Wednesday, October 5, 2011

މަބުސްތާނު


މަބުސްތާނު
މަބުސްތާނަކީ އަނގަޔަށް ވަރަށް މީރު މޭވާ އެކެވެ. މިއީ ޞިއްޙީ އެތަކެއް ފައިދާތަކެއް އެކުލެވޭ މޭވާ އެކެވެ. ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ މަސައްކަތްތައް ރަގަޅުކޮށް، ހަށިގަނޑުގެ އެކިއެކި ގުނަވަންތަކުގެ މަސައްކަތް ފުރިހަމަކުރުމަށް ބޭނުންވާ ތަފާތު މާއްދާތައް އެހެން މޭވާތައް ބޭނުންކުރުމުން ހަށިގަނޑަށް ލިބޭ ފަދައިން މަބުސްތާނު ކެއުމުން ވެސް ހަށިގަނޑަށް ލިބިގެން ދެއެވެ. މިއީ ބޮޑެތި މީހުން ބޭނުންކުރުން ކަމުދާ އެއްޗަކަށް ވިޔަސް ކުޑަކުދިން ބޭނުންކުރުން ރައްކާތެރި ނުވެދާނެ ކަމަށް ބައެއް ދިރާސާތައް ބުނެފައި ވެއެވެ.  

ދިވެހި ނަން : މަބުސްތާނު
އިގިރޭސި ނަން : Mangosteen
ޢިލްމީ ނަން : Garcinia Mangostana
މަބުސްތާނުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
63 ކިލޯކެލަރީ
ސޯޑިއަމް
7 މިލިގްރާމް
ކާބޯހައިޑްރޭޓް
0.4 ގްރާމް
ޕޮޓޭސިއަމް
48 މިލިގްރާމް
ޕްރޮޓީން
15.6 ގްރާމް
މަޢުދަންތައް
ފެޓް
0.50 ގްރާމް
ކެލްސިއަމް
5.49 މިލިގްރާމް
ފައިބަރު
5.1 ގްރާމް
ކޮޕަރ
0.069މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
1.60 މިލިގްރާމް
ފޮލިކް އެސިޑް
31 މައިކްރޯ ގްރާމް
މެގްނީޒިއަމް
13.9 މިލިގްރާމް
ނިއެސިން
0.286 މިލިގްރާމް
މެންގަނީޒް
0.10 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.032 މިލިގްރާމް
ފޮސްފަރަސް
9.21 މިލިގްރާމް
ޕައިރިޑޮކްސިން
0.041 މިލިގްރާމް
ސިލެނިއަމް
-           
ރައިބޯފްލެވިން
0.054 މިލިގްރާމް
ޒިންކް
0.12 މިލިގްރާމް
ތިއެމިން
0.054 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
35 އައިޔޫ
ކެރޮޓީން އަލްފާ
1 މައިކްރޯ ގްރާމް
ވިޓަމިން ސީ
7.2 މިލިގްރާމް
ކެރޮޓީން ބީޓާ
16 މައިކްރޯ ގްރާމް
ވިޓަމިން އީ

