Wednesday, February 1, 2023

ފެން

ފެން

ފެނަކީ ކޮންމެ ދިރޭއެއްޗެއް ދިރިހުރުމަށް އެންމެ މުހިއްމު އެއް މާއްދާ އެވެ. ކޮންމެ ދިރޭ އެއްޗެއްގެ އަސްލަކީ ފެންކަމުގައި މާތްﷲ ލައްވަވާފައި ވެއެވެ. އިންސާނާގެ ހަށިގަނޑުގައި ފެން ވަރަށް ގިނަ އަދަދަކަށް އެކުލެވިގެންވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން 50 ކިލޯގެ ބަރުދަން ހުންނަމީހެއްގެ ހަށިގަނޑުގައި ގާތްގަނޑަކަށް 31 ލީޓަރުގެ ފެން ހުންނަކަމަށް ވެއެވެ. އަދި 10 ކިލޯގްރާމްގެ ބަރުދަން ހުންނަ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގާތްގަނޑަކަށް 8 ލީޓަރުގެ ފެން ހުންނަކަމަށް ވެއެވެ.

 

ފެން މުހިއްމުވާ ސަބަބުތައް

އިންސާނާއަށް ފެން މުހިއްމުވާ ތަފާތު އެތައް ސަބަބުތަކެއް ވެއެވެ. އެގޮތުން އިންސާނާއަށް ފެންބޭނުންވާ ސަބަބުތަކުގެ ތެރޭގައި ނޫނީ އިންސާނާގެ ހަށިގަނޑުގައި ފެނުން ކޮށްދޭ މަސައްކަތްތަކުގެ ތެރޭގައި ހަށިގަނޑުގައިވާ ދިޔަތަކާ، ސެލްތައް އުފެއްދުން، ކާތަކެތި ހަށިގަނޑުގެ ތެރޭގައި ފަސޭހައިން ހަޖަމުކުރެވޭނެގޮތް ހެދުން، އަނގަ، ގޮހޮރު، ފުއްޕާމޭ، ހަން ފަދަ ގުނަވަންތައް ކުރަކިވިޔަނުދީ ތެތްކަންމަތީ ބެހެއްޓުން، ކުޑަކަމުނަޖިހާއެކު ހަށިގަނޑުގައި އުފެދޭ ކުނިބުނި ހަށިގަނޑުން ބޭރުކުރުން، ހަން ސާފުކޮށް ބެހެއްޓުން، ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުން، ދާހިއްލުމަށް ފަހިކޮށްދިނުން، ހަށިގަނޑުގައި ހިމެނޭ ލޮނުގެ މާއްދާތަކުގެ މިންވަރު ހަމަހަމަކަންމަތީ ބެހެއްޓުމަށް އެހީތެރިވެދިނުން، ހަށިގަނޑުގައި ހިންގާ އެކިއެކި މެޓަބޮލީކް ރިއެކްޝަންތަކަށް އެހީތެރިވުން، ހަށިގަނޑަށް ބޭނުންނުވާ، އަދި ވިހަ މާއްދާތައް، ފުރަމޭ، ގުރުދާ (ކިޑްނީ)، ފުއްޕާމޭ، އަދި ހަމުގެ ތެރެއިން ލާފައި ހަށިގަނޑުން ބޭރުކުރުން، އަދި ހަށިގަނޑުގެ ތެރޭގައި އެކުލެވިގެންވާ އެކިއެކި ކެމިކަލް މާއްދާތައް އެއްތަނުން އަނެއްތަނަށް އުފުލުން ފަދަ ކަންތައްތައް ހިމެނެއެވެ.

ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށްޓަކައި، ހަށިގަނޑުގެ އެތެރޭގައި ހުންނަ ފެން ބޭރުވާ މިންވަރަށް ހަށިގަނޑަށް ފެން އެތެރެކުރަންޖެހެއެވެ. ނޫނީ އެތެރެވާން ޖެހެއެވެ. މީހާ ހަރަކާތްތެރިވެ، އުޅޭ މިންވަރަކުން، ބޭރުވާ ފެން އިތުރުވާނެކަން ހަދާންކުރާށެވެ. އެމީހަކު ދިރިއުޅޭ މާހައުލުގެ ނޫނީ ޖައްވުގެ ފިނިހޫނު މިނުން ވެސް، އެމީހެއްގެ ހަށިގަނޑުން ފެންބޭރުވާ މިންވަރު ތަފާތުވާނެ އެވެ. ހަމައެފަދައިން ފެން ބޮވޭ މިންވަރަކުން، ކުޑަކަމުދިއުމުން ހަށިގަނޑުން ފެންބޭރުވާ މިންވަރު ތަފާތުވާނެ އެވެ.  ބޭހެއްކަމުން ގެންދަނީނަމަ، އާންމުގޮތެއްގައި ފެންބޯ މިންވަރަށްވުރެ އިތުރަށް ފެންބުއިމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ.

އެކަށޭނަ ވަރަށް ފެންބުއިމަކީ ޞިއްޙީ ގޮތުން ވެސް އެތައް ފައިދާތަކެއް ލިއްބައިދޭ ކަމެއްކަން ފާހަގަ ކޮށްލަންޖެހެއެވެ. އެގޮތުން ފެންބުއިމުން ލިއްބައިދޭ ފައިދާތަކުގެ ތެރޭގައި، ހަށިގަނޑުން ލޮނާއި، ފެން ހުސްވިޔަނުދީ ހިފެހެއްޓުން، ބަރުދަން ކޮންޓްރޯލް ކުރުމުގައި އެހީތެރިވުން، ބޮލުގައި ރިހުމާ ހަށިގަނޑުގައި އުފެދޭ އެހެނިހެން ތަދުތައް ލުއިކޮށްދިނުން، ހަމަށް އޮމާންކަމާ ތާޒާކަން ގެނެސްދީ، ހަމުގެ ބަލިތަކާ ދުރުކޮށްދިނުން ފަދަ ކަންތައްތައް ހިމެނެއެވެ.

ހަށިގަނޑަށް އެކަށޭނަ ވަރަށް ފެންބުއިމަކީ ހަޖަމުކުރުމުގެ މަސައްކަތް ހީވާގީކޮށް، ގޮހޮރުގެ މައްސަލަތައް ކުޑަކޮށްދޭނެ ކަމެކެވެ. އެއީ ބަނޑުހަރުވުން ކުޑަކޮށްދީ، ބަނޑު ފަސޭހަކޮށްދޭނެ ކަމެކެވެ. މަސްގުޅަކެއުން ފަދަ ކަންތައްތަކާ ދުރުހެލިކޮށްދިނުން، ވަރުބަލިކަމާ ވާޅުކަން ކުޑަކޮށޮދީ ހަށިގަނޑުގައި ވަރުޖައްސައިދޭނެ ކަމެކެވެ. ހަށިގަނޑުގެ  ބައެއް ހިސާބުތަކަށް ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދިނުން، ހަށިގަނޑުން ވިހަތަކާ ގެއްލުންދެނިވި މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދިނުން، އަދި އަރިދަފުސް ރޯގާ ފަދަ ބަލިތައް ޖެހުމުން ދުރުކޮށްދިނުން ފަދަ ކަންތައްތަކަކީ ވެސް އެކަށޭނަ ވަރަށް ފެންބުއިމުން ލިބިދޭނެ ފައިދާ ތަކެވެ.

 

ފެނާއި ނުލައި ދެތިން ދުވަސް ވަންދެން ވެސް ދިރި ހުރުމަކީ ކުޅަދާނަ ކަމެއް ނޫނެވެ. އާންމުކޮށް ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ފަދަ ކާނާގެ ބާވަތްތަކުގައި ގިނަ މިންވަރަކަށް ފެން އެކުލެވޭކަން ފާހަގަކޮށްލެވެއެވެ. ހަމަ މިހެން މައިމީހާގެ ކިރުގައި ވެސް ގިނައަދަދަކަށް ފެން އެކުލެވިގެންވެއެވެ. މިހެން ވުމުން ގާތުން ކިރުދޭ ކުދިންނަށް 6 މަސް ވުމުގެ ކުރިން ފެން ނުވަތަ އެހެންވެސް ދިޔާއެއްޗެއް ބޭނުމެއް ނުވާނެ އެވެ. އެއީ މައިމީހާގެ ކިރުން ކުޑަ ދަރިފުޅަށް އެމުއްދަތުގައި ބޭނުންވާނެ ފެނުގެ މިންވަރު ފޯރުކޮށްދޭތީ އެވެ.

ބަލިތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން ފުދޭވަރަކަށް ފެން ބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ. ފެންބުއިމަކީ ބަލިތަކުން ސަލާމަތްވުމަށް އެހީތެރިވެދީ، ބައެއް ބަލިތަކަށް އަވަސް ޝިފާއެއް ލިބުމަށް ބޭނުންތެރިކަމެއް ވެސް މެއެވެ. އެހެންކަމުން ގިނައިން ފެންބުއިމަކީ އާދައަކަށް ކޮންމެ ބޭފުޅަކު ވެސް ހެއްދެވުމަކީ މުހިއްމު ކަމެކެވެ.

 

ފެނުގެ ބަދަލުގައި އެހެން ދިޔާތަކެތި ބުއިމަކުން ނުފުދޭނެ އެވެ. ސައި، ކޮފީ، ކޯލާ، ފިޒީޑްރިންކްސް، އަދި އެނާޖީ ޑްރިންކްސް ފަދަ ބުއިންތަކަކީ ހަށިގަނޑަށް ބޭނުންނުވާ، އަދި ގިނައިން ބޭނުންކުރުމުން، ގެއްލުންލިބޭ މާއްދާތައް (މިސާލަކަށް ކެފެއިން ފަދަ މާއްދާތަކާ ގިނަ އަދަދަކަށް ހަކުރު) އެކުލެވޭ ބުއިންތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ. މީގެ އިތުރުން، ޕެކެޓް، ދަޅު، ފުޅި، ފަދަ ބަންދުކޮށްފައި ހުންނަ ޖޫސް ފަދަ އެއްޗެހީގައި، އެތަކެތި ނުބައިނުވެ ބެހެއްޓުމަށްޓަކައި، ހަށިގަނޑަށް ކޮންމެހެން ބޭނުންނުވާ (ހަށިގަނޑުން ބޭރުކުރަންޖެހޭ) އެތައް ކެމިކަލް އެއް އެއްކުރެވިފައި ހުންނަކަން ފާހަގަ ކޮށްލަންޖެހެއެވެ.

 

ފެނަކީ އަހަރެމެންގެ ހަށިގަނޑަށް ބޭނުން އެއްޗެއް ކަމާއި، ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ފެން ބޭނުންވަނީ ކިހާވަރަކަށްކަން، އަދި ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބުމުން ޞިއްޙީ ގޮތުން މައްސަލަތައް ދިމާވެދާނެކަން އެންމެންނަށް ވެސް އެނގެއެވެ. މިކަން އެނގޭއިރު ވެސް ބައެއް މީހުންނަކީ އެކަށޭނަ ވަރަށް ފެންބުއިމުގެ އާދަ ހިފިފައި ނެތްމީހުންކަން ފާހަގަކުރެވެއެވެ. ނުވަތަ ފަރުވާކުޑަކަމުގެ ސަބަބުން ފުދޭވަރަށް ފެންނުބޮއި ތިބޭމީހުންނެވެ.  ގަބޫލުކުރަންޖެހޭ ހަގީގަތަކީ ގަވާއިދުން ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބޭނަމަ، އެލިބޭ މަދު މިންވަރު ބޭނުންކޮށްގެން، ހަށިގަނޑު ދާއިމީ ގޮތަކަށް މަސައްކަތް ކުރަން ފަށާނެކަމެވެ. އަދި މިގޮތުގައި ގިނަ ދުވަސްވާވަރަކަށް ޞިއްޙީ މައްސަލަތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވަމުންދާނެ ކަމެވެ.

