) ގެ  ނިސްބަތް ދަށްކޮށްދެ އެވެ. އަދި ރަގަޅު ސަރުބީގެ ނިސްބަތް މަތިކޮށްދެއެވެ. ލޭގައި ސަރުބީ ދަށްވުމަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ލޭގެ ޕްރެޝަރު ހަމަ މިނެއްގައި ހިފެހެއްޓިފައި ހުރުމަކީ ހާރޓް އެޓޭކް ފަދަ ހިތުގެ ބަލިތަކާ ދުރުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ފައިބަރުގެ ސަބަބުން ހަށިގަނޑު ބަރުހެލިވެގެން ދިއުން ކުޑަކޮށްދީ، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ.

ފައިބަރަކީ ހަކުރު ބަލީގެ މީހުންނަށް ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް ވެސް އެހީތެރިވެދޭ މާއްދާ އެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ފައިބަރުގެ ސަބަބުން ހަކުރު ކޮންޓްރޯލް ކުރެވެނީ ކާތަކެތީގައި ހިމެނޭ ހަކުރު، ހަށިގަނޑުގައި ފައިބަރަށް ދަމާތީއެވެ.  

ފައިބަރަކީ ގޮހޮރުގައި ހަށިގަނޑަށް ގެއްލުންހުރި ވިހަތަކާ، ކެންސަރު ޖައްސަނިވި މާއްދާތައް ތަތްވެ ހަރުލުން ކުޑަކޮށްދޭ މާއްދާ އެއް ވެސް މެއެވެ. މިސަބަބާހުރެ ފައިބަރަކީ ގޮހޮރުގެ ކެންސަރުން ރައްކާތެރިކޮށްދީފާނެ މާއްދާއެއްކަމަށް ވަނީ ބެލެވިފައެވެ. ހަޖަމުކުރުގެ މަސައްކަތް ހަލުވިކޮށް، ހިމަ ގޮހޮރާ، ފަލަ ގޮހޮރުގެ މަސައްކަތް ފުރިހަމައަށް ހިންގުމަށް ބާރުއަޅައެވެ.

(ށ) - ވިޓަމިން ސީ ހުރުން : ބަނބުކޭލުގައި ވިޓަމިން ސީ ވެސް ގިނަ އަދަދަކަށް ހުރެއެވެ. ވިޓަމިން ސީ އަކީ ފެނުން ވިރުވައިދޭ ބާރުގަދަ އެންޓިއޮކްސިޑެންޓެކެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށް، ބަލިތަކުން ދުރުކޮށްދީ، އަދި ފްރީރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގައި އެހީތެރިވެދޭ ވިޓަމިނެކެވެ.


(ނ) - ޕޮޓޭސިއަމް ހުރުން : ބަނބުކޭލަކީ ޕޮޓޭސިއަމް ލިއްބައިދޭ ރަގަޅު މަޞްދަރެކެވެ. ޕޮޓޭސިއަމް އަކީ ހިތުގެ ވިންދު ތަރުތީބުކޮށްދީ، ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދިނުމުގައި އެހީތެރިވެދޭ މައުދަނެކެވެ. މީގެ އިތުރުން ބަނބުކޭލުގައި ކޮޕަރ، ކެލްސިއަމް، ޒިންކު، ސިލެނިއަމް، މެންގަނީޒް،  މެގްނީޒިއަމް، ފޮސްފަރަސް އަދި ދަގަނޑު އެކުލެވިގެން ވެއެވެ.

(ރ) - ފެޓީ އެސިޑްތައް ހުރުން : ބަނބުކޭލުގައި އެކަށޭނަ މިންވަރަކަށް އޮމެގާ-3- ފެޓީ އެސިޑް، އަދި އޮމެގާ -6- ފެޓީ އެސިޑް ހުރެއެވެ. މިފެޓީ އެސިޑް ތަކަކީ ހަށިގަނޑާ، ސިކުނޑި ރަގަޅަށް ހެދިބޮޑުވުމަށް ބޭނުންތެރި މާއްދާ ތަކެކެވެ. ފެޓީ އެސިޑް ތަކަކީ ހަމާއި، އިސްތަށީގެ ހެދިބޮޑުވުމަށް ވާގިވެރިވެދީ، މެޓަބޮލިޒަމް ރަގަޅުކޮށްދީ، ކަށީގެ ދުޅަހެޔޮކަން ދަމަހައްޓައިދީ، ނަސްލު އުފެއްދުމުގެ މަސައްކަތް ތަރައްގީކޮށް ކުރިއެރުވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ.

(ބ) - އެހެނިހެން ފައިދާތައް : -
·         ލޭގެ ޕްރެޝަރު ދަށްކޮދިނުން
·         ނޭވާހިއްލުމުގެ އުދަނގޫ ލުއިކޮށްދިނުން
·         ހާރޓް އެޓޭކް ޖެހުމުން ރައްކާތެރިކޮށްދިނުން
·         ލޭގައި ހަކުރު ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދިނުން
·         ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމުގައި އެހީތެރިވެދިނުން
މައުލޫމާތު :
·          

No comments:

Post a Comment