Friday, January 3, 2014

ޒޫކީނީ

ޒޫކީނީ
ޒޫކީނީ އަކީ ބޮޑުކެކުރި، ބަރަބޯ، ތަރުކާރީ ބަރަބޯ، ފަދަ ބާވަތްތައް ނިސްބަތްވާ އާއިލާގެ ތަރުކާރީގެ ބާވަތެކެވެ. މިއީ މަދުން ނަމަވެސް މިފަހަކަށް އައިސް ދިވެހިންގެ ކެއުމުގައި ހިމެނެމުންދާ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : ޒޫކީނީ
އިގިރޭސި ނަން :  Zucchini squash / Zucchini
ޢިލްމީ ނަން : Cucumis pepo
ޒޫކީނީގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
17 ކިލޯކެލަރީ
ސޯޑިއަމް
8 މިލިގްރާމް
ކާބޯހައިޑްރޭޓް
3.11 ގްރާމް
ޕޮޓޭސިއަމް
261 މިލިގްރާމް
ޕްރޮޓީން
1.21  ގްރާމް
މަޢުދަންތައް
ފެޓް
0.32 ގްރާމް
ކެލްސިއަމް
16 މިލިގްރާމް
ފައިބަރު
1 ގްރާމް
ކޮޕަރ
ވިޓަމިންތައް
ދަނގަޑު
0.37 މިލިގްރާމް
ފޮލިކް އެސިޑް
24 މައިކްރޯ ގްރާމް
މެގްނީޒިއަމް
18 މިލިގްރާމް
ނިއެސިން
0.451 މިލިގްރާމް
މެންގަނީޒް
0.177 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.204 މިލިގްރާމް
ފޮސްފަރަސް
-     38 މިލިގްރާމް
ޕައިރިޑޮކްސިން
0.163 މިލިގްރާމް
ސިލެނިއަމް
12 0.2މައިކްރޯގްރާމް
ރައިބޯފްލެވިން
0.094 މިލިގްރާމް
ޒިންކް
0.32 މިލިގްރާމް
ތިއެމިން
0.045 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
200 އައިޔޫ
ކެރޮޓީން އަލްފާ
0 މައިކްރޯ ގްރާމް
ވިޓަމިން ސީ
17.9 މިލިގްރާމް
ކެރޮޓީން ބީޓާ
120 މައިކްރޯ ގްރާމް
ވިޓަމިން އީ
0.12 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
0 މައިކްރޯ ގްރާމް
ވިޓަމިން ކޭ
4.3 މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
2125މައިކްރޯ ގްރާމް
























ޒޫކީނީ އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ސަރުބީ ދަށްކުރުން : ޒޫކީނީ ބޭނުންކުރުމަކީ ސަރުބީ ދަށްވާނެ ކަމެކެވެ. އެހެނީ ޒޫކީނީގައި ހިމެނޭ ފައިބަރަކީ މޭގަނޑުގައި ކޮލެސްޓްރޯލް އިން އުފެދޭ ބައިލް އެސިޑާއި ތަތްވާ އެއްޗެކެވެ. މޭގަނޑުން ބައިލް އެސިޑު އުފެއްދުމަށް ކޮލެސްޓްރޯލްގެ ބޭނުން ހިފުމަކީ ލޭގައި ކޮލެސްޓްރޯލްގެ މިންވަރު ދަށްވާނެ ކަމެކެވެ.

ކެންސަރުން ރައްކާތެރިކޮށްދިނުން : ޒޫކީނީގައި ގިނަ އަދަދަކަށް ފައިބަރު ހުރުމަކީ ގޮހޮރުގައި ކެންސަރު ޖައްސަނިވި ވިހަ މާއްދާތައް ތަތްވެ ހަރުލުމަށް ހުރަސްއަޅާނެ ކަމެކެވެ. މީގެ އިތުރުން ފައިބަރަކީ ގޮހޮރުގެ ހަރަކާތް ރަގަޅުކޮށްދީ، ގޮހޮރުގެ މަސައްކަތަށް އެއްބާރުލުންދޭ މާއްދާ އެކެވެ. މީގެ އިތުރުން ޒޫކީނީގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ ގޮތުގައި ބެލެވޭ ވިޓަމިން އޭ، ވިޓަމިން ސީ އަދި ފޮލިކް އެސިޑްގެ ސަބަބުން ވެސް ފްރީރެޑިކަލްތަކުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ކުޑަކޮށްދީ، އެކި ބާވަތްތަކުގެ ކެންސަރަށް މަގުފަހިވުމުގެ ފުރުޞަތު ކުޑަވެގެން ދެއެވެ.

ޕްރޮސްޓޭޓްގެ ދުޅަހެޔޮކަން ދެމެހެއްޓުން : ދިރާސާތަކުން ދައްކާގޮތުގައި ޒޫކީނީގައި ހިމެނޭ ފައިޓޯނިއުޓްރިއެންޓް ތަކުގެ ސަބަބުން، ޕްރޮސްޓޭޓް ބޮޑުވާ ބަލީގެ އުދަނގޫތައް ލުއިކުރުމަށް އެހީތެރިވެދެއެވެ. ޕްރޮސްޓޭޓް ބޮޑުވާ ބައްޔަކީ ކުޑަކަމުދާ ނިޒާމްގެ އުދަނގޫތަކާއި، ޖިންސީ އެދުންވެރިކަމަށް ނުކުޅެދުންތެރިކަން ފޯރުވާ ބައްޔެކެވެ.

ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވުން : ޒޫކީނީގައި ވިޓަމިން އޭ އަދި ވިޓަމިން ސީ ހުރެއެވެ. މިއީ އެންޓިއޮކްސިޑެންޓް ތަކުގެ ގޮތުގައި މަސައްކަތްކުރުމުގެ އިތުރުން، ދުޅަތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ވެސް ލިބިފައިވާ މާއްދާ ތަކެކެވެ. ޒޫކީނީގައި ހިމެނޭ މިދެންނެވި ވިޓަމިންތަކާއި، އޭގައި ހިމެނޭ ކޮޕަރ ފަދަ މާއްދާތަކުގެ ސަބަބުން ނޭވާހިއްލުން، މަޑުކަށިގިރުން، އަދި ރާއްޖެ ބަލި ފަދަ ބަލިތަކުގެ އުދަނގޫތައް ކުޑަކޮށްދޭކަން ފާހަގަ ކުރެވެއެވެ.


ހާރޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުން ރައްކާތެރިކޮށްދިނުން : ޒޫކީނީގައި މެގްނީޒިއަމް ހުރެއެވެ. މެގްނީޒިއަމް އަކީ ހާރޓް އެޓޭކް ޖެހުން އަދި ސްޓްރޯކް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭކަމަށް ސާބިތުވެފައިވާ މައުދަނެކެވެ. ޒޫކީނީގައި ފޮލިކް އެސިޑް ވެސް ހުރެއެވެ. ފޮލިކް އެސިޑަކީ އެމިނޯއެސިޑް ހޯމޯސިސްޓެއިން ބައިބައިކުރުމަށް އެއްބާރުލުންދޭ ވިޓަމިނެކެވެ. ހޯމޯސިސްޓެއިންގެ މިންވަރު އިތުރުވުމަކީ ހާރޓް އެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުމަށް މަގުފަހިވާނެ ކަމެކެވެ.

ލޭގެ ޕްރެޝަރު ދަށްކުރުން : ޒޫކީނީ ގައި ޕޮޓޭސިއަމް އަދި މެގްނީޒިއަމް ހުރުމަކީ ޒޫކީނީ ބޭނުންކުރުމުން ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ލޭގެ ޕްރެޝަރު މަތިވުމަކީ ލޭހޮޅިތައް ހަރުއެރުން، ހާރޓް އެޓޭކްޖެހުން، އަދި ސްޓްރޯކްޖެހުން ފަދަ ކަންކަން ކުރިމަތިކުރުވާނެ ކަމެކެވެ. ޕޮޓޭސިއަމް އަދި މެގްނީޒިއަމް އަކީ ލޭދައުރުވުމުގެ މަސައްކަތް ހަލުވިކޮށް ފަސޭހަކޮށްދޭނެ މާއްދާ ތަކެކެވެ.

މެގްނީޒިއަމް އެކަށޭނަ ވަރަކަށް ހުރުން : ޒޫކީނީގައި މެގްނީޒިއަމް އެކަށޭނަ ވަރަކަށް ހުރެއެވެ. މެގްނީޒިއަމް އަކީ މަސްތަކުގައި ހުންނަ ޕްރޮޓީން ކަމުގައިވާ "އެކްޓިން" އަދި "މެޔޯސިން"ގެ މަސައްކަތަށް ވާގިވެރިވާ މައުދަނެކެވެ. މީގެ އިތުރުން މެގްނީޒިއަމް އަކީ ކަށިތައް ވަރުގަދަކުރުމަށް ވެސް އެހީތެރިވެދޭ މައުދަނެކެވެ.

ފައިބަރު ގިނައިން ހުރުން : ޒޫކީނީ ގައި ފައިބަރު ގިނަ އަދަދަކަށް ހުރެއެވެ. ފައިބަރަކީ ބަނޑުހިކުމުން ރައްކާތެރިކޮށްދީ، ބަނޑު ފަސޭހަކޮށްދޭ މާއްދާ އެކެވެ. ފައިބަރު ކާނާގައި ހިމެނުމަކީ ހަޖަމު ރަގަޅުކޮށްދީ، ބަނޑާއި ގޮހޮރުގެ މައްސަލަތަކަށް ލުއިކަން ގެނެސްދޭނެ ކަމެކެވެ.

އެހެނިހެން ފައިދާތައް :
·         ނޭވާހިއްލުމުގެ އުދަނގޫތައް ލުއިކޮށްދިނުން
·         ވިޓަމިން ސީ މަދުވުމުން ދިމާވާ "ސްކާރވީ" ފަދަ ބަލިތަކުން ރައްކާތެރިކޮށްދިނުން
·         ކުދި ލޭހޮޅިތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދިނުން
·         "މަލްޓިޕަލް ސްކެލީރޯސިސް" ކިޔާ ބައްޔެއް ޖެހުމުގެ ފުރުޞަތު ކުޑަކުރުން
·         ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދިނުން
މައުލޫމާތު :


No comments:

Post a Comment