 

ފެންބުއިމުން މަދުވުމުން ދިމާވާ މައްސަލަތައް

ފެންބުއިން މަދުވުމުގެ ސަބަބުން ނޫނީ އެކަށޭނަ ވަރަށް ފެން ނުބުއިމުން ދިމާވެދާނެ ޞިއްހީ މައްސަލަތަކުގެ ތެރޭގައި ކުޑަކަމުދާ ނިޒާމްގައި ޖަރާސީމު އެޅުން، ކިޑްނީގައި ހިލައުފެދުން، މަސާނާ ދުޅަވުން، އަދި ކިޑްނީ ފޭލްވުން ފަދަ ކިޑްނީ އާއި ކުޑަކަމުދާ ނިޒާމުގެ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން ބަނޑުހިކުން، ހަޖަމުގެ މައްސަލަތައް، ގޮހޮރުގެ މައްސަލަތައް، އަދި ބޮލުގައި ރިހުން ފަދަ ކަންތައްތަކަކީ ވެސް އެކަށޭނަ ވަރަށް ފެން ނުބުއިމުން ދިމާވެދާނެ ޞިއްހީ މައްސަލަތަކެވެ. ދިވެހިރާއްޖޭގައި މިފަހަކަށް އައިސް ކިޑްނީގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ކިޑްނީގެ މައްސަލަތައް ދިމާވުމަށް މެދުވެރިވާ މައިގަނޑު ސަބަބަތަކުގެ ތެރޭގައި ފެންބޮވޭ މިންވަރު މަދުވުމާއި، އެކި ފާޑުފާޑުގެ ބޭސް ބޭނުންކުރާ މިންވަރު އިތުރުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

  

ހޮނޑުލައި، ބޭރަށްހިންގުން ކުރިމަތިވެ އަވަސް ފަރުވާ ނުލިބިއްޖެނަމަ ހަށިގަނޑުން ފެނާއި، ލޮނުގެ މިންވަރު މަދުވުމަކީ ވަރަށް ގާތް ކަމެކެވެ. ހަށިގަނޑުން ފެނާއި، ލޮނު މަދުވުމުން ބޮޑެތި މީހުންގެ ފުށުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ކަރުހިއްކުން، ކުޑަކަމުދެވޭ މިންވަރު މަދުވެ، ކުޑަކަމުދާ ތަކެތީގެ ކުލަގަދަވުން، ހަމާއި، އަނގަޔާއި، ދޫ ހިކިފައިހުރުން، ލޯވަޅުވަނުން، ބޯއެނބުރުމާއެކު، ވަރުބަލިކަން އިހުސާސްވުން، ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން އަވަސްއަވަހަށް ފުންކޮށް ނޭވާލެވި، ވިންދު ދަށްވެ، ލޭގެ ޕްރެޝަރު ދަށްވެ، ވާނުވާ ނޭނގުމަކީ ވެސް ފެންމަދުވުމުން ދިމާވެދާނެ ކަންކަމެވެ.

 

ހަމަ މިގޮތަށް ހަށިގަނޑުން ފެނާއި، ލޮނު މަދުވުމުން ކުޑަކުދިންގެ ފުށުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަނގަޔާއި، ދޫ، ހިކިފައިހުރުން، ހަމުގެ ވާންކަން ގެއްލި، ހިކި، ދޫވެފައި ހުރުން، ރޯވަގުތު ކަރުނަ ނުހުރުން، ނެޕީ ބަދަލުކުރުމަށްފަހު 4-3 ގަޑިއިރު ވާއިރުވެސް ނެޕީ ތެމިފައިނެތުން، ބަނޑު، ލޯ، ކޯ، ހިނދި ވަޅުވަދެފައިވުން، ފެންކަފަވަޅު ހިނދި އަޑިއަށްދިއުން، ބަރުދަން ލުއިވުން، އަދި އުނދަގޫތަކެއްވާތީ އުޅުން ފަދަ ކަންތައްތައް ހިމެނެއެވެ.

  

ބޭރަށް ހިންގުމާއި، ރޯގާޖެހިގެން އުޅޭ ދުވަސްވަރު ވަކިން ޚާއްޞަކޮށް ގިނައިން ދިޔާތަކެތި ދިނުމަށް ޞިއްޙީ މާހިރުން ލަފާދެނީ ހަށިގަނޑުން ފެނާއި، ލޮނު މަދުވިޔަނުދީ އެކަށޭނަ ވަރެއްގައި ހިފެހެއްޓުމަށްޓަކައެވެ. ބޭރަށްހިންގައި ރޯގާ ޖެހިފައިވާ ދުވަސްވަރެއްގައި ހަށިގަނޑުން ފެނާއި، ލޮނު މަދުވުމުގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. އެހެންކަމުން ބަލިވެއްޖެނަމަ ވީހާވެސް ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ސަމާލުވެ ލައްވަންޖެހޭނެ އެވެ.