ކްރިޕްޓޯޒެންތިން ބީ
9 މައިކްރޯ ގްރާމް
ވިޓަމިން ކޭ

ލޫޓީން-ޒިއެޒެންތިން



ލައިކޯޕީން
-           

މަބުސްތާނު އިން ލިބޭ ޞިއްޙީ ފައިދާތައް
·         މަބުސްތާނު ބޭނުންކޮށްގެން ކުރީގައި ފަރުވާކޮށްފައިވާ ބަލިތަކުގެ ތެރޭގައި، ރާއްޖެބަލި، ކެންސަރު، ބޭރަށްހިންގުން، ހަމުގެ ބައެއް މައްސަލަތައް، ކިހުނުވުން، ޙައިޟުވުމާއި ގުޅުންހުރި މައްސަލަތައް، ކެއްސުން ބަލި، އަދި ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އެޅުން ފަދަ ބަލިތައް ހިމެނެއެވެ.
·         އަންނަނިވި ކަންތައްތަކަށް މަބުސްތާނު ކެއުމުން އެހީތެރިކަން ލިބޭކަން ފާހަގަ ކުރެވިފައި ވެއެވެ. :-
-          އެންޓި – ފެޓީގް : ވަރުބަލިކަމާ ދެކޮޅަށް މަސައްކަތް ކުރެއެވެ. މާނައަކީ ހަށިގަނޑުގައި ބާރާއި ވަރުޖެހެއެވެ.
-          އެންޓި – އިންފްލެމޭޓަރީ : ދުޅަތަކާއި ދެކޮޅަށް މަސައްކަތް ކުރެއެވެ.
-          އެނަލްޖީސިކް : ތަދަށް ލުއިކަން ގެނެސްދީ، ފަސޭހައިން ތަދު ފިލައިދެއެވެ.
-          އެންޓި – އަލްސަރ : ހަށިގަނޑުގައި އުފެދޭ ފާރާއި(މައިދާ،ގޮހޮރު،އަނގަ) ދެކޮޅަށް މަސައްކަތްކުރެއެވެ.
-          އެންޓި – ޑިޕްރެސެންޓް : މާޔޫސްކަމަށް އެހީތެރިކަން ފޯރުކޮށްދެއެވެ.
-          އެންޒިއޯލިޓިކް : ހާސްވެ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ތަކުން ދުރުކޮށްދެއެވެ.
-          އެންޓި – އެލްޒެއިމާ : ހަދާން ނެތުމުން މިންޖުކޮށްދެއެވެ.
-          އެންޓި – ޓިއުމަރ : ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރެއެވެ.
-          އިމިޔުނޯމޮޑިއުލޭޓަރ : ދިފާއީ ނިޒާމް ރަގަޅުކޮށް ހަރުދަނާ ކުރެއެވެ.
-          އެންޓި – އޭޖިންގ : އުމުރުން ދުވަސްވުން ލަސްކުރުވައެވެ.
-          އެންޓި – އޮކްސިޑެންޓް : ފްރީ ރެޑިކަލްގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށްދެއެވެ.
-          އެންޓި – ވައިރަލް : ވައިރަހުގެ ބަލިތަކާ  ދެކޮޅަށް މަސައްކަތް ކުރެއެވެ.
-          އެންޓި – ބަޔޮޓިކް : ބެކްޓީރިޔާ އިން ޖެހޭ ަލިތަކާ  ދެކޮޅަށް މަސައްކަތް ކުރެއެވެ.
-          އެންޓި – ފަންގަލް : ފަންގަހުގެ ަލިތަކާ  ދެކޮޅަށް މަސައްކަތް ކުރެއެވެ.
-          އެންޓި – ސެބޮރިކް : ހަމުގެ މައްސަލަތަކަށް ލުއިކަން ހޯދައިދެއެވެ.
-          އެންޓި – ލިޕިޑިމިކް : ލޭގައި ސަރުބީގެ މިންވަރު ދަށްކުރެއެވެ.
-          އެންޓި – ސްކެލިރޮޓިކް : ލޭހޮޅިތައް ހަރުވުމުން ހިމާޔަތްކޮށްދެއެވެ.
-          ކާޑިއޯޕްރޮޓެކްޓިވް : ހިތުގެ މައްސަލަތަކާ ދުރުކޮށްދެއެވެ.
-          ހައިޕޯޓެންސިވް : ލޭގެ ޕްރެޝަރު ދަށްކޮށްދެއެވެ.
-          ހައިޕޯގްލައިސިމިކް : ލޭގެ ހަކުރުގެ މިންވަރު ދަށްކޮށްދެއެވެ.
