Saturday, December 28, 2013

މިރުސް

މިރުސް
މިރުހަކީ ދިވެހިންގެ އާންމު ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : މިރުސް
އިގިރޭސި ނަން : Chilli pepper
ޢިލްމީ ނަން Capsicum annum :
މިރުހުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
40 ކިލޯކެލަރީ
ސޯޑިއަމް
9 މިލިގްރާމް
ކާބޯހައިޑްރޭޓް
8.81 ގްރާމް
ޕޮޓޭސިއަމް
322 މިލިގްރާމް
ޕްރޮޓީން
1.87  ގްރާމް
މަޢުދަންތައް
ފެޓް
0.44 ގްރާމް
ކެލްސިއަމް
14 މިލިގްރާމް
ފައިބަރު
1.5 ގްރާމް
ކޮޕަރ
0.129
ވިޓަމިންތައް
ދަނގަޑު
1.03 މިލިގްރާމް
ފޮލިކް އެސިޑް
23 މައިކްރޯ ގްރާމް
މެގްނީޒިއަމް
23 މިލިގްރާމް
ނިއެސިން
1.244 މިލިގްރާމް
މެންގަނީޒް
0.187 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.201 މިލިގްރާމް
ފޮސްފަރަސް
-     43 މިލިގްރާމް
ޕައިރިޑޮކްސިން
0.506 މިލިގްރާމް
ސިލެނިއަމް
0.5 މައިކްރޯގްރާމް
ރައިބޯފްލެވިން
0.086 މިލިގްރާމް
ޒިންކް
0.26 މިލިގްރާމް
ތިއެމިން
0.072 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
952 އައިޔޫ
ކެރޮޓީން އަލްފާ
36މައިކްރޯ ގްރާމް
ވިޓަމިން ސީ
143.7މިލިގްރާމް
ކެރޮޓީން ބީޓާ
534މައިކްރޯ ގްރާމް
ވިޓަމިން އީ
0.69 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
40 މައިކްރޯ ގްރާމް
ވިޓަމިން ކޭ
14 މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
709 މައިކްރޯ ގްރާމް
























މިރުހުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
(ހ) - ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ދަށްކުރުން : މިރުހުގައި ހިމެނޭ "ކައިއެން" ކިޔާ މާއްދާއެއްގެ ސަބަބުން ލޭގައި ކޮލެސްޓްރޯލް އަދި ޓްރައިގްލިސެރައިޑްގެ މިންވަރު ދަށްކޮށްދީ، ގަނޑުލޭކޮޅު އުފެއްދުމަށް ޕްލޭޓްލެޓް ޖަމާވެ އެކަތިގަނޑަކަށްވުމަށް ހުރަސް އަޅައެވެ. މީގެ އިތުރުން ލޭގެ ޕްރެޝަރު ދަށްކުރުމަށް ވެސް އެހީތެރިވެދެއެވެ. މިއީއެކަންކަމުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުން ދުރުކޮށްދޭނެ ކަންކަމެވެ.
(ށ) - ދުޅަތައް ތިރިކުރުން : މިރުހަކީ ހުޅުތައް ދުޅަވުން ފަދަ ކަންކަމާއި ވިދިގެން އުފެދޭ ދުޅަ ތިރިކޮށްދޭ އެއްޗެކެވެ. އަދި މިއީ ތަދުފިލުވާދޭ އެއްޗެކެވެ. މިރުސް ބޭނުންކުރުމުން ދުޅަތިރިކޮށްދީ، ތަދުކަނޑުވައިދެނީ އޭގައި ހިމެނޭ "ކެޕްސައަސިން" ގެ ސަބަބުންނެވެ.
(ނ) - ކަށީގެ ދުޅަހެޔޮކަން ދެމެހެއްޓުން : މިރުހުގައި ގިނަ އަދަދަކަށް ކެލްސިއަމް ހުންނަކަން ފާހަގަ ކުރެވެއެވެ. ކެލްސިއަމް އަކީ ކަށިތަކާ ދަތްތައް ވަރުގަދަކޮށްދޭ މާއްދާ އެކެވެ.