 

ފެން ބޭނުންވާ މިންވަރު

އާދައިގެ ގޮތެއްގައި އެވްރެޖްކޮށް ބޮޑުމީހަކު ދުވާލެއްގެ މައްޗަށް 3-2 ލިޓަރުގެ ފެން ބޯންޖެހޭނެ އެވެ. އެއީ ގާތްގަނޑަކަށް 8 ތަށްޓާއި، 12 ތަށްޓާއި، ދެމެދުގެ މިންވަރެކެވެ. ހޫނުމޫސުމުގައި ގިނައިން ދާހިއްލުން، ކަސްރަތުކުރުން، ކުޅިވަރުކުޅުން، ހުންއައުން، ޖައްވުގެ ތެތްކަން ދަށް ވެއްޓެއްގައި އުޅެންޖެހުން ފަދަ ހާލަތްތަކުގައި ފެންބޯ މިންވަރު އިތުރުކުރަން ސަމާލުކަން ދޭންޖެހޭނެ އެވެ. ގާތުން ކިރުދޭ ކުދިންނަށް 6 މަސް ވުމުގެ ކުރިން ފެން ނުވަތަ އެހެންވެސް ދިޔާއެއްޗެއް ބޭނުމެއް ނުވާނެ އެވެ. އެއީ މައިމީހާގެ ކިރުން ކުޑަ ދަރިފުޅަށް އެމުއްދަތުގައި ބޭނުންވާނެ ފެނުގެ މިންވަރު ފޯރުކޮށްދޭތީ އެވެ.

އިންސާނާއަށް ފެން މުހިއްމުވާ ސަބަބުތައް /އިންސާނާގައި ހަށިގަނޑުގައި ފެނުގެ ދައުރު / ފެންކޮށްދޭ މަސައްކަތްތައް

·         ހަށިގަނޑުގައިވާ ދިޔަތަކާ، ސެލްތައް އުފެއްދުން،

·         ކާތަކެތި ހަށިގަނޑުގެ ތެރޭގައި ފަސޭހައިން ހަޖަމުކުރެވޭނެގޮތް ހެދުން

·         އަނގަ، ގޮހޮރު، ފުއްޕާމޭ، ހަން ފަދަ ގުނަވަންތައް ކުރަކިވިޔަނުދީ ތެތްކަންމަތީ ބެހެއްޓުން،

·         ކުޑަކަމުނަޖިހާއެކު ހަށިގަނޑުގައި އުފެދޭ ކުނިބުނި ހަށިގަނޑުން ބޭރުކުރުން،

·         ހަން ސާފުކޮށް ބެހެއްޓުން،

·         ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުން

·         ދާހިއްލުމަށް ފަހިކޮށްދިނުން،

·         ހަށިގަނޑުގައި ހިމެނޭ ލޮނުގެ މާއްދާތަކުގެ މިންވަރު ހަމަހަމަކަންމަތީ ބެހެއްޓުމަށް އެހީތެރިވެދިނުން،

·         ހަށިގަނޑުގައި ހިންގާ އެކިއެކި މެޓަބޮލީކް ރިއެކްޝަންތަކަށް އެހީތެރިވުން،

·         ހަށިގަނޑަށްބޭނުންނުވާ، ވިހަ މާއްދާތައް،ފުރަމޭ،ގުރުދާ(ކިޑްނީ)،ފުއްޕާމޭ، އަދި ހަމުގެ ތެރެއިން ހަށިގަނޑުން ބޭރުކުރުން،

·         ހަށިގަނޑުގެ ތެރޭގައި އެކުލެވިގެންވާ އެކިއެކި ކެމިކަލް މާއްދާތައް އެއްތަނުން އަނެއްތަނަށް އުފުލުން

