Thursday, January 7, 2016

ހެދިބޮޑުވުން : ނުވަވަނަ މަހުގައި

ކުޑަ ދަރިފުޅުގެ ހެދިބޮޑުވުން : ނުވަވަނަ މަހުގައި
ފުރަތަމަ ފިޔަވަޅު އެޅުން، ހިނިތުންވުން، "ބައިބައި" ކިޔަމުން އަތް ހޫރާލުން ފަދަ ހުނަރުތަކަކީ ކުއްޖެއްގެ "ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު"(developmental milestone) ތަކެކެވެ. ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު ތަކަކީ އެކުއްޖެއްގެ އުމުރާ ގުޅޭގޮތުން ގިނަ ކުދިންނަށް އެއުމުރުގައި ޙާޞިލްކުރެވޭނެ (ކުރެވެންޖެހޭނެ) ކަންތައްތަކެކެވެ. ކުޑަކުދިން ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑުތައް ހުންނަގޮތް ފާހަގަކުރެވިގެންދާނީ ކުޅިވަރާއި، އުގެނުމާއި، ވާހަކަ ދެއްކުމާއި، އެހެންމީހުންނާއި އެކުވެ އުޅުމާއި، ފިރުކުމާއި، ހިނގުމާއި، ފުންމުން ފަދަ ހަރަކާތްތަކުގެ ތެރެއިންނެވެ. އެގޮތުން ކުޑަ ދަރިފުޅުގެ އުމުރުން 9 މަހުގައި ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު ތައް ހުންނަށް ޖެހޭނެގޮތް ބަލާލަމާ ހިނގާށެވެ. 


މިއުމުރުގައި ގިނަ ކުދިން ކުރާނެ ކަންތައްތައް
އިޖުތިމާޢީ ހުނަރު / އާތިފީ ހުނަރު :
o       (ފަހަރުގައި) ނުދަންނަ ބީރައްޓަހިން ދެކެ ބިރުގަތުން (ޖެހިލުންވުން)
o       ގެންގުޅޭ މީހުން ފެނުމުން ތަންކޮޅެއް އާތިފީވުން (އުފާވުން ނޫނީ ދެރަވުން)
o       ގަޔާވާ ވަކި ކުޅޭ އެއްޗެއް އޮތުން ނޫނީ ގެންގުޅުން
ބަސްމޮށުންތެރިކަމުގެ ހުނަރު / މުޢާމަލާތުގެ ހުނަރު :
o       "ނޫން" ފަދަ ބަސްބަސް ދޭހަވުން
o       "މަމަމަމާމާ"، "ބަބަބާބާ" ފަދަ ތަފާތު އަޑުތައް އުފެއްދުން
o       އެހެންމީހުންގެ އަޑާއި، އިޝާރާތް ކޮޕީކުރުން
o       އިނގިލި ދިއްކޮށްގެން އެއްޗެތި ދެއްކުން
ވިސްނުމުގެ ހުނަރު (އުނެގުން، ވިސްނުން، މައްސަލަ ހައްލުކުރުން) :
o       އެއްޗެއް ދާތަން ނޫނީ ވެއްޓޭތަން ބަލަން އެނގުން
o       އެއްޗެއް ފޮރުވުމުން އެ ހޯދަން އުޅުން
o       ފީކޮއި ކުޅުން
o       އެއްޗެތި އަނގަޔަށްލުން
o       އެއްއަތުން އަނެއް އަތަށް ކުޅޭތަކެތި ފަސޭހައިން ބަދަލުކޮށް ހެދުން
o       ދެއިނގިލިން އެއްޗެތި ނެގުން
ހަރަކާތްކުރުމުގެ ހުނަރު / ޖިސްމާނީ ހެދިބޮޑުވުން :
o       އެހީއާއި ލައިގެން ކޮޅަށްހުރުން
o       ކޮޅަށް ހުރެފައި އިށީނުން
o       އެހީއާއި ނުލައި އިށީދެއިނުން
o       ކޮޅަށް ތެދުވުމަށް (ފައިންކޮށްޕައިގެން) މަސައްކަތްކުރުން
o       ފިރުކުން
ސަމާލުވެލައްވާ :
އަންނަނިވި ކަންތައްތައް ކުޑަ ދަރިފުޅުގެ ފުށުން ފާހަގަވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.
·         އެހީއާއި ލައިގެން ވެސް ފައިމައްޗަށް ކޮޅަށް ނުހުރެވުން
·         އެހީއާއި ލައިގެން ވެސް އިށީދެގެން ނުއިދެވުން
·         މާމާ، ބާބާ ފަދަ ބަސްބަސް ނުބުނުން
·         އަމިއްލައަށް ކުޅިވަރު ކުޅެނުހެދުން
·         ނަމުން ގޮވުމުން ބަލާނުލުން
·         ގެންގުޅޭ މީހުން ވެސް ދެނެގަންނަށް ނޭނގުން
·         ދައްކާ އެއްޗަކަށް ނޫނީ ތަނަކަށް ނުބެލުން
·         އަތުގައި އޮންނަ ކުޅޭ ތަކެތި އެއްއަތުން އަނެއް އަތަށް ބަދަލުނުކުރުން
މައުލޫމާތު :

No comments:

Post a Comment