(ރ) - ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުން : މިރުހުގައި ވިޓަމިން އޭ އަދި ވިޓަމިން ސީ ފަދަ މުހިއްމު ވިޓަމިންތައް ހުރެއެވެ. މީގެ އިތުރުން ތަފާތު ފައިޓޯކެމިކަލްތައް ވެސް ހުރެއެވެ. އެގޮތުން ވިޓަމިން އޭ ލޮލުގެ ފެނުމަށް އެހީތެރިވެދޭއިރު، ވިޓަމިން ސީ އަކީ ލޯފުސްވުމުން މިންޖުކޮށްދޭ މާއްދާ އެކެވެ.  ލޫޓީން އަދި ޒިއެޒެންތިން އަކީ ލޯފުސްވުން، އަދި އުމުރުން ދުވަސްވުމުން ދިމާވާ މެކިޔުލަރ ޑިޖެނެރޭޝަން ކުރިމަތިވުން ލަސްކުރުވާ މާއްދާ ތަކެކެވެ.  
(ބ) - ކެންސަރުން ރައްކާތެރިވުން : މިރުހުގައި ހިމެނޭ ތަފާތު މާއްދާތަކުގެ ސަބަބުން ކެންސަރުން ރައްކާތެރިކޮށްދިނުމުގެ ބާރު މިރުހަށް ލިބިފައި ވެއެވެ. އެގޮތުން މިރުހުގައި ހިމެނޭ ބީޓާ ކެރޮޓީން އަކީ އުރަމަތީގެ ކެންސަރުން ރައްކާތެރިކޮށްދީފާނެ އެއްޗެއްކަމަށް ބެލޭއިރު، ލައިކޯޕީން އަކީ ބިސް އުފައްދާތަނަށް ކެންސަރު ޖެހުމުގެ ފުރުޞަތު ދަށްކޮށްދާނެ މާއްދާއެއްކަމަށްވަނީ ބެލެވިފައެވެ.
(ޅ) - ވިޓަމިން ސީ ހުރުން : މިރުހަކީ ވިޓަމިން ސީ އިން މުއްސަދި އެއްޗެކެވެ. ވިޓަމިން ސީ އަކީ ފެނުން ވިރުވައިދޭ ބާރުގަދަ އެންޓިއޮކްސިޑެންޓެކެވެ. ހަށިގަނޑުގައި ހިމެނޭ ކައްޓާއި، ލޭހޮޅިތަކާ، ހަމާ، އެހެނިހެން ބައެއް ޓިޝޫތަކުގެ އޮނިގަނޑު އެކުލަވާލުމަށް ބޭނުންވާ "ކޮލަޖެން" ކިޔާ ޕްރޮޓީން އެއް އުފެއްދުމަށް ވިޓަމިން ސީ ގެ ބޭނުންތެރިކަން ބޮޑެވެ. ގަވާއިދުން ވިޓަމިން ސީ ހިމެނޭ ކާނާ ބޭނުންކުރުމަކީ ބަލިތަކުން ދުރުކޮށްދީ، ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށޮދޭނެ ކަމެކެވެ.
(ކ) - އެހެނިހެން ފައިދާތައް : -
·         މިރުހުގައި ވިޓަމިން އޭގެ އިތުރުން ތަފާތު ފްލޭވޮނޮއިޑް ތައް ހުރެއެވެ. އެގޮތުން މިރުހުގައި ހުންނަ ފްލޭވޮނޮއިޑް ތަކުގެ ތެރޭގައި ބީޓާ ކެރޮޓީން، އަލްފާ ކެރޮޓީން، ލޫޓީން، އަދި ޒިއެޒެންތިން ހިމެނެއެވެ. މިއީ އެކިއެކި ބަލިތަކާ، ފިއްތުންތަކުގެ ތެރޭގައި ފްރީރެޑިކަލް ތަކުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ކުޑަކޮށްދޭނެ މާއްދާ ތަކެކެވެ.

·         މިރުހުގައި އެކަށޭނަ މިންވަރަކަށް މައުދަންތަކުގެ ތެރޭގައި ހިމެނޭ މެގްނީޒިއަމް، ދަގަނޑު، މެންގަނީޒް، އަދި ޕޮޓޭސިއަމް ހިމެނެއެވެ. ޕޮޓޭސިއަމް އަކީ ހިތުގެ ވިންދު ތަރުތީބުކޮށްދީ، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މެންގަނީޒް އަކީ "ސްޕީރޮކްސައިޑް ޑިސްމިއުޓޭޒް" ކިޔާ އެންޒައިމެއްގެ ކޯ-ފެކްޓަރ އެކެވެ. ދަގަނޑަކީ ލޭގެ ރަތް ސެލްތައް އުފެއްދުމަށް ބޭނުންވާ މާއްދާ އެކެވެ.

·         މިރުހުގައި "ކެޕްސައަސިން" ކިޔާ އަލްކަލޮއިޑް ކަމްޕައުންޑެއް ހުރެއެވެ. ޖަނަވާރުތައް ބޭނުންކޮށްގެން ލެބޯޓަރީގައި ހަދާފައިވާ ދިރާސާތައް ދައްކާގޮތުގައި ކެޕްސައަސިން ގައި ޖަރާސީމަށް ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު، ކެންސަރާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު، ހަކުރު ބައްޔާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު، އަދި ތަދުކެނޑުވުމުގެ ބާރު އެކުލެވިގެން ވެއެވެ. އަދި މިމާއްދާގެ ސަބަބުން ފަލަމީހުންގެ ހަށިގަނޑުގައި ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭ ކަމަށް ވެސް ފާހަގަ ކުރެވިފައި ވެއެވެ.
މައުލޫމާތު :

No comments:

Post a Comment