Thursday, January 7, 2016

ހެދިބޮޑުވުން : ތިން އަހަރު ފުރުމުން

ކުޑަ ދަރިފުޅުގެ ހެދިބޮޑުވުން : ތިން އަހަރުވުމުން
ފުރަތަމަ ފިޔަވަޅު އެޅުން، ހިނިތުންވުން، "ބައިބައި" ކިޔަމުން އަތް ހޫރާލުން ފަދަ ހުނަރުތަކަކީ ކުއްޖެއްގެ "ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު"(developmental milestone) ތަކެކެވެ. ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު ތަކަކީ އެކުއްޖެއްގެ އުމުރާ ގުޅޭގޮތުން ގިނަ ކުދިންނަށް އެއުމުރުގައި ޙާޞިލްކުރެވޭނެ (ކުރެވެންޖެހޭނެ) ކަންތައްތަކެކެވެ. ކުޑަކުދިން ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑުތައް ހުންނަގޮތް ފާހަގަކުރެވިގެންދާނީ ކުޅިވަރާއި، އުގެނުމާއި، ވާހަކަ ދެއްކުމާއި، އެހެންމީހުންނާއި އެކުވެ އުޅުމާއި، ފިރުކުމާއި، ހިނގުމާއި، ފުންމުން ފަދަ ހަރަކާތްތަކުގެ ތެރެއިންނެވެ. އެގޮތުން ކުޑަ ދަރިފުޅުގެ އުމުރުން ތިން އަހަރު ވާއިރުހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު ތައް ހުންނަށް ޖެހޭނެގޮތް ބަލާލަމާ ހިނގާށެވެ. 

