Friday, September 16, 2011

ކުންނާރު

ކުންނާރު
ކުންނާރަކީ ހުތް ފޮނި މޭވާ އެކެވެ. މިއީ ބިޔަ ގަހެއްގައި އަޅާ ކުދިކޮށް ހުންނަ މޭވާ އެކެވެ. ކުންނާރުގެ ތަފާތު ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ. ކުންނާރަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ކައިއުޅޭ މޭވާއެކެވެ. ކުންނާރު ރިހާކުރު، ލޮނު، އަދި މިރުހާ އެއްކޮށްގެން ކުންނާރު މަޖާ ހަދައިގެން ވެސް ކައިއުޅޭކަން ފާހަގަ ކުރެވެއެވެ.
 
ދިވެހި ނަން : ކުންނާރު
އިގިރޭސި ނަން : Jujube
ޢިލްމީ ނަން : Ziziphus Zizyphus
ކުންނާރުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
79 ކިލޯކެލަރީ
ސޯޑިއަމް
3 މިލިގްރާމް
ކާބޯހައިޑްރޭޓް
20.23 ގްރާމް
ޕޮޓޭސިއަމް
250 މިލިގްރާމް
ޕްރޮޓީން
1.20 ގްރާމް
މަޢުދަންތައް
ފެޓް
0.20 ގްރާމް
ކެލްސިއަމް
21 މިލިގްރާމް
ފައިބަރު
-           
ކޮޕަރ
0.1 މިލިގްރާމް
ވިޓަމިންތައް
ދަނގަޑު
0.5 މިލިގްރާމް
ފޮލިކް އެސިޑް
-           
މެގްނީޒިއަމް
10 މިލިގްރާމް
ނިއެސިން
0.900 މިލިގްރާމް
މެންގަނީޒް
-           
ޕެންތޮނިކް އެސިޑް
-           
ފޮސްފަރަސް
23 މިލިގްރާމް
ޕައިރިޑޮކްސިން
0.081 މިލިގްރާމް
ސިލެނިއަމް
-           
ރައިބޯފްލެވިން
0.040 މިލިގްރާމް
ޒިންކް
0.1 މިލިގްރާމް
ތިއެމިން
0.020 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
40 އައިޔޫ
ކެރޮޓީން އަލްފާ
-           
ވިޓަމިން ސީ
69 މިލިގްރާމް
ކެރޮޓީން ބީޓާ
-           
ވިޓަމިން އީ
-           
ކްރިޕްޓޯ ޒެންތިން ބީ
-           
ވިޓަމިން ކޭ
-           
ލޫޓީން-ޒިއެޒެންތިން
-           


