Thursday, January 2, 2014

ވިލާތު ޓާނިޕް


ވިލާތު ޓާނިޕް (ކޯލްރާބީ)
ވިލާތު ޓާނިޕް (ކޯލްރާބީ) އަކީ ކެއުމުގައި ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : ވިލާތު ޓާނިޕް (ކޯލްރާބީ)
އިގިރޭސި ނަން : Kohlrabi / german turnips
ޢިލްމީ ނަން : Brassica oleracea (Gongylodes group)
ވިލާތު ޓާނިޕްގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
27 ކިލޯކެލަރީ
ސޯޑިއަމް
20 މިލިގްރާމް
ކާބޯހައިޑްރޭޓް
6.20 ގްރާމް
ޕޮޓޭސިއަމް
350 މިލިގްރާމް
ޕްރޮޓީން
1.70  ގްރާމް
މަޢުދަންތައް
ފެޓް
0.10 ގްރާމް
ކެލްސިއަމް
24 މިލިގްރާމް
ފައިބަރު
3.6 ގްރާމް
ކޮޕަރ
0.129މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.40 މިލިގްރާމް
ފޮލިކް އެސިޑް
16 މައިކްރޯ ގްރާމް
މެގްނީޒިއަމް
19 މިލިގްރާމް
ނިއެސިން
0.400 މިލިގްރާމް
މެންގަނީޒް
0.139 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.165 މިލިގްރާމް
ފޮސްފަރަސް
-     46 މިލިގްރާމް
ޕައިރިޑޮކްސިން
0.150 މިލިގްރާމް
ސިލެނިއަމް
12 0.7 މިލިގްރާމް
ރައިބޯފްލެވިން
0.020 މިލިގްރާމް
ޒިންކް
0.03 މިލިގްރާމް
ތިއެމިން
0.050 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
36 އައިޔޫ
ކެރޮޓީން ބީޓާ
22 މައިކްރޯ ގްރާމް
ވިޓަމިން ސީ
62 މިލިގްރާމް
ކެރޮޓީން އަލްފާ
0 މައިކްރޯ ގްރާމް
ވިޓަމިން ކޭ
0.1 މައިކްރޯ ގްރާމް






















ވިލާތު ޓާނިޕް އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
(ހ) - ހިތާއި ލޭހޮޅިތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ކޯލްރާބީ ގައި ސެޗިޔުރޭޓެޑް ފެޓް އަދި ކޮލެސްޓްރޯލް ހުންނަނީ މަދުންނެވެ. މިއީ ލޭދައުރުވުން ރަގަޅުކޮށްދީ، ހިތާއި ލޭހޮޅިތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދޭނެ ކަމެކެވެ. ސެޗިޔުރޭޓެޑް ފެޓް ލޭގައި ގިނަވުމަކީ ކޮލެސްޓްރޯލްގެ މިންވަރު އިތުރުވާނެ ކަމެކެވެ. ކޮލެސްޓްރޯލް މަތިވުމަކީ ލޭހޮޅިތަކުގައި ސަރުބީ ތަތްވެ، ހާރޓް އެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުން ފަދަ ކަންކަމަށް މަގުފަހިވާނެ ކަމެކެވެ. ލޭގައި ސަރުބީގެ މިންވަރު ދަށްކުރުމަށް ކޯލްރާބީ ޖޫހާއި، ފެހި އާފަލް ޖޫސް އެއްކޮށްގެން ބޭނުންކުރެވިދާނެ އެވެ.

(ށ) - ދިފާއީ ބާރު ރަގަޅުކުރުން : ކޯލްރާބީގައި ވިޓަމިން ސީ ގިނައިން ހުރުމަކީ ހަށިގަނޑު ދިފާއީބާރު ރަގަޅުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ވިޓަމިން ސީ އަކީ އަރިދަފުސް ރޯގާ، ހިތުގެ ބަލިތައް، ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ދިފާޢީ ބާރު ރަގަޅުވުމަކީ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދީމ ބައްޔެއް ޖެހުނު ނަމަވެސް އަވަހަށް ފަސޭހަވުމަށް މަގުފަހިވާނެ ކަމެކެވެ.


(ނ) - ހަޖަމު ރަގަޅުކުރުން : ކޯލްރާބީ ގައި ގިނަ އަދަދަކަށް ފައިބަރު ހުރެއެވެ. ފައިބަރަކީ ގޮހޮރުގެ ހަރަކާތް އިތުރުކޮށްދީ، ހަޖަމު ރަގަޅުކޮށްދޭ މާއްދާ އެކެވެ. މީގެ އިތުރުން ގޮހޮރުގެ ތެރޭގައި ހަށިގަނޑަށް ފައިދާހުރި ބެކްޓީރިޔާތައް އިތުރުކުރުމަށް ވެސް ފައިބަރަކީ މުހިއްމު މާއްދާ އެކެވެ. މިހުރިހާ ކަންކަމަކީ ފުރަގަސް ފަރާތް ފޭބުން، ގޮހޮރުގެ ކެންސަރު އަދި ހަޖަމުކުރުމާއި ގުޅުންހުރި ޞިއްޙީ މައްސަލަތަކަށް ކުރިމަތިވުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަންކަމެވެ.