މިއުމުރުގައި ގިނަ ކުދިން ކުރާނެ ކަންތައްތައް
އިޖުތިމާޢީ ހުނަރު / އާތިފީ ހުނަރު :
o       ބޮޑެތި މީހުންނާއި، އެހެން ކުދިން (ރަހުމަތްތެރިން) ކުރާ ކަންތައްތައް ކޮޕީކުރުން
o       އެހެންކުދިންނަށް ހިތުގައި އޮންނަ ކުލުނާއި ލޯބި ހާމަކުރުން
o       ކުޅިވަރުގައި ތިމާގެ ދައުރު އައުމުން އެކަމެއް ފުރިހަމަކުރުން
o       އެކުގައި އުޅޭ ކުއްޖަކު ރޯނަމަ ކަންބޮޑުވުން
o       އަމިއްލަ އެއްޗިއްސާއި، އެހެންކުދިންގެ އެއްޗެތި ވަކިކުރަން އެނގުން
o       އެކި ކަހަލަ އާތިފީ ޝުޢޫރުތައް ހާމަކުރުން
o       މަންމައާއި ބައްޕަ ދާން އުޅުމުން ފަސޭހަކަމާއެކު ދޫކޮށްލުން (އެމީހުންނާއި ވަކިވުން)
o       އާންމުކޮށް ކޮށްއުޅޭ ކަމަކަށް ބަދަލު އައުމުން ރުޅިއައުން
o       އަމިއްލައަށް ހެދުން ލައި ބާލަން އެނގުން
ބަސްމޮށުންތެރިކަމުގެ ހުނަރު / މުޢާމަލާތުގެ ހުނަރު :
o       3-2 ކަމެއްކުރަން ބުނުމުން އެކަންކަން ޖެހިޖެހިގެން ކުރަން އެނގުން މިސާލު : ބޯޅަ ނަގާފައި ދޮވެފައި މޭޒުމަތީ ބާއްވަދީ ބުނުމުން އެގޮތަށް އަމަލުކުރުން
o       އެންމެ އާންމުކޮށް ބޭނުންކުރާ އެއްޗެތީގެ ނަންތައް އެނގުން
o       "ތިރި"، "މަތި"، "ދަށް" ފަދަ ބަސްތައް ދޭހަވުން
o       ކުއްޖާއަށް އާންމުކޮށް ކިޔާ ނަމާއި، އުމުރާއި، ޖިންސު ބުނެދޭން އެނގުން
o       އެކުގައި އުޅޭ ކުއްޖެއްގެ (ރަހުމަތްތެރިއެއްގެ) ނަން ބުނަން އެނގުން
o       މަ، އަހަރެން، ކަލޭ ފަދަ ބަސްތައް އެނގުން
o       ނުދަންނަ މީހުން ދެނެގަތުމަށްޓަކައި އެފަދަ މީހުންނާއި، ގިނައިރު ވާހަކަ ދެއްކުން
o       ވާހަކަ ދައްކާއިރު 3-2 ޖުމުލަ ބޭނުންކޮށްގެން ވާހަކަދެއްކުން
ވިސްނުމުގެ ހުނަރު (އުނެގުން، ވިސްނުން، މައްސަލަ ހައްލުކުރުން) :
o       ގޮށް، އުފުލައިހެދޭ ތަކެތި ބޭނުންކޮށްގެން ކުޅެހެދުން
o       ބުދު، ޖަނަވާރު، ނޫނީ މީހަކަށްވެގެން ކުޅެހެދުން (ހެދިގެންއުޅުން)
o       ރާވަން ހުންނަ "ޕަޒްލް" ފަދަ ތަކެތިން 4-3 އެތިކޮޅު ރާވަން އެނގުން
o       "ދޭއް" ބުނުމުން އޭގެ މާނަ ދޭހަވުން
o       ފަންސުރަކުން ނޫނީ ކްރޭޔޮން އަކުން ވަށްބުރެއް ކޮޕީކުރަން އެނގުން
o       ފޮތުގެ ކޮންމެ ސަފުހާއެއް ވަކިވަކިން އެއްލަން އެނގުން
o       ބްލޮކް ބޭނުންކޮށްގެން 6 ބްލޮކަށްވުރެ ގިނައިން ބްލޮކް ހިމެނޭ ޓަވަރެއް ހަދަން އެނގުން
o       ޖަގުގެ މަތިޖަހައި، ނަގަން އެނގުން ނޫނީ ދޮރުގެ ގޮބަށް ހިފައި އަނބުރަން އެނގުން
ހަރަކާތްކުރުމުގެ ހުނަރު / ޖިސްމާނީ ހެދިބޮޑުވުން :
o       ތަންތަނަށް އަރަން އެނގުން
o       ފަސޭހައިން ދުވެހެދުން
o       ތިންފުރޮޅުލީ ބައިސްކަލް ދުއްވުން
o       ސިނޑީގެ ކޮންމެ ހަރުފަތެއްގައި ފައި ޖައްސަމުން ސިނޑިން އަރާ ފައިބާން އެނގުން
ސަމާލުވެލައްވާ :
އަންނަނިވި ކަންތައްތައް ކުޑަ ދަރިފުޅުގެ ފުށުން ފާހަގަވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.
·         ވަރަށް ގިނައިން ވެއްޓުން، ނޫނީ ކައްސާލުން، ނޫނީ ސިނޑިން އަރާ، ފައިބާން އުނދަގޫވުން
·         ދައްކާ ވާހަކަ ދޭހަނުވުން، ވާހަކަ ދައްކާއިރު ކުޅު ފޭބުން
·         ކުޅޭ އެއްޗެހި ބޭނުންކޮށްގެން ކުޅެނުހެދުން، ޖަގެއްގެ މަތި ނަގަން ނޭގުން
·         ވާހަކަދައްކާއިރުޖުމުލަ ގުޅުވައިގެން ނޫނީ ޖުމުލަބޭނުންކޮށްގެންވާހަކަދައްކަން ނޭގުން
·         އާދައިގެ ކުދިކުދިން އިރުޝާދު ތައް ވެސް ދޭހަނުވުން
·         ފީކޮއި ކުޅުން، ބަތްކައްކާ ކުޅުން، ހެދިގެން އުޅުން ފަދަ ކުޅިވަރުތައް ނުކުޅުން
·         ކުޅޭ އެއްޗިއްސާއެކު، ނޫނީ އެހެން ކުދިންނާއެކު ކުޅެނުހެދުން
·         ވާހަކަ ދައްކާއިރު ކަޅި ހަމަނުކުރުން
·         ކުރިން ހުރި ހުނަރުތައް ވެސް ގެއްލިދިއުން (ކުރިން ކުރަމުން ކަންތައްތައް ވެސް ނުކުރެވުން)
މައުލޫމާތު :

No comments:

Post a Comment