ފެންބުއިމުން ލިއްބައިދޭ ފައިދާތަކުގެ ތެރޭގައި

·         ހަށިގަނޑުން ލޮނާއި، ފެން ހުސްވިޔަނުދީ ހިފެހެއްޓުން،

·         ބަރުދަން ކޮންޓްރޯލް ކުރުމުގައި އެހީތެރިވުން

·         ބޮލުގައި ރިހުމާ ހަށިގަނޑުގައި އުފެދޭ އެހެނިހެން ތަދުތައް ލުއިކޮށްދިނުން

·         ހަމަށް އޮމާންކަމާ ތާޒާކަން ގެނެސްދީ، ހަމުގެ ބަލިތަކާ ދުރުކޮށްދިނުން

·         ހަޖަމުކުރުމުގެ މަސައްކަތް ހީވާގީކޮށް، ގޮހޮރުގެ މައްސަލަތަކާ ދުރުކޮށް، ބަނޑުހަރުވުން ކުޑަކޮށްދީ، ބަނޑުފަސޭހަކުރުން

·         މަސްގުޅަކެއުން ފަދަ ކަންތައްތަކާ ދުރުހެލިކޮށްދިނުން،

·         ވަރުބަލިކަމާ ވާޅުކަން ކުޑަކޮށޮދީ ހަށިގަނޑުގައި ވަރުޖައްސައިދިނުން

·         ހަށިގަނޑުގެ  ބައެއް ހިސާބުތަކަށް ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދިނުން،

·         ހަށިގަނޑުން ވިހަތަކާ ގެއްލުންދެނިވި މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދިނުން،

·         އަރިދަފުސް ރޯގާ ފަދަ ބަލިތައް ޖެހުމުން ދުރުކޮށްދިނުން

·         ގައިންގަޔަށްނާރާ ބަލިތަކުން ދުރުކޮށްދިނުން

·         ދަރިފުޅު ބޮޑުވުމަށް ބޭނުންވާ ބައިތައް ލިބުން

·         ބަނޑުހަރުވުމުން ދުރުކޮށްދިނުން

·         ބޭނުންނުވާ ބައިތައް ބޭރުކޮށްދިނުން

·         ހަށިގަނޑުގެ ފިނިހޫނުމިން އެކަށޭނަ ވަރެއްގައި ހިފަހައްޓައިދިނުން 

·         ހަމުގެ ދުޅަހެޔޮކަން އިތުރުވުން

·         ތަދުތަކާ، ދުޅަތަކާ ދުރުކޮށްދިނުން

ފެންބުއިން އިތުރުކުރަންޖެހޭ ހާލަތްތައް

·         ދާހިއްލުން،

·         ކަސްރަތުކުރުން،

·         ކުޅިވަރުކުޅުން،

·         ހުންއައުން،

·         ޖައްވުގެ ތެތްކަން ދަށް ތަނެއްގައި އުޅެންޖެހުން،

·         ބޭހެއްކަމުން ގެންދިއުން

ފެންބޭރުވާ މިންވަރު އިތުރުވާ ހާލަތްތައް

·         ހަރަކާތްތެރިކަން އިތުރުވުން،

·         ހޫނު މާޙައުލެއްގައި ދިރިއުޅުން

ފެނުގެ ބަދަލުގައި ބުއިން އެދެވިގެންނުވާ ބާވަތްތައް

ސައި، ކޮފީ، ކޯލާ، ފިޒީޑްރިންކްސް، އަދި އެނާޖީ ޑްރިންކްސް ފަދަ ބުއިންތަކަކީ ހަށިގަނޑަށް ބޭނުންނުވާ، އަދި ގިނައިން ބޭނުންކުރުމުން، ގެއްލުންލިބޭ މާއްދާތައް (މިސާލަކަށް ކެފެއިން ފަދަ މާއްދާތަކާ ގިނަ އަދަދަކަށް ހަކުރު) އެކުލެވޭ ބުއިންތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ. މީގެ އިތުރުން، ޕެކެޓް، ދަޅު، ފުޅި، ފަދަ ބަންދުކޮށްފައި ހުންނަ ޖޫސް ފަދަ އެއްޗެހީގައި، އެތަކެތި ނުބައިނުވެ ބެހެއްޓުމަށްޓަކައި، ހަށިގަނޑަށް ކޮންމެހެން ބޭނުންނުވާ (ހަށިގަނޑުން ބޭރުކުރަންޖެހޭ) އެތައް ކެމިކަލް އެއް އެއްކުރެވިފައި ހުންނަކަން ފާހަގަ ކޮށްލަންޖެހެއެވެ.