(ރ) - ނާރުތަކާއި މަސްތަކުގެ މަސައްކަތްތަކަށް އެހީތެރިވުން : ކޯލްރާބީގައި ޕޮޓޭސިއަމް ގިނަ އަދަދަކަށް ހުރެއެވެ. ޕޮޓޭސިއަމް އަކީ މަސްތަކާއި ނާރުތަކުގެ މަސައްކަތަށް ބޭނުންތެރި މާއްދާ އެކެވެ. މިއީ މަސްތަކުގައި ކާބޯހައިޑްރޭޓް ރައްކާކޮށްފައި ބެހެއްޓުމަށް ވެސް އެހީތެރިވެދޭ މާއްދާ އެކެވެ. ނާރުގެ މަސައްކަތްތައް ފުރިހަމައަށް ހިންގުމަށް ޕޮޓޭސިއަމް އަކީ ކޮންމެހެން ހުރުން ލާޒިމު މާއްދާ އެކެވެ.
(ބ) - ލޭގެ ޕްރެޝަރު ދަށްކުރުން : ކޯލްރާބީ ގައި ޕޮޓޭސިއަމް ގިނައިން ހުރުމާއި، ސޯޑިއަމް އެކުލެވޭ މިންވަރު މަދުވުމަކީ ކޯލްރާބީ ބޭނުންކުރުމުން ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ޕޮޓޭސިއަމް ގިނައިން ހުރުމުން ލޭގެ ޕްރެޝަރު ދަށްކުރުމުގެ އިތުރުން ހިތުގެ ވިންދު ތަރުތީބުކޮށްދޭކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ކޯލްރާބީގައި ހިމެނޭ މެގްނީޒިއަމް އަދި ވިޓަމިން ބީގެ ވައްތަރު ތަކަކީ ވެސް ލޭގެ ޕްރެޝަރުގެ ހަމަހިފެހެއްޓުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ.

(ޅ) - ލޭގައި ހަކުރު ކޮންޓްރޯލް ކުރުން : ކޯލްރާބީގައި ހިމެނޭ ތަފާތު މާއްދާތަކުގެ ސަބަބުން އެބޭނުންކުރުމުން ލޭގައި ހަކުރު ގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.

(ކ) - ކެންސަރުން ރައްކާތެރިކޮށްދިނުން : ކޯލްރާބީ ގައި ފައިޓޯކެމިކަލް ތަކުގެ ގޮތުގައި ބެލެވޭ އައިސޯތިއޯސައިނޭޓް، އިންޑޯލް-3-ކާރބިނޯލް، އަދި ސަލްފޮރަފޭން ހުރެއެވެ. މިމާއްދާތަކަކީ ޕްރޮސްޓޭޓް ކެންސަރު އަދި ގޮހޮރުގެ ކެންސަރުން ރައްކާތެރިކޮށްދީފާނެ ކަމަށް ބެލެވިފައިވާ މާއްދާ ތަކެކެވެ. މީގެ އިތުރުން ކޯލްރާބީގައި އެކުލެވޭ ވިޓަމިން ސީ އަކީ ފްރީރެޑިކަލްތަކުން ލިބޭ ގެއްލުން ކުޑަކޮށްދީ، ކެންސަރުގެ ތަފާތު ވައްތަރުތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

(އ) - ނޭވާހިއްލުމުގެ އުދަނގޫ ލުއިކޮށްދިނުން : ކޯލްރާބީގައި އެންޓިއޮކްސިޑެންޓް ތައް ގިނަ އަދަދަކަށް ހުރުމަކީ ނޭވާހިއްލުން ފަދަ ފުއްޕާމޭގެ މައްސަލަތަކުން ދުރުވެހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

(ވ) - ބަރުދަން ލުއިކުރުން : ކޯލްރާބީ ގައި ހިމެނޭ މާއްދާއެއްގެ ސަބަބުން ކާބޯހައިޑްރޭޓް ފެޓަށް ބަދަލުވުމަށް ހުރަސް އަޅައެވެ. މިއީ ބަރުދަން ލުއިވުމަށް އެހީތެރިވެދޭނެ ގޮތެކެވެ. އެއީ ކާބޯހައިޑްރޭޓް ފެޓަށް ބަދަލުވުން އިތުރުވި ވަރަކަށް ފެޓު ހަށިގަނޑުގައި ގިނަވެ، ހަށިގަނޑު ފަލަވާނެ އެވެ. މީގެ އިތުރުން ކޯލްރާބީގައި ހަކަތަ މަދުން ހުރުމާއި، ފައިބަރު ގިނައިން ހުރުމަކީ ވެސް ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

މައުލޫމާތު :

No comments:

Post a Comment