ލައިކޯޕީން
-           



ކުންނާރުން ލިބޭ ޞިއްޙީ ފައިދާތައް
·         ވިޓަމިންތަކާއި މަޢުދަންތައް : ކުންނާރުގައި ވަރަށް ގިނަ މަޢުދަންތަކާއި ވިޓަމިންތައް ހުރެއެވެ. އެގޮތުން ކުންނާރުގައި ހުންނަ މައިގަނޑު މަޢުދަންތަކުގެ ތެރޭގައި، ޕޮޓޭސިއަމް، ފޮސްފަރަސް، މެންގަނީޒް، ސޯޑިއަމް، ޒިންކު، ދަނގަޑު، ކޮޕަރ، އަދި ކެލްސިއަމް ހިމެނެއެވެ. ކުންނާރުގައި ހުންނަ ވިޓަމިން ތަކުގެ ތެރޭގައި، ވިޓަމިން ސީ، ރައިބޯފްލެވިން، އަދި ތިއެމިން ހިމެނެއެވެ. ހުތްމޭވާތަކުގައި ހުންނަ ވިޓަމިން ސީގެ 20 ގުނަ ކުންނާރުގައި ހުރެއެވެ. ކުންނާރުގައި ހިމެނޭ ވިޓަމިންތަކާއި މަޢުދަންތަކުގެ ސަބަބުން:-
o       ބަނޑުގައި ރިހުން ލުއިކޮދެއެވެ.
o       ހަލާކުވެފައިވާ ކަރުތެރެ ރަގަޅުކޮށް ދެއެވެ.
o       ހިތާއި ލޭހޮޅިތަކުގެ މަސައްކަތަށް ވާގިވެރި ވެއެވެ.
o       ކާހިތްވުމަށް މަގުފަހި ކުރެއެވެ.
o       ލޭހޮޅިތަކާއި ލޭނާރުތައް ސާފުކޮށް ދެއެވެ.
·         އެމިނޯ އެސިޑް ތައް : ހަށިގަނޑު ފުރިހަމައަށް މަސައްކަތްކުރުމަށް ޕްރޮޓީންގެ ތެރޭގައި ގުނާލެވޭ 24 އެމިނޯ އެސިޑް ބޭނުންވެއެވެ. ކުންނާރުގައި 24-18 އާއި ދެމެދުގެ އަދަދަކަށް އެމިނޯ އެސިޑް ހުރެއެވެ. އެމިނޯ އެސިޑް ތަކަކީ:-
o       ހަށިގަނޑުގެ ވަރަށް ގިނަ ބައިތަކުގެ މަސައްކަތްތަކަށް ބޭނުންވާ މާއްދާ ތަކެކެވެ. އެގޮތުން ކަށި، ހަން، މަސް، ހޯރމޯން، ލޭ، ނިއުރޯޓްރާންސްމިޓަރ ތައް، އަދި އެންޒައިމްތައް އުފައްދައި، އޭގެ މަސައްކަތްތައް ހަލުވިކޮށް ފުރިހަމަ ކުރުމުގައި އެމިނޯ އެސިޑްތަކުގެ ބޭނުން ހިފައެވެ.
o       ހަށިގަނޑުން އުފައްދާ 50 ހާހަށްވުރެ ގިނަ ޕްރޮޓީންތައް އުފެއްދުމަށް ބޭނުންތެރި މާއްދާ ތަކެކެވެ.
o       ތަފާތު ބަލިތަކާއި، އަދި ހަށިގަނޑުގައި ހެދޭ ފާރުގަނޑު ފަސޭހަވުމަށް އެހީތެރިވެދޭ މާއްދ
·         ކެންސަރުން ރައްކާތެރިކޮށްދިނުން : ކުންނާރުގައި ހިމެނޭ ފެނުގެ ބައި، އީރާންގެ ވެކްސިން އެންޑް ސީރަމް ރިސާރޗް އިންސްޓިޓިއުޓް އިން ވަނީ ދިރާސާކޮށްފައެވެ. 2008 ގެ ފެބްރުއަރީގައި ޝާއިޢުކުރި މިދިރާސާ ބުނާގޮތުން، ކުންނާރުގެ ފެނުގެ ބައިގައި ޓިއުމަރު ގެ ސެލްތައް ހުއްޓުވުން މަނާކުރެއެވެ. އަދި ބޭސްވެރިކަމުގެ ތެރޭގައި ބޭނުންކުރެވިދާނެ ބައެއް އޭގައި ހުރެދާނެ ކަމަށް ލަފާދީފައި ވެއެވެ. ކުންނާރުގައި ގިނައަދަދަކަށް އެންޓި އޮކްސިޑެންޓް ތައް ހުރެއެވެ. އެކަމުގެ ސަބަބުން ތަފާތު ބާވަތްތަކުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރި ވެއެވެ. އޭގެ ތެރޭގައި، ފުރަމޭގެ ކެންސަރު، ގޮހޮރުގެ ކެންސަރު، އުރަމަތީގެ ކެންސަރު، އަދި ޕްރޮސްޓޭޓް ކެންސަރު ހިމެނެއެވެ. ކުންނާރު ފަނީގައި ކެންސަރުގެ ސެލްތައް މަރާލުމުގެ ބާރު ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ދިރެ ބޮޑުވަމުންދާ ޓިއުމަރުގެ ސެލްތަކުގެ އަދަދު ދަށްކުރެއެވެ.
-          ކުންނާރުގައި ވަރަށް ގިނައިން "ބެޓޫލިނިކް އެސިޑް" ހުރެއެވެ. ކެންސަރުގެ ސެލްތައް މަރާލައިގެން "މެލާނޯމާ" ގެ އަސަރު ކުޑަކުރުމަށް ބެޓޫލިނިކް އެސިޑް ބޭނުން ކުރެވެއެވެ.
·         ކުންނާރުގައި ގިނަ އަދަދަކަށް "އެންތޯސިއެނިން"، ވިޓަމިން ސީ، އަދި "ގެލިކް އެސިޑް" ހުރެއެވެ. މިމާއްދާތައް ހުރުމަކީ ހިތުގެ ދުޅަހެޔޮކަމަށް ބޭނުންތެރި ކަމެކެވެ. ކުންނާރުގައި ޕޮޓޭސިއަމް ގިނައިން ހުރުމަކީ އޭގެ ސަބަބުން ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
·         ކުންނާރުގައި ގުލްކޯޒް، ފްރަކްޓޯޒް، ރަމްނޯޒް، އަދި ސުކްރޯޒް، އެކުލެވިގެންވުމުން، ކުންނާރު ބޭނުންކުރުމުން ހަށިގަނޑަށް ހަކަތައާއި ބާރު ލިއްބައިދެއެވެ.
·         ނިދިނައުން : ނިދިނައުމުގެ މައްސަލަ ހައްލުކޮށްދީ، ނުތަނަވަސްކަން ފިލުވައިލުން: ކުންނާރުގައި "ލިނޯލެނިކް އެސިޑް" އަދި "ލިނޯލެއިކް އެސިޑް" ހުރެއެވެ. މިއީ ސިކުނޑިއާއި، ނާރުތަކުގެ ނިޒާމް ރައްކާތެރިކޮށްދީ، ހާސްވެ ކަންބޮޑުވުން ފިލުވައިދީ، މޫޑު ހަމައަކަށް އެޅުވުމުގައި އެހީތެރިވާ މާއްދާ ތަކެކެވެ. މިއީ ނިދުމަށް އެހީތެރިވެދީ، ފިއްތުއްތަކުން ދުރުކޮށްދީ، ރުޅި އާއި ނުތަނަވަސްކަން ކުޑަކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. ކުންނާރުގެ ދިޔައިން ހޯދިފައިވާ ބާރުގަދަ ކެމިކަލް "ޖުޖޫބޮސައިޑް އޭ" އަކީ ސިކުނޑީގައިވާ "ހިޕޯކެމްޕަސް" އޭކިޔާ ހިސާބަށް ބާރުފޯރުވާ އެއްޗެކެވެ. އަދި މިއީ ނިދުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
·         ހަޖަމުކުރުމުގެ މައްސަލަތައް : ކުންނާރަކީ ވަރަށް ފަސޭހައިން ހަޖަމުކުރެވޭ މޭވާ އެކެވެ. މޭނުބައިކުރުމާއި ހޮނޑުލުން، އަދި ބަނޑުގައި ރިހުން ލުއިކުރުމަށް ކުންނާރު ބޭނުންކުރެވެއެވެ. އަދި މިއީ ބަނޑުގައި ވައިހެދުމުގެ މައްސަލަ ލުއިކޮށްދޭ މޭވާ އެއްވެސް މެއެވެ.
·         ކުންނާރަކީ ލޭސާފުކޮށްދޭ އެއްޗެކެވެ. އެއީ އޭގައި ހިމެނޭ "ސެޕޯނިން"، "އެލްކަލޮއިޑް" އަދި "ޓްރައިޓަރޕެނޮއިޑް" ތަކުގެ ސަބަބުންނެވެ. ކުންނާރުގައި ފެން ގިނައިން ހުރުމަކީ ކުންނާރު ބޭނުންކުރުމުން، ކަރުހިއްކުން ފިލުވައިދޭ ކަމެކެވެ. ނޭވާކުރުވުމާއި، ދާހިއްލުމުގެ މައްސަލައަށް ވެސް ކުންނާރު ބޭނުންކުރުމުން ލުއިކަން ލިބެއެވެ.
·         ދިފާޢީ ބާރު : ކުންނާރުގައި ހިމެނޭ ފައިޓޯކެމިކަލްތަކާއި، ވިޓަމިން ސީގެ ސަބަބުން، ފާރުގަނޑު ފަސޭހަވުން އަވަސްވެ، ހަށިގަނޑުގެ ދިފާޢީ ބާރު ރަގަޅުކޮށް ދެއެވެ. އަދި މިމާއްދާތަކުގައި ހުންނަ ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރުގެ ސަބަބުން، ރާއްޖެބައްޔާއި، އެހެނިހެން ހުޅުތައް ދުޅަވުމުގެ ބަލިތަކުން ކުރިމަތިވާ އުދަނގޫތައް ކުންނާރު ބޭނުންކުރުމުން ލުއިކޮށް ފަސޭހަކޮށްދެއެވެ.
·         ފުރަމޭ ރައްކާތެރިކޮށްދިނުން : އެތްނޯފާމަކޮލޮޖީގެ 2009 އެޕްރީލް މަހުގެ އަދަދުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކުންނާރުގައި ފުރަމޭގެ މަސައްކަތެއް އީޖާބީ އަސަރެއް އެކުލެވިގެންވެއެވެ. އެރިޕޯޓްގައި ބުނެފައިވާގޮތުން އެންޓި އޮކްސިޑެންޓެއްގެ ގޮތުގައި މަސައްކަތްކޮށްގެން ، ކުންނާރުން  ފުރަމޭއަށް ރައްކާތެރިކަން ހޯދައިދެއެވެ. "އޮކްސިޑޭޓިވް ސްޓްރެސް" އަކީ ފްރީ ރެޑިކަލްތަކުން ހަށިގަނޑަށް ގެއްލުންދޭ މަސައްކަތެކެވެ. އެންޓި އޮކްސިޑެންޓް ތައް ފްރީ ރެޑިކަލްތައް ސާފުކޮށް، އެއިން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށް ދެއެވެ. އޮކްސިޑޭޓިވް ސްޓްރެސް އާއި ހަނގުރާމަ ކުރާނެ، ކެމިކަލްތައް ކުންނާރުގައި ހުރެއެވެ.
·         އެއިޑްސް : ކުންނާރުގައި ހިމެނޭ "ބެޓޫލިނިކް އެސިޑް" އަދި "ޑައިހައިޑްރޯބެޓޫލިނިކް އެސިޑް" އަކީ އޭޑްސް ވައިރަސް އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލިއްޔަތު ހުރެދާނެ މާއްދާތަކެއްކަމަށް ވެދާނެކަމަށް ދިރާސާތައް ބުނެއެވެ.
މަޢުލޫމާތު:-
·         http://jujubefruit.blogspot.com

No comments:

Post a Comment