Monday, December 23, 2013

މައްސާގު ފަތް

މައްސާގު ފަތް
މައްސާގު ފަތަކީ ދިވެހިންގެ  ކެއުމުގައި މަދުން ނަމަވެސް ބޭނުންކުރާ ފަތްޕިލާވެލީގެ ބާވަތެކެވެ.
ދިވެހި ނަން : މައްސާގު / މައްސާގު ފަތް
އިގިރޭސި ނަން : Cocks comb
ޢިލްމީ ނަން : Amaranthus viridis
މައްސާގު ފަތުގެ ކޮންމެ 28 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
6 ކިލޯކެލަރީ
ސޯޑިއަމް
5.6 މިލިގްރާމް
ކާބޯހައިޑްރޭޓް
1.12 ގްރާމް
ޕޮޓޭސިއަމް
171.08 މިލިގްރާމް
ޕްރޮޓީން
0.68  ގްރާމް
މަޢުދަންތައް
ފެޓް
0.092 ގްރާމް
ކެލްސިއަމް
60.2 މިލިގްރާމް
ފައިބަރު
ކޮޕަރ
0.045މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.64 މިލިގްރާމް
ފޮލިކް އެސިޑް
28.3މައިކްރޯ ގްރާމް
މެގްނީޒިއަމް
15.4 މިލިގްރާމް
ނިއެސިން
0.184 މިލިގްރާމް
މެންގަނީޒް
0.247 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.0179 މިލިގްރާމް
ފޮސްފަރަސް
-     14 މިލިގްރާމް
ޕައިރިޑޮކްސިން
0.053 މިލިގްރާމް
ސިލެނިއަމް
12 0.252މައިކްރޯގްރާމް
ރައިބޯފްލެވިން
0.044 މިލިގްރާމް
ޒިންކް
0.252 މިލިގްރާމް
ތިއެމިން
0.0075 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
816.76 އައިޔޫ
ކެރޮޓީން އަލްފާ
ވިޓަމިން ސީ
12.12 މިލިގްރާމް
ކެރޮޓީން ބީޓާ
ވިޓަމިން އީ
ކްރިޕްޓޯޒެންތިން ބީ
ވިޓަމިން ކޭ
319.2މައިކްރޯގްރާމް
ލުޓީން-ޒިއެޒެންތިން
























މައްސާގު ފަތުން ލިބިދޭ ޞިއްޙީ ބައެއް ފައިދާތައް
·         މައްސާގު ބޭނުންކޮށްގެން ހަދާފައިވާ ދިރާސާތައް ދައްކާގޮތުގައި މައްސާގު ފަތުގައި ފްލޭވޮނޮއިޑް ގެ ގޮތުގައި ބެލެވޭ ކުވަރސިޓިން އަދި ރޫޓިން ހުރެއެވެ. ފްލޭވޮނޮއިޑް ތަކަކީ ހަށިގަނޑުގައި ތަފާތު އެންޒައިމްތަކާއި، ހޯރމޯންތަކުގެ މަސައްކަތްތައް ތަންޒީމުކޮށްދޭ މާއްދާ ތަކެކެވެ. މީގެ އިތުރުން ބެކްޓީރިޔާއާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރާއި، ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެބާރު އަދި ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ފްލޭވޮނޮއިޑް ތަކަށް ލިބިގެން ވެއެވެ.
·         މައްސާގު ފަތުގައި އެންޓިވައިރަލް ޕްރޮޓީން އެއް ކަމުގައިވާ "އެމެރެންތިން"(amaranthin) ހުރެއެވެ. މިއީ ތަފާތު ވައިރަސްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ މާއްދާ އެކެވެ.

·         ޖަނަވާރު ބޭނުންކޮށްގެން ހަދާފައިވާ ދިރާސާ އަކުން އެނގިފައިވާ ގޮތުގައި މައްސާގު ފަތުގައި ތަދު ކެނޑުވުމާއި، ދުޅަތިރިކުރުމާއި، ހުންތިރިކުރުމުގެ ބާރު ވެސް އެކުލެވިފައި ވެއެވެ.
·         ޖަނަވާރު ބޭނުންކޮށްގެން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި މައްސާގު ފަތް ބޭނުންކުރުމަކީ ލޭގައި ސަރުބީ އަދި ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
·         މައްސާގު ފަތުގައި ސެޕޯނިން އަދި އޮކްޒަލިކް އެސިޑް ވެސް ހުރެއެވެ.
·         މައްސާގު ފަތުގައި ގިނަ އަދަދަކަށް ވިޓަމިން ކޭ އަދި ވިޓަމިން އޭ ވެސް ހުރެއެވެ. މާނައަކީ ދުވާލެއްގެ މައްޗަށް މީހަކަށް ބޭނުންވާ ވިޓަމިން ކޭ އަދި ވިޓަމިން އޭ މައްސާގު ފަތް ގަވާއިދުން ބޭނުންކުރާނަމަ އެމީހެއްގެ ހަށިގަނޑަށް ލިބެމުންދާނެ އެވެ.
·         ފަތްޕިލާވެލީގެ ބޭސްވެރިކަމުގައި ބަނޑުހިކުމާއި، ބޭރަށްހިންގުން، އަދި ފަނިވުން ފަދަ ކަންކަމަށް ފަރުވާ ކުރުމަށް މައްސާގު ފަތް ބޭނުންކޮށް އުޅެއެވެ.
·         ބައެއް ގައުމުތަކުގައި ގަދީމީ ބޭސް ވެރިކަމުގައި މުލިއްސާއި، ގަނޑު، ކިހުނުވުން، އަދި ފުރަގަސް ފަރާތް ފޭބުން ފަދަ ކަންކަމަށް ފަރުވާ ކުރުމަށް ވެސް މައްސާގު ފަތް ބޭނުންކޮށްފައި ވެއެވެ.
މައުލޫމާތު :


No comments:

Post a Comment