ގަވާއިދުން ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބޭނަމަ، އެލިބޭ މަދު މިންވަރު ބޭނުންކޮށްގެން، ހަށިގަނޑު ދާއިމީ ގޮތަކަށް މަސައްކަތް ކުރަން ފަށާނެކަމެވެ. އަދި މިގޮތުގައި ގިނަ ދުވަސްވާވަރަކަށް ޞިއްޙީ މައްސަލަތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވަމުންދާނެ ކަމެވެ.

ފެންބުއިން މަދުވުމުގެ ސަބަބުން ދިމާވެދާނެ ޞިއްހީ މައްސަލަތައް

·         ކުޑަކަމުދާ ނިޒާމްގައި ޖަރާސީމު އެޅުން

·         ކިޑްނީގައި ހިލައުފެދުން، މަސާނާ ދުޅަވުން

·         ކިޑްނީ ފޭލްވުން ފަދަ ކިޑްނީ އާއި ކުޑަކަމުދާ ނިޒާމުގެ މައްސަލަތައް

·         ބަނޑުހިކުން، ހަޖަމުގެ މައްސަލަތައް، ގޮހޮރުގެ މައްސަލަތައް،

·         ބޮލުގައި ރިހުން / މައިގްރޭން  

ހަށިގަނޑުން ފެނާއި ލޮނުމަދުވުން

ހޮނޑުލައި، ބޭރަށްހިންގުން ކުރިމަތިވެ އަވަސް ފަރުވާ ނުލިބިއްޖެނަމަ ހަށިގަނޑުން ފެނާއި، ލޮނުގެ މިންވަރު މަދުވުމަކީ ވަރަށް ގާތް ކަމެކެވެ. ހަށިގަނޑުން ފެނާއި، ލޮނު މަދުވުމުން ބޮޑެތި މީހުންގެ ފުށުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ކަރުހިއްކުން، ކުޑަކަމުދެވޭ މިންވަރު މަދުވެ، ކުޑަކަމުދާ ތަކެތީގެ ކުލަގަދަވުން، ހަމާއި، އަނގަޔާއި، ދޫ ހިކިފައިހުރުން، ލޯވަޅުވަނުން، ބޯއެނބުރުމާއެކު، ވަރުބަލިކަން އިހުސާސްވުން، ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން އަވަސްއަވަހަށް ފުންކޮށް ނޭވާލެވި، ވިންދު ދަށްވެ، ލޭގެ ޕްރެޝަރު ދަށްވެ، ވާނުވާ ނޭނގުމަކީ ވެސް ފެންމަދުވުމުން ދިމާވެދާނެ ކަންކަމެވެ.

ހަމަ މިގޮތަށް ހަށިގަނޑުން ފެނާއި، ލޮނު މަދުވުމުން ކުޑަކުދިންގެ ފުށުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަނގަޔާއި، ދޫ، ހިކިފައިހުރުން، ހަމުގެ ވާންކަން ގެއްލި، ހިކި، ދޫވެފައި ހުރުން، ރޯވަގުތު ކަރުނަ ނުހުރުން، ނެޕީ ބަދަލުކުރުމަށްފަހު 4-3 ގަޑިއިރު ވާއިރުވެސް ނެޕީ ތެމިފައިނެތުން، ބަނޑު، ލޯ، ކޯ، ހިނދި ވަޅުވަދެފައިވުން، ފެންކަފަވަޅު ހިނދި އަޑިއަށްދިއުން، ބަރުދަން ލުއިވުން، އަދި އުނދަގޫތަކެއްވާތީ އުޅުން ފަދަ ކަންތައްތައް ހިމެނެއެވެ.  ބޭރަށް ހިންގުމާއި، ރޯގާޖެހިގެން އުޅޭ ދުވަސްވަރު ވަކިން ޚާއްޞަކޮށް ގިނައިން ދިޔާތަކެތި ދިނުމަށް ލަފާދެނީ ފެނާ ލޮނުމަދުވާނެތީ!

 

 

  

No comments:

Post a Comment