-          އެންޓި – އޮބޭސިޓީ : ހަށިގަނޑުގެ ބަރުދަން ލުއިކޮށްދެއެވެ.
-          އެންޓި – އާތްރައިޓިކް : ރާއްޖެބައްޔާއި ހުޅުދުޅަވުން ފަދަ ކަންތަކުން ހިމާޔަތްކޮށްދެއެވެ.
-          އެންޓި – އޮސްޓިއޯޕްރޯސިސް : ކަށިފީވުމާއި ދެކޮޅަށް މަސައްކަތް ކުރެެއެވެ.
-          އެންޓި – ޕެރިއޮޑޮންޓިކް : ހިރުގަނޑުގެ ބަލިތަކުން ހިމާޔަތްކޮށްދެއެވެ.
-          އެންޓި – އެލާޖެނިކް : ހަށިގަނޑާ ނުގުޅޭ ރިއެކްޝަން ކުރިމަތިވުން ކުޑަކޮށްދެއެވެ.
-          އެންޓި – ކަލްކިޔުލިޓިކް : ގުރުދާގައި ހިލަ އުފެދުމުން ދުރުކޮށްދެއެވެ.
-          އެންޓި – ޕައިރެޓިކް : ހުން ތިރިކޮށްދެއެވެ.
-          އެންޓި – ޕާކިންސަން : ތުރުތުރުއަޅާ ބަލީގެ އުދަނގޫތައް ކުޑަކޮށްދެއެވެ.
-          އެންޓި – ޑައިރިއަލް : ބޭރަށްހިންގުން ފަސޭހައިން ރަގަޅުކޮށްދެއެވެ.
-          އެންޓި – ނިއުރަލްޖިކް : ނާރުގެ ސަބަބުން އުފެދޭ ތަދު ކުޑަކޮށްދެއެވެ.
-          އެންޓި – ވާޓައިގޯ : ބޯއެނބުރުން ކުޑަކޮށް ދެއެވެ.
-          އެންޓި – ގުލޫކޮމިކް : ލޮލުގެ އެތެރޭގެ ޕްރެޝަރު މައްޗަށް ދިއުމުން ދުރުކޮށްދެއެވެ.
-          އެންޓި – ކެޓަރެކެޓް : ލޮލުގައި ފުސްހެދުން ކުޑަކޮށް ދެއެވެ.
·         ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި މަބުސްތާނުގައި ގުދުރަތީގޮތުން އުފެދޭ ޕޮލިފީނޯލް ކަމްޕައުންޑެއް ހުރެއެވެ. އެއީ "ޒެންތޯން"(Xanthones) އެވެ. ޒެންތޯން އިން ފަހަރުގައި ހިތުގެ ބަލިތަކުގެ ތެރޭގައި ހިމެނޭ، ހިތުގެ ބައިތަކަށް ލޭފޮނުވުމުން މަދުވުމުން ދިމާވާ ހިތުގެ ބަލިތައް، ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ ޖަމާވެ ހަރުވުން، ލޭމައްޗަށްދިއުން، ލޭހޮޅީގެ ތެރޭގައި ގަނޑުލޭކޮޅެއް އަށަގަތުން ފަދަ ހިތުގެ ބަލިތަކަށް ލުއިކަމެއް ލިބިދާނެ ކަމަށް ބުނެވެއެވެ. އަދި ހަމަ މިގޮތަށް މަބުސްތާނު ގައި ލޭހޮޅިތަކަށް ހަމައަކަށް އަޅުވާލުމުގެ ބާރު އެކުލެވިފައި ވެއެވެ.
·         މަބުސްތާނުގައި ހިމެނޭ ޒެންތޯން އަކީ މިހާތަނަށް ހޯދިފައިވާ އެންމެ ބާރުގަދަ އެއް އެންޓި-އޮކްސިޑެންޓް އެވެ. މިއީ ފްރީ ރެޑިކަލް ތަކުން ހަށިގަނޑަށް ލިބޭ ގެއްލުމުން ހަށިގަނޑު ހިމާޔަތްކޮށްދޭ އައްޑަނަ އެކެވެ. މީގެ އިތުރުން ޒެންތޯން އަކީ ދިފާޢީ ނިޒާމާއި، ހަޖަމުކުރުމުގެ ނިޒާމާއި، މަސްތަކާއި ކަށިތަކުގެ ނިޒާމާއި، ސިކުނޑިއާއި، ހަމުގެ މަސައްކަތްތަކަށް އިތުރު ހިތްވަރާއި، އެހީތެރިކަން ފޯރުވައިދޭ މާއްދާ އެކެވެ. ޒެންތޯން މައިގަނޑު ގޮތެއްގައި ހުންނަނީ މަބުސްތާނުގެ ތޮށިގަނޑުގައި ކަން ފާހަގަކޮށްލަން ޖެހެއެވެ.

މަޢުލޫމާތު:-

No comments:

